Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

ޓްރަމްޕް ރުޅި ގަދަވެއްޖެ، ވިދާޅުވީ މެކްރޮން ވަރަށް އަވަހަށް އޮފީހުން ބޭރު ވާނެ ކަމަށް!

ހޮރްމޫޒް ކަނޑު އޮޅި ހުޅުވުމުގެ އޮޕަރޭޝަންގައި ފްރާންސް އިން ބައިވެރި ނުވާނެ ކަމަށް މެކްރޮން ހާމަ ކޮށްފައިވާ ކަމަށް ނޫސްވެރިޔާ ސުވާލު ކުރި. އެއާ އެކު އެންމެ ފުރަތަމަ ޓްރަމްޕް ވަނީ އެއީ ކާކު ވިދާޅުވި ވިދާޅުވުމެއްތޯ އައްސަވާފައި. ދެ ވަނަ ފަހަރަށް ނޫސްވެރިޔާ މެކްރޮންއޭ ދެންނެވުމުން، ކޯފާ އިސް ކުރައްވައި ޓްރަމްޕް ވިދާޅުވީ މެކްރޮން ވަރަށް އަވަހަށް އޮފީހުން ބޭރު ވާނެ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 18 މާރިޗު 2026 | ބުދަ 08:36
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި، ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި، ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން | ގެޓީ އިމޭޖަސް

ހޮރްމޫޒް ކަނޑު އޮޅި ހުޅުވުމަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެދިވަޑަައިގެންފައިވާއިރު، ފްރާންސް އިން އެކަމާ އިންކާރު ކުރުމުން ޓްރަމްޕް ވަރަށް ބޮޑަށް ރުޅި ގަދަ ވެއްޖެ އެވެ.

އެމެރިކާ އާއި އިޒްރޭލް އިން އީރާާންއާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން، އީރާން އިން ވަނީ ހޮރްމޫޒް ކަނޑު އޮޅި ބަންދު ކޮށްފަ އެވެ. އެކަމުގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށް ބޮޑު ލޮޅުމެއް އަރާފައިވާއިރު، ތެލުގެ އަގު ވަނީ އިންތިހާ އަށް މައްޗަށް އަރައިގެން ގޮސްފަ އެވެ. 

ޓްރަމްޕް ވަނީ ހޮރްމޫޒް ކަނޑު އޮޅި ހުޅުވުމުގެ މަސައްކަތުގައި އެކުވެރި ޤައުމު ތަކުގެ އެއްބާރުލުމަށް އެދިފަ އެވެ. އެގޮތުން އެމެރިކާއާ ގާތް ގުޅުމެއް އޮންނަ އިނގިރޭސިވިލާތާއި، ޖަޕާން އާއި، އޮސްޓްރޭލިއާ އަދި ފްރާންސް ފަދަ ޤައުމު ތަކުގެ އެހީތެރިކަމަށް ޓްރަމްޕް ވަނީ އެދިވަޑައިގެންފަ އެވެ. ނަމަވެސް އެ ޤައުމު ތަކުން ވަނީ އެކަމާ ދެކޮޅު ހަދައިފަ އެވެ. އޭގެ ތެރޭގައި ފްރާންސް ވެސް ހިމެނެ އެވެ.

އަންގާރަ ދުވަހު ވައިޓް ހައުސްގައި ނޫސްވެރިޔަކު ވަނީ ޓްރަމްޕްއާ އެ ސުވާލު އަމާޒު ކޮށްފަ އެވެ. އެގޮތުން ހޮރްމޫޒް ކަނޑު އޮޅި ހުޅުވުމުގެ އޮޕަރޭޝަންގައި ފްރާންސް އިން ބައިވެރި ނުވާނެ ކަމަށް މެކްރޮން ހާމަ ކޮށްފައިވާ ކަމަށް ނޫސްވެރިޔާ ސުވާލު ކުރި އެވެ. އެއާ އެކު އެންމެ ފުރަތަމަ ޓްރަމްޕް ވަނީ އެއީ ކާކު ވިދާޅުވި ވިދާޅުވުމެއްތޯ އައްސަވައިފަ އެވެ. ދެ ވަނަ ފަހަރަށް ނޫސްވެރިޔާ މެކްރޮންއޭ ދެންނެވުމުން، ކޯފާ އިސް ކުރައްވައި ޓްރަމްޕް ވިދާޅުވީ މެކްރޮން ވަރަށް އަވަހަށް އޮފީހުން ބޭރު ވާނެ ކަމަށެވެ.

Your browser does not support the video tag.
މެކްރޮންގެ ނިންމެވުމާ ގުޅޭ ގޮތުން ޓްރަމްޕް ދެއްކެވި ވާހަކަ

މެކްރޮންގެ ނިންމެވުމާ މެދު ޓްރަމްޕް ހިތްހަމަ ނުޖެހުނުއިރު، ފްރާންސް އާއި އެމެރިކާ އަކީ ވަރަށް ގާތް ގުޅުމެއް އޮންނަ ދެ ޤައުމެވެ. ޚާއްޞަކޮށް ޓްރަމްޕްގެ ރިޔާސީ ފުރަތަމަ ދައުރުގައި އޭނާ ވަނީ މެކްރޮންއާ ގާތް ގުޅުމެއް ބާއްވަވައިފަ އެވެ. އޭގެ ފަހުން 2025 ވަނަ އަހަރު ވެރި ކަމުގެ ދެ ވަނަ ދައުރަކަށް ޓްރަމްޕް ވަޑައިގެން ފަހުން ވެސް، އޭނާ ވަނީ މެކްރޮންއާ ގާތް ގުޅުމެއް ބާއްވަވައިފަ އެވެ. ނަމަވެސް، މެދު އިރުމަތީގެ މިހާރުގެ ޙާލަތުގައި ހޮރްމޫޒް ކަނޑު އޮޅި ހުޅުވުމުގެ އޮޕަރޭޝަންގައި ބައިވެރި ނުވާން މެކްރޮން ވަނީ ނިންމަވައިފަ އެވެ.

މެކްރޮން ވަރަށް އަވަހަށް އޮފީހުން ބޭރު ވާނެ ކަމަށް ޓްރަމްޕް ވިދާޅުވިއިރު، އޭނާ އެ އިޝާރާތް ކުރެއްވީ މެކްރޮންގެ ރިޔާސީ ދައުރު ހަމަވުމަށެވެ. ދެ ވަނަ ދައުރަކަށް ފްރާންސްގެ ވެރިކަން ކުރައްވަމުން އަންނަ މެކްރޮންގެ ރިޔާސީ ދައުރު ހަމަވާނީ 2027 ވަަނަ އަހަރުގެ އޭޕްރީލް މަހު އެވެ. ފްރާންސްގެ ޤާނޫނުގައި އޮންނަ ގޮތުން، ދެ ދައުރު ވެރިކަން ކުރެއްވުމަށް ފަހު، އެ ބޭފުޅަކަށް އިތުރު ދައުރަކަށް ވާދަ ނުކުރެވޭނެ އެވެ. 

އެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ހޮރްމޫޒް ކަނޑުއޮޅިއެމެރިކާ-ފްރާންސްއެމަނުއަލް މެކްރޯންއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

ކޮމެންޓް

އިތުރަށް ކިޔާލަން

ޓްރަމްޕްގެ ގޮވާލުމަށް ފުރަގަސްދީ، ހޮރްމޫޒް ހުޅުވުމުގެ އަސްކަރީ އޮަޕަރޭޝަންގައި ފްރާންސް ބައިވެރި ނުވާނެ ކަމަށް މެކްރޮން ވިދާޅުވެއްޖެ

ޓްރަމްޕްގެ ގޮވާލުމަށް ފުރަގަސްދީ، ހޮރްމޫޒް ހުޅުވުމުގެ އަސްކަރީ އޮަޕަރޭޝަންގައި ފްރާންސް ބައިވެރި ނުވާނެ ކަމަށް މެކްރޮން ވިދާޅުވެއްޖެ

18 މާރިޗު 2026
ކޮންމެ ޙާލަތެއް ދިމާވި ނަމަވެސް، ހަނގުރާމައިގެ ތެރެއަށް އިނގިރޭސިވިލާތުން ނުވަންނާނެ ކަމަށް ބޮޑު ވަޒީރު ސްޓާމާ ވިދާޅުވެއްޖެ

ކޮންމެ ޙާލަތެއް ދިމާވި ނަމަވެސް، ހަނގުރާމައިގެ ތެރެއަށް އިނގިރޭސިވިލާތުން ނުވަންނާނެ ކަމަށް ބޮޑު ވަޒީރު ސްޓާމާ ވިދާޅުވެއްޖެ

18 މާރިޗު 2026
ޓްރަމްޕްގެ ރުޅިގަނޑު ސްޓާމާ އަށް އަމާޒު ކުރުމުން، އަޔަލެންޑުގެ ބޮޑު ވަޒީރު ޓްރަމްޕް ލަދު ގަންނަވާލައިފި

ޓްރަމްޕްގެ ރުޅިގަނޑު ސްޓާމާ އަށް އަމާޒު ކުރުމުން، އަޔަލެންޑުގެ ބޮޑު ވަޒީރު ޓްރަމްޕް ލަދު ގަންނަވާލައިފި

18 މާރިޗު 2026
އަރާގްޗީގެ ވަރުގަދަ ރައްދެއް: އީރާންގައި އޮތީ ވަރުގަދަ ސިޔާސީ ނިޒާމެއް، ލީޑަރުން އަވަހާރަ ކޮށްލިޔަސް ފަހަތަށް ޖެހުމެއް ނެތް

އަރާގްޗީގެ ވަރުގަދަ ރައްދެއް: އީރާންގައި އޮތީ ވަރުގަދަ ސިޔާސީ ނިޒާމެއް، ލީޑަރުން އަވަހާރަ ކޮށްލިޔަސް ފަހަތަށް ޖެހުމެއް ނެތް

18 މާރިޗު 2026
ލަރިޖާނީ އާއި ސުލައިމާނީ އަވަހާރަ ވެފައިވާކަން އީރާން އިން ކަށަވަރު ކޮށްދީފި

ލަރިޖާނީ އާއި ސުލައިމާނީ އަވަހާރަ ވެފައިވާކަން އީރާން އިން ކަށަވަރު ކޮށްދީފި

18 މާރިޗު 2026

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު