ޖަރުމަނުގައި ތިބި އެމެރިކާ ސިފައިންގެ އަދަދު 5000 އަށްވުރެ ކުޑަ ކުރާނަން: ޓްރަމްޕް
ޖަރުމަނުގައި ތިބި އެމެރިކާގެ 5000 ސިފައިން ފޮނުވާލުމާ ބެހޭ ގޮތުން ސުވާލު ކުރުމުން ޓްރަމްޕް ވިދާޅުވީ، އަސްލު އަދަދު އެއަށްވުރެ އިތުރު ވާނެ ކަމަށް. އެއާ އެކު ޓްރަމްޕް ވިދާޅުވީ، ޖަރުމަނުގައި ތިބި ސިފައިންގެ އަދަދު އޭނާ ވަރަށް ބޮޑަށް ކުޑަ ކުރައްވާނެ ކަމަށާއި، ކުޑަ ކުރާނީ 5000 އަށް ވުރެ ވެސް ކުޑަކޮށް ކަމަށް.


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. | ގެޓީ އިމޭޖަސް
ޖަރުމަނުގައި ތިބި އެމެރިކާގެ ސިފައިންގެ އަދަދު 5000 އަށްވުރެ ވެސް ކުޑަ ކުރައްވާނެ ކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ޖަރުމަނުގައި ތިބި އެމެރިކާގެ 5000 ސިފައިން ފޮނުވާލުމާ ބެހޭ ގޮތުން ސުވާލު ކުރުމުން ޓްރަމްޕް ވިދާޅުވީ، އަސްލު އަދަދު އެއަށްވުރެ އިތުރު ވާނެ ކަމަށެވެ. އެއާ އެކު ޓްރަމްޕް ވިދާޅުވީ، ޖަރުމަނުގައި ތިބި ސިފައިންގެ އަދަދު އޭނާ ވަރަށް ބޮޑަށް ކުޑަ ކުރައްވާނެ ކަމަށާއި، ކުޑަ ކުރާނީ 5000 އަށް ވުރެ ވެސް ކުޑަކޮށް ކަމަށެވެ.
ޖަރުމަނުގައި ތިބި އެމެރިކާގެ ސިފައިން ބޭލުމަށް އެމެރިކާގެ ޕެންޓަގަން އިން އަމުރު ކޮށްފައި ވަނީ ހުކުރު ދުވަހު އެވެ. ޖަރުމަނަކީ ޔޫރަޕުގެ ޤައުމު ތަކުގެ ތެރެއިން، އެމެރިކާގެ އެންމެ ބޮޑު ބޭސް ހުރި ޤައުމެވެ. އެމެރިކާގެ މި ނިންމުން އައިސްފައި މި ވަނީ، އެމެރިކާ އިން އީރާންއާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައިގެ ސަބަބުން، ޖަރުމަނާއި އެމެރިކާގެ ގުޅުން ހީނަރުވެފައިވާ ވަގުތެއްގަ އެވެ.
އެމެރިކާ އާއި ޖަރުމަނަކީ ދިގު މުއްދަތަކަށް ގާތް ގުޅުމެއް އޮތް ދެ ޤައުމު ކަމަށް ވީ ނަމަވެސް، މި ފަހަކަށް އައިސް ދެ ޤައުމުގެ ދެމެދުގައި ވަނީ ޚިޔާލު ތަފާތުވުންތައް އުފެދިފަ އެވެ. އަދި ޖަރުމަނުން ވެސް ގެންދަނީ އެމެރިކާ އަށް ނިސްބަތްކޮށް ބަހުގެ ހަމަލާތައް އަމާޒު ކުރަމުންނެވެ. ތަޖުރިބާކާރުން ދެކޭ ގޮތުގައި، ޖަރުމަނުގައި ތިބޭ އެމެރިކާ ސިފައިންގެ އަދަދު ކުޑަ ކުރުމަކީ، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުމަށް ބުރޫ އަރާނެ ކަމެއް ކަަމަށެވެ.
ޖަރުމަނުގައި އެމެރިކާާގެ ސިފައިން ތިބެން ފަށާފައި ވަނީ، ދެ ވަނަ ބޮޑު ހަނގުރާމަ އަށް ފަހު އެވެ. މި ސިފައިން ތިބުމަކީ ޔޫރަޕުގެ ސަލާމަތާއި، ރައްކާތެރި ކަމަށް މުހިންމު ކަމެއް ކަމަށް ބައެއް ލީޑަރުން ދެެކެ އެވެ. ޓްރަމްޕްގެ ސަރުކާރުން ވަނީ، ޖަރުމަނުން ދިފާއީ ކަންކަމަށް ކުރާ ޚަރަދު އިތުރު ކުރުމަށް ވެސް ގޮވާލައިފަ އެވެ. ޓްރަމްޕް ފާހަގަ ކުރައްވާފައިވާ ގޮތުގައި، ޖަރުމަނުން ދިފާއީ ކަންކަމަށް ޚަރަދު ކުރަނީ ނޭޓޯގެ އަމާޒަށް ވުރެ މަދުންނެވެ.
އެމެރިކާގެ މި ނިންމުމާ ގުޅިގެން ޖަރުމަނުގެ ސަރުކާރުން މިހާތަނަށް ރަސްމީކޮށް ވަކި އެއްޗެއް ބުނެފައި ނުވެ އެވެ. ނަމަވެސް، މި ނިންމުމަކީ ޔޫރަޕުގެ ސަލާމަތާއި، ރައްކާތެރި ކަަމަށް ބޮޑު އަސަރެއް ކުރާނެ ކަމެއް ކަމަށް ބެލެވެ އެވެ.
މަސްދަރު: އަލް ޖަޒީރާ






