Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމެކްސިކޯ

އެމެރިކާގެ ތުހުމަތުތަކާ ގުޅިގެން، މެކްސިކޯގެ ސިނަލޯއާ ސްޓޭޓްގެ ގަވަރުނަރު ވަގުތީ ގޮތުން މަގާމުން ދުރަށް ޖެހިލައިފި

3 މެއި 2026 | އާދީއްތަ 06:45

ރޯޗާ މަގާމުން އެކަހެރިވެ ވަޑައިގަތުމާ ގުޅިގެން، ހޮނިހިރު ދުވަހު ސިނަލޯއާގެ ކޮންގްރެސް އިން ވަނީ އެ ސްޓޭޓްގެ ވަގުތީ ގަވަރުނަރުގެ މަގާމަށް ޔެރަލްޑިން ބޮނީލާ އައްޔަންކޮށްފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 3 މެއި 2026 | އާދީއްތަ 06:45
ސިނަލޯއާގެ ގަވަރުނަރު ރޫބެން ރޯޗާ މޯޔާ.

ސިނަލޯއާގެ ގަވަރުނަރު ރޫބެން ރޯޗާ މޯޔާ. | ރޮއިޓާސް

އެމެެރިކާގެ ސަރުކާރުން މަސްތުވާ ތަކެތީގެ ނުރައްކާތެރި ކާޓެލްއަކާ ގުޅުން އޮތް ކަމަށް ތުހުމަތު ކުރުމާ ގުޅިގެން، މެކްސިކޯގެ ސިނަލޯއާ ސްޓޭޓްގެ ގަވަރުނަރު ރޫބެން ރޯވާ މަގާމުން ވަގުތީ ގޮތުން އެކަހެރިވެ ވަޑައިގެންފި އެވެ. 

ރޫބެން ރޯޗާ މި ނިންމެވުން އިއުލާން ކުރެއްވީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން، މެކްސިކޯގެ ކަމާ ގުޅުން ހުރި އިދާރާ ތަކުން ކުރިއަށް ގެންދާ ތަހުގީގަށް ފުރުސަތު ދެއްވުމުގެ ގޮތުންނެވެ. 

ހުކުރު ދުވަހުގެ ރޭ ޓީވީ މެދުވެރިކޮށް ދެއްވި ބަޔާނެއްގައި ރޯޗާ ވިދާޅުވީ، އޭނާ އަކީ ކުށެއް ނެތް މައުސޫމް ބޭފުޅެއް ކަމަށާއި، މަގާމުން އެކަހެރި ވެވަޑައިގަންނަވަނީ ސާފުތާހިރުކަމާ އެކު ކަަމަށެވެ. އަދި އެމެރިކާ އިން އޭނާގެ މައްޗަށް ކޯށްފައިވާ ތުހުމަތު ތަކަކީ، މެކްސިކޯގައި މިހާރު ވެރިކަން ކުރާ ސިޔާސީ ހަރަކާތަށް އަމާޒުކޮށް ދީފައިވާ ހަމަލާއެއްގެ ގޮތުގައި އޭނާ ސިފަ ކުރެއްވި އެވެ. ރޯޗާގެ އިތުރުން މެކްސިކޯގެ މިހާރުގެ އަދި ކުރީގެ ބައެއް އިސް އޮފިޝަލުން ތަކެއް ސިނަލޯއާ ކާޓެލްއާ ގުޅިގެން އެމެރިކާ އަށް ގިނަ އަދަދެއްގެ މަސްތުވާ ތަކެތި އެތެރެ ކުރަން އުޅުމުގެ ކަމުގެ ދައުވާާ އެމެރިކާގެ ކޯޓަކުން މިދިޔަ ބުދަ ދުވަހު ވަނީ އުފުލައިފަ އެވެ. 

ގަވަރުނަރު ރޯޗާ އަކީ މެކްސިކޯގެ މިހާރުގެ ރައީސް ކްލައުޑިއޯ ޝީންބޯމް ނިސްބަތްވެ ވަޑައިގަންނަވާ މޮރޭނާ ޕާޓީގެ އިސް މެމްބަރެކެވެ. އަދި އޭނާ އަކީ ކުރީގެ ރައީސް އެންޑްރޭސް މެނުއަލް ލޮޕޭޒް އޮބްރަޑޯގެ އަރިސް ބޭފުޅެއް ވެސް މެއެވެ. އެމެރިކާ އިން އުފުލި މި ދައުވާ ތަކުގެ ސަބަބުން ރައީސް ޝީންބޯމްގެ ސަރުކާރަށް ވަނީ ސިޔާސީ ގޮތުން ބޮޑެތި ގޮން ޖެހުން ތަކެއް ކުރިމަތިވެފަ އެވެ. މި މައްސަަލައާ ގުޅިގެން ރައީސް ވިދާޅުވީ، އެމެރިކާ އިން އެ ކުރަތުހުމަތު ތަކުގެ މައްސަލަތައް މެކްސިކޯ އިން ދިރާސާ ކުރާނެ ކަމަށާއި، އެއްވެސް މީހަކު ހައްޔަރު ކުރެވޭނީ ސާފު ހެކި ހުރެގެން ކަމަށެވެ. 

މެކްސިކޯގެ ސިޔާސީ ވެރިންނާއި، ޖިނާއީ ގުރޫޕުތަކާ ދެމެދު އޮންނަ ގުޅުމާ މެދު އެ ޤައުމުގެ ރައްޔިތުންގެ މެދުގައި ބޮޑު ނުރުހުމެއް އޮތް ނަަމަވެސް، އެމެރިކާ އިން މެކްސިކޯގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަނުމަކީ މެކްސިކޯގެ ރައްޔިތުން ވަރަށް ނުރުހޭ  ކަމެކެވެ. 

މަގާމުން އެކަހެރިވެ ވަޑައިގަންނަވާކަން އިއުލާން ކުރެއްވި ނަމަވެސް، ރޯޗާ ހުންނެވީ ވަރަށް ސާބިތުކަމާ އެކު އެވެ. އޭނާ ވިދާޅުވީ، އޭނާގެ އާއިލާ އާއި ރައްޔިތުންގެ ކުރިމަތީގައި އިސް އުފުލައިގެން ހުންނެވޭނެ ކަށާއި، އޭނާ އަކީ ޚިޔާނާތްތެރިއެއް ނޫންކަން ޤައުމުގެ އަދުލު އިންސާފުގެ ނިޒާމުގެ ތެރެއިން ސާބިތު ކޮށްދެއްވާނެ ކަމަށެވެ. 

 ރޯޗާ މަގާމުން އެކަހެރިވެ ވަޑައިގަތުމާ ގުޅިގެން، ހޮނިހިރު ދުވަހު ސިނަލޯއާގެ ކޮންގްރެސް އިން ވަނީ އެ ސްޓޭޓްގެ ވަގުތީ ގަވަރުނަރުގެ މަގާމަށް ޔެރަލްޑިން ބޮނީލާ އައްޔަންކޮށްފަ އެވެ. 

މަސްދަރު: ރޮއިޓާސް

އެމެރިކާމެކްސިކޯސިނަލޯއާރޫބެން ރޯޗާއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އިތުރަށް ކިޔާލަން

03 މެއި 2026

ޖަރުމަނުގައި ތިބި އެމެރިކާ ސިފައިންގެ އަދަދު 5000 އަށްވުރެ ކުޑަ ކުރާނަން: ޓްރަމްޕް

03 މެއި 2026
ޖަރުމަނުގައި ތިބި އެމެރިކާ ސިފައިންގެ އަދަދު 5000 އަށްވުރެ ކުޑަ ކުރާނަން: ޓްރަމްޕް
02 މެއި 2026

މެދު އިރުމަތީގެ ޤައުމު ތަކާއި އިޒްރޭލް އަށް، 8.6 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމަށް އެމެރިކާ އިން ހުއްދަ ދީފި

02 މެއި 2026
މެދު އިރުމަތީގެ ޤައުމު ތަކާއި އިޒްރޭލް އަށް، 8.6 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމަށް އެމެރިކާ އިން ހުއްދަ ދީފި
02 މެއި 2026

އީރާން އިން މަޝްވަރާގެ މަގު އިޚްތިޔާރު ނުކޮށްފި ނަމަ، ފުނޑުފުނޑު ކޮށްލާނަން: ޓްރަމްޕް

02 މެއި 2026
އީރާން އިން މަޝްވަރާގެ މަގު އިޚްތިޔާރު ނުކޮށްފި ނަމަ، ފުނޑުފުނޑު ކޮށްލާނަން: ޓްރަމްޕް
02 މެއި 2026

އީރާން ހަނގުރާމަ ނިމިއްޖެ، ކޮންގްރެސްގެ ހުއްދަ ހޯދާކަށް ނުޖެހޭނެ: ޓްރަމްޕް

02 މެއި 2026
އީރާން ހަނގުރާމަ ނިމިއްޖެ، ކޮންގްރެސްގެ ހުއްދަ ހޯދާކަށް ނުޖެހޭނެ: ޓްރަމްޕް
01 މެއި 2026

އީރާން ހަނގުރާމަ ނިމިއްޖެ ކަމަށް ބުނެ، ކޮންގްރެސްގެ ހުއްދަ ހޯދުމަށް ޓްރަމްޕްގެ ސަރުކާރުން ދެކޮޅު ހަދަނީ

01 މެއި 2026
އީރާން ހަނގުރާމަ ނިމިއްޖެ ކަމަށް ބުނެ، ކޮންގްރެސްގެ ހުއްދަ ހޯދުމަށް ޓްރަމްޕްގެ ސަރުކާރުން ދެކޮޅު ހަދަނީ
01 މެއި 2026

އީރާން އިން އެ ޤައުމުގެ މިސައިލް ނިޒާމު ވަރުގަދަ ކުރަމުން އަންނަ ކަމަށް އެމެރިކާ އިން ބުނެފި

01 މެއި 2026
އީރާން އިން އެ ޤައުމުގެ މިސައިލް ނިޒާމު ވަރުގަދަ ކުރަމުން އަންނަ ކަމަށް އެމެރިކާ އިން ބުނެފި
30 އެޕްރީލު 2026

އެމެރިކާ އިން މަސައްކަތް ކުރަނީ އީރާންގައި ބައިބައިވުން އުފައްދައި، ވެރިކަން ވައްޓާލަން: ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ޣަލިބާފް

30 އެޕްރީލު 2026
އެމެރިކާ އިން މަސައްކަތް ކުރަނީ އީރާންގައި ބައިބައިވުން އުފައްދައި، ވެރިކަން ވައްޓާލަން: ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ޣަލިބާފް
30 އެޕްރީލު 2026

ޓްރަމްޕް އާއެކު ކުރިއަށް ގެންދިޔަ 90 މިނެޓުގެ ފޯނު ކޯލެއްގައި ޕުޓިންގެ ވަރުގަދަ އިންޒާރެއް!

30 އެޕްރީލު 2026
ޓްރަމްޕް އާއެކު ކުރިއަށް ގެންދިޔަ 90 މިނެޓުގެ ފޯނު ކޯލެއްގައި ޕުޓިންގެ ވަރުގަދަ އިންޒާރެއް!
30 އެޕްރީލު 2026

އިޒްރޭލް އިން ހިޒްބުﷲ އަށް ހަމަލާ ދޭއިރު އިމާރާތް ތަކަށް އަމާޒު ކޮށްގެން ނުވާނެ، ގޯސް ވާނީ އިޒްރޭލް: ޓްރަމްޕް

30 އެޕްރީލު 2026
އިޒްރޭލް އިން ހިޒްބުﷲ އަށް ހަމަލާ ދޭއިރު އިމާރާތް ތަކަށް އަމާޒު ކޮށްގެން ނުވާނެ، ގޯސް ވާނީ އިޒްރޭލް: ޓްރަމްޕް
29 އެޕްރީލު 2026

އީރާން އަށް ނިއުކްލިއާ ޕްރޮގްރާމްގެ ފުރުސަތު އޮވެގެން ނުވާނެ ކަމަށް އިނގިރޭސި ރަސްގެފާނު ވެސް އެއްބަސްވޭ: ޓްރަމްޕް

29 އެޕްރީލު 2026
އީރާން އަށް ނިއުކްލިއާ ޕްރޮގްރާމްގެ ފުރުސަތު އޮވެގެން ނުވާނެ ކަމަށް އިނގިރޭސި ރަސްގެފާނު ވެސް އެއްބަސްވޭ: ޓްރަމްޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް