Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އެމެރިކާގެ ބްލޮކޭޑް ފޫއަޅުވާލުމަށް ފަހު، އީރާންގެ 220 މިލިއަން ޑޮލަރުގެ ތެޔޮ ޓޭންކަރެއް އޭޝިއާ ޕެސިފިކް އަށް

މި އުޅަނދުގެ ޙަރަކާތް ތަކަށް ބަލާއިރު، އެމެރިކާގެ ކަނޑުގެ ސިފައިން އީރާންގެ ބަނދަރުތައް ބަންދު ކުރިކަން އިއުލާން ކުރި އޭޕްރީލް މަހުގެ 13 ވަނަ ދުވަހު މި އުޅަނދު އޮތީ އީރާންގެ ކަނޑުގެ ސަރަހައްދުގައި. އަދި މާޗު މަހުގެ 20 ވަނަ ދުވަހު މަލަކާ ކަނޑު އޮޅިން ފުރައިގެން އީރާން އަށް ދިޔުމަށް ފަހު، މި އުޅަނދު އޮޓޮމެޓިކް އައިޑެންޓިފިކޭޝަން ސިސްޓަމް (އޭއައިއެސް)، ނުވަތަ ލޮކޭޝަން ދައްކައިދޭ ސިސްޓަމް ވަނީ ނިއްވާލާފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 3 މެއި 2026 | އާދީއްތަ 06:38
އީރާނުގެ ދިދަ ނަގައިގެން ދަތުރު ކުރަމުން ދިޔަ "އެމް/ވީ ތޫސްކާ" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓަށް އެމެރިކާގެ ސިފައިން އަރައި، އެ ބޯޓު އެމެރިކާގެ ބާރުގެ ދަށަށް ގެނައުމަށް ފަހު، އެ ސަރަހައްދުގައި އެމެރިކާގެ ފައުޖު ތަކުން ފޯރިމަރަމުންދާ މަންޒަރު ފެންނަ ފައިލް ފޮޓޯއެއް.

އީރާނުގެ ދިދަ ނަގައިގެން ދަތުރު ކުރަމުން ދިޔަ "އެމް/ވީ ތޫސްކާ" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓަށް އެމެރިކާގެ ސިފައިން އަރައި، އެ ބޯޓު އެމެރިކާގެ ބާރުގެ ދަށަށް ގެނައުމަށް ފަހު، އެ ސަރަހައްދުގައި އެމެރިކާގެ ފައުޖު ތަކުން ފޯރިމަރަމުންދާ މަންޒަރު ފެންނަ ފައިލް ފޮޓޯއެއް. | ރޮއިޓާސް

އީރާންއާ ދެކޮޅަށް އެމެރިކާގެ ކަނޑުގެ ސިފައިން އަޅާފައިވާ ބްލޮކޭޑް، ނުވަތަ ހުރަސްތައް ފޫއަޅުވާލުމަށް ފަހު، 220 މިލިއަން އެމެރިކާ ޑޮލަރުގެ ސާފު ނުކުރާ ތެޔޮ ހިފައިގެން ދަތުރުކުރި އީރާންގެ މާސިންގާ ތެޔޮ ޓޭންކަތެއް އޭޝިއާ ޕެސިފިކް ސަރަހައްދަށް ވަދެފައިވާ ކަމަށް، ތެޔޮ އުޅަނދު ފަހަރުގެ ހަރަކާތްތައް މޮނިޓާކުރާ ޓޭންކަރ ޓްރެކަރސް ޑޮޓް ކޮމް އިން ބުނެފި އެވެ.

އީރާންގެ ނެޝަނަލް އިރޭނިއަން ޓޭންކަރ ކޮމްޕެނީ އަަށް ނިސްބަތްވާ މި ވީއެލްސީސީ (ވެރީ ލަރޖް ކްރޫޑް ކެރިއަރ) އަކީ 1.9 މިލިއަނަށް ވުރެ ގިނަ ފީފާގެ ސާފު ނުކުރާ ތެޔު އުފުލުމުގެ ޤާބިލުކަން ހުރި އުޅަނދެކެވެ. 

އެކްސްގައި އާންމު ކުރި ރިޕޯޓެއްގައި ޓޭންކަރ ޓްރެކަރސް އިން ބުނެފައި ވަނީ "ހިއުޖް" ގެ ނަމުން ނަން ދީފައިވާ މި އުޅަނދު އެންމެ ފަހުން ފެނިފައި ވަނީ، މީގެ ހަފުތާއެއްހާ ދުވަސް ކުރިން ސްރީލަންކާގެ ކައިރިން ކަމަށެވެ. މިހާރު މި އުޅަނދު ދަތުރު ކުރަމުން ދަނީ އިންޑޮނޭޝިއާގެ ލޮމްބޮކް ކަނޑު އޮޅިން ރިއާއު އާކިޕެލާގޯއާ ދިމާލަށް ކަމަށް ވެސް އެ ފަރާތުން މައުލޫމާތުދެ އެވެ. 

މި އުޅަނދުގެ ޙަރަކާތް ތަކަށް ބަލާއިރު، އެމެރިކާގެ ކަނޑުގެ ސިފައިން އީރާންގެ ބަނދަރުތައް ބަންދު ކުރިކަން އިއުލާން ކުރި އޭޕްރީލް މަހުގެ 13 ވަނަ ދުވަހު މި އުޅަނދު އޮތީ އީރާންގެ ކަނޑުގެ ސަރަހައްދުގަ އެވެ. އަދި މާޗު މަހުގެ 20 ވަނަ ދުވަހު މަލަކާ ކަނޑު އޮޅިން ފުރައިގެން އީރާން އަށް ދިޔުމަށް ފަހު، މި އުޅަނދު އޮޓޮމެޓިކް އައިޑެންޓިފިކޭޝަން ސިސްޓަމް (އޭއައިއެސް)، ނުވަތަ ލޮކޭޝަން ދައްކައިދޭ ސިސްޓަމް ވަނީ ނިއްވާލައިފަ އެވެ. 

ްއީރާންގެ ދައުލަތުގެ މީޑިއާ އިން އޭޕްރީލް 29 ވަނަ ދުވަހު ބުނެފައި ވަނީ، އެމެރިކާގެ ހުރަސްތަކާ އެކު ވެސް އީރާންގެ މަދުވެގެން 52 އުޅަނދެއް ވަނީ އެމެރިކާގެ ބްލޮކޭޑް ފޫއަޅުވާލައިފަ އެވެ. ނަމަވެސް، އެމެރިކާގެ އަސްކަރިއްޔާ އިން ބުނަމުން ދަނީ ބްލޮކޭޑް ފެށި ފަހުން، އީރާންއާ ގުޅުންހުރި 41 އުޅަނދެއްގެ މިސްރާބު އަނބުރާލަން މަޖުބޫރު ކުރުވާފައިވާ ކަމަށެވެ. 

އެމެރިކާގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި، އެ ޤައުމުން އަޅާފައިވާ ފިޔަވަޅު ތަކުގެ ނަތީޖާ ދަނީ ފެންނަމުންނެވެ. އަދި އެކަމުގެ ސަބަބުން އީރާން އަށް ލިބެން ޖެހޭ ބިލިއަނުން ގުނޭ އާމްދަނީ ގެއްލިފައިވާ ކަމަށް ވެސް އެމެރިކާ އިން ބުނެ އެވެ. އެމެރިކާގެ ސިޔާސަތަކީ އީރާން އަށް ތެޔޮ އެކްސްޕޯޓު ނުކުރެވޭ ގޮތް ހަދައި، ތެޔޮ ރައްކާ ކުރާނެ ޖާގަ ހުސްވެ، އުފެއްދުންތެރިކަން މުޅިން ހުއްޓުމަކަށް ގެނައުމެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާނާ އެމެރިކާއާ ދެމެދު އަލުން ހަނގުރާމަ ފެށުމުގެ ފުރުސަތު ބޮޑު: އީރާނުގެ އަސްކަރިއްޔާ

އީރާނާ އެމެރިކާއާ ދެމެދު އަލުން ހަނގުރާމަ ފެށުމުގެ ފުރުސަތު ބޮޑު: އީރާނުގެ އަސްކަރިއްޔާ

02 މެއި 2026
މެދު އިރުމަތީގެ ޤައުމު ތަކާއި އިޒްރޭލް އަށް، 8.6 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމަށް އެމެރިކާ އިން ހުއްދަ ދީފި

މެދު އިރުމަތީގެ ޤައުމު ތަކާއި އިޒްރޭލް އަށް، 8.6 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމަށް އެމެރިކާ އިން ހުއްދަ ދީފި

02 މެއި 2026
އީރާނުގެ ހަމަލާތަކުން ހުޅަނގު އޭޝިއާގައި ހުރި އެމެރިކާގެ 16 މަރުކަޒަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ހާމަވެއްޖެ

އީރާނުގެ ހަމަލާތަކުން ހުޅަނގު އޭޝިއާގައި ހުރި އެމެރިކާގެ 16 މަރުކަޒަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ހާމަވެއްޖެ

02 މެއި 2026
އީރާން އިން މަޝްވަރާގެ މަގު އިޚްތިޔާރު ނުކޮށްފި ނަމަ، ފުނޑުފުނޑު ކޮށްލާނަން: ޓްރަމްޕް

އީރާން އިން މަޝްވަރާގެ މަގު އިޚްތިޔާރު ނުކޮށްފި ނަމަ، ފުނޑުފުނޑު ކޮށްލާނަން: ޓްރަމްޕް

02 މެއި 2026
ހަނގުރާމަ އަލުން ފެށިދާނެ، މިތިބީ އެމެރިކާގެ "މޮޔަ" ހަމާލާ ތަކަށް ތައްޔާރުވެގެން: އީރާން

ހަނގުރާމަ އަލުން ފެށިދާނެ، މިތިބީ އެމެރިކާގެ "މޮޔަ" ހަމާލާ ތަކަށް ތައްޔާރުވެގެން: އީރާން

02 މެއި 2026

އަހަރުތަކުން މިއަދު

22 މެއި
ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި
20251 އަހަރު ކުރިން
ދުނިޔެ

ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ
20224 އަހަރު ކުރިން
ރިޕޯޓު

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް
20197 އަހަރު ކުރިން
ރާއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު