ހޮރްމޫޒް ކަނޑު އޮޅިން ދަތުރު ކުރާ ބޯޓު ތަކަށް ރައްކާތެރިކަން ދިނުމަށް ޓްރަމްޕް އަމުރު ކުރެއްވުމާ އެކު، އެމެރިކާގެ ޚާއްސަ އޮޕަރޭޝަނެއް
މި އޮޕަރޭޝަންގައި އެމެރިކާގެ މިލިޓަރީ އެހީތެރިކަމުގެ ތެރޭގައި ގައިޑެޑް މިސައިލް ޑިސްޓްރޯޔަރު ތަކާއި، ބިމާއި ކަނޑުގައި ތިބެގެން ބޭނުން ކުރެވޭ އެތައް ސަތޭކަ އެއާކްރާފްޓް މަލްޓި ޑޮމެއިން އަންމޭންޑް ޕްލެޓްފޯމް ތަކުގެ އިތުރުން، 15000 ސިފައިން ހިމެނޭނެ.


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. | ރޮއިޓާސް
ހޮރްމޫޒް ކަނޑު އޮޅިން ދަތުރު ކުރާ ވިޔަފާރީގެ ބޯޓު ތަކުގެ މިނިވަންކަން ރައްކާތެރި ކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަމުރު ކުރައްވާފައިވާއިރު، އެކަމަށް އެއްބާރުލުންދީ އެމެރިކާ އިން ޚާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދަން ނިންމައިފި އެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނެފައި ވަނީ، ރައީސް ޓްރަމްޕްގެ އޮޕަރޭޝަނަށް އެއްބާރުލުންދީ، އެކަން ކުރިއަށް ގެންދާނެ ކަމަށެވެ.
އެކްސްގައި ޝާއިއުކުރި ބަޔާނެއްގައި ސެންޓްކޮމްގެ ކޮމާންޑަރު އެޑްމިރަލް ބްރެޑް ކޫޕަރު ވިދާޅުވީ، މި ދިފާއީ މަސައްކަތަށް އެހީތެރިވުމަކީ ސަރަހައްދީ ސަލާމަތާއި، ދުނިޔޭގެ އިޤްތިޞާދަށް މުހިންމު ކަމެއް ކަމަށައި، މި މަަސައްކަތް ކުރިއަށް ގެންދާއިރު ބަނދަރުގެ ހަނގުރާމަ ނުވަތަ ބްލޮކޭޑް ވެސް ދަމަހައްޓާނެ ކަމަށެވެ.
މި އޮޕަރޭޝަންގައި އެމެރިކާގެ މިލިޓަރީ އެހީތެރިކަމުގެ ތެރޭގައި ގައިޑެޑް މިސައިލް ޑިސްޓްރޯޔަރު ތަކާއި، ބިމާއި ކަނޑުގައި ތިބެގެން ބޭނުން ކުރެވޭ އެތައް ސަތޭކަ އެއާކްރާފްޓް މަލްޓި ޑޮމެއިން އަންމޭންޑް ޕްލެޓްފޯމް ތަކުގެ އިތުރުން، 15000 ސިފައިން ހިމެނޭނެ އެވެ.
ފާއިތުވި ހަފުތާގައި ސްޓޭޓް ޑިޕާޓްމަންޓް އިން އިއުލާން ކުރީ މެރިޓައިމް ފްރީޑަމް ކޮންސްޓްރަކްޓް ނަމުގައި އިނިޝިއޭޓިވްއެއް ކަމަށާއި، މި އިނިޝިއޭޓިވްގެ މަޤުސަދަކީ ކަނޑު އޮޅީގެ ސަލާމަތާ ގުޅޭ ގޮތުން ބައިނަލްއަޤުވާމީ ބައިވެރިންނާ ދެމެދު ގުޅުން ބަދހި ކުރުން ކަމަށް ބުނެފައިވެ އެވެ.
އެމެރިކާ އިން މިފަދަ ނިންމުމެއް ނިންމާފައި ވަނީ، ހޮރްމޫޒް ކަނޑު އޮޅީގައި އެމެރިކާ އިން އެއްވެސް ވައްކަމެއް ކުރުމަކީ ހަނގުރާމަ ހުއްޓުވުމުގެ އެއްބަސްވުމާ ޚިލާފުވުން ކަމުގައި ދެކޭނެ ކަމުގެ އިންޒާރު އީރާން އިން ދީފައިވާ ވަގުތެއްގަ އެވެ.
ހޮރްމޫޒް ކަނޑު އޮޅީގެ ސަލާމަތަކީ ދުނިޔޭގެ އިޤްތިޞާދަށް ވަރަށް މުހިންމު ކަމެއް ކަމުގައި ބައިނަލްއަޤުވާމީ ތަޖުރިބާ ކާރުން ދެކެމުންދާއިރު، މި ކަނޑު އޮޅީގެ ތެރެއިން ދުނިޔޭގެ ތެލުގެ ވިޔަފާރީގެ ބޮޑު ބައެއް ހިއްސާ ކުރެ އެވެ. އެހެންކަމުން މި ސަރަހައްދުގައި ހިނގާ އެއްވެސް ހަނގުރާމައެއް ނުވަތަ ހުރަހެއްގެ ސަބަބުން، ދުނިޔޭގެ އިޤްތިޞާދަށް ބޮޑެތި އަސަރު ތަކެއް ކުރާނެ ކަމަށް ތަޖުރިބާކާރުން އަންނަނީ ބުނަމުންނެވެ.
އެމެރިކާ އިން މި ފިޔަވަޅު އަޅަމުން ގެންދަނީ ސަރަހައްދުގައި ވިޔަފާރީގެ ބޯޓު ތަކުގެ ސަލާމަތާ މެދު ކަންބޮޑުވުންތައް އިތުރުވަމުންދާ ދަނޑިވަޅެއްގަ އެވެ. އީރާން އާއި އެމެރިކާއާ ދެމެދު މި ސަރަހައްދުގައި އޮތް ނުތަނަވަސްކަން ފާއިތުވި ދުވަސް ތަކުގައި އިތުރުވެފައިވާ ކަމަށް ވަނީ ފާހަގަ ކުރެވިފަ އެވެ.
މަސްދަރު: އަލް ޖަޒީރާ






