Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިޒްރޭލް-ލުބުނާން

އިޒްރޭލް އާއި ލުބުނާންއާ ދެމެދު ސުލްޙަ ޤާއިމު ކުރުމަށް މެދުވެރިއެއްގެ ދައުރު އަދާ ކުރަން ފްރާންސް އޮތީ ތައްޔާރަށް: މެކްރޮން

އިޒްރޭލް އިން ލިބުނާން އަށް ދެމުން އަންނަ ހަމަލާތައް ހުއްޓާލުމަށާއި، ހިޒްބުﷲ ޖަމާއަތުން ހިންގަމުން އަންނަ ހަނގުރާމަވެރި އަމަލުތައް ހުއްޓާލުމަށް ވެސް ފްރާންސްގެ ރައީސް މެކްރޮން ވަނީ ބާރު އަޅުއްވާފައި. މަޝްވަރާގެ މޭޒަށް ދިޔުމަކީ މިވަގުތު މަސްލަހަތު ޤާއިމު ކުރުމަށް އޮތް އެންމެ މުހިންމު މަގު ކަމަށް ވެސް މެކްރޮން ވަނީ ފާހަގަ ކުރައްވާފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 14 މާރިޗު 2026 | ހޮނިހިރު 12:00
ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން

ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން | ގެޓީ އިމޭޖަސް

އިޒްރޭލް އާއި ލުބުނާންއާ ދެމެދު ހިނގަމުން އަންނަ ހަމަ ނުޖެހުންތައް ހުއްޓާލައި، ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް ފްރާންސްގެ ޕެރިހުގައި ބޭއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް، ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ވިދާޅުވެއްޖެ އެވެ. 

ފްރާންސްގެ ރައީސް މެކްރޮން މިކަން ހާމަ ކުރައްވާފައި ވަނީ ހޮނިހިރު ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. އެގޮތުން މެކްރޮން ވިދާޅުވީ، އިޒްރޭލް އާއެކު ސީދާ މަޝްވަރާ ތަކަށް ދިޔުމަށް ތައްޔާރަށް އޮތް ކަމުގެ އިޝާރާތެއް ލުބުނާންގެ ލީޑާޝިޕް އިން ދީފައިވާ ކަމަށެވެ. އެހެންކަމުން ދާއިމީ ޙައްލެއް ހޯދުމަށާއި، ލުބުނާންގެ އިސްތިޤުލާލު ދެމެހެއްޓުމަށްޓަކައި ލުބުނާންގެ ކަމާ ބެހޭ ފަރާތް ތަކުން ވެފައިވާ ވައުދުތައް ތަންފީޒު ކުރުމަށް ފުރުސަތު ދިިނުމުގެ ގޮތުން، ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް ފެށުމަށް ލިބިފައިވާ ފުރުސަތުގެ ބޭނުން ހިފުމަށް މެކްރޮން ވަނީ އިޒްރޭލް އަށް ގޮވާލައްވައިފަ އެވެ. 

މީގެ އިތުރުން އިޒްރޭލް އިން ލުބުނާން އަށް ދެމުން އަންނަ ހަމަލާތައް ހުއްޓާލުމަށާއި، ހިޒްބުﷲ ޖަމާއަތުން ހިންގަމުން އަންނަ ހަނގުރާމަވެރި އަމަލުތައް ހުއްޓާލުމަށް ވެސް ފްރާންސްގެ ރައީސް މެކްރޮން ވަނީ ބާރު އަޅުއްވައިފަ އެވެ. މަޝްވަރާގެ މޭޒަށް ދިޔުމަކީ މިވަގުތު މަސްލަހަތު ޤާއިމު ކުރުމަށް އޮތް އެންމެ މުހިންމު މަގު ކަމަށް ވެސް މެކްރޮން ވަނީ ފާހަގަ ކުރައްވައިފަ އެވެ. 

ލުބުނާންގެ ޙާލަތާ ގުޅޭ ގޮތުން މެކްރޮން އިތުރަށް ވިދާޅުވީ، ބޮޑު ހައިޖާނު ގަނޑެއްގެ ތެރެއަށް ލުބުނާން ވެއްޓިގެން ދިޔަ ނުދިނުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަން ޖެހޭ ކަމަށެވެ. އަދި އެ ޤައުމުގެ ހަމަޖެހުމަކީ މުޅި ސަރަހައްދުގެ ސަލާމަތާ ގުޅިފައިވާ ކަމެއް ކަމަށް ވެސް މެކްރޮން ވަނީ ވިދާޅުވެފަ އެވެ. 

ފްރާންސް އަކީ ތާރީޚީ ގޮތުން ލުބުނާންއާ ގާތް ގުޅުމެއް ބާއްވާ ޤައުމަކަށް ވާއިރު، މި މައްސަލައިގެ މެދުވެރިއެއްގެ ދައުރު އަދާ ކުރުމަށް ފްރާންސް އިން ދަނީ ބައިނަލްއަޤުވާމީ މައިދާނުގައި ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ. ފްރާންސްގެ ރައީސް މެކްރޮންގެ މި ހުށަހެޅުމަކީ ސަރަހައްދީ ހަމަނުޖެހުންތައް ކުޑަކޮށް، ސުލްޙަ ޤާއިމު ކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ދެކެ އެވެ. 

މަސްދަރު: ރޮއިޓާސް

އެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އިޒްރޭލް-ލުބުނާންހިޒްބުﷲފްރާންސްއެމަނުއަލް މެކްރޯން

ކޮމެންޓް

އިތުރަށް ކިޔާލަން

އޭޝިއާ ޕެސިފިކް އަށް ތެޔޮ ފޯރުކޮށްދިނުމުގެ ޤާބިލުކަން އެމެރިކާ އަށް ލިބިގެންވާ ކަމަށް އިންޓީރިއާ ސެކްރެޓަރީ ވިދާޅުވެއްޖެ

އޭޝިއާ ޕެސިފިކް އަށް ތެޔޮ ފޯރުކޮށްދިނުމުގެ ޤާބިލުކަން އެމެރިކާ އަށް ލިބިގެންވާ ކަމަށް އިންޓީރިއާ ސެކްރެޓަރީ ވިދާޅުވެއްޖެ

14 މާރިޗު 2026
އީރާންއާ ދެކޮޅަށް ކުރާ ހަނގުރާމަ އިން އެމެރިކާ މޮޅުވާ ކަމަށް މީޑިއާ ތަކުން ނުބުނާތީ ޓްރަމްޕް ރުޅިގަދަ ވެއްޖެ، ވިދާޅުވީ އީރާން މުޅިން ބަލިވެއްޖެ ކަމަށް

އީރާންއާ ދެކޮޅަށް ކުރާ ހަނގުރާމަ އިން އެމެރިކާ މޮޅުވާ ކަމަށް މީޑިއާ ތަކުން ނުބުނާތީ ޓްރަމްޕް ރުޅިގަދަ ވެއްޖެ، ވިދާޅުވީ އީރާން މުޅިން ބަލިވެއްޖެ ކަމަށް

14 މާރިޗު 2026
ވޯލްޑް ކަޕް އިން އީރާން ބޭރު ކުރުމުގެ ބާރު ޓްރަމްޕް އަށް ނެތް ކަމަށް ބުނެފި

ވޯލްޑް ކަޕް އިން އީރާން ބޭރު ކުރުމުގެ ބާރު ޓްރަމްޕް އަށް ނެތް ކަމަށް ބުނެފި

14 މާރިޗު 2026
އީރާން ހަނގުރާމަ އިން ރަޝިޔާ އަށް ލުޔެއް ލިބޭނެ ކަމަށް ހީކުރުމަކީ ގޯހެއް: މެކްރޮން

އީރާން ހަނގުރާމަ އިން ރަޝިޔާ އަށް ލުޔެއް ލިބޭނެ ކަމަށް ހީކުރުމަކީ ގޯހެއް: މެކްރޮން

14 މާރިޗު 2026
އެމެރިކާާގެ ތެޔޮ އިންފްރާސްޓްރަކްޗާތައް ހަލާކު ކޮށްލައި، އަޅި އަށް ހަދާލާނެ ކަމުގެ އިންޒާރު އީރާން އިން ދީފި

އެމެރިކާާގެ ތެޔޮ އިންފްރާސްޓްރަކްޗާތައް ހަލާކު ކޮށްލައި، އަޅި އަށް ހަދާލާނެ ކަމުގެ އިންޒާރު އީރާން އިން ދީފި

14 މާރިޗު 2026

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު