Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފްރާންސްގެ

އުމުރުން 74 އަހަރުގެ މެލެންޝޮން، ހަތަރު ވަނަ ފަހަރަށް ފްރާންސްގެ ރައީސް ކަމަށް ވާދަ ކުރައްވަނީ

މެލެންޝޮން ވާދަ ކުރެއްވި ކޮންމެ އިންތިޚާބެއްގައި ވެސް، އެެއް އިންތިޚާބުން އަނެއް އިންތިޚާބަށް އޭނާ ހޯއްދަވާ ވޯޓުގެ އަދަދު އިތުރުވާކަން ފާހަގަ ކުރެވޭ. 2012 ވަނަ އަހަރުގެ އިންތިޚާބުގައި މެލޮންޝޮން އަށް ލިބުނީ އެންމެ 11 އިންސައްތަ ވޯޓު. ނަމަވެސް، އެންމެ ފަހުން 2022 ވަނަ އަހަރު އޮތް އިންތިޚާބުގައި އޭނާ ވަނީ ދެ ވަނަ ބުރުން ޖާގަ ހޯދުމާ ވެސް ގާތަށް ޖެހިލާފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 4 މެއި 2026 | ހޯމަ 09:33
ފްރާންސްގެ ވާއަތު ފިޔައިގެ އަންބައުންޑް ޕާޓީގެ ލީޑަރު ޖޯން ލުކް މެލެންޝޮން.

ފްރާންސްގެ ވާއަތު ފިޔައިގެ އަންބައުންޑް ޕާޓީގެ ލީޑަރު ޖޯން ލުކް މެލެންޝޮން. | ރޮއިޓާސް

ފްރާންސްގެ ވާއަތު ފިޔައިގެ އަންބައުންޑް ޕާޓީގެ ލީޑަރު ޖޯން ލުކް މެލެންޝޮން، އަންނަ އަހަރު އޮންނަ ފްރާންސްގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނެ ކަމަށް އިއުލާން ކޮށްފި އެވެ. 

އުމުރުން މިހާރު 74 އަހަރުވެފައިވާ މެލެންޝޮން، އާދީއްތަ ދުވަހު ޓީއެފް1 އަށް ދެއްވި އިންޓަވިޔުގައި ވިދާޅުވީ، އަންނަ އަހަރު އޮންނަ ފްރާންސްގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރާނެ ކެންޑިޑޭޓަކަށް އޭނާ ވާނެ ކަމަށެވެ. 

އެހެންކަމުން މިއީ މެލެންޝޮން، ފްރާންސްގެ ރިޔާސީ އިންތިޚާބު ގައި ވާދަ ކުރާނެ ހަތަރު ވަނަ ފަހަރެވެ. މީގެ ކުރިން އޭނާ ވަނީ 2012 ވަނަ އަހަރާއި، 2017 ވަނަ އަހަރު އަދި 2022 ވަނަ އަހަރު އޮތް ރިޔސީ އިންތިޚާބު ތަކުގައި ވެސް ވާދަ ކުރައްވައިފަ އެވެ. އެންމެ ފަހުން 2022 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބުގައި މެލެންޝޮން ވަނީ ތިން ވަނަ ހޯއްދަވައިފަ އެވެ. ފުރަތަމަ ބުރުގައި ކުރި ހޯއްދެވީ ކަނާއަތު ފިޔައިގެ ލީޑަރު މެރީން ލެ ޕެން އާއި، ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން އެވެ. ރިޔާސީ އިންތިޚާބުގެ ދެ ވަނަ ބުރަށް ދިޔައީ އެ ދެ ކެންޑިޑޭޓުންނެވެ. އަދި ދެ ވަނަ ބުރުގައި ކުރި ހޯއްދެވީ މިހާރުގެ ރައީސް މެކްރޮން އެވެ. 

މެލެންޝޮން ވާދަ ކުރެއްވި ކޮންމެ އިންތިޚާބެއްގައި ވެސް، އެެއް އިންތިޚާބުން އަނެއް އިންތިޚާބަށް އޭނާ ހޯއްދަވާ ވޯޓުގެ އަދަދު އިތުރުވާކަން ފާހަގަ ކުރެވެ އެވެ. 2012 ވަނަ އަހަރުގެ އިންތިޚާބުގައި މެލޮންޝޮން އަށް ލިބުނީ އެންމެ 11 އިންސައްތަ ވޯޓެވެ. ނަމަވެސް، އެންމެ ފަހުން 2022 ވަނަ އަހަރު އޮތް އިންތިޚާބުގައި އޭނާ ވަނީ ދެ ވަނަ ބުރުން ޖާގަ ހޯދުމާ ވެސް ގާތަށް ޖެހިލައިފަ އެވެ. އެ އިންތިޚާބުގައި ފުރަތަމަ ބުރުގައި އޭނާ 22 އިންސައްތަ ވޯޓު ހޯއްދެވިއިރު، އެއީ ލެ ޕެން އަށް ވުރެ 1.2 އިންސައްތަ މަދު އަދަދެކެވެ. 

ފްރާންސްގެ އަންބައުންޑް ޕާޓީ، އެލްއެފްއައިގެ ނަމުން މަޝްހޫރުވެފައިވާ މި ޕާޓީ އަކީ އިޒްރޭލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައާ ދެކޮޅަަށް ވަރަށް ގަދައަށް ވަކާލާތު ކުރާ ޕާޓީ އެކެވެ. މެލޮންޝޮން ވިދާޅުވެފައި ވަނީ، އިޒްރޭލް އިން ޣައްޒާގައި ހިންގަމުން އަންނަނީ ނަސްލު ނައްތާލުމުގެ އަމަލު ތަކެއް ކަމަށެވެ. މީގެ އިތުރުން، އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގައި، ސްޕެއިން އިން ގެންގުޅޭ ސިޔާސަތު ތަކަށް ތާއީދު ކުރައްވާ ކަމަށް ވެސް މެލޮންޝޮން ވަނީ ވިދާޅުވެފަ އެވެ. 

އެލްއެފްއައި އިން ވަކާލާތު ކުރަނީ ވަރުގަދަ ތިމާވެށީގެ ޤަވާއިދު ތަކާއި، ވިޔަފާރި ވެރިންގެ އަތުން އިތުރު ޓެކްސް ނެގުމަށެވެ. 

އަންނަ އަހަރު އޮންނަ ފްރާންސްގެ ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީސް މެކްރޮން އަށް ވާދަ ކުރުމުގެ ފުރުސަތެއް ނޯންނާނެ އެވެ. އިންތިޚާބުގައި ވާދަ ކުރާނެ ކަމަށް ބެލެވޭ ލެ ޕެން އަށް ސިޔާސީ ކަންކަމުގައި ޙަރަކާތްތެރިވުން މަނާވުމުގެ ޙުކުމެއް އޮތްއިރު، އޭނާ ގެންދަވަނީ އެ މައްސަލަ ކޯޓަށް ހުށަހަޅައިގެން ކުރިއަށް ގެންދަމުންނެވެ. އެހެންކަމުން އަންނަ އަހަރުގެ އިންތިޚާބުގައި އޭނާ އަށް ވާދަ ކުރެވޭނެކަން، ނުވަތަ ނޫންކަން އަދި ޔަޤީނެއް ނޫނެވެ. 

ފްރާންސްގެ ރިޔާސީ އިންތިޚާބު ބޭއްވުމަށް ތާވަލް ކޮށްފައި ވަނީ 2027 ވަަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގަ އެވެ. އިންތިޚާބުގެ ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަނަށް އަޣުލަބިއްޔަތު ނުލިބިއްޖެ ނަމަ، ދެ ވަނަ ބުރު ބާއްވާނީ ދެ ހަފުތާ ފަހުންނެވެ. 2022 ވަނަ އަހަރު ބޭއްވި އިންތިޚާބު ކާމިޔާބު ކުރައްވައި، ދެ ވަނަ ދައުރަކަށް ވެރިކަން ކުރައްވަމުން އަންނަ ފްރާންސްގެ ރައީސް މެކްރޮން އަށް މިހާރު ވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފަ އެވެ. އަދި އޭނާގެ މަޤުބޫލުކަން ދައްވަމުން އަންނަ ކަމަށް ވެސް ދިރާސާ ތަކުން ދައްކަ އެވެ. 

2024 ވަނަ އަހަރު އޮތް ފްރާންސްގެ އާންމު އިންތިޚާބުގައި އެއްވެސް ޕާޓީ އަކަށް ސާފު އަޣުލަބިއްޔަތު ލިބިފައި ނުވެ އެވެ. އެކަމުގެ ސަބަބުން، އިދިކޮޅު ޕާޓީ ތަކުން އެކުވެއްޖެ، އިތުބާރު ނެތް ކަމުގެ ވޯޓާ ކުރިމަތިލައި ފްރާންސްގެ ސަރުކާރު ވެއްޓުމުގެ ބިރު ވެސް އެބަ އޮތެވެ. މެކްރޮންގެ ރިޔާސީ ފަހު ދެ އަހަރުގެ ތެރޭގައި ސަރުކާރު ހިންގުމުގެ ގިނަ މައްސަލަ ތަކެއް ދިމާވެ، އެކި ފަހަރު މަތިން ވަނީ ބޮޑު ވަޒީރުން ބަދަލު ވެސް ވެފަ އެވެ. 

މަސްދަރު: އަލް ޖަޒީރާ

ފްރާންސްޖޯން ލުކް މެލެންޝޮންމެރިން ލޫ ޕެންއެމަނުއަލް މެކްރޯން

އިތުރަށް ކިޔާލަން

03 އެޕްރީލު 2026

ޓްރަމްޕްގެ މަލާމާތަށް ރައްދު ދިނުމަކީ ބޭކާރު ކަމެއް، މިއީ ޝޯ ކުޅެންވީ ވަގުތެއް ނޫން: މެކްރޮން

03 އެޕްރީލު 2026
ޓްރަމްޕްގެ މަލާމާތަށް ރައްދު ދިނުމަކީ ބޭކާރު ކަމެއް، މިއީ ޝޯ ކުޅެންވީ ވަގުތެއް ނޫން: މެކްރޮން
29 މާރިޗު 2026

ޓްރަމްޕްގެ ސިޔާސަތުތަކާ ދެކޮޅަށް އެމެރިކާގައި ބޮޑެތި އެއްވުން ތަކެއް ބާއްވައިފި

29 މާރިޗު 2026
ޓްރަމްޕްގެ ސިޔާސަތުތަކާ ދެކޮޅަށް އެމެރިކާގައި ބޮޑެތި އެއްވުން ތަކެއް ބާއްވައިފި
29 މާރިޗު 2026

ޕެރިހުގައި ހުންނަ ބޭންކް އޮފް އެމެރިކާ ގޮއްވާލަން އުޅެފި

29 މާރިޗު 2026
ޕެރިހުގައި ހުންނަ ބޭންކް އޮފް އެމެރިކާ ގޮއްވާލަން އުޅެފި
25 މާރިޗު 2026

ސަރަހައްދީ ހަމަލާތައް ހުއްޓާލައި މަޝްވަރާގެ މޭޒަށް އައުމަށް، މެކްރޮން އީރާން އަށް ގޮވާލައްވައިފި

25 މާރިޗު 2026
ސަރަހައްދީ ހަމަލާތައް ހުއްޓާލައި މަޝްވަރާގެ މޭޒަށް އައުމަށް، މެކްރޮން އީރާން އަށް ގޮވާލައްވައިފި
21 މާރިޗު 2026

ޔޫކްރެއިން އަށް 90 ބިލިއަން ޔޫރޯގެ ލޯނު ދިނުން ތަންފީޒު ކުރުމަށް މެކްރޮން ގޮވާލައްވައިފި

21 މާރިޗު 2026
ޔޫކްރެއިން އަށް 90 ބިލިއަން ޔޫރޯގެ ލޯނު ދިނުން ތަންފީޒު ކުރުމަށް މެކްރޮން ގޮވާލައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު