Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އީރާނުގެ ހުށަހެޅުމަށް އެމެރިކާއިން ޖަވާބު ދީފި

އީރާނުން ހުށަހެޅި 14 ނުކުތާގެ ސުލްހައިގެ ހުށަހެޅުމާ ގުޅޭގޮތުން ރައީސް ޑޮނަލްޑް ޓްރަމްޕް ކުރިން ވިދާޅުވީ، އެއީ ބަލައިގަނެވޭނެ ފަދަ ހުށަހެޅުމެއް ކަމަށް ގަބޫލުފުޅު ނުކުރެއްވޭ ކަމަށާއި، އީރާނުން ގޯސްކޮށް އުޅޭނަމަ އަސްކަރީ ހަމަލާދޭނެ ކަމަށް. މި ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާގެ ބައެއް ސިޔާސީ ބޭފުޅުން ގޮވާލައްވަމުންދާއިރު، އީރާނުން ދުވަހަކުވެސް ނިއުކްލިއާ ހަތިޔާރު އުފެއްދިޔަ ނުދޭނެ ކަމަށް ޓްރަމްޕް ވަނީ ތަކުރާރުކުރައްވާފައި. އެމެރިކާއިން މި ސަރަހައްދު ދޫކޮށް ނުދާނެ ކަމަށާއި، ކުރިއަށް އޮތް ތަނުގައި މިފަދަ ހަނގުރާމައަކަށް ދާން ނުޖެހޭނެ ފަދަ ދާއިމީ ހައްލެއް ހޯއްދަވާނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައި.

ރާއްޖެ އެމްވީ | 3 މެއި 2026 | އާދީއްތަ 18:48
2026 ވަނަ އަހަރުގެ މާރިޗު މަހުގެ 2 ވަނަ ދުވަހު އީރާނުގެ ތެހެރާނަށް އެމެރިކާ އިން ދިން ހަމަލާ އެއްގައި އެ ސިޓީގެ ސަރަހައްދަކުން ދުން އަރަމުންދާ މަންޒަރު ފެންނަ ފޮޓޯއެއް.

2026 ވަނަ އަހަރުގެ މާރިޗު މަހުގެ 2 ވަނަ ދުވަހު އީރާނުގެ ތެހެރާނަށް އެމެރިކާ އިން ދިން ހަމަލާ އެއްގައި އެ ސިޓީގެ ސަރަހައްދަކުން ދުން އަރަމުންދާ މަންޒަރު ފެންނަ ފޮޓޯއެއް. | ގެޓީ އިމޭޖަސް

އީރާނުން އެންމެ ފަހުން ހުށަހެޅި ސުލްހައިގެ ހުށަހެޅުމަށް އެމެރިކާއިން ޖަވާބު ދީފައިވާ ކަމަށް އީރާނުގެ ދައުލަތާ ގުޅުންހުރި މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

އީރާނުގެ ތަސްނީމް ނިއުސް އެޖެންސީން ބުނި ގޮތުގައި، ޕާކިސްތާން މެދުވެރިކޮށް އެމެރިކާއިން ފޮނުވި މި ޖަވާބު މިހާރު ދިރާސާކުރަމުންދާ ކަމަށް އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ.

އީރާނަށް ޖަވާބު ދީފައިވާކަން އެމެރިކާއިން އަދި ރަސްމީކޮށް ކަށަވަރުކޮށްދީފައެއް ނުވެއެވެ. ނަމަވެސް ހޮނިހިރު ދުވަހު ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، އީރާނުން އެމެރިކާއަށް ފޮނުވި ސުލްހައިގެ ހުށަހެޅުން ވަރަށް އަވަހަށް ބައްލަވާނެ ކަމަށާއި، އެހެންނަމަވެސް އެއީ ބަލައިގަނެވޭނެ ފަދަ ހުށަހެޅުމަކަށް ވާނެ ކަމަށް ގަބޫލުފުޅު ނުކުރެއްވޭ ކަމަށެވެ.

އީރާނުގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ތެހެރާނުން ހުށަހެޅި 14 ނުކުތާގެ މި ސުލްހައިގެ ހުށަހެޅުމުގައި އެމެރިކާގެ ސިފައިން އީރާނުގެ ބޯޑަރު ކައިރިން ދުރުކުރުމަށާއި، އީރާނުގެ ބަނދަރުތަކަށް އަޅާފައިވާ ކަނޑުގެ ބްލޮކޭޑް ނުވަތަ ބަންދު އުވާލުމަށް ވަނީ އެދިފައެވެ. މީގެ އިތުރުން އިޒްރޭލުން ލުބުނާނުގައި ހިންގާ އުދުވާނުތަކާއެކު، ހުރިހާ ހަމަލާތަކެއް ހުއްޓާލުމަށް ވެސް މި ހުށަހެޅުމުގައި ގޮވާލާފައިވެއެވެ.

މީގެ އިތުރުން، ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި ދެ ގައުމުގެ ދެމެދުގައި އެއްބަސްވުމަކަށް އައުމަށް ވެސް އީރާނުން ވަނީ ހުށަހަޅާފައެވެ.

އީރާނުގެ މީޑިއާތަކުން އިތުރަށް ބުނި ގޮތުގައި، މި ހުށަހެޅުމުގައި ބާރުއަޅާފައިވަނީ މިހާރު އޮތް ހަމަލާބަދަލުކުރުން ހުއްޓާލުމުގެ މުއްދަތު އިތުރުކުރުމުގެ ބަދަލުގައި، މުޅި ހަނގުރާމަ އެއްކޮށް ނިމުމަކަށް ގެނައުމަށެވެ.

މި ހުށަހެޅުމާ ގުޅޭގޮތުން ހޮނިހިރު ދުވަހުގެ ރޭ "ޓްރުތް ސޯޝަލް" ގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ، ވޭތުވެދިޔަ 47 އަހަރު ދުވަހު އިންސާނިއްޔަތަށާއި މުޅި ދުނިޔެއަށް އީރާނުން ދީފައިވާ ގެއްލުންތަކާ އަޅާބަލާއިރު، އެ ގައުމަށް އަދި އެކަށީގެންވާ ވަރުގަދަ އަދަބެއް ލިބިފައި ނުވާ ކަމަށެވެ.

ފްލޮރިޑާގެ ޕާމް ބީޗުގައި ހޮނިހިރު ދުވަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އީރާނުގެ ހުށަހެޅުން އަދި ތަފްސީލީ ގޮތެއްގައި ބައްލަވާފައި ނުވާ ކަމަށެވެ.

ޓްރަމްޕް ވިދާޅުވީ އެއްބަސްވުމުގެ މައިގަނޑު މަފްހޫމްތައް އޭނާއަށް އަންގާފައިވާ ކަމަށާއި، އެއްބަސްވުމުގައި ހިމެނޭ ސީދާ އިބާރާތްތައް މިހާރު ލިބެމުންދާ ކަމަށެވެ.

އީރާނުގެ އެތެރޭގެ އަމާޒުތަކަށް އަލުން އަސްކަރީ ހަމަލާތަކެއް ދީފާނެތޯ ބީބީސީން ސުވާލުކުރުމުން ޓްރަމްޕް ވިދާޅުވީ، އެއީ ވެދާނެ ކަމެއް ކަމަށެވެ.

ޓްރަމްޕް ވިދާޅުވީ އީރާނުން ގޯސްކޮށް އުޅޭނަމަ ނުވަތަ ނުރަނގަޅު ކަމެއް ކޮށްފިނަމަ ހަމަލާދޭނެ ކަމަށާއި، ނަމަވެސް މިވަގުތު ކަންތައްތައް ވާގޮތް ބައްލަވާނެ ކަމަށެވެ.

މި ހަނގުރާމައިން އެމެރިކާ އެއްކޮށް ވަކިވުމުގެ ވިސްނުމެއް ނެތްކަން ހާމަކުރައްވަމުން ޓްރަމްޕް ވިދާޅުވީ، އެމެރިކާއިން މި ސަރަހައްދު ދޫކޮށް ނުދާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ އަހަރު ނުވަތަ ފަސް އަހަރު ތެރޭގައި އެއްވެސް ބަޔަކަށް އަލުން މި ހަނގުރާމައަށް ވަންނަން ނުޖެހޭނެ ފަދަ ގޮތަކަށް ކަންކަން ނިންމަވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އީރާނުގެ ދައުލަތާ ގުޅުންހުރި އެޖެންސީތަކުން ބުނާ ގޮތުގައި، ތެހެރާނުން މި ހުށަހެޅުން ހުށަހެޅީ ދެ މަސް ދުވަހުގެ މުއްދަތަށް ހަމަލާބަދަލުކުރުން ހުއްޓާލުމަށް އެމެރިކާއިން ހުށަހެޅި ނުވަ ނުކުތާގެ ރޭވުމަށް ޖަވާބު ދިނުމުގެ ގޮތުންނެވެ.

މިދިޔަ ހުކުރު ދުވަހު އެމެރިކާގެ ކޮންގްރެސްގެ މެންބަރުންނަށް ފޮނުއްވި ސިޓީއެއްގައި ޓްރަމްޕް ވިދާޅުވީ، އޭޕްރިލް 8 ވަނަ ދުވަހު ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރަން ފެށުމާއެކު ހަނގުރާމަ "ނިމުމަކަށް" އައިސްފައިވާ ކަމަށެވެ. ނަމަވެސް އީރާނަކީ އަދިވެސް އެމެރިކާއަށާއި އެ ސަރަހައްދުގައި ތިބި އެމެރިކާގެ އަސްކަރީ ފައުޖުތަކަށް އޮތް "ބޮޑު" ނުރައްކަލެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އީރާނުގެ ބަނދަރުތައް ބަންދުކޮށްފައި އޮތް އޮތުމަކީ ހަނގުރާމަ ކުރިއަށްދާ ކަމުގެ ހެއްކެއް ނޫން ކަމަށް ޓްރަމްޕް ދައުވާ ކުރެއްވިއެވެ.

އޭނާ ވިދާޅުވީ އެއްވެސް ބަޔަކު އެކަމާ ދެކޮޅަށް ގޮންޖަހަމުން ނުދާ ކަމަށެވެ.

މީގެ އިތުރުން، ހަމަލާބަދަލުކުރުން ހުއްޓާލާފައި އޮތުމުން ހަނގުރާމައަށް ގާނޫނީ ހުއްދަ ހޯދުމަށް އޮންނަ ސުންގަޑިއަށް އަމަލުކުރަން ނުޖެހޭނެ ކަމަށް ވެސް ޓްރަމްޕް ވަކާލާތު ކުރެއްވިއެވެ.

ގާނޫނު ބުނާ ގޮތުން، އެމެރިކާގެ ރައީސަކު އަސްކަރީ ފިޔަވަޅެއް އަޅާކަން ގާނޫނު ހަދާ މަޖިލީހަށް އެންގުމަށްފަހު، 60 ދުވަހުގެ ތެރޭގައި ކޮންގްރެސްގެ ހުއްދަ ހޯދަންޖެހެއެވެ. އެހެންނޫންނަމަ ހަމަލާތައް ހުއްޓާލަން ޖެހޭނެއެވެ.

މާޗް 2 ވަނަ ދުވަހު އީރާނަށް ހަމަލާދޭން ފެށިކަން ޓްރަމްޕް ރަސްމީކޮށް ކޮންގްރެސްއަށް އެންގެވި ފަހުން، މިދިޔަ ހުކުރު ދުވަހަށް ވަނީ 60 ދުވަސް ހަމަވެފައެވެ. އެމެރިކާއާއި އިޒްރޭލުން އީރާނަށް ހަމަލާދޭން ފެށީ އޭގެ ދެ ދުވަސް ކުރިން، ފެބްރުއަރީ 28 ގައެވެ.

ހުކުރު ދުވަހު ދެއްވި އެކި ބަޔާންތަކުގައި ޓްރަމްޕް ވަނީ "އީރާނަށް ދުވަހަކުވެސް ނިއުކްލިއާ ހަތިޔާރެއް ނުއުފެއްދޭނެ" ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާފައެވެ.

އީރާނުން ނިއުކްލިއާ ބޮމެއް އުފައްދަން މަސައްކަތް ކުރާ ކަމަށް ކުރެވޭ ތުހުމަތުތައް އެ ގައުމުން ތަކުރާރުކޮށް ދޮގުކުރެއެވެ. އަދި އެ ގައުމުގެ ނިއުކްލިއާ ޕްރޮގްރާމަކީ ހަމައެކަނި ސުލްހަވެރި ބޭނުންތަކަށް ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށް ބުނެއެވެ. ނަމަވެސް، ނިއުކްލިއާ ހަތިޔާރު ނެތް ގައުމުތަކުގެ ތެރެއިން، ހަތިޔާރު އުފެއްދުމަށް ބޭނުންވާ މިންވަރާ ގާތްކުރާ މިންވަރަށް ޔުރޭނިއަމް މުއްސަނދިކޮށްފައިވާ ހަމައެކަނި ގައުމަކީ އީރާނެވެ.

ޓްރަމްޕް މި މޭރުމުން ވާހަކަދައްކަވާފައި މިވަނީ، މި ހަނގުރާމައަކީ ބޮޑު ހޭދައެއް ހިނގާ، އޮޅުންބޮޅުން ބޮޑު އަދި ސާފު މަގްސަދެއް ނެތް ހަނގުރާމައެއް ކަމަށް ބުނެ، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާއި ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީގެ ބައެއް މެންބަރުން ވެސް ފާޅުގައި ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.

އީރާން-އެމެރިކާނިއުކްލިއަރ ހަތިޔާރުއީރާން ނިއުކްލިއަރ ޕްރޮގްރާމް

ކޮމެންޓް

އިތުރަށް ކިޔާލަން

ހަނގުރާމައިގައި ބޯޅަ އޮތީ އެމެރިކާ ކޮޅުގައި: އީރާންގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު

ހަނގުރާމައިގައި ބޯޅަ އޮތީ އެމެރިކާ ކޮޅުގައި: އީރާންގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު

03 މެއި 2026
އީރާން އިން ބަސް ނާހާ ނަމަ، ހަނގުރާމަ ފަށަން ޖެހިދާނެ: ޓްރަމްޕް

އީރާން އިން ބަސް ނާހާ ނަމަ، ހަނގުރާމަ ފަށަން ޖެހިދާނެ: ޓްރަމްޕް

03 މެއި 2026
އެމެރިކާގެ ބްލޮކޭޑް ފޫއަޅުވާލުމަށް ފަހު، އީރާންގެ 220 މިލިއަން ޑޮލަރުގެ ތެޔޮ ޓޭންކަރެއް އޭޝިއާ ޕެސިފިކް އަށް

އެމެރިކާގެ ބްލޮކޭޑް ފޫއަޅުވާލުމަށް ފަހު، އީރާންގެ 220 މިލިއަން ޑޮލަރުގެ ތެޔޮ ޓޭންކަރެއް އޭޝިއާ ޕެސިފިކް އަށް

03 މެއި 2026
އީރާނާ އެމެރިކާއާ ދެމެދު އަލުން ހަނގުރާމަ ފެށުމުގެ ފުރުސަތު ބޮޑު: އީރާނުގެ އަސްކަރިއްޔާ

އީރާނާ އެމެރިކާއާ ދެމެދު އަލުން ހަނގުރާމަ ފެށުމުގެ ފުރުސަތު ބޮޑު: އީރާނުގެ އަސްކަރިއްޔާ

02 މެއި 2026
މެދު އިރުމަތީގެ ޤައުމު ތަކާއި އިޒްރޭލް އަށް، 8.6 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމަށް އެމެރިކާ އިން ހުއްދަ ދީފި

މެދު އިރުމަތީގެ ޤައުމު ތަކާއި އިޒްރޭލް އަށް، 8.6 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމަށް އެމެރިކާ އިން ހުއްދަ ދީފި

02 މެއި 2026

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު