Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އެމްޑީޕީ ޗެއާޕާސަން އިންތިހާބު 2026

ޕާޓީގެ ތެރެއިން ނިންމެން ހުންނަ ކަންކަން، ކޯޓު މެދުވެރިކޮށް ނިންމަން އުޅުމަކީ ހިތާމަ ކުރާ ކަމެއް: މީކާއީލް

އިންތިހާބުގެ ކަންކަން މިހާރު ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ކުރިއަށް ގެންދަންޖެހޭ ކަމަށާއި، ކުރިއަށް އޮތް ހަފްތާގައި ރ އަދި ޅ އަތޮޅަށް ކުރާ ދަތުރުގައި އޭނާގެ މެނިފެސްޓޯ އިފްތިތާހު ކުރާނެ ކަމަށް މީކާއިލް ފާހަގަކުރެއްވި. މީގެ އިތުރުން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމުގެ ރޫހު ޕާޓީގެ އާންމު މެންބަރުންގެ ކިބައިން ފެންނަމުންދާ ކަމަށްވެސް އޭނާ ވިދާޅުވި.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް, ރާއްޖެ އެމްވީ | 4 މެއި 2026 | ހޯމަ 14:50
ހޯމަ ދުވަހު އެމްޑީޕީ ހަރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މީކައިލް ވާހަކަ ދައްކަވަނީ

ހޯމަ ދުވަހު އެމްޑީޕީ ހަރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މީކައިލް ވާހަކަ ދައްކަވަނީ | ރާއްޖެ އެމްވީ

އެމްޑީޕީގެ އެތެރޭގެ މަސްލަހަތާ ގުޅޭ ކަންކަމުގައި ޕާޓީގެ ތެރެއިން ވާހަކަދައްކައިގެން ހައްލު ހޯދުމުގެ ބަދަލުގައި، ބައެއް ފަރާތްތަކުން ކޯޓު މެދުވެރިކޮށް މައްސަލަތައް ނިންމަން އުޅުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށް އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

މީކާއިލް މިހެން ވިދާޅުވީ "އިތުބާރު" ކެމްޕެއިންގެ ފަރާތުން ހޯމަ ދުވަހު އެމްޑީޕީ ހަރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ. މި ބައްދަލުވުމުގައި މީކާއިލް ވިދާޅުވީ، ޗެއަރޕާސަން ހޮވުމަށް ބާއްވާ އިންތިހާބުގެ ޓައިމްލައިން ބާތިލު ކުރުމަށް ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅުމަކީ އެމްޑީޕީގެ ސިފަތަކާ ވަރަށް ބޮޑަށް އިދިކީލަ ކަމެއް ކަމަށެވެ. އެމްޑީޕީ އަކީ އަބަދުވެސް އިންސާފުވެރި ކަމާއެކު، އާންމު މެންބަރުންނަށް ކަންކަން ނިންމުމުގެ ފުރުސަތުދޭ ޕާޓީއެއް ކަން އޭނާ ފާހަގަކުރެއްވި އެވެ.

Advertisement - newsAdvertisement
އިންތިހާބުގެ ޓައިމްލައިން ބާތިލު ކުރުމަށް ސިވިލް ކޯޓަށް މައްސަލަ އެއް ވަނީ ހުށަހަޅާފަ. އަޅުގަނޑު ގަބޫލު ކުރަނީ މިއީ އެމްޑީޕީ ގެ އޮރިޖިނަލް އެމްޑީޕީގެ ސިފަތަކާ ވަރަށް އިދިކީލި ކަމެއްގެ ގޮތުގަ. އަޅުގަނޑު ދެކެނީ އެމްޑީޕީ އަކީ ވޯޓުން، އިންސާފުން ކަންކަން ނިންމާ، އެމްޑީޕީ ގެ އާއްމު މެމްބަރުންނަށް ކަންކަން ނިންމުމުގެ ފުރުސަތު ހުޅުވާލަދޭ ޕާޓީ އެއްގެ ގޮތުގަ އަޅުގަނޑު އެމްޑީޕީ ދަންނަނީ. އެހެން ކަމުން އަޅުގަނޑު ވަރަށް ހިތާމަ ކުރަން، ޕާޓީގެ ތެރޭގެ މަސްލަހަތު ނަގާލައި، ވާދަވެރި ޓީމުން މިފަދަ މައްސަލަ އެއް ސިވިލް ކޯޓަށް ހުށަހަޅައި، ޕާޓީ ތެރެއިން ނިންމެން ހުރި ގިނަ ކަންކަން ވެސް، ކޯޓު މެދުވެރިކޮށް ނިންމަން މަސައްކަތް ކުރަމުންދާތީ އަޅުގަނޑު ހިތާމަކުރާ ވާހަކަ ދަންނަވަން. 
އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް

މީކާއިލް ވިދާޅުވި ގޮތުގައި އެމްޑީޕީ އެކަތިގަނޑެއްގެ ގޮތުގައި އޮވެގެން މަސައްކަތްކޮށް، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމުގެ ރޫހު ޕާޓީގެ އާންމު މެންބަރުންގެ ފަރާތުން ވަރަށް ބޮޑަށް ފެންނަމުންދާ ކަމަށެވެ. "އިތުބާރު" ކެމްޕެއިން ޓީމުން ރަށްރަށަށް ކުރި ދަތުރުތަކުން މިކަން ވަރަށް ބޮޑަށް ސާފުވެގެން ދިޔަކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ކެމްޕެއިންގެ ކުރިއަށް ހުރި ހަރަކާތްތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން މީކާއިލް ވިދާޅުވީ، ފެށޭ ހަފްތާގައި ކެމްޕެއިން ޓީމުން ރ އަދި ޅ އަތޮޅަށް ދަތުރުތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ދަތުރުގެ ތެރެއިން އޭނާގެ ޗެއަރޕާސަން ކަމުގެ މެނިފެސްޓޯ ލޯންޗް ކުރާނެ ކަމަށާއި، އޭނާގެ ޗެއަރޕާސަން ކަމެއްގައި ޕާޓީގެ މެންބަރުންނަށް ހުށަހަޅާ ކަންކަން އޮޅުންފިލުވައިދޭނެ ކަމަށްވެސް ވިދާޅުވި އެވެ.

މީގެ އިތުރުން މީކާއިލް ވިދާޅުވީ، އެމްޑީޕީގެ ޗެއަރޕާސަން އިންތިހާބުގެ ކަންކަން ކުރިއަށްދާންވާނީ މިހާރު އެކުލަވާލެވިފައިވާ އުސޫލުތަކާއި، ޓައިމްލައިން އަދި ޑެޑްލައިންތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. ޕާޓީގެ އެތެރޭގެ އިންތިހާބުތަކަކީ ޕާޓީގެ ހިންގާ ގަވާއިދާއި އުސޫލުތަކުގެ ތެރެއިން ކުރިއަށްދާންޖެހޭ ކަންކަން ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ.

އެމްޑީޕީމީކާއިލް އަހުމަދު ނަސީމްސިވިލް ކޯޓުއިތުބާރު ކެމްޕެއިންއެމްޑީޕީ ޗެއަރޕާސަން އިންތިހާބު 2026

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްޑިޕީ ޗެއާޕާސަން އިންތިހާބާ ގުޅޭގޮތުން ސިވިލް ކޯޓަށް މައްސަލައެއް!

އެމްޑިޕީ ޗެއާޕާސަން އިންތިހާބާ ގުޅޭގޮތުން ސިވިލް ކޯޓަށް މައްސަލައެއް!

04 މެއި 2026
ރާއްޖޭގެ ގާނޫނު އަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ: ފައްޔާޒު

ރާއްޖޭގެ ގާނޫނު އަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ: ފައްޔާޒު

04 މެއި 2026
އެމްޑީޕީ ޗެއަރޕާސަން އިންތިހާބު: އިންތިހާބު ކޮމްޕްލަޔަންސް ކޮމިޓީ އިއުލާންކޮށް ވޯޓު ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފި

އެމްޑީޕީ ޗެއަރޕާސަން އިންތިހާބު: އިންތިހާބު ކޮމްޕްލަޔަންސް ކޮމިޓީ އިއުލާންކޮށް ވޯޓު ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފި

03 މެއި 2026
އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް ވާދަކުރައްވަނީ 3 ކެންޑިޑޭޓުން!

އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް ވާދަކުރައްވަނީ 3 ކެންޑިޑޭޓުން!

03 މެއި 2026
މި ސަރުކާރުން ކުރަމުންދާ ކަމަކީ މީޑިއާތަކަށް ހުރަސްއަޅަން ގާނޫނުތައް ހެދުމާއި ނޫސްވެރިންނަށް ބިރުދެއްކުން: ޝާހިދު

މި ސަރުކާރުން ކުރަމުންދާ ކަމަކީ މީޑިއާތަކަށް ހުރަސްއަޅަން ގާނޫނުތައް ހެދުމާއި ނޫސްވެރިންނަށް ބިރުދެއްކުން: ޝާހިދު

03 މެއި 2026

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު