Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އީރާން އިން ބަސް ނާހާ ނަމަ، ހަނގުރާމަ ފަށަން ޖެހިދާނެ: ޓްރަމްޕް

އީރާންގައި ވެރިކަން ކުރަމުން އަންނަނީ ކޮން ބައެއްކަން ނޭނގޭ ކަމަށާއި، އެ ޤައުމުގެ ވެރިންނަށް ވެސް އެއީ ކޮން ބައެއްކަން ނޭނގޭ ކަމަށް ޓްރަމްޕް ވިދާޅުވި. އެގޮތުން އީރާންގެ ލީޑަރުންނަކީ ކޮން ބައެއްކަން ދެނެގަތުމުގައި އެ ޤައުމު ވެސް އޮތީ ބޮޑު އުނދަގުލެއްގެ ތެރޭގައި ކަމަށް ޓްރަމްޕް ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 3 މެއި 2026 | އާދީއްތަ 06:47
އެމެރިކާާގެ ރައީސް ޑޮނަލްޑް ޓްރަމްޕް.

އެމެރިކާާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. | ގެޓީ އިމޭޖަސް

އެމެރިކާ އިން އީރާންއާ ދެކޮޅަށް ކުރަމުން އައި ހަނގުރާމަ މެދު ކަނޑާލާފައި ވީ ނަމަވެސް، އީރާން އިން ގޯސް ކަމެއް ކޮށްފި ނަމަ، ނުވަތަ އެ ޤައުމުން ބަސް ނާހައިފި ނަމަ، އަލުން ހަނގުރާމަ ފަށަން ޖެހިދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ. 

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އީރާންއާ ގުޅޭ ގޮތުން އެމެރިކާ އިން މިހާރު ވަރަށް ރަނގަޅަށް ކަންތައްތައް ކުރިއަށް ގެންދާ ކަމަށެވެ. އަދި އީރާންގެ ސަރުކާރުން އެމެރިކާ އާއެކު އެއްބަސްވުމެއް އެކުލަވާލަން ބޭނުން ވަނީ، އެ ޤައުމު ވަރަށް ބޮޑަށް ހަލާކުވެފައި ވާތީ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ. 

އީރާންގައި ވެރިކަން ކުރަމުން އަންނަނީ ކޮން ބައެއްކަން ނޭނގޭ ކަމަށާއި، އެ ޤައުމުގެ ވެރިންނަށް ވެސް އެއީ ކޮން ބައެއްކަން ނޭނގޭ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އެގޮތުން އީރާންގެ ލީޑަރުންނަކީ ކޮން ބައެއްކަން ދެނެގަތުމުގައި އެ ޤައުމު ވެސް އޮތީ ބޮޑު އުނދަގުލެއްގެ ތެރޭގައި ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އެކަމަށް އިޝާރާތް ކުރައްވައި ޓްރަމްޕް ވިދާޅުވީ، އީރާންގެ ކުރީގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވަނީ ގެއްލިފައި ކަމަށެވެ. 

އީރާން އިން ފޮނުވި ސުލްޙައިގެ ހުށަހެޅުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އެ ޤައުމުން ހުށަހެޅި ސުލްޙައިގެ ހުށަހެޅުމުގެ މައިގަނޑު ޚިޔާލުތައް އޭނާއާ ހިއްސާ ކޮށްފައިވާ ކަމަށެވެ. އަދި މިހާރު އެ ހުށަހެޅުމުގެ ތަފްސީލް އަދި މުޅި ހުށަހެޅުން ލިބޭނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ. 

އީރާން އިން ހުށަހެޅި ހުށަހެޅުމުގައި، އެ ޤައުމުގެ ނިއުކްލިއަރ ޕްރޮގްރާމް އާއި، އެ ސަރަހައްދުގައި އެމެރިކާގެ އަސްކަރީ ޙަރަކާތްތައް ކުރިއަށް ގެންދާ ގޮތް އަދި އީރާންއާ ދެކޮޅަށް އަޅާފައިވާ އިޤްތިޞާދީ ދަތި ކުރުންތަކާ ގުޅޭ ކަންކަން ހިމެނޭ ކަމަށް ބެލެވެ އެވެ. 

އެމެރިކާ އާއި އީރާންއާ ދެމެދު މިހާރު މަޝްވަރާ ކުރަމުން އަންނަނީ ދެ ޤައުމުގެ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ޙައްލު ކުރުމަށް ކުރަމުން އަންނަ މަސައްކަތް ތަކެވެ. 

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ ތުހުމަތުތަކާ ގުޅިގެން، މެކްސިކޯގެ ސިނަލޯއާ ސްޓޭޓްގެ ގަވަރުނަރު ވަގުތީ ގޮތުން މަގާމުން ދުރަށް ޖެހިލައިފި

އެމެރިކާގެ ތުހުމަތުތަކާ ގުޅިގެން، މެކްސިކޯގެ ސިނަލޯއާ ސްޓޭޓްގެ ގަވަރުނަރު ވަގުތީ ގޮތުން މަގާމުން ދުރަށް ޖެހިލައިފި

03 މެއި 2026
ޖަރުމަނުގައި ތިބި އެމެރިކާ ސިފައިންގެ އަދަދު 5000 އަށްވުރެ ކުޑަ ކުރާނަން: ޓްރަމްޕް

ޖަރުމަނުގައި ތިބި އެމެރިކާ ސިފައިންގެ އަދަދު 5000 އަށްވުރެ ކުޑަ ކުރާނަން: ޓްރަމްޕް

03 މެއި 2026
އެމެރިކާގެ ބްލޮކޭޑް ފޫއަޅުވާލުމަށް ފަހު، އީރާންގެ 220 މިލިއަން ޑޮލަރުގެ ތެޔޮ ޓޭންކަރެއް އޭޝިއާ ޕެސިފިކް އަށް

އެމެރިކާގެ ބްލޮކޭޑް ފޫއަޅުވާލުމަށް ފަހު، އީރާންގެ 220 މިލިއަން ޑޮލަރުގެ ތެޔޮ ޓޭންކަރެއް އޭޝިއާ ޕެސިފިކް އަށް

03 މެއި 2026
އީރާނާ އެމެރިކާއާ ދެމެދު އަލުން ހަނގުރާމަ ފެށުމުގެ ފުރުސަތު ބޮޑު: އީރާނުގެ އަސްކަރިއްޔާ

އީރާނާ އެމެރިކާއާ ދެމެދު އަލުން ހަނގުރާމަ ފެށުމުގެ ފުރުސަތު ބޮޑު: އީރާނުގެ އަސްކަރިއްޔާ

02 މެއި 2026
މެދު އިރުމަތީގެ ޤައުމު ތަކާއި އިޒްރޭލް އަށް، 8.6 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމަށް އެމެރިކާ އިން ހުއްދަ ދީފި

މެދު އިރުމަތީގެ ޤައުމު ތަކާއި އިޒްރޭލް އަށް، 8.6 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމަށް އެމެރިކާ އިން ހުއްދަ ދީފި

02 މެއި 2026

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު