Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

ހަނގުރާމައިގައި ބޯޅަ އޮތީ އެމެރިކާ ކޮޅުގައި: އީރާންގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު

ޣަރިބާބާދީ އިތުރަށް ވިދާޅުވީ، އީރާންގެ ޤައުމީ މަސްލަޙަތާއި ސަލާމަތްތެރިކަން ކަށަވަރު ކުރުމަށްޓަކައި، އެމެރިކާ އިން އިޚްތިޔާރު ކުރާ ކޮންމެ މަގަކުން ކުރިއަށް ދިޔުމަށް ވެސް އީރާން އޮތީ ފުރިހަމަ ތައްޔާރުވެގެން ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 3 މެއި 2026 | އާދީއްތަ 11:45
އީރާނުގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީގެ ފޮޓޯފުޅު ހިމެނޭ ބިލްބޯޑެއްގެ ކައިރިން މީހަކު ސައިކަލު ދުއްވާފައި ދަނީ.

އީރާނުގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީގެ ފޮޓޯފުޅު ހިމެނޭ ބިލްބޯޑެއްގެ ކައިރިން މީހަކު ސައިކަލު ދުއްވާފައި ދަނީ. | ރޮއިޓާސް

އެމެރިކާ އާއި އީރާންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމަ ނިންމުމަށް މަޝްވަރާގެ މަގު އިޚްތިޔާރު ކުރާނީތޯ، ނުވަތަ ހަނގުރާމަ ކުރިއަށް ދިޔުމުގެ މަގު އިޚްތިޔާރު ކުރާނީތޯ ނިންމުން މިހާރު އޮތީ އެމެރިކާގެ އަތް މަތީގައި ކަމަށާއި، ނަމަވެސް އީރާން އޮތީ ކޮންމެ ޙާލަތަކަށް ވެސް ތައްޔާރަށް ކަމަށް އެ ޤައުމުން ބުނެފި އެވެ. 

އީރާންގެ ސްޓޭޓް ބްރޯޑްކާސްޓަރު އައިއާރުއައިބީ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އީރާންގައި ތިއްބަވާ ބޭރުގެ ޑިޕްލޮމޭޓުންނާ މުޚާތަބު ކުރައްވައި ވާހަކަ ދައްކަވަމުން އީރާންގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ކާޒެމް ޣަރިބާބާދީ ވިދާޅުވީ، ޑިޕްލޮމެސީގެ މަގު އިޚްތިޔާރު ކުރުމާއި، ކުރިމަތިލުން ތަކުގެ މަގު އިޚްތިޔާރު ކުރުމުގެ ފުރުސަތު މިހާރު އޮތީ އެމެރިކާ އަށް ދޫކޮށްލެވިފައި ކަމަށެވެ. މިއީ ބައިނަލްއަޤުވާމީ މަސްރަޙުގައި ބޭނުން ކުރާ "ބޯޅަ އޮތީ އެމެރިކާގެ ކޯޓުގައި" ކަމަށް ބުނާ އުސޫލުން ފާހަގަ ކުރެއްވި ނުކުތާއެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޣަރިބާބާދީ އިތުރަށް ވިދާޅުވީ، އީރާންގެ ޤައުމީ މަސްލަޙަތާއި ސަލާމަތްތެރިކަން ކަށަވަރު ކުރުމަށްޓަކައި، އެމެރިކާ އިން އިޚްތިޔާރު ކުރާ ކޮންމެ މަގަކުން ކުރިއަށް ދިޔުމަށް ވެސް އީރާން އޮތީ ފުރިހަމަ ތައްޔާރުވެގެން ކަމަށެވެ. އޭނާގެ ވާހަކައިގައި އިޝާރާތް ކުރެއްވީ، އެމެރިކާ އިން އީރާންއާ މެދު ގެންގުޅޭ ހަރުކަށި ސިޔާސަތުތައް ދޫކޮށްލައި، މަޝްވަރާގެ މޭޒަށް އައުމަށް، ނުވަތަ ދެ ޤައުމުގެ ދެ މެދުގައި އޮތް ނުތަނަވަސްކަން އިތުރަށް ބޮޑު ކުރުމުގެ އިޚްތިޔާރު އެމެރިކާ އަށް އޮތް ކަމަށެވެ.

މި ވާހަކަތައް އައިސްފައި ވަނީ، މެދު އިރުމަތީގެ މަަސްރަހު ނުހަނު ބޮޑަށް ހޫނުވެފައިވާ ދަނޑިވަޅެއްގަ އެވެ. އީރާން އިން ބުނަމުން ދަނީ އެ ޤައުމުން އަބަދު ވެސް އިސްކަން ދެނީ ސަރަހައްދީ ހަމަޖެހުމަށް ކަމަށާއި، ނަމަވެސް އެ ޤައުމުގެ އެ ޤައުމުގެ އިސްތިޤުލާލަށް އުނިކަން އަންނަ ފަދަ އެއްވެސް އަމަލަކަށް ފުރުސަތު ނުދޭނެ ކަމަށެވެ. 

އެމެރިކާގެ ސަރުކާރުން އީރާންއާ މެދު ގެންގުޅޭ ސިޔާސަތު ތަކަށް ބަދަލު ތަކެއް އަތުވެދާނެ ކަމަށް ބެލެވޭ މި ދަނޑިވަޅުގައި، އީރާންގެ މި ބަހުގެ ހަމަލާ އަކީ އެމެރިކާގެ ކުރިއަށް އޮތް ފިޔަވަޅު ތަކަށް ބަލައިގެން ދީފައިވާ އިންޒާރެއްގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތް ތަކުން ސިފަ ކުރެ އެވެ. އީރާން އިން ތަކުރާރުކޮށް ބުނަމުން ދަނީ ދަތި ކުރުމުގެ ފިޔަވަޅު ތަކުން އެ ޤައުނު ކުޑަ ކަކޫ ނުޖެއްސޭނެ ކަމަށާއި، މަޝްވަރާ ކުރެވޭނީ ހަމަހަމަ އުސޫލު ތަކެއްގެ މަތިން ކަމަށެވެ. 

މަސްދަރު: އޭއެފްޕީ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ޚަޒެމް ޣަރިބާބާދީ

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާން އިން ބަސް ނާހާ ނަމަ، ހަނގުރާމަ ފަށަން ޖެހިދާނެ: ޓްރަމްޕް

އީރާން އިން ބަސް ނާހާ ނަމަ، ހަނގުރާމަ ފަށަން ޖެހިދާނެ: ޓްރަމްޕް

03 މެއި 2026
ޖަރުމަނުގައި ތިބި އެމެރިކާ ސިފައިންގެ އަދަދު 5000 އަށްވުރެ ކުޑަ ކުރާނަން: ޓްރަމްޕް

ޖަރުމަނުގައި ތިބި އެމެރިކާ ސިފައިންގެ އަދަދު 5000 އަށްވުރެ ކުޑަ ކުރާނަން: ޓްރަމްޕް

03 މެއި 2026
އެމެރިކާގެ ބްލޮކޭޑް ފޫއަޅުވާލުމަށް ފަހު، އީރާންގެ 220 މިލިއަން ޑޮލަރުގެ ތެޔޮ ޓޭންކަރެއް އޭޝިއާ ޕެސިފިކް އަށް

އެމެރިކާގެ ބްލޮކޭޑް ފޫއަޅުވާލުމަށް ފަހު، އީރާންގެ 220 މިލިއަން ޑޮލަރުގެ ތެޔޮ ޓޭންކަރެއް އޭޝިއާ ޕެސިފިކް އަށް

03 މެއި 2026
އީރާނާ އެމެރިކާއާ ދެމެދު އަލުން ހަނގުރާމަ ފެށުމުގެ ފުރުސަތު ބޮޑު: އީރާނުގެ އަސްކަރިއްޔާ

އީރާނާ އެމެރިކާއާ ދެމެދު އަލުން ހަނގުރާމަ ފެށުމުގެ ފުރުސަތު ބޮޑު: އީރާނުގެ އަސްކަރިއްޔާ

02 މެއި 2026
މެދު އިރުމަތީގެ ޤައުމު ތަކާއި އިޒްރޭލް އަށް، 8.6 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމަށް އެމެރިކާ އިން ހުއްދަ ދީފި

މެދު އިރުމަތީގެ ޤައުމު ތަކާއި އިޒްރޭލް އަށް، 8.6 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމަށް އެމެރިކާ އިން ހުއްދަ ދީފި

02 މެއި 2026

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު