Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

ޔޫކްރެއިން އަށް 90 ބިލިއަން ޔޫރޯގެ ލޯނު ދިނުން ތަންފީޒު ކުރުމަށް މެކްރޮން ގޮވާލައްވައިފި

މެކްރޮން ވިދާޅުވީ، އެ މައްސަލައިގައި ހަންގޭރީގެ ބޮޑު ވަޒީރު ވިކްޓާ އޯބަން އާއެކު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަަށް. އެގޮތުން ކޮންމެ ފަހަރަކު ވެސް އޯބަންއާ މަޝްވަރާ ކުރައްވާ ކަމަށާއި، ޔޫކްރެއިން އަށް ބޭނުންވާ ސަޕޯޓު ދިނުމުގައި ކުރިއަށް ދިޔުމަށް ބޭނުންވާ ކަމަށް ވެސް މެކްރޮން ވަނީ ވިދާޅުވެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 21 މާރިޗު 2026 | ހޮނިހިރު 07:23
ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން.

ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން. | ގެޓީ އިމޭޖަސް

ޔޫކްރެއިން އަށް 90 ބިލިއަން ޔޫރޯގެ ލޯނު ދިނުމަށް ޔޫރަޕިއަން ޔޫނިއަން އިން ނިންމާފައިވާ ނިންމުން ތަންފީޒު ކުރުމަށް، ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ގޮވާލައްވައިފި އެވެ. 

ހުކުރު ދުވަހު މެކްރޮން ގޮވާލައްވާފައި ވަނީ ޔޫކްރެއިން އަށް ދޭން ޖެހޭ ސަޕޯޓު އެންމެ މަތީ ފަންތީގައި ދިނުމަށާއި، ޔޫރަޕުގެ އަމިއްލަ ސަލާމަތާއި ރައްކާތެރިކަން ވަރުގަދަ ކުރުމަށް ކުރަން ޖެހޭ ކަންކަން ކުރުމަށެވެ. 

ޔޫކްރެއިން އަށް 90 ބިލިއަން ޔޫރޯގެ ލޯނެއް ދިނުމަށް އީޔޫ އިން ނިންމާފައި ވަނީ 2025 ވަަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. މެކްރޮން ވަނީ އެ ނިންމުމާ އެއް ގޮތަށް، އެކަން ތަންފީޒު ކުރުމަށް ގޮވާލައްވައިފަ އެވެ. މެކްރޮން ވިދާޅުވެފައި ވަނީ، އެއީ ޤައުމު ތަކުގެ ވެރިން ނިންމަވާފައި ނިންމުމެއް ކަމަށާއި، އެކަން ތަންފީޒު ކުރެވެން ޖެހޭ ކަމަށެވެ. 

މީގެ އިތުރުން މެކްރޮން ވިދާޅުވީ، އެ މައްސަލައިގައި ހަންގޭރީގެ ބޮޑު ވަޒީރު ވިކްޓާ އޯބަން އާއެކު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަަށެވެ. އެގޮތުން ކޮންމެ ފަހަރަކު ވެސް އޯބަންއާ މަޝްވަރާ ކުރައްވާ ކަމަށާއި، ޔޫކްރެއިން އަށް ބޭނުންވާ ސަޕޯޓު ދިނުމުގައި ކުރިއަށް ދިޔުމަށް ބޭނުންވާ ކަމަށް ވެސް މެކްރޮން ވަނީ ވިދާޅުވެފަ އެވެ. 

މެކްރޮން ވަނީ ޔޫކްރެއިން އަށް ދޭ ސަޕޯޓާ ގުޅުވައިގެން ޔޫރަޕިއަން ޔޫނިއަންގައި ދިފާއީ އުފެއްދުންތައް އިތުރު ކުރުމުގެ ވާހަކަ ވެސް ދައްކަވައިފަ އެވެ. އެގޮތުން މެކްރޮން ވިދާޅުވީ ހަތިޔާރު އުފެއްދުމުގެ ޤާބިލުކަން ވަރުގަދަ ކުރަން ޖެހޭ ކަމަށާއި، އެއީ ގިނަ ދުވަސް ތަކެއް ވަންދެން ވަކާލާތު ކުރަމުން އައި ކަމެއް ކަމަށެވެ. އެމެރިކާގެ ސަލާމަތަށާއި، ޔޫކްރެއިން އަށްޓަކައި މިހާރުގެ ޙާލަތުގައި ޔޫރަޕުގެ އުފެއްދުންތައް އިތުރު ކުރަން ޖެހޭ ކަމަށް ވެސް މެކްރޮން ވިދާޅުވި އެވެ. 

ހުކުރު ދުވަހު ޔޫރަޕިއަން ކައުންސިލްގެ ރައީސް އެންޓޯނިއޯ ކޮސްޓާ ވިދާޅުވެފައި ވަނީ، ބުރާސްފަތި ދުވަހުގެ ސަމިޓުގައި ޔޫރަޕިއަން ޔޫނިއަންގެ ލީޑަރުން ވަނީ، ޔޫކްރެއިން އަށް 90 ބިލިއަން ޔޫރޯގެ ލޯނު ދިނުމަށް ހުރަސް އަޅަމުން އަންނަ ހަންގޭރީގެ ބޮޑު ވަޒީރު އޯބަންގެ އަމަލުތައް ކުށްވެރި ކުރައްވާފައި ކަމަށެވެ. 

އޯބަން ވަނީ ދުރުޒްބާ ޕައިޕްލައިން މެދުވެރިކޮށް ތެލުގެ ސަޕްލައި އަލުން ފެށުމާ ހަމައަށް ޔޫކްރެއިން އަށް ފައިދާހުރި ކޮންމެ ނިންމުމަކަށް ސަޕޯޓު ނުކުރައްވާނެ ކަމަށް އަލުން ވިދާޅުވެފަ އެވެ.

މަސްދަރު: ރޮއިޓާސް

ރަޝިޔާ-ޔޫކްރެއިންރަޝިޔާ-ޔޫކްރެއިން ހަނގުރާމައެމަނުއަލް މެކްރޯންޔޫކްރެއިން

ކޮމެންޓް

އިތުރަށް ކިޔާލަން

ޓްރަމްޕް ރުޅި ގަދަވެއްޖެ، ވިދާޅުވީ މެކްރޮން ވަރަށް އަވަހަށް އޮފީހުން ބޭރު ވާނެ ކަމަށް!

ޓްރަމްޕް ރުޅި ގަދަވެއްޖެ، ވިދާޅުވީ މެކްރޮން ވަރަށް އަވަހަށް އޮފީހުން ބޭރު ވާނެ ކަމަށް!

18 މާރިޗު 2026
ޓްރަމްޕްގެ ގޮވާލުމަށް ފުރަގަސްދީ، ހޮރްމޫޒް ހުޅުވުމުގެ އަސްކަރީ އޮަޕަރޭޝަންގައި ފްރާންސް ބައިވެރި ނުވާނެ ކަމަށް މެކްރޮން ވިދާޅުވެއްޖެ

ޓްރަމްޕްގެ ގޮވާލުމަށް ފުރަގަސްދީ، ހޮރްމޫޒް ހުޅުވުމުގެ އަސްކަރީ އޮަޕަރޭޝަންގައި ފްރާންސް ބައިވެރި ނުވާނެ ކަމަށް މެކްރޮން ވިދާޅުވެއްޖެ

18 މާރިޗު 2026
އިޒްރޭލް އާއި ލުބުނާންއާ ދެމެދު ސުލްޙަ ޤާއިމު ކުރުމަށް މެދުވެރިއެއްގެ ދައުރު އަދާ ކުރަން ފްރާންސް އޮތީ ތައްޔާރަށް: މެކްރޮން

އިޒްރޭލް އާއި ލުބުނާންއާ ދެމެދު ސުލްޙަ ޤާއިމު ކުރުމަށް މެދުވެރިއެއްގެ ދައުރު އަދާ ކުރަން ފްރާންސް އޮތީ ތައްޔާރަށް: މެކްރޮން

14 މާރިޗު 2026
އީރާން ހަނގުރާމަ އިން ރަޝިޔާ އަށް ލުޔެއް ލިބޭނެ ކަމަށް ހީކުރުމަކީ ގޯހެއް: މެކްރޮން

އީރާން ހަނގުރާމަ އިން ރަޝިޔާ އަށް ލުޔެއް ލިބޭނެ ކަމަށް ހީކުރުމަކީ ގޯހެއް: މެކްރޮން

14 މާރިޗު 2026
ހަމައެކަނި ބޮން އަޅައިގެން އީރާންގެ ވެރިކަމަށް ބަދަލެއް ނުގެނެވޭނެ: ފްރާންސްގެ ރައީސް މެކްރޮން

ހަމައެކަނި ބޮން އަޅައިގެން އީރާންގެ ވެރިކަމަށް ބަދަލެއް ނުގެނެވޭނެ: ފްރާންސްގެ ރައީސް މެކްރޮން

10 މާރިޗު 2026

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު