Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ

އެމްޑީޕީގެ ސިލްސިލާ މުޒާހަރާ: "މުޒާހަރާ ހުއްޓާ ނުލީމަ، މުޒާހަރާގެ ބައިވެރިންނަށް ދަނީ އަނިޔާކުރަމުން."

ކޮރަޕްޝަން ހުއްޓުވުމާއި މުއައްސަސާތައް މިނިވަންކުރުން ހިމެނޭހެން 12 ކަމަކަށް ޑިމާންޑްކޮށް ކުރިއަށްގެންދާ މި ހަރަކާތްތައް ހުއްޓުވުމަށް ފުލުހުން އާދަޔާ ހިލާފަށް ބާރުގެ ބޭނުންކުރާ ކަމަށްވެސް އެމްޑީޕީން ބުނޭ.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް, ރާއްޖެ އެމްވީ | 26 އެޕްރީލު 2026 | އާދީއްތަ 19:04
އެމްޑީޕީ އިން ބާއްވަމުންދާ ސިލްސިލާ މުޒާހަރާގެ ތެރެއިން 26.04.2026

އެމްޑީޕީ އިން ބާއްވަމުންދާ ސިލްސިލާ މުޒާހަރާގެ ތެރެއިން 26.04.2026 | ރާއްޖެ އެމްވީ

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ކުރަމުންދާ މުޒާހަރާ ހުއްޓާ ނުލީމަ، އެކި މީހުންނަށް އެއްޗެހި ދީގެން، އެ މީހުންލައްވާ މުޒާހަރާގެ ބައިވެރިންނަށް ދަނީ އަނިޔާކުރަމުން ކަމަށް އެމްޑީޕީ އިން ބުނެފި އެވެ.

އާދީއްތަ ދުވަހުގެ ރޭ ބޭއްވި އެމްޑީޕީގެ މުޒާހަރާގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު އަހުމަދު ސަލީމް (މާސް ސަލީމް) ވިދާޅުވީ ދައުލަތުގެ ބަޖެޓުން ވައްކަން ކުރާ މީހަކު ވެރިކަމުގައި ބަހައްޓަން ދިވެހީން ބޭނުން ނުވާ ކަަމަށެވެ. އާއްމުން ބުނަމުން ދަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ވެރިކަން ނުކުރެވޭ ވާހަކަ ކަމަށާއި އާއްމުން އެދެނީ ރައީސް މުއިއްޒު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

Advertisement - newsAdvertisement

އެމްޑީޕީ އިން ނުކުމެ ތިބީ ކައުންސިލް އިންތިޚާބާއި ނިމިދިޔަ ފެންނަ ނުފެންނަ އިންތިޚާބުގައި ރައްޔިތުން އިއްވި ބަހާއި އެއްގޮތަށް އަޑު އުފުލުމަށް ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް މުޒާހަރާ އަށް ނުކުންނަ މީހުން ފަހަތަށް ޖެއްސުމަށް އެކި އުކުޅުތައް ސަރުކާރުން ބޭނުން ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.  މުޒާހަރާގެ ބައިވެރިންނަށް ބިރުދައްކާ އަނިޔާ ކުރަނީ މުޒާހަރާ ހުއްޓުވާލުމަށް ކަަމަށް ސަލީމް ވަނީ ތުހުމަތު ކުރައްވާފަ އެވެ.

"އެތައް ސަތޭކަ ފުލުހުންނެއް އެބަ ފޮނުވާ. އެކި މީހުންނަށް އެކި އެއްޗެހި ދީގެން އެބަ ފޮނުވާ މުޒާހަރާގެ ބައިވެރިންނަށް އަނިޔާ ކުރުމަށް." އޭނާ ވިދާޅުވި އެވެ. 

ސަލީމް އިތުރަށް ވިދާޅުވީ އެމްޑީޕީ އިން ތިބީ ފަހަތަށް ޖެހި ޖެހިލުންވާ ގޮތަށް ނޫން ކަަމަށެވެ. މި މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް ފުލުހުން އާދަޔާއި ޚިލާފަށް ބާރުގެ ބޭނުންކުރަމުން ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ. 

އެމްޑީޕީ އިން މި މުޒާހަރާތައް ފަށާފައި ވަނީ އެޕްރިލް މަހުގެ 4 ވަނަ ދުވަހު އެވެ. މި މުޒާހަރާތަކުގައި އެމްޑީޕީ އިން ދަނީ ބާރަ ޑިމާންޑެއް ކުރަމުންނެވެ. އޭގެ ތެރޭގައި ކޮރަޕްޝަން ނައްތާލުމާއި، މިނިވަން މުއައްސަސާތަކާއި މަޖިލީސް މިނިވަން ކުރުމާއި ގުޅުން ހުރި ޑިމާންޑްތައް ހިމެނެ އެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއަޙްމަދު ޙަލީމްޑރ. މުޙައްމަދު މުޢިއްޒުކަރަޕްޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

މުއިއްޒު މުލީގައި ހޮސްޕިޓަލް އަޅަން ކޮނުނު ވަޅުގަނޑު ބޮޑު މަދިރިފެންގަނޑަކަށް - ބަލި ކޮންޓްރޯލެއް ނުވޭ

މުއިއްޒު މުލީގައި ހޮސްޕިޓަލް އަޅަން ކޮނުނު ވަޅުގަނޑު ބޮޑު މަދިރިފެންގަނޑަކަށް - ބަލި ކޮންޓްރޯލެއް ނުވޭ

26 އެޕްރީލު 2026
ހޯރަފުށީ ކުނި ކޮށްޓަށް ބިން ހަމަޖައްސައިދިނީމައި ބުނީ ކައުންސިލުން އެއްބާރުލުން ނުދެޔޭ، ރައީސްގެ ރިޔާސީ ވައުދުފުޅުގެ އަމަލީ އެއްވެސް މަސައްކަތެއް މިހާތަނަށް ނުކުރެޔޭ: ވަހީދު

ހޯރަފުށީ ކުނި ކޮށްޓަށް ބިން ހަމަޖައްސައިދިނީމައި ބުނީ ކައުންސިލުން އެއްބާރުލުން ނުދެޔޭ، ރައީސްގެ ރިޔާސީ ވައުދުފުޅުގެ އަމަލީ އެއްވެސް މަސައްކަތެއް މިހާތަނަށް ނުކުރެޔޭ: ވަހީދު

26 އެޕްރީލު 2026
މުޒަަހަރާގައި އުމުރުން ދުވަސްވީ މީހެއްގެ ޚާއްސަ މެސެޖެއް ރައީސް މުއިއްޒު އަށް

މުޒަަހަރާގައި އުމުރުން ދުވަސްވީ މީހެއްގެ ޚާއްސަ މެސެޖެއް ރައީސް މުއިއްޒު އަށް

25 އެޕްރީލު 2026
ކަރަންސީ ސްވޮޕްގެ ފެސިލިޓީގެ މުއްދަތު އިތުުރުކޮށް ނުދިނުމުން އަނބުރާ ދައްކާފައި އިތުރު 4.9 ބިލިއަން ރުފިޔާ ނަގައިފި

ކަރަންސީ ސްވޮޕްގެ ފެސިލިޓީގެ މުއްދަތު އިތުުރުކޮށް ނުދިނުމުން އަނބުރާ ދައްކާފައި އިތުރު 4.9 ބިލިއަން ރުފިޔާ ނަގައިފި

24 އެޕްރީލު 2026
މުޒާހަރާގެ އަންހެން ބައިވެރިއަކަށް ފުލުހުންގެ ފަރާތުން ޖިންސީ ފުރައްސާރަ ކުރިމަތިވި ކަމަށް ތުހުމަތުކޮށްފި

މުޒާހަރާގެ އަންހެން ބައިވެރިއަކަށް ފުލުހުންގެ ފަރާތުން ޖިންސީ ފުރައްސާރަ ކުރިމަތިވި ކަމަށް ތުހުމަތުކޮށްފި

24 އެޕްރީލު 2026

އަހަރުތަކުން މިއަދު

16 މެއި
އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް
20251 އަހަރު ކުރިން
ރާއްޖެ

އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި
20224 އަހަރު ކުރިން
ރިޕޯޓު

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު
20197 އަހަރު ކުރިން
ރާއްޖެ

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު

ސެއްޅި ބޭސް
20188 އަހަރު ކުރިން
ވާހަކަަ

ސެއްޅި ބޭސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު