Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

މަޝްވަރާތައް ދިގު ކުރުމަށް އީރާން އިން "ގޭމު" ކުޅެމުންދާ ކަމަށް ބުނެ، އެމެރިކާގެ ސެނެޓަރު ގްރެހަމް ފާޑު ވިދާޅުވެއްޖެ

ސެނެޓަރު ގްރެހަމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އީރާން އިން މަސައްކަތް ކުރަމުން އަންނަނީ މަޝްވަރާތައް މަރުހަލާ ދިގު ދަންމާލަން ކަމަށް. އަަދި މަޝްވަރާ ތަކުގައި ވާހަކަ ދައްކަމުން އަންނައިރު، އީރާން އިން "ކާޑުތައް ކުޅެމުންދާ" ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 4 މެއި 2026 | ހޯމަ 06:19
އެމެރިކާގެ ސެނެޓަރު ލިންޑްސީ ގްރެހަމް.

އެމެރިކާގެ ސެނެޓަރު ލިންޑްސީ ގްރެހަމް. | ރޮއިޓާސް

އެމެރިކާ އާއި އީރާންއާ ދެމެދު ކުރިއަށްދާ ހަނގުރާމަ ދާއިމީ ގޮތެއްގައި ހުއްޓާލުމަށް، އީރާން އިން އެންމެ ފަހުން ހުށަހެޅި ހުށަހެޅުމަކީ ވަރަށް "ސިލީ" ހުށަހެޅުމެއް ކަމަށާއި، އެމެރިކާ އިން އެ ހުށަހެޅުން ބަަލައި ނުގަތީ އެ ސަބަބާ ހުރެ ކަމަށް އެމެރިކާގެ ސެނެޓަރު ލިންޑްސީ ގްރެހަމް ވިދާޅުވެއްޖެ އެވެ. 

ސެނެޓަރު ގްރެހަމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އީރާން އިން މަސައްކަތް ކުރަމުން އަންނަނީ މަޝްވަރާތައް މަރުހަލާ ދިގު ދަންމާލަން ކަމަށެވެ. އަަދި މަޝްވަރާ ތަކުގައި ވާހަކަ ދައްކަމުން އަންނައިރު، އީރާން އިން "ގޭމު ކުޅެމުންދާ" ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ. އޭނާ ތުހުމަތު ކުރެއްވި ގޮތުގައި އީރާން އިން މަސައްކަތް ކުރަނީ މަޝްވަރާ ދިގު ދެންމުމަށެވެ. 

އީރާން އިން މިފަދަ ހުށަހެޅުމެއް ހުށަހަޅާފައި ވަނީ މެދު އިރުމަތީގެ މަސްރަހު ގޯސްވެ، އެމެރިކާ އާއި އީރާންއާ ދެމެދު ނުތަނަވަސްކަން ބޮޑު ވަމުން އަންނަ ވަގުތެއްގަ އެވެ. ނަމަވެސް، އެމެރިކާ އިން ވަނީ އީރާންގެ ހުށަހެޅުން ބަލައި ނުގަންނަން ނިންމައިފަ އެވެ. އޭގެ ފަހުން އީރާން އިން ބުނެފައި ވަނީ އެމެރިކާގެ ޖަވާބު ލިބިފައިވާ ކަމަށާއި، އެކަން ދިރާސާ ކުރަމުން އަަންނަ ކަމަށެވެ.

ސެނެޓަރު ގެރްހަމް އަކީ އީރާންއާ ދެކޮޅަށް ވަރަށް ހަރުކަށި ގޮތެއްގައި ވާހަކަ ދައްކަވަމުން އަންނަ ބޭފުޅެކެވެ. އީރާންގެ ސިޔާސަތުތަކާ ދެކޮޅަށް އެމެރިކާގެ ސެނެޓުގައި އެންމެ ބޮޑަށް ވާހަކަ ދައްކަވާ، އެކަމާ އެންމެ ދެކޮޅު ހަައްދަވާ ބޭފުޅުންގެ ތެރޭގައި ވެސް ގްރެހަމް ހިމެނެ އެވެ. އޭނާ އަކީ އެމެރިކާގައި ވެރިކަން ކުރަމުން އަންނަ ރިޕަބްލިކަން ޕާޓީ އަށް ނިސްބަތްވާ މެމްބަރެކެވެ. 

މަޝްވަރާތައް ދިގު ދަންމާލަން އީރާން އިން މަސައްކަތް ކުރަމުން އަންނަ ކަމަށް ގްރެހަމް ތުހުމަތު ކޮށްފައި ވުމުން، އީރާން އިން އެކަމަށް ރައްދު ދޭނެ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ. އީރާން އިން ކުރިން ވަނީ މަޝްވަރާ ތަކުގައި ހިތްވަރާ އެކު ބައިވެރިވަމުން އަންނަ ކަމަށާއި، ސުލްޙަ ޤާއިމު ކުރުމަށް އެ ޤައުމުން ކޮންމެހެން ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފަ އެވެ. 

އެމެރިކާގެ ސެނެޓަރު ގްރެހަމް މިފަދަ ބަޔާނެއް ދެއްވުމުން، އީރާން އާއި އެމެރިކާއާ ދެމެދު އޮތް ނުތަނަވަސްކަން އިތުރަށް ބޮޑުވެގެން ދާނެ ކަމަށް ތަޖުރިބާ ކާރުން ވަނީ ފާހަގަ ކޮށްފަ އެވެ.

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ލިންޑްސީ ގްރެހަމް

އިތުރަށް ކިޔާލަން

04 މެއި 2026

ހޮރްމޫޒް ކަނޑު އޮޅިން ދަތުރު ކުރާ ބޯޓު ތަކަށް ރައްކާތެރިކަން ދިނުމަށް ޓްރަމްޕް އަމުރު ކުރެއްވުމާ އެކު، އެމެރިކާގެ ޚާއްސަ އޮޕަރޭޝަނެއް

04 މެއި 2026
ހޮރްމޫޒް ކަނޑު އޮޅިން ދަތުރު ކުރާ ބޯޓު ތަކަށް ރައްކާތެރިކަން ދިނުމަށް ޓްރަމްޕް އަމުރު ކުރެއްވުމާ އެކު، އެމެރިކާގެ ޚާއްސަ އޮޕަރޭޝަނެއް
04 މެއި 2026

ހޮރްމޫޒް ކަނޑު އޮޅީގައި ތެޔޮ ޓޭންކަރަކަށް ހަމަލާ ދީފި

04 މެއި 2026
ހޮރްމޫޒް ކަނޑު އޮޅީގައި ތެޔޮ ޓޭންކަރަކަށް ހަމަލާ ދީފި
04 މެއި 2026

އެމެރިކާގެ ޖަވާބު ލިބިއްޖެ، މިހާރު ދަނީ ދިރާސާ ކުރަމުން: އީރާން

04 މެއި 2026
އެމެރިކާގެ ޖަވާބު ލިބިއްޖެ، މިހާރު ދަނީ ދިރާސާ ކުރަމުން: އީރާން
03 މެއި 2026

އީރާނުގެ ހުށަހެޅުމަށް އެމެރިކާއިން ޖަވާބު ދީފި

03 މެއި 2026
އީރާނުގެ ހުށަހެޅުމަށް އެމެރިކާއިން ޖަވާބު ދީފި
03 މެއި 2026

ހަނގުރާމައިގައި ބޯޅަ އޮތީ އެމެރިކާ ކޮޅުގައި: އީރާންގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު

03 މެއި 2026
ހަނގުރާމައިގައި ބޯޅަ އޮތީ އެމެރިކާ ކޮޅުގައި: އީރާންގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު