Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-ފްރާންސް

ޓްރަމްޕްގެ މަލާމާތަށް ރައްދު ދިނުމަކީ ބޭކާރު ކަމެއް، މިއީ ޝޯ ކުޅެންވީ ވަގުތެއް ނޫން: މެކްރޮން

ފްރާންސް އިން ބޭނުން ވަނީ ސުލްޙަ އާއި ސަލާމަތް ހޯދަން ކަމަށާއި، މިއީ ޝޯ ކުޅެންވީ ވަގުތެއް ނޫން ކަމަށް ވެސް މެކްރޮން ވިދާޅުވެފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 3 އެޕްރީލު 2026 | ހުކުރު 12:08
ފްރާންސްގެ ރައީސް މެކްރޮން

ފްރާންސްގެ ރައީސް މެކްރޮން | ރޮއިޓާސް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްކެވި ވާހަކަ ތަކަށް ރައްދު ދިނުމަކީ ބޭކާރު ކަމެއް ކަމަށް، ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހު މެކްރޮން މިހެން ވިދާޅުވެފައި ވަނީ، މެކްރޮން އާއި އޭނާގެ އަނބިކަނބަލުންނާ ގުޅޭ ގޮތުން އެމެރިކާގެ ރައީސް ޓްރަމްޕް ދެއްކެވި ވާހަކަ ތަކަށް ރައްދު ދިނުމުންނެވެ. އެގޮތުން މެކްރޮން ވޮދާޅުވީ ޓްރަމްޕް ދެއްކެވި ވާހަކަ ތަކަށް ރައްދު ދިނުމަކީ ބޭކާރު ކަމެއް ކަމަށާއި، އެއީ ޓްރަމްޕް ދެއްކެވި ގޯސް ވާހަކަ ތަކެއް ކަަމަށެވެ. 

ބުދަ ދުވަހު ޓްރަމްޕް ވަނީ ނޭޓޯގެ ޤައުމު ތަކަށް ފާޑު ވިދާޅުވެފަ އެވެ. އެ ވާހަކައިގެ ތެރެއިން ޓްރަމްޕް ވަނީ މެކްރޮން އާއި އޭނާގެ އަނބިކަނބަލުން ބްރިޖީޓް މެކްރޮން އަށް މަލާމާތް ކުރައްވައިފަ އެވެ. އެގޮތުން މެކްރޮންގެ އަނބިކަނބަލުން އޭނާގެ މޫނު މަތީގައި ޖައްސަވާފައިވާ ކަމަށާއި، އެކަމުގެ ސަބަބުން މެކްރޮން އަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ. 

ޓްރަމްޕްގެ ވާހަކަ ތަކަކީ ބޭކާރު ވާހަކަ ތަކެއް ކަމަށް މެކްރޮން ވިދާޅުވެފައިވާއިރު، އޭނާ ވިދާޅުވީ މެދު އިރުމަތީގައި މިހާރު ހިނގަމުން އަންނަ ހަނގުރާމަ ހުއްޓުމަށް ޙައްލެއް ހޯދަން ޖެހޭ ކަމަށެވެ. އެގޮތުން ފްރާންސް އިން ބޭނުން ވަނީ ސުލްޙަ އާއި ސަލާމަތް ހޯދަން ކަމަށާއި، މިއީ ޝޯ ކުޅެންވީ ވަގުތެއް ނޫން ކަމަށް ވެސް މެކްރޮން ވިދާޅުވެފައިވެ އެވެ. 

މަސްދަރު: ރޮއިޓާސް

އެމެރިކާ-ފްރާންސްއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއެމަނުއަލް މެކްރޯން

އިތުރަށް ކިޔާލަން

03 އެޕްރީލު 2026

އެފްބީއައިގެ ޑިރެކްޓަރު ޕަޓޭލް ވަކި ކުރުމަށް ޓްރަމްޕް ވިސްނަވަނީ

03 އެޕްރީލު 2026
އެފްބީއައިގެ ޑިރެކްޓަރު ޕަޓޭލް ވަކި ކުރުމަށް ޓްރަމްޕް ވިސްނަވަނީ
02 އެޕްރީލު 2026

ޓްރަމްޕުގެ ވަރުގަދަ އިންޒާރަށް ފަހު ވެސް، އީރާން އިން އިޒްރޭލް އަށް މިސައިލް ހަމަލާ ތަކެއް ދީފި

02 އެޕްރީލު 2026
ޓްރަމްޕުގެ ވަރުގަދަ އިންޒާރަށް ފަހު ވެސް، އީރާން އިން އިޒްރޭލް އަށް މިސައިލް ހަމަލާ ތަކެއް ދީފި
02 އެޕްރީލު 2026

ހަނގުރާމައިގެ ލަނޑުދަނޑިތައް ދަނީ ހާސިލުވަމުން: ޓްރަމްޕް

02 އެޕްރީލު 2026
ހަނގުރާމައިގެ ލަނޑުދަނޑިތައް ދަނީ ހާސިލުވަމުން: ޓްރަމްޕް
02 އެޕްރީލު 2026

އީރާންގެ ހަނގުރާމަ ނިމޭނެ ތާރީޚެއް ނޭނގޭ: ޓްރަމްޕް

02 އެޕްރީލު 2026
އީރާންގެ ހަނގުރާމަ ނިމޭނެ ތާރީޚެއް ނޭނގޭ: ޓްރަމްޕް
01 އެޕްރީލު 2026

އީރާން ހަނގުރާމަ ނިމުމުން، ނޭޓޯ އާއެކު އޮތް ގުޅުން މުރާޖާ ކުރާނަން: ރޫބިއޯ

01 އެޕްރީލު 2026
އީރާން ހަނގުރާމަ ނިމުމުން، ނޭޓޯ އާއެކު އޮތް ގުޅުން މުރާޖާ ކުރާނަން: ރޫބިއޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު