Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އެމެރިކާގެ ޖަވާބު ލިބިއްޖެ، މިހާރު ދަނީ ދިރާސާ ކުރަމުން: އީރާން

އީރާންގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަޣާއީ އެ ޤައުމުގެ މީޑިއާ ތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެމެރިކާގެ ޖަވާބު އީރާން އަށް ލިބިފައި ވަނީ ޕާކިސްތާން މެދުވެރިކޮށް ކަމަށް. އަދި އެ ލިޔެ ކިޔުންތައް މިހާރު ކަމާ ބެހޭ ފަރާތް ތަކުން ވަރަށް ގާތުން މުރާޖައާ ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 4 މެއި 2026 | ހޯމަ 05:09
އީރާން އާއި އެމެރިކާގެ ދިދަ.

އީރާން އާއި އެމެރިކާގެ ދިދަ. | ރޮއިޓާސް

އެމެރިކާ އާއި އީރާންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް، އީރާން އިން ހުށަހަޅާފައިވާ 14 ނުކުތާގެ މައްޗަށް އެކުލެވޭ ޕްލޭން އަށް އެމެރިކާ އިން ދީފައިވާ ޖަވާބު ލިބިފައިވާ ކަމަށާއި، މިހާރު އެ ޖަވާބު ދިރާސާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އީރާން އިން ބުނެފި އެވެ. 

އީރާންގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަޣާއީ އެ ޤައުމުގެ މީޑިއާ ތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެމެރިކާގެ ޖަވާބު އީރާން އަށް ލިބިފައި ވަނީ ޕާކިސްތާން މެދުވެރިކޮށް ކަމަށެވެ. އަދި އެ ލިޔެ ކިޔުންތައް މިހާރު ކަމާ ބެހޭ ފަރާތް ތަކުން ވަރަށް ގާތުން މުރާޖައާ ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ޕާކިސްތާން އަކީ، އެމެރިކާ އާއި އީރާންއާ ދެމެދު ސުލްޙަ ޤާއިމު ކުރުމަށް މެދުވެރިއެއްގެ ދައުރު އަދާ ކުރަމުން އަންނަ ޤައުމެވެ. 

ބަޣާއީ އިތުރަށް ވިދާޅުވި ގޮތުގައި، އީރާން އިން ހުށަހެޅި މި ޕްލޭން އަކީ ހަމައެކަނި މިހާރު ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމާ ގުޅޭ ކަންކަމަށް އަމާޒު ކޮށްފައިވާ ޕްލޭނެއް ކަމަށެވެ. އަދި މި މަރުހަލާގައި ނިއުކްލިއާ ހަތިޔާރާ ގުޅޭ އެއްވެސް މަޝްވަރާއެއް ކުރިއަށް ނުދާނެ ކަމަށާއި، މި ޕްލޭން އަކީ ނިއުކްލިއާ މައްސަލައާ ގުޅުމެއް އޮތް ކަމެއް ނޫން ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ. 

އީރާން އިން މިފަދަ ޕްލޭނެއް ހުށަހަޅާފައި މި ވަނީ، މެދު އިރުމަތީގެ މަސްރަހު ނުތަނަވަސްވެ، ހަނގުރާމަ އިތުރަށް ފުޅާ ވެދާނެ ކަމުގެ ބިރު ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ. އީރާން އާއި އެމެރިކާގެ މެދުގައި ސީދާ ސިޔާސީ ގުޅުން ނޯންނާތީ، ދެ ޤައުމުގެ ދެ މެދުގައި މުއާމަލާތްތައް ކުރިއަށް ގެންދަނީ ސްވިޒަލޭންޑް ނުވަތަ ޕާކިސްތާން ފަދަ ތިން ވަނަ ޤައުމެއް މެދުވެރިކޮށެވެ. 

އީރާންގެ 14 ނުކުތާގެ ޕްލޭންއާ ގުޅޭ ގޮތުން އެމެރިކާ އިން ދިން ޖަވާބުގެ ތަފްސީލެއް އީރާން އިން މިހާތަނަށް ހާމަ ކޮށްފައި ނުވެ އެވެ. ނަމަވެސް، މި ޕްލޭން އަކީ ސަރަހައްދީ ހަމަޖެހުން ޤާއިމު ކުރުމަށް އީރާން އިން އިސްނަގައިގެން ކުރިއަށް ގެންދާ މުހިންމު މަަސައްކަތެއްގެ ގޮތުގައި އެ ޤައުމުން ވަނީ ސިފަ ކޮށްފަ އެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އިސްމާއިލް ބަޣާއީ

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާނުގެ ހުށަހެޅުމަށް އެމެރިކާއިން ޖަވާބު ދީފި

އީރާނުގެ ހުށަހެޅުމަށް އެމެރިކާއިން ޖަވާބު ދީފި

03 މެއި 2026
ހަނގުރާމައިގައި ބޯޅަ އޮތީ އެމެރިކާ ކޮޅުގައި: އީރާންގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު

ހަނގުރާމައިގައި ބޯޅަ އޮތީ އެމެރިކާ ކޮޅުގައި: އީރާންގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު

03 މެއި 2026
އީރާން އިން ބަސް ނާހާ ނަމަ، ހަނގުރާމަ ފަށަން ޖެހިދާނެ: ޓްރަމްޕް

އީރާން އިން ބަސް ނާހާ ނަމަ، ހަނގުރާމަ ފަށަން ޖެހިދާނެ: ޓްރަމްޕް

03 މެއި 2026
ޖަރުމަނުގައި ތިބި އެމެރިކާ ސިފައިންގެ އަދަދު 5000 އަށްވުރެ ކުޑަ ކުރާނަން: ޓްރަމްޕް

ޖަރުމަނުގައި ތިބި އެމެރިކާ ސިފައިންގެ އަދަދު 5000 އަށްވުރެ ކުޑަ ކުރާނަން: ޓްރަމްޕް

03 މެއި 2026
އެމެރިކާގެ ބްލޮކޭޑް ފޫއަޅުވާލުމަށް ފަހު، އީރާންގެ 220 މިލިއަން ޑޮލަރުގެ ތެޔޮ ޓޭންކަރެއް އޭޝިއާ ޕެސިފިކް އަށް

އެމެރިކާގެ ބްލޮކޭޑް ފޫއަޅުވާލުމަށް ފަހު، އީރާންގެ 220 މިލިއަން ޑޮލަރުގެ ތެޔޮ ޓޭންކަރެއް އޭޝިއާ ޕެސިފިކް އަށް

03 މެއި 2026

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު