Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ފަރަންސޭސި ވިލާތް

ޕެރިހުގައި ހުންނަ ބޭންކް އޮފް އެމެރިކާ ގޮއްވާލަން އުޅެފި

ފަރަންސޭސިވިލާތުގެ ޕެރިހުގައި ހުންނަ ބޭންކް އޮފް އެމެރިކާގެ އިމާރާތަކަށް ޓެރަރިސްޓް ހަމަލާއެއް ދޭން އުޅުނު ކަމުގެ ތުހުމަތުގައި އެ ގައުމުގެ އެންޓި-ޓެރަރިޒަމް ޕްރޮސެކިއުޓާގެ އޮފީހުން ޚާއްސަ ތަހުގީގެއް ފަށައިފި. މި ހާދިސާއާ ގުޅިގެން ފުލުހުންގެ ބަންދަށް މީހަކު ގެނެސްފައިވާއިރު، މިކަމަކީ ޓެރަރިސްޓް ޖަމާއަތަކާ ގުޅިގެން ރާވާފައިވާ ނުރައްކާތެރި އަމަލެއް ކަމަށް ކަމާބެހޭ އިދާރާތަކުން ތުހުމަތުކުރޭ.

ރާއްޖެ އެމްވީ | 29 މާރިޗު 2026 | އާދީއްތަ 02:25
ކެލިފޯނިއާގެ ސެން ފްރެންސިސްކޯގައި ހުންނަ ބޭންކް އޮފް އެމެރިކާ ބްރާންޗެއްގެ ބޭރުގައި އެ ބޭންކުގެ ލޯގޯ ފެންނަ މަންޒަރެއް.

ކެލިފޯނިއާގެ ސެން ފްރެންސިސްކޯގައި ހުންނަ ބޭންކް އޮފް އެމެރިކާ ބްރާންޗެއްގެ ބޭރުގައި އެ ބޭންކުގެ ލޯގޯ ފެންނަ މަންޒަރެއް. | ގެޓީ އިމޭޖަސް

ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހުގައި ހުންނަ ބޭންކް އޮފް އެމެރިކާގެ އިމާރާތެއްގެ ބޭރުގައި ބޮމުގެ ހަމަލާއެއް ދޭން އުޅުނު ކަމަށް ތުހުމަތުކުރެވޭ ބަޔަކު ފަރަންސޭސި ފުލުހުން ހުއްޓުވައިފިއެވެ. މި ހާދިސާއާ ގުޅިގެން އެކަކު ހައްޔަރުކޮށްފައިވާއިރު، ދެވަނަ މީހާ ވަނީ ފިލާފައެވެ.

ފަރަންސޭސިވިލާތުގެ ގައުމީ އެންޓި-ޓެރަރިޒަމް ޕްރޮސެކިއުޓާގެ އޮފީސް (ޕީ.އެން.އޭ.ޓީ) އިން އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ޓެރަރިޒަމާ ގުޅުންހުރި ކުށްތަކެއްގެ ތުހުމަތުގައި މި މައްސަލައިގެ ތަހުގީގު މިހާރު ފަށާފައިވާ ކަމަށެވެ.

މި މައްސަލައިގައި ތުހުމަތުކުރެވޭ ކުށްތަކުގެ ތެރޭގައި، އަލިފާން ބޭނުންކޮށްގެން ނުވަތަ ނުރައްކާތެރި ވަސީލަތެއް ބޭނުންކޮށްގެން ގެއްލުން ދޭން އުޅުމާއި، ގޮވާތަކެތި ނުވަތަ އަލިފާން ރޯކުރާ ފަދަ އާލާތެއް އުފެއްދުމާއި، ނުރައްކާތެރި ގެއްލުމެއް ދިނުމުގެ ނިޔަތުގައި އެފަދަ ތަކެތި ގެންގުޅުމާއި އުފުލުމުގެ އިތުރުން، ޓެރަރިސްޓް ޖަމާއަތަކާ ގުޅިގެން މަސައްކަތް ކުރުން ހިމެނެއެވެ.

މި ހާދިސާއާ ގުޅިގެން އެކަކު މިހާރު ހުރީ ފުލުހުންގެ ބަންދުގައެވެ.

ފަރަންސޭސި ދާޚިލީ ވަޒީރު ލޯރެންޓް ނޫނޭޒް ވިދާޅުވީ، ރޭގަނޑުގެ ވަގުތެއްގައި ޕެރިހުގައި ދޭން އުޅުނު ޓެރަރިސްޓް ހަމަލާއެއް ހުއްޓުވުމުގައި ޕެރިސް ފުލުހުންގެ ޔުނިޓަކުން ދެއްކި ހުށިޔާރުކަމަށް ސާބަސް ދެއްވާ ކަމަށެވެ.

މީގެ އިތުރުން ނޫނޭޒް ވިދާޅުވީ، ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ވަރަށް މަތީ ދަރަޖައަކަށް ސަމާލުވެ ތިބި ކަމަށެވެ. އަދި މިހާރު ދުނިޔޭގެ މަސްރަހު އޮތް ގޮތުން، އޭނާގެ ބެލުމުގެ ދަށުން ހަރަކާތްތެރިވާ ސަލާމަތީ އަދި ޖާސޫސީ ހުރިހާ ބާރުތަކުން ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް އެ ފަރާތްތަކަށް ތައުރީފު ކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އާރް.ޓީ.އެލް ރޭޑިއޯއިން ފުލުހުންގެ މަސްދަރުތަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ހޮނިހިރު ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ. އެގޮތުން ޕެރިހުގެ އަށްވަނަ އަވަށުގައި ހުންނަ ބޭންކް އޮފް އެމެރިކާގެ އިމާރާތް ކައިރިން ކޮތަޅެއް ހިފައިގެން ދިޔަ ދެ މީހަކު ފުލުހުންނަށް ވަނީ ފެނިފައެވެ.

އާރް.ޓީ.އެލް އިން ބުނި ގޮތުގައި، އޭގެ ތެރެއިން އެކަކު އަތުގައި އޮތް ލައިޓަރަކުން އެއްޗެއްގައި ރޯކުރަން އުޅެނިކޮށް ފުލުހުން ވަނީ އޭނާ ހުއްޓުވާފައެވެ. ނަމަވެސް ދެވަނަ މީހާ ވަނީ އެ ސަރަހައްދުން ފިލާފައެވެ. 

އިރާނުގެ ހަނގުރާމަ ފެށުނު ފަހުން، ފަރަންސޭސިވިލާތުގައި ތިބި އިރާނުގެ ސަރުކާރާ އިދިކޮޅު ބައެއް ފަރާތްތަކުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް، އެމެރިކާގެ މަސްލަހަތު އޮތް ތަންތަނާއި ޔަހޫދީ މުޖުތަމައުއާ ގުޅުންހުރި ތަންތަން ހިމެނޭހެން، ހަމަލާއެއް އަމާޒުވެދާނެ ފަދަ ތަންތަނުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައިވާ ކަމަށް މި ހަފުތާގެ ކުރީކޮޅު ނޫނޭޒް ވަނީ ވިދާޅުވެފައެވެ.

ބޭންކް އޮފް އެމެރިކާލޯރެންޓް ނޫނޭޒްޓެރަރިޒަމްއީރާންފްރާންސް

ކޮމެންޓް

އިތުރަށް ކިޔާލަން

ނިއުކްލިއާ ހަތިޔާރު ފެތުރުން ހުއްޓުވުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ އިން އީރާން ވަކިވަނީ

ނިއުކްލިއާ ހަތިޔާރު ފެތުރުން ހުއްޓުވުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ އިން އީރާން ވަކިވަނީ

29 މާރިޗު 2026
ދުބާއީ ގައި ޔޫކްރެއިންގެ ޑްރޯން ހަމަލާތަކުން ދިފާއުވާ ނިޒާމުތައް ރައްކާކޮށްފައި ހުރި ގުދަނެއް ސުންނާފަތިކޮށްލާފައިވާ ކަމަށް އީރާނުން ބުނެފި

ދުބާއީ ގައި ޔޫކްރެއިންގެ ޑްރޯން ހަމަލާތަކުން ދިފާއުވާ ނިޒާމުތައް ރައްކާކޮށްފައި ހުރި ގުދަނެއް ސުންނާފަތިކޮށްލާފައިވާ ކަމަށް އީރާނުން ބުނެފި

29 މާރިޗު 2026
އިޒްރޭލާއި އެމެރިކާގެ ޔުނިވަރސިޓީ ތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި

އިޒްރޭލާއި އެމެރިކާގެ ޔުނިވަރސިޓީ ތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި

29 މާރިޗު 2026
އީރާނުގެ ރަށެއް ހިފުމަށް ދުޝްމަނުންނަށް އެހީތެރިވެއްޖެ ކޮންމެ ގައުމަކަށް އެއްވެސް ބެލުމެއް، މެދުކެނޑުމެއް ނެތި ހަމަލާ ދޭނަން: އީރާން

އީރާނުގެ ރަށެއް ހިފުމަށް ދުޝްމަނުންނަށް އެހީތެރިވެއްޖެ ކޮންމެ ގައުމަކަށް އެއްވެސް ބެލުމެއް، މެދުކެނޑުމެއް ނެތި ހަމަލާ ދޭނަން: އީރާން

26 މާރިޗު 2026
ޔަމަނުގެ އަންސާރުﷲ އިން އީރާނުގެ ދިފާއުގައި ހަނގުރާމައަށް ތައްޔާރުވަނީ

ޔަމަނުގެ އަންސާރުﷲ އިން އީރާނުގެ ދިފާއުގައި ހަނގުރާމައަށް ތައްޔާރުވަނީ

26 މާރިޗު 2026

އަހަރުތަކުން މިއަދު

18 އެޕްރީލު
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ބޭއްވުން އުވާލަން ތާއިދު ނުކުރަން: މެންބަރު އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ބޭއްވުން އުވާލަން ތާއިދު ނުކުރަން: މެންބަރު އައްބާސް

ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި

"ބައެއް ފަހަރު ހަމަ ގަބުވެފަ އިނދެވެނީ، މީ ރޯދަމަސްކަންވެސް ހަނދާން ނެތޭ"
20233 އަހަރު ކުރިން
ދުނިޔެ

"ބައެއް ފަހަރު ހަމަ ގަބުވެފަ އިނދެވެނީ، މީ ރޯދަމަސްކަންވެސް ހަނދާން ނެތޭ"

'ބެޓްލް އޮފް ޑޮންބަސް' ރަޝިއާއިން ފަށައިފިކަމަށް ޔޫކްރެއިން ބުނެފި
20224 އަހަރު ކުރިން
ދުނިޔެ

'ބެޓްލް އޮފް ޑޮންބަސް' ރަޝިއާއިން ފަށައިފިކަމަށް ޔޫކްރެއިން ބުނެފި

އުމުރުން 14 އަހަރުން ފެށިގެން މަސްތުގެ ބަލިމަޑުކަމުގައިވާ އަންހެނެއް!
20215 އަހަރު ކުރިން
ރިޕޯޓު

އުމުރުން 14 އަހަރުން ފެށިގެން މަސްތުގެ ބަލިމަޑުކަމުގައިވާ އަންހެނެއް!

ޢަޞްރު ސޫރަތުން ލިބޭ މަތިވެރި އިބްރަތްތަކުގެ ވާހަކަ މިއަދުގެ ހުކުރު ޚުތުބާގައި
20197 އަހަރު ކުރިން
އިސްލާމް

ޢަޞްރު ސޫރަތުން ލިބޭ މަތިވެރި އިބްރަތްތަކުގެ ވާހަކަ މިއަދުގެ ހުކުރު ޚުތުބާގައި

ބާޒާރު މަތީ ގޮޅިއަށް ވެސް ދިޔާނާ ހެޔޮވަރު!
20188 އަހަރު ކުރިން
ރިޕޯޓު

ބާޒާރު މަތީ ގޮޅިއަށް ވެސް ދިޔާނާ ހެޔޮވަރު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު