Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އީރާން އިން މަޝްވަރާގެ މަގު އިޚްތިޔާރު ނުކޮށްފި ނަމަ، ފުނޑުފުނޑު ކޮށްލާނަން: ޓްރަމްޕް

އެގޮތުން ޓްރަމްޕް ވިދާޅުވީ، އީރާން އިން މަޝްވަރާގެ މަގު އިޚްތިޔާރު ނުކޮށްފި ނަމަ، ދެން އޮތް ގޮތަކީ އެ ޤައުމަށް ވަރުގަދަ ހަމަލާ ތަކެއް ދީ "ފުނޑުފުނޑުކޮށްލުން" ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 2 މެއި 2026 | ހޮނިހިރު 08:54
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. | ގެޓީ އިމޭޖަސް

ސަރަހައްދީ ހަމަޖެހުމާއި، ނިއުކްލިއަރ މައްސަލައިގައި އީރާން އިން އެންމެ ފަހުން ހުށަހެޅި ސުލްޙައިގެ ޕްލޭންއާ މެދު އެމެރިކާ އިން އެއްވެސް ވަަރަކަށް ހިތްހަމަ ނުޖެހޭ ކަމަށް، އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްގައި ހުންނަވައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވަނީ، އީރާން އިން މިހާރު އަމަލު ކުރަމުންދާ ގޮތް ބަދަލުކޮށް، ސީދާ މަޝްވަރާގެ މޭޒަށް އައުމަށް ގޮވާލައްވައިފަ އެވެ. 

އެ މޭރުމުން ވާހަކަ ދައްކަވަމުން ޓްރަމްޕް ވަނީ، އީރާން އަށް ވަރުގަދަ އިންޒާރެއް ވެސް ދެއްވައިފަ އެވެ. އެގޮތުން ޓްރަމްޕް ވިދާޅުވީ، އީރާން އިން މަޝްވަރާގެ މަގު އިޚްތިޔާރު ނުކޮށްފި ނަމަ، ދެން އޮތް ގޮތަކީ އެ ޤައުމަށް ވަރުގަދަ ހަމަލާ ތަކެއް ދީ "ފުނޑުފުނޑުކޮށްލުން" ކަމަށެވެ. މިއީ އީރާންއާ މެދު އެމެރިކާ އިން ގެންގުޅޭ ހަރުކަށި ސިޔާސަތުގެ ދަށުން ދެއްވި އިންޒާރެއް ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތް ތަކުން ބުނެ އެވެ. 

އެމެރިކާ އާއި އީރާންއާ ދެމެދު އޮތް ގުޅުން ފަހަކަށް އައިސް ވަރަށް ބޮޑަށް ގޯސްވެފައިވާއިރު، އެމެރިކާ އިން ދަނީ އީރާން އަށް އިޤްތިޞާދީ ގޮތުން އަދި ސިޔާސީ ގޮތުން ބޮޑެތި ފިއްތުން ތަކެއް ކުރިމަތި ކުރުވަމުންނެވެ. އީރާން އިން ހުށަހަޅާފައިވާ ހުށަހެޅުން ތަކަކީ، އެެމެރިކާގެ ޝަރުތުތަކާ އެއްގޮތަށް ހުރި ހުށަހެޅުމެއް ނޫން ކަމަށް، މީގެ ކުރިން ވެސް އެމެރިކާ އިން ވަނީ ބުނެފަ އެވެ. 

މި މައްސަލައިގައި އީރާން އިން ބުނަމުން ދަނީ، އެެމެރިކާ އިން އެ ޤައުމާ ދެކޮޅަށް އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތައް އުވައި ނުލަނީސް، އެއްވެސް މަޝްވަރާއެއްގައި ބައިވެރި ނުވާާނެ ކަމަށެވެ. ނަަމަވެސް، ޓްރަމްޕްގެ މި ފަހުގެ އިންޒާރާ އެކު، މެދު އިރުމަތީގެ މަސްރަހު އިތުރު ނުތަނަވަސްކަމެއްގެ ތެރެއަށް ދާނެ ކަަމަށް ބެލެވެ އެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

ކޮމެންޓް

އިތުރަށް ކިޔާލަން

މެދު އިރުމަތީގެ ޤައުމު ތަކާއި އިޒްރޭލް އަށް، 8.6 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމަށް އެމެރިކާ އިން ހުއްދަ ދީފި

މެދު އިރުމަތީގެ ޤައުމު ތަކާއި އިޒްރޭލް އަށް، 8.6 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމަށް އެމެރިކާ އިން ހުއްދަ ދީފި

02 މެއި 2026
އީރާނުގެ ހަމަލާތަކުން ހުޅަނގު އޭޝިއާގައި ހުރި އެމެރިކާގެ 16 މަރުކަޒަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ހާމަވެއްޖެ

އީރާނުގެ ހަމަލާތަކުން ހުޅަނގު އޭޝިއާގައި ހުރި އެމެރިކާގެ 16 މަރުކަޒަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ހާމަވެއްޖެ

02 މެއި 2026
ހަނގުރާމަ އަލުން ފެށިދާނެ، މިތިބީ އެމެރިކާގެ "މޮޔަ" ހަމާލާ ތަކަށް ތައްޔާރުވެގެން: އީރާން

ހަނގުރާމަ އަލުން ފެށިދާނެ، މިތިބީ އެމެރިކާގެ "މޮޔަ" ހަމާލާ ތަކަށް ތައްޔާރުވެގެން: އީރާން

02 މެއި 2026
އީރާން ހަނގުރާމަ ނިމިއްޖެ، ކޮންގްރެސްގެ ހުއްދަ ހޯދާކަށް ނުޖެހޭނެ: ޓްރަމްޕް

އީރާން ހަނގުރާމަ ނިމިއްޖެ، ކޮންގްރެސްގެ ހުއްދަ ހޯދާކަށް ނުޖެހޭނެ: ޓްރަމްޕް

02 މެއި 2026
އީރާން ހަނގުރާމަ ނިމިއްޖެ ކަމަށް ބުނެ، ކޮންގްރެސްގެ ހުއްދަ ހޯދުމަށް ޓްރަމްޕްގެ ސަރުކާރުން ދެކޮޅު ހަދަނީ

އީރާން ހަނގުރާމަ ނިމިއްޖެ ކަމަށް ބުނެ، ކޮންގްރެސްގެ ހުއްދަ ހޯދުމަށް ޓްރަމްޕްގެ ސަރުކާރުން ދެކޮޅު ހަދަނީ

01 މެއި 2026

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު