Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ސަރަހައްދީ ހަމަލާތައް ހުއްޓާލައި މަޝްވަރާގެ މޭޒަށް އައުމަށް، މެކްރޮން އީރާން އަށް ގޮވާލައްވައިފި

މެކްރޮން އިތުރަށް ވިދާޅުވީ، މިހާރު އޮތް ޙާލަތު ހަމަޖެހުމަށް މަގު ފަހި ކޮށްދިނުމަށާއި، އީރާންގެ ނިއުކްލިއާ އަދި ބެލިސްޓިކް ޕްރޮގްރާމް އާއި، ސަރަަހައްދީ ހަމަޖެހުން ޤާއިމު ކުރުމުގެ ކަންކަމާ ގުޅޭ ގޮތުން ހެޔޮ ނިޔަތުގައި ވާހަކަ ދެއްކުމުގައި ބައިވެރިވުމަށް އީރާން އަށް ގޮވާލައްވާފައިވާ ކަަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 މާރިޗު 2026 | ބުދަ 06:42
ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން

ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން | ގެޓީ އިމޭޖަސް

އީރާން އިން ސަރަހައްދީ ޤައުމު ތަކަށް ދެމުންދާ ހަމަލާތައް ހުއްޓާލައި، ހެޔޮ ނިޔަތުގައި ވާހަކަ ދެއްކުމުގައި ބައިވެރިވުމަށް ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ގޮވާލައްވައިފި އެވެ. 

މެކްރޮން މިހެން ގޮވާލައްވާފައި ވަނީ، އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއާން އާއެކު ފޯނުން ގުޅުއްވައި ދެއްކެވި ވާހަކައިގަ އެވެ. މީގެ ކުރިން ވެސް މެކްރޮން ވަނީ އީރާންގެ ރައީސް ޕެޒެޝްކިއާންއާ ވާހަކަ ދައްކަވައިފަ އެވެ. 

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މެކްރޮން ވިދާޅުވީ، ސަރަހައްދުގެ ޤައުމު ތަކަށް ދެމުން ގެންދާ، ޤަބޫލު ނުކުރެވޭ ހަމަލާތައް ހުއްޓާލުގެ ބޭނުންތެރިކަން ވަރަށް ބޮޑު ކަމަށް ފާހަގަ ކުރައްވައި ޕެޒެޝްކިއާންއާ ވާހަކަ ދެއްކެވި ކަމަށެވެ. އަދި ހަކަތަ އާއި ރައްޔިތުންގެ އިންފްރާސްޓްރަކްޗާ ރައްކާތެރި ކުރުމާއި، ހޮރްމޫޒް ކަނޑު އޮޅީގައި އުޅަނދު ފަހަރު ދަތުރު ކުރުމުގެ މިނިވަންކަން އަލުން ޤާއިމު ކުރުމުގެ ބޭނުންތެރިކަމާ ގުޅޭ ގޮތުން ވެސް މެކްރޮން ވަނީ ވާހަކަ ދައްކަވައިފަ އެވެ. 

މެކްރޮން އިތުރަށް ވިދާޅުވީ، މިހާރު އޮތް ޙާލަތު ހަމަޖެހުމަށް މަގު ފަހި ކޮށްދިނުމަށާއި، އީރާންގެ ނިއުކްލިއާ އަދި ބެލިސްޓިކް ޕްރޮގްރާމް އާއި، ސަރަަހައްދީ ހަމަޖެހުން ޤާއިމު ކުރުމުގެ ކަންކަމާ ގުޅޭ ގޮތުން ހެޔޮ ނިޔަތުގައި ވާހަކަ ދެއްކުމުގައި ބައިވެރިވުމަށް އީރާން އަށް ގޮވާލައްވާފައިވާ ކަަމަށެވެ. 

އީރާންގެ ރައީސް ޕެޒެޝްކިއާންއާ ގުޅުއްވައި މެކްރޮން ވާހަކަ ދައްކަވާފައި މި ވަނީ، ސަރަހައްދީ ޙާލަތު އިތުރަށް ގޯސްވަމުން އަންނަ ދަނޑިވަޅެއްގަ އެވެ. އީރާން އާއި އިޒްރޭލްއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާއި، ސަރަހައްދުގައި އީރާންގެ ބާރު ފުޅާ ވަމުން އަންނާތީ، އެމެރިކާ އާއި އިޒްރޭލް އިން ވަނީ ކަންބޮޑުވެފަ އެވެ. 

މެކްރޮން މި ވާހަކަތައް ދައްކަވާފައި މި ވަނީ ސަރަހައްދުގައި ހަމަޖެހުން ޤާއިމު ކުރުމަށް ޔޫރަޕުން ކުރަމުން އަންނަ މަސައްކަތް ތަކުގެ ބައެއްގެ ގޮތުގައި ކަމަށް ބެލެވެ އެވެ. 

މަސްދަރު: ރޮއިޓާސް

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އިރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއަންއެމަނުއަލް މެކްރޯން

އިތުރަށް ކިޔާލަން

25 މާރިޗު 2026

ސުލްޙައިގެ މަޝްވަރާ ތަކުގައި މެދުވެރިއްގެ ދައުރު އަދާ ކުރަން ޕާކިސްތާން އޮތީ ތައްޔާރަށް

25 މާރިޗު 2026
ސުލްޙައިގެ މަޝްވަރާ ތަކުގައި މެދުވެރިއްގެ ދައުރު އަދާ ކުރަން ޕާކިސްތާން އޮތީ ތައްޔާރަށް
25 މާރިޗު 2026

އީރާނުން އަހަރެންނަށް ތެލާގައި ގޭހުގެ ހަދިޔާއެއް ދީފި. އީރާނުގެ ލީޑަރުންނަށް މިހާރު އިތުބާރު ކުރަން: ޓްރަމްޕް

25 މާރިޗު 2026
އީރާނުން އަހަރެންނަށް ތެލާގައި ގޭހުގެ ހަދިޔާއެއް ދީފި. އީރާނުގެ ލީޑަރުންނަށް މިހާރު އިތުބާރު ކުރަން: ޓްރަމްޕް
24 މާރިޗު 2026

އީރާނުން އިޒްރޭލުގެ ޖާސޫސީ މަރުކަޒުތަކަށް މިސައިލް ހަމަލާދީފި

24 މާރިޗު 2026
އީރާނުން އިޒްރޭލުގެ ޖާސޫސީ މަރުކަޒުތަކަށް މިސައިލް ހަމަލާދީފި
24 މާރިޗު 2026

އީރާނުގެ ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ ގެ މަގާމަށް މުޙައްމަދު ބާގިރު ޒުލްގަދަރު އައްޔަން ކޮށްފި

24 މާރިޗު 2026
އީރާނުގެ ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ ގެ މަގާމަށް މުޙައްމަދު ބާގިރު ޒުލްގަދަރު އައްޔަން ކޮށްފި
24 މާރިޗު 2026

އިޒްރޭލްގެ މަސްހަލަތު ހިމާޔަތް ކުރުމަށް، ނަތަންޔާހޫ އާއި ޓްރަމްޕް މަޝްވަރާ ކުރައްވައިފި

24 މާރިޗު 2026
އިޒްރޭލްގެ މަސްހަލަތު ހިމާޔަތް ކުރުމަށް، ނަތަންޔާހޫ އާއި ޓްރަމްޕް މަޝްވަރާ ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު