Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ޓްރަމްޕްގެ ގޮވާލުމަށް ފުރަގަސްދީ، ހޮރްމޫޒް ހުޅުވުމުގެ އަސްކަރީ އޮަޕަރޭޝަންގައި ފްރާންސް ބައިވެރި ނުވާނެ ކަމަށް މެކްރޮން ވިދާޅުވެއްޖެ

މެކްރޮން ވިދާޅުވެފައި ވަނީ ފްރާންސަކީ ހަމަ ނުޖެހުމުގެ ބައިވެރިއެއް ނޫން ކަމަށާއި، މިހާރު އޮތް ޙާލަތުގައި ހޮރްމޫޒް ކަނޑު އޮޅި މިނިވަން ކުރުމުގެ އޮަޕަރޭޝަންގައި ފްރާންސް އިން ބައިވެރި ނުވާނެ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 މާރިޗު 2026 | ބުދަ 08:32
ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން

ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން | ގެޓީ އިމޭޖަސް

މެދު އިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުން ތަކުގެ ތެރޭގައި، ހޮރްމޫޒް ކަނޑު އޮޅި ހުޅުވުމަށް ހިންގާ އެއްވެސް އަސްކަރީ އޮޕަރޭޝަނެއްގައި ފްރާންސް އިން ބައިވެރި ނުވާނެ ކަމަށް، އެ ޤައުމުގެ ރައީސް އިމަނުއެލް މެކްރޮން ވިދާޅުވެއްޖެ އެވެ. 

އަންގާރަ ދުވަހު އޮތް ކެބިނެޓުގެ ބައްދަލުވުމުގައި މެކްރޮން މިހެން ވިދާޅުވީ، ހޮރްމޫޒް ކަނޑު އޮޅި ހުޅުވުމަށް އެމެރިކާ އިން އިސްނަގައިގެން ކުރިއަށް ގެންދާ މަސައްކަތް ތަކުގައި ފްރާންސް އިން އެހީތެރިވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވާ ވާހަކަ އަށް ރަައްދު ދެއްވަމުންނެވެ. 

ހޯމަ ދުވަހު ޓްރަމްޕް ވިދާޅުވެފައި ވަނީ ހޮރްމޫޒް ކަނޑު އޮޅި ހުޅުވުމަށް ޤައުމުތައް އެއްބަސްް ކުރުވުމުގައި ފްރާންސްގެ ރައީސް މެކްރޮން ގެންގުޅުއްވާ ސިޔާސަތަށް 10 އިން 8 މާކްސް ދެއްވާ ކަމަށެވެ. އަދި އެމެރިކާގެ މަސައްކަތްތަކުގައި މެކްރޮން ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ. 

ނަމަވެސް، މެކްރޮން ވިދާޅުވެފައި ވަނީ ފްރާންސް އަކީ ހަމަ ނުޖެހުމުގެ ބައިވެރިއެއް ނޫން ކަމަށާއި، މިހާރު އޮތް ޙާލަތުގައި ހޮރްމޫޒް ކަނޑު އޮޅި މިނިވަން ކުރުމުގެ އޮަޕަރޭޝަންގައި ފްރާންސް އިން ބައިވެރި ނުވާނެ ކަމަށެވެ. މީގެ އިތުރުން ފްރާންސުގެ ސަރުކާރުގެ އިސް އޮފިޝަލުން ވިދާޅުވެފައި ވަނީ، ހޮރްމޫޒް ކަނޑު އޮޅި އަލުން ހުޅުވާލުމުގެ މަސައްކަތް ކުރުމަށް ވަކި ކޯލިޝަނެއް ހެދުމުގެ މަސައްކަތް އެ ޤައުމުން ކުރަމުން އަންނަ ކަަމަށެވެ. އަދި އެ މަސައްކަތުގައި އެމެރިކާގެ ބައިވެރިވުމެއް ނޯންނާނެ ކަމަށް ވެސް ބުނެފައިވެ އެވެ. 

މެކްރޮން ވިދާޅުވީ މިހާރުގެ މަސްރަހު ހަމަޔަކަށް އެޅި، އަދި ބޮން އެޅުންތައް ހުއްޓުމަކަށް އައުމުން، އެހެން ޤައުމުތަކާ ގުޅިގެން އާގު ބޯޓު ތަކަށް ސަލާމަތީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ އުފުލަން ފްރާންސް އިން އޮތީ ތައްޔާރަށެެވެ. މިއީ ޓްރަމްޕްގެ ގޮވާލެއްވުމަށް މެކްރޮން ފާޅުގައި ދެކޮޅު ހެއްދެވި ފުރަަތަމަ ފަހަރެވެ. 

މިދިޔަ ހަފުތާގެ ތެރޭގައި ފްރާންސް އިން ވަނީ ވިލާތުގެ ޤައުމު ތަކުގެ އިތުރުން، އިންޑިއާ ހިމެނޭހެން އޭޝިއާގެ ޤައުމުތަކާއި އަދި އަރަބި ޤައުމުތަކާ މަޝްވަރާ ކޮށްފަ އެވެ. އެ މަޝްވަރާ ތަކުގެ ބޭނުމަކީ ވިޔަފާރި އުޅަނދު ތަކަށް ހިމާޔަތް ދިނުމަށް ހަނގުރާމަ މަތީ ބޯޓުތައް ފޮނުވުމަށް ޕްލޭނެއް އެކުލަވާލުމެވެ. 

މަސްދަރު: ރޮއިޓާސް

އެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާ-ފްރާންސްހޮރްމޫޒް ކަނޑުއޮޅިއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއެމަނުއަލް މެކްރޯން

އިތުރަށް ކިޔާލަން

18 މާރިޗު 2026

ކޮންމެ ޙާލަތެއް ދިމާވި ނަމަވެސް، ހަނގުރާމައިގެ ތެރެއަށް އިނގިރޭސިވިލާތުން ނުވަންނާނެ ކަމަށް ބޮޑު ވަޒީރު ސްޓާމާ ވިދާޅުވެއްޖެ

18 މާރިޗު 2026
ކޮންމެ ޙާލަތެއް ދިމާވި ނަމަވެސް، ހަނގުރާމައިގެ ތެރެއަށް އިނގިރޭސިވިލާތުން ނުވަންނާނެ ކަމަށް ބޮޑު ވަޒީރު ސްޓާމާ ވިދާޅުވެއްޖެ
18 މާރިޗު 2026

ޓްރަމްޕްގެ ރުޅިގަނޑު ސްޓާމާ އަށް އަމާޒު ކުރުމުން، އަޔަލެންޑުގެ ބޮޑު ވަޒީރު ޓްރަމްޕް ލަދު ގަންނަވާލައިފި

18 މާރިޗު 2026
ޓްރަމްޕްގެ ރުޅިގަނޑު ސްޓާމާ އަށް އަމާޒު ކުރުމުން، އަޔަލެންޑުގެ ބޮޑު ވަޒީރު ޓްރަމްޕް ލަދު ގަންނަވާލައިފި
18 މާރިޗު 2026

އަރާގްޗީގެ ވަރުގަދަ ރައްދެއް: އީރާންގައި އޮތީ ވަރުގަދަ ސިޔާސީ ނިޒާމެއް، ލީޑަރުން އަވަހާރަ ކޮށްލިޔަސް ފަހަތަށް ޖެހުމެއް ނެތް

18 މާރިޗު 2026
އަރާގްޗީގެ ވަރުގަދަ ރައްދެއް: އީރާންގައި އޮތީ ވަރުގަދަ ސިޔާސީ ނިޒާމެއް، ލީޑަރުން އަވަހާރަ ކޮށްލިޔަސް ފަހަތަށް ޖެހުމެއް ނެތް
18 މާރިޗު 2026

ލަރިޖާނީ އާއި ސުލައިމާނީ އަވަހާރަ ވެފައިވާކަން އީރާން އިން ކަށަވަރު ކޮށްދީފި

18 މާރިޗު 2026
ލަރިޖާނީ އާއި ސުލައިމާނީ އަވަހާރަ ވެފައިވާކަން އީރާން އިން ކަށަވަރު ކޮށްދީފި
17 މާރިޗު 2026

ހޮރްމޫޒް ކަނޑުއޮޅިއަށް މަނަވަރުތައް ފޮނުވުމަށް ޓްރަމްޕް ގޮވާލެއްވުމުން ގައުމުތަކުން ދިނީ ފިނި ޖަވާބެއް!

17 މާރިޗު 2026
ހޮރްމޫޒް ކަނޑުއޮޅިއަށް މަނަވަރުތައް ފޮނުވުމަށް ޓްރަމްޕް ގޮވާލެއްވުމުން ގައުމުތަކުން ދިނީ ފިނި ޖަވާބެއް!
17 މާރިޗު 2026

އީރާންއާ ދެކޮޅަށް ޓްރަމްޕް ކުރިއަށް ގެންދާ ހަނގުރާމައާ ދެކޮޅު ހެދުމުގެ ގޮތުން، އެމެރިކާގެ ކައުންޓަޓެރަރިޒަމް ޑިރެކްޓަރު އިސްތިއުފާ ދެއްވައިފި

17 މާރިޗު 2026
އީރާންއާ ދެކޮޅަށް ޓްރަމްޕް ކުރިއަށް ގެންދާ ހަނގުރާމައާ ދެކޮޅު ހެދުމުގެ ގޮތުން، އެމެރިކާގެ ކައުންޓަޓެރަރިޒަމް ޑިރެކްޓަރު އިސްތިއުފާ ދެއްވައިފި
17 މާރިޗު 2026

ހޯރމުޒް ކަނޑުއޮޅީގެ ކާރިސާ: ދުނިޔޭގެ ބޭހުގެ ސަޕްލައި އަށާއި، އެމްއާރްއައި އަދި ޓެކްނޮލޮޖީއަށް ބޮޑު ނުރައްކާލެއް

17 މާރިޗު 2026
ހޯރމުޒް ކަނޑުއޮޅީގެ ކާރިސާ: ދުނިޔޭގެ ބޭހުގެ ސަޕްލައި އަށާއި، އެމްއާރްއައި އަދި ޓެކްނޮލޮޖީއަށް ބޮޑު ނުރައްކާލެއް
17 މާރިޗު 2026

ލަރިޖާނީގެ އެކައުންޓުން ލިޔުމެއް ޕޯސްޓު ކޮށްފި، އީރާންގެ ރަސްމީ ބަހެއް ނެތް

17 މާރިޗު 2026
ލަރިޖާނީގެ އެކައުންޓުން ލިޔުމެއް ޕޯސްޓު ކޮށްފި، އީރާންގެ ރަސްމީ ބަހެއް ނެތް
17 މާރިޗު 2026

އީރާންގެ ބަސީޖް ފޯސްގެ ކޮމާންޑަރު ސުލައިމާނީ އަވަހާރަ ކޮށްލާފައިވާ ކަމަށް އިޒްރޭލް އިން ބުނެފި

17 މާރިޗު 2026
އީރާންގެ ބަސީޖް ފޯސްގެ ކޮމާންޑަރު ސުލައިމާނީ އަވަހާރަ ކޮށްލާފައިވާ ކަމަށް އިޒްރޭލް އިން ބުނެފި
17 މާރިޗު 2026

މެދު އިރުމަތިން އެމެރިކާގެ ސިފައިން ބޭރުވާން ޖެހޭ، ސަލާމަތާއި ރައްކާތެރިކަން ހޯދާނީ ސަރަހައްދުގެ ޤައުމު ތަކުން: އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް

17 މާރިޗު 2026
މެދު އިރުމަތިން އެމެރިކާގެ ސިފައިން ބޭރުވާން ޖެހޭ، ސަލާމަތާއި ރައްކާތެރިކަން ހޯދާނީ ސަރަހައްދުގެ ޤައުމު ތަކުން: އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު