Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ހަނގުރާމަ އަލުން ފެށިދާނެ، މިތިބީ އެމެރިކާގެ "މޮޔަ" ހަމާލާ ތަކަށް ތައްޔާރުވެގެން: އީރާން

އީރާންގެ ފާރްސް ނިއުސް އެޖެންސީ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އާސަދީ ވަނީ އެމެރިކާ އިން ކުރިމަތި ކޮށްދާނެ ކޮންމެ ނުރައްކަލަކަށް ނުވަތަ "މޮޔަ" އަމަލަށް އީރާންގެ އަސްކަރިއްޔާ އޮތީ ފުރިހަމަ އަށް ތައްޔާރު ވެގެން ކަމުގެ އިންޒާރު ދެއްވާފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 2 މެއި 2026 | ހޮނިހިރު 07:52
އެމެރިކާާ އާއި އީރާންގެ ދިދަ.

އެމެރިކާާ އާއި އީރާންގެ ދިދަ. | ރޮއިޓާސް

އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ކުރިއަށް ގެންދަމުން އަންނަ ހަނގުރާމަ އަލުން ފެށުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށާއި، އެމެރިކާ އަކީ އެއްވެސް އެއްބަސްވުމަކަށް ނުވަތަ މުއާހަދާ އަކަށް އިޙުތިރާމް ކުރާ ޤައުމެއް ނޫންކަން ހެކި ތަކުން ފެންނަން އެބަހުރި ކަމަށް އީރާންގެ އަސްކަރިއްޔާ އިން ބުނެފި އެވެ. 

އީރާންގެ އަސްކަރީ މަރުކަޒުގެ ޑެޕިއުޓީ މުޙައްމަދު ޖައުފަރު އާސަދީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އެމެރިކާގެ އޮފިޝަލުންގެ އަމަލުތަކާއި ބަސްމަގު ހުރީ މައިގަނޑު ގޮތެއްގައި މީޑިއާގެ ސަމާލުކަން ހޯދުމަށް ކަމަށެވެ. އޭގެ ބޭނުމަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށަށް ދިޔަ ނުދީ ހިފެހެއްޓުމާއި، އެމެރިކާ އަމިއްލަ އަށް އުފައްދާފައިވާ ނުތަނަވަސްކަމުގެ ތެރެއިން ސާލަމަތްވުން ކަމަަށް އޭނާ ތުހުމަތު ކުރެއްވި އެވެ. 

އީރާންގެ ފާރްސް ނިއުސް އެޖެންސީ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އާސަދީ ވަނީ އެމެރިކާ އިން ކުރިމަތި ކޮށްދާނެ ކޮންމެ ނުރައްކަލަކަށް ނުވަތަ "މޮޔަ" އަމަލަށް އީރާންގެ އަސްކަރިއްޔާ އޮތީ ފުރިހަމަ އަށް ތައްޔާރު ވެގެން ކަމުގެ އިންޒާރު ދެއްވައިފަ އެވެ. އޭނާ ވިދާޅުވީ، އެމެރިކާގެ ސިޔާސަތު ތަކަކީ އިތުބާރު ހިފޭ ސިޔާސަތު ތަކެއް ނޫން ކަމަށާއި، އެ ޤައުމުން އަމަލު ކުރަމުން ދަނީ އަމިއްލަ އެދުމާއި، ސިޔާސީ މަންފާ އަށް އިސްކަން ދީގެން ކަމަށެވެ. 

މި ބަޔާނަކީ މެދު އިރުމަތީގެ މަސްރަހު ނުހަނު ބޮޑަށް ހޫނުވެފައިވާ ދަނޑިވަޅެއްގައި، އެމެެރިކާ އާއި އިޒްރޭލް އިން އީރާން އަށް ދީފާނެ ހަމަލާ އަކަށް ތައްޔާރުވެ އޮތްކަން ހާމަ ކުރުމުގެ ގޮތުން އީރާން އިން ދިން އިންޒާރެކެވެ. އީރާންގެ އަސްކަރިއްޔާ އިން ބުނެފައިވާ ގޮތުގައި، އެމެރިކާ އިން ބައިނަލްއަޤުވާމީ އުސޫލުތަކާ ޚިލާފުވަމުންދާ ދިޔުމަކީ ސަރަހައްދީ ހަމަޖެހުމަށް އޮތް ބޮޑު ގޮންޖެހުމެކެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް

އިތުރަށް ކިޔާލަން

02 މެއި 2026

މެދު އިރުމަތީގެ ޤައުމު ތަކާއި އިޒްރޭލް އަށް، 8.6 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމަށް އެމެރިކާ އިން ހުއްދަ ދީފި

02 މެއި 2026
މެދު އިރުމަތީގެ ޤައުމު ތަކާއި އިޒްރޭލް އަށް، 8.6 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމަށް އެމެރިކާ އިން ހުއްދަ ދީފި
02 މެއި 2026

އީރާން ހަނގުރާމަ ނިމިއްޖެ، ކޮންގްރެސްގެ ހުއްދަ ހޯދާކަށް ނުޖެހޭނެ: ޓްރަމްޕް

02 މެއި 2026
އީރާން ހަނގުރާމަ ނިމިއްޖެ، ކޮންގްރެސްގެ ހުއްދަ ހޯދާކަށް ނުޖެހޭނެ: ޓްރަމްޕް
01 މެއި 2026

އީރާން ހަނގުރާމަ ނިމިއްޖެ ކަމަށް ބުނެ، ކޮންގްރެސްގެ ހުއްދަ ހޯދުމަށް ޓްރަމްޕްގެ ސަރުކާރުން ދެކޮޅު ހަދަނީ

01 މެއި 2026
އީރާން ހަނގުރާމަ ނިމިއްޖެ ކަމަށް ބުނެ، ކޮންގްރެސްގެ ހުއްދަ ހޯދުމަށް ޓްރަމްޕްގެ ސަރުކާރުން ދެކޮޅު ހަދަނީ
01 މެއި 2026

އީރާން އިން އެ ޤައުމުގެ މިސައިލް ނިޒާމު ވަރުގަދަ ކުރަމުން އަންނަ ކަމަށް އެމެރިކާ އިން ބުނެފި

01 މެއި 2026
އީރާން އިން އެ ޤައުމުގެ މިސައިލް ނިޒާމު ވަރުގަދަ ކުރަމުން އަންނަ ކަމަށް އެމެރިކާ އިން ބުނެފި
30 އެޕްރީލު 2026

އެމެރިކާ އިން މަސައްކަތް ކުރަނީ އީރާންގައި ބައިބައިވުން އުފައްދައި، ވެރިކަން ވައްޓާލަން: ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ޣަލިބާފް

30 އެޕްރީލު 2026
އެމެރިކާ އިން މަސައްކަތް ކުރަނީ އީރާންގައި ބައިބައިވުން އުފައްދައި، ވެރިކަން ވައްޓާލަން: ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ޣަލިބާފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު