Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާން ހަނގުރާމަ އިން ރަޝިޔާ އަށް ލުޔެއް ލިބޭނެ ކަމަށް ހީކުރުމަކީ ގޯހެއް: މެކްރޮން

14 މާރިޗު 2026 | ހޮނިހިރު 08:50

ހުކުރު ދުވަހު ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މެކްރޮން ވިދާޅުވީ، އީރާންގެ ހަނގުރާމަ އިން ލުއި ތަކެއް ލިބޭނެ ކަމަށް މިއަދު ރަޝިޔާ އަށް ޤަބޫލު ކުރެވިދާނެ ކަމަށް. ނަމަވެސް، އެއީ ގޯސް ހިސާބެއް ކަމަށް މެކްރޮން ވަނީ ވިދާޅުވެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 މާރިޗު 2026 | ހޮނިހިރު 08:50
ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން.

ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން. | ގެޓީ އިމޭޖަސް

އެމެރިކާާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ކުރިއަށް ގެންދާ ހަނގުރާމައިގެ ސަބަބުން މެދު އިރުމަތީގެ މަސްރަހު ގޯސްވެފައިވާއިރު، އެ ހަނގުރާމަ އިން ރަޝިޔާ އަށް ލުޔެއް ލިބޭނެ ކަމަށް ހީކުރާ ނަމަ، އެއީ ގޯސް ހިސާބެއް ކަމަށް ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ވިދާޅުވެއްޖެ އެވެ. 

މެކްރޮން މިހެން ވިދާޅުވެފައި ވަނީ، ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ދިޔުމުގެ ސަބަބުން، ތެލުގެ އަގު ހެޔޮ ކުރުމަށް ރަޝިޔާ އަށް މީގެ ކުރިން އަޅާފައިވާ ބައެއް ފިޔަވަޅުތައް ލުއި ކުރުމަށް އެމެރިކާ އިން ނިންމާފައި ވަނިކޮށެވެ. 

ހުކުރު ދުވަހު ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މެކްރޮން ވިދާޅުވީ، އީރާންގެ ހަނގުރާމަ އިން ލުއި ތަކެއް ލިބޭނެ ކަމަށް މިއަދު ރަޝިޔާ އަށް ޤަބޫލު ކުރެވިދާނެ ކަމަށެވެ. ނަމަވެސް، އެއީ ގޯސް ހިސާބެއް ކަމަށް މެކްރޮން ވަނީ ވިދާޅުވެފަ އެވެ. 

ފްރާންސްގެ ރައީސް މެކްރޮން އާއި، ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ފްރާންސްގެ ރައީސް މެކްރޮން އާއި، ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

މެކްރޮން ވިދާޅުވީ މިދިޔަ ހަފުތާގެ ތެރޭގައި ކުރިއަށް ގެންދިޔަ ޖީ7 ޤައުމު ތަކުގެ ބައްދަލުވުމުގައި ވެސް، އެ މައްސަލަ މުހިންމު ގޮތެއްގައި ދިރާސާ ކޮށްފައިވާ ކަމަށެވެ. އެގޮތުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ދިޔުމަކީ، ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އަލުން އުވާލުން ނުވަތަ ލުއި ކުރަން ޖެހޭ ކަމެއް ނޫން ކަމަށް ޤައުމު ތަކުން ޤަބޫލު ކޮށްފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވި އެވެ. 

ފްރާންސްގެ ރިޔާސީ އޮފީހުން ބުނެފައި ވަނީ، މެކްރޮން އާއި ޒެލެންސްކީ ބައްދަލު ކުރެއްވުމުގެ އަސާސީ މަޤުސަދަކީ ރަޝިޔާ އަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމަށް މަޝްވަރާ ކުރުން ކަމަށެވެ. ހުކުރު ދުވަހު ޒެލެންސްކީ ވަނީ ފްރާންސް އަށް ވަޑައިގެން މެކްރޮން ބައްދަލު ކުރައްވައި، ރަޝިޔާ އާއި ޔޫކްރެއިންގެ ހަނގުރާމައާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ. 

ފްރާންސްގެ ރައީސް މެކްރޮން ވިދާޅުވީ ރަޝިޔާ އަށް އަޅާފައިވާ ފިޔަވަޅުތައް ދެމެހެއްޓުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އެކަން ކުރުމަށް ބައިނަލްއަޤުވާމީ ޤައުމު ތަކުން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް މެކްރޮން ވިދާޅުވި އެވެ. މެދު އިރުމަތީގެ ޙާލަތާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިގެން ދިޔުމުން، ބައެއް ޤައުމު ތަކުން ރަޝިޔާ އަށް އަޅާފައިވާ ފިޔަވަޅުތައް ލުއި ކުރަން ފެށި ނަމަވެސް، ފްރާންސް އާއި ޔޫރަޕުގެ އެހެން ޤައުމު ތަކުން އެ ފިޔަވަޅުތައް ދެމެހެއްޓުމަށް މެކްރޮން ވަނީ ގޮވާލައްވައިފަ އެވެ. 

މަސްދަރު: ފްރާންސް24

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައެމަނުއަލް މެކްރޯންޔޫކްރެއިންގެ ރައީސް ވޮލްޑީމިއަރ ޒެލެންސްކީތެލުގެ އަގު

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

އިތުރަށް ކިޔާލަން

14 މާރިޗު 2026

އެމެރިކާާގެ ތެޔޮ އިންފްރާސްޓްރަކްޗާތައް ހަލާކު ކޮށްލައި، އަޅި އަށް ހަދާލާނެ ކަމުގެ އިންޒާރު އީރާން އިން ދީފި

14 މާރިޗު 2026
އެމެރިކާާގެ ތެޔޮ އިންފްރާސްޓްރަކްޗާތައް ހަލާކު ކޮށްލައި، އަޅި އަށް ހަދާލާނެ ކަމުގެ އިންޒާރު އީރާން އިން ދީފި
14 މާރިޗު 2026

އަންނަ ހަފުތާގެ ތެރޭގައި އީރާން އަށް ވަރުގަދަ ހަމަލާ ތަކެއް ދޭނަން: ޓްރަމްޕް

14 މާރިޗު 2026
އަންނަ ހަފުތާގެ ތެރޭގައި އީރާން އަށް ވަރުގަދަ ހަމަލާ ތަކެއް ދޭނަން: ޓްރަމްޕް
14 މާރިޗު 2026

އެމެރިކާގެ ހަމަލާ ތަކާ މެދު ބިރެއް ނެތި، އީރާންގެ ރައީސް ޕެޒެޝްކިއާން އާއި އިސްވެރިން، އާންމުންގެ ތެރެއަށް ނިކުންނަވައިފި

14 މާރިޗު 2026
އެމެރިކާގެ ހަމަލާ ތަކާ މެދު ބިރެއް ނެތި، އީރާންގެ ރައީސް ޕެޒެޝްކިއާން އާއި އިސްވެރިން، އާންމުންގެ ތެރެއަށް ނިކުންނަވައިފި
14 މާރިޗު 2026

މޫނުގެ ސިފަ ގެއްލި ކާކުކަން ނޭނގޭ ވަރަށް، އީރާންގެ އައު ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީ ޒަޚަމުވެފައިވާ ކަމަށް ހެގްސެތު ވިދާޅުވެއްޖެ

14 މާރިޗު 2026
މޫނުގެ ސިފަ ގެއްލި ކާކުކަން ނޭނގޭ ވަރަށް، އީރާންގެ އައު ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީ ޒަޚަމުވެފައިވާ ކަމަށް ހެގްސެތު ވިދާޅުވެއްޖެ
14 މާރިޗު 2026

ފަލަސްޠީނާއި އީރާނަށް އޮތް ތާއީދު ދައްކާލައި، ޤުދުސް ދުވަހު އެތައް ހާސް ބަޔަކު އަޑު އުފުލައިފި

14 މާރިޗު 2026
ފަލަސްޠީނާއި އީރާނަށް އޮތް ތާއީދު ދައްކާލައި، ޤުދުސް ދުވަހު އެތައް ހާސް ބަޔަކު އަޑު އުފުލައިފި
14 މާރިޗު 2026

ތެލުގެ އަގު އުފުލުމާ ގުޅިގެން، އިންޑިއާގެ އެންމެ ބޮޑު ދެ އެއާލައިނުން ޓިކެޓުގެ އަގު ބޮޑުކުރަން ނިންމައިފި

14 މާރިޗު 2026
ތެލުގެ އަގު އުފުލުމާ ގުޅިގެން، އިންޑިއާގެ އެންމެ ބޮޑު ދެ އެއާލައިނުން ޓިކެޓުގެ އަގު ބޮޑުކުރަން ނިންމައިފި
14 މާރިޗު 2026

އީރާން ހަނގުރާމަ: އެމެރިކާއާއި އިޒްރޭލުން ދެމުންދާ ހަމަލާތަކުގެ 14 ވަނަ ދުވަހު ހިނގަމުން ދިޔަ ކަންތައްތައް

14 މާރިޗު 2026
އީރާން ހަނގުރާމަ: އެމެރިކާއާއި އިޒްރޭލުން ދެމުންދާ ހަމަލާތަކުގެ 14 ވަނަ ދުވަހު ހިނގަމުން ދިޔަ ކަންތައްތައް
14 މާރިޗު 2026

އީރާނުގެ އާ ލީޑަރަށް ވަނީ އަނިޔާވެ ޖިސްމާނީ ގެއްލުން ލިބިފައި: އެމެރިކާ

14 މާރިޗު 2026
އީރާނުގެ އާ ލީޑަރަށް ވަނީ އަނިޔާވެ ޖިސްމާނީ ގެއްލުން ލިބިފައި: އެމެރިކާ
14 މާރިޗު 2026

އީރާނުގެ ތެޔޮ އެކްސްޕޯޓު ކުރާ މައިމަރުކަޒު ހުންނަ ޚާރްގް ޖަޒީރާ އަށް ވަރުގަދަ ބޮމުގެ ހަމަލާތަކެއް ދީފި ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

14 މާރިޗު 2026
އީރާނުގެ ތެޔޮ އެކްސްޕޯޓު ކުރާ މައިމަރުކަޒު ހުންނަ ޚާރްގް ޖަޒީރާ އަށް ވަރުގަދަ ބޮމުގެ ހަމަލާތަކެއް ދީފި ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
14 މާރިޗު 2026

އީރާނާ ދެކޮޅަށްދޭ ހަމަލާތައް ވަރުގަދަ ކުރުމަށް މެދުއިރުމައްޗަށް އެމެރިކާގެ މެރިން ފައުޖެއް ފޮނުވުމަށް ޕެންޓަގަން އިން ހުއްދަ ދީފި

14 މާރިޗު 2026
އީރާނާ ދެކޮޅަށްދޭ ހަމަލާތައް ވަރުގަދަ ކުރުމަށް މެދުއިރުމައްޗަށް އެމެރިކާގެ މެރިން ފައުޖެއް ފޮނުވުމަށް ޕެންޓަގަން އިން ހުއްދަ ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް