ހޮރްމޫޒް ކަނޑު އޮޅީގައި ތެޔޮ ޓޭންކަރަކަށް ހަމަލާ ދީފި
އިނގިރޭސިވިލާތުގެ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް (ޔޫކޭއެމްޓީއޯ) އިން ބުނި ގޮތުގައި، އެ ސަރަހައްދުން ދަތުރު ކުރަމުން ދިޔަ އުޅަނދަށް ހަަމަޅާ ދީފައި ވަނީ ކޮން އެއްޗެއްކަން ނޭނގޭ "ޕްރޮޖެކްޓައިލްސް" ނުވަތަ އުދުހޭ އެއްޗެހި ތަކަކުން. މި ހަމަލާއާ ގުޅިގެން އެ އުޅަނދަށް ލިބުނު ގެއްލުން ތަކުގެ ތަފްސީލް މިހާތަނަށް ހާމަ ކޮށްފައި ނުވޭ.


އޮމާންގެ މުސަންދަމް އައްސޭރިފަށާ ދުރު ނޫން ހިސާބެއްގައި އޮންނަ ހޯރްމޫޒް ކަނޑު އޮޅިން ދަތުރު ކުރަމުންދާ ބޯޓު ފަހަރާއި ތެޔޮ ޓޭންކަރުތައް. | ރޮއިޓާސް
ހޮރްމޫޒް ކަނޑު އޮޅިން ދަތުރު ކުރަމުން ދިޔަ ތެޔޮ އުފުލާ ޓޭންކަރަކަށް ހަމަލާ ދީފި އެވެ.
މިއީ ޔުނައިޓެޑު އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ފުޖައިރާގެ އައްސޭރި ފަށުން ދަތުރު ކުރަމުން ދިޔަ ތެޔޮ އުފުލާ ޓޭންކަރެކެވެ. މި ޓޭންކަރަށް ހަމަަލާ ދީފައި ވަނީ ގޮތް ނޭނގޭ އެއްޗެހި ތަކަކުންނެވެ.
އިނގިރޭސިވިލާތުގެ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް (ޔޫކޭއެމްޓީއޯ) އިން ބުނި ގޮތުގައި، އެ ސަރަހައްދުން ދަތުރު ކުރަމުން ދިޔަ އުޅަނދަށް ހަަމަޅާ ދީފައި ވަނީ ކޮން އެއްޗެއްކަން ނޭނގޭ "ޕްރޮޖެކްޓައިލްސް" ނުވަތަ އުދުހޭ އެއްޗެހި ތަކަކުންނެވެ. މި ހަމަލާއާ ގުޅިގެން އެ އުޅަނދަށް ލިބުނު ގެއްލުން ތަކުގެ ތަފްސީލް މިހާތަނަށް ހާމަ ކޮށްފައި ނުވެ އެވެ.
ޔޫކޭއެމްޓީއޯ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މި ހަމަލާގައި އުޅަނދުގެ އެއްވެސް ފަޅުވެރިޔަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށާއި، ހުރިހާ ފަޅުވެރިންގެ ޙާލު ވެސް ރަނގަޅު ކަމަށެވެ. މީގެ އިތުރުން މި ހާދިސާގެ ސަބަބުން ތިމާވެއްޓަށް އެއްވެސް ކަހަލަ ނޭދެވޭ އަސަރެއް ކުރި ކަމުގެ ރިޕޯޓެއް ލިބިފައި ނުވާ ކަމަށް ވެސް، އެ އިދާރާ އިން ވަނީ މައުލޫމާތު ދީފަ އެވެ.
މި ހަމަލާ ދީފައި ވަނީ އީރާންގެ އައްސޭރި ފަށުން ދަތުރު ކުރަމުން ދިޔަ މުދާ އުފުލާ ބޯޓަކަށް، ކުދި އުޅަނދު ތަކެއް ބޭނުން ކޮށްގެން ހަމަލާ ތަކެއް ދިންތާ މެދު ގަޑިއިރު ތަކެއްގެ ތެރޭގަ އެވެ. އެ ހަމަލާ ދީފައި ވަނީ އީރާންގެ ސިރިކްގެ ހުޅަނގުން ގާތް ގަނޑަކަށް 11 ނޯޓިކަލް މޭލު (18 ކިލޯ މީޓަރު) ބޭރުންނެވެ.
ފަހަކަށް އައިސް މެދު އިރުމަތީގެ ކަނޑުގެ ސަރަހައްދު ތަކުގައި ދަތުރު ކުރާ އުޅަނދު ފަހަރަށް އަމާޒުކޮށް ދޭ ހަމަލާތައް ވަނީ އިތުރުވެފަ އެވެ. މިފަދަ ހަމަލާ ތަކުގެ ސަބަބުން ބައިނަލްއަޤުވާމީ ކަނޑު ދަތުރު ފަތުރަށާއި، މުދާ އުފުލުމަށް ބޮޑެތި ގޮންޖެހުން ތަކެއް ކުރިމަތިވަމުންދާކަން ފާހަގަ ކުރެވެ އެވެ.
މި ހާދިސާއާ ގުޅިގެން ކަމާ ގުޅުންހުރި އިދާރާ ތަކުން އަންނަނީ އިތުރު ތަހުގީގު ކުރިއަށް ގެންދަމުންނެވެ. އަދި އެ ސަރަހައްދުން ދަތުރު ކުރާ އުޅަނދު ފަހަރު ސަމާލުވުމަށް ޔޫކޭއެމްޓީއޯ އިން ވަނީ އިލްތިމާސް ކޮށްފަ އެވެ.
މަސްދަރު: އަލް ޖަޒީރާ






