Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އެމްޑީޕީ ޗެއަރޕަރސަން އިންތިޚާބު

އެމްޑިޕީ ޗެއާޕާސަން އިންތިހާބާ ގުޅޭގޮތުން ސިވިލް ކޯޓަށް މައްސަލައެއް!

އެމްޑީޕީގެ އަސާސީ ގަވާއިދާ ހިލާފަށް ޗެއަރޕަރސަން އިންތިޚާބުގެ ކަންކަން ކުރިއަށްގެންދާކަމަށް ބުނެ، އެ އިންތިޚާބުގެ ޓައިމްލައިން ބާތިލުކުރުމަށް ވަކީލު އަބްދުﷲ ޝާއިރު ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފި. މި މައްސަލައިގައި އެދިފައިވަނީ އިންތިޚާބުގެ ކަންކަން އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުގެ ރައީސްގެ ބެލުމުގެ ދަށުން ކުރިއަށްގެންދިއުމަށް. ތިން ކެންޑިޑޭޓުން ވާދަކުރައްވާ މި އިންތިޚާބުގެ ކަންކަން މިހާރު ކުރިއަށްދަނީ ޕާޓީގެ ގަވާއިދުގެ 46 ވަނަ މާއްދާއާ ހިލާފަށްކަމަށް ދައުވާގައި ފާހަގަކޮށްފައިވެއެވެ.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 4 މެއި 2026 | ހޯމަ 09:49
ސިވިލް ކޯޓު

ސިވިލް ކޯޓު | ރާއްޖެއެމްވީ

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއަރޕަރސަން އިންތިޚާބާ ގުޅޭގޮތުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.

ސިވިލް ކޯޓަށް މި މައްސަލަ ހުށަހެޅުއްވީ ގާނޫނީ ވަކީލު އަބްދުالله ޝާއިރު އެވެ. 

Advertisement - newsAdvertisement

މި މައްސަލައިގައި މައިގަނޑު ގޮތެއްގައި އެދިފައިވާ ކަންކަމަށް ބަލާއިރު، އެއް ކަމަކީ  އިންތިހާބާ ގުޅޭގޮތުން އެ ޕާޓީން ނެރެފައިވާ އިންތިހާބުގެ ތާވަލު ނުވަތަ ޓައިމްލައިން ބާތިލުކުރުމެވެ.

މީގެ އިތުރުން، އިންތިހާބުގެ ކަންކަން އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުގެ ރައީސްގެ ބެލުމުގެ ދަށުން ކުރިއަށްގެންދަންޖެހޭ ގޮތަށް ކަނޑައަޅައިދިނުމަށް ވެސް ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި އެދިފައިވެއެވެ. މިހާރު އެމްޑީޕީން އަމަލުކޮށްފައިވަނީ ޕާޓީގެ އަސާސީ ގަވާއިދުގެ 46 ވަނަ މާއްދާއާ ސީދާ ހިލާފަށްކަމަށް ވެސް މައްސަލައިގައި ބުނެފައިވެއެވެ.

އެ މާއްދާގައި އޮންނަ ގޮތުން ޗެއަރޕަރސަން އިންތިޚާބުގެ ކަންކަން ހިންގާނީ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުގެ ރައީސެވެ.

އެމްޑީޕީގެ ޗެއަރޕަރސަން އިންތިޚާބަށް ބަލާއިރު، ޗެއަރޕަރސަން އިންތިޚާބުގެ ކެންޑިޑޭޓު ނަންބަރު 1 ލިބިލައްވާފައިވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު (އަންނި) ގ.ކެނެރީގެ/މާލެ އަށެވެ.

ކެންޑިޑޭޓް ނަންބަރ 2 އިބްރާހީމް މުޙައްމަދު (ވާޑު) ހުދުވިލާގެ/ލ.ފޮނަދޫއަށް ލިބިލައްވާފައިވާއިރު، ކެންޑިޑޭޓް ނަންބަރ 3 ލިބިލެއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލު އަޙްމަދު ނަސީމް  ގ.ބަރޯސާ/މާލެ އަށެވެ.

 

 

އެމްޑީޕީ ޗެއަރޕާސަން އިންތިހާބު 2026އެމްޑީޕީސިވިލް ކޯޓު

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖޭގެ ގާނޫނު އަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ: ފައްޔާޒު

ރާއްޖޭގެ ގާނޫނު އަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ: ފައްޔާޒު

04 މެއި 2026
އެމްޑީޕީ ޗެއަރޕާސަން އިންތިހާބު: އިންތިހާބު ކޮމްޕްލަޔަންސް ކޮމިޓީ އިއުލާންކޮށް ވޯޓު ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފި

އެމްޑީޕީ ޗެއަރޕާސަން އިންތިހާބު: އިންތިހާބު ކޮމްޕްލަޔަންސް ކޮމިޓީ އިއުލާންކޮށް ވޯޓު ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފި

03 މެއި 2026
އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް ވާދަކުރައްވަނީ 3 ކެންޑިޑޭޓުން!

އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް ވާދަކުރައްވަނީ 3 ކެންޑިޑޭޓުން!

03 މެއި 2026
މި ސަރުކާރުން ކުރަމުންދާ ކަމަކީ މީޑިއާތަކަށް ހުރަސްއަޅަން ގާނޫނުތައް ހެދުމާއި ނޫސްވެރިންނަށް ބިރުދެއްކުން: ޝާހިދު

މި ސަރުކާރުން ކުރަމުންދާ ކަމަކީ މީޑިއާތަކަށް ހުރަސްއަޅަން ގާނޫނުތައް ހެދުމާއި ނޫސްވެރިންނަށް ބިރުދެއްކުން: ޝާހިދު

03 މެއި 2026
 އެމްޑީޕީ ގެ ޗެއާޕާސަން އިންތިހާބު ފަސްކުރަން ފައްޔާޒް އަދި މީކާއީލް ވެސް ދެކޮޅު

އެމްޑީޕީ ގެ ޗެއާޕާސަން އިންތިހާބު ފަސްކުރަން ފައްޔާޒް އަދި މީކާއީލް ވެސް ދެކޮޅު

02 މެއި 2026

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު