Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިޓާލިއަން ލީގު

ޕާމާ ބަލިކޮށް، އިންޓަރ އިން އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ހޯދައިފި

މިއީ އިންޓަރ އިން އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ހޯދި 21 ވަނަ ފަހަރު އިންޓަރ އިން އިޓާލިއަން ލީގު ކާމިޔާބު ކޮށްފައި މި ވަނީ، ލީގުގައި މިހާތަނަށް ކުޅެފައިވާ 35 މެޗުން 82 ޕޮއިންޓާ އެކު.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 4 މެއި 2026 | ހޯމަ 04:32
އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ހޯދުމަށް ފަހު އިންޓަރ މިލާންގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ.

އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ހޯދުމަށް ފަހު އިންޓަރ މިލާންގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ. | ރޮއިޓާސް

އިޓާލިއަން ލީގުގައި ޕާމާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އިންޓަރ މިލާން އިން ލީގުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

އާދީއްތަ ދުވަހުގެ ރޭ އިންޓަރގެ އަމިއްލަ ދަނޑުގައި ޕާމާއާ ދެކޮޅަށް ކުޅުނު މެޗުން އެ ޓީމު މޮޅުވެފައި ވަނީ 2-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި އިންޓަރ އިން އެއް ލަނޑު ޖެހިއިރު، އަނެއް ލަނޑު އެ ޓީމުން ޖެހީ މެޗުގެ ދެ ވަނަ ހާފުގަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އިންޓަރގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގައިދިނީ މާކަަސް ތުރަމް އެވެ. އެ ލަނޑު ޖަހަން އޭނާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ޕިއޮޓް ޒިއެލެންސްކީ އެވެ. މެޗުގައި އިންޓަރގެ ދެ ވަނަ ލަނޑު 80 ވަނަ މިނެޓުގައި ޖެހީ ހެންރިކް މިކިތާރްޔާން އެވެ. އެއީ ލައުޓާރޯ މާޓިނޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ.

މޮޅާ އެކު އިންޓަރ އިން ވަނީ އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. މިއީ އިންޓަރ އިން އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ހޯދި 21 ވަނަ ފަހަރެވެ. އިންޓަރ އިން އިޓާލިއަން ލީގު ކާމިޔާބު ކޮށްފައި މި ވަނީ، ލީގުގައި މިހާތަނަށް ކުޅެފައިވާ 35 މެޗުން 82 ޕޮއިންޓާ އެކު އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަނައިގައި ނަޕޯލީ އަށް ލިބެނީ 70 ޕޮއިންޓެވެ.

އިޓާލިއަން ލީގުއިންޓަރ މިލާން

އިތުރަށް ކިޔާލަން

07 އެޕްރީލު 2026

މިލާން ފަހަތަށް ޖައްސާލުމަށް ފަހު، ނަޕޯލީ ދެ ވަނަ އަށް

07 އެޕްރީލު 2026
މިލާން ފަހަތަށް ޖައްސާލުމަށް ފަހު، ނަޕޯލީ ދެ ވަނަ އަށް
09 މާރިޗު 2026

އިންޓަރ މިލާން ބަލިކޮށް، އޭސީ މިލާން އިން ހަތް ޕޮއިންޓަށް ފަރަގު ކުޑަ ކޮށްފި

09 މާރިޗު 2026
އިންޓަރ މިލާން ބަލިކޮށް، އޭސީ މިލާން އިން ހަތް ޕޮއިންޓަށް ފަރަގު ކުޑަ ކޮށްފި
25 ފެބުރުއަރީ 2026

އިންޓަރ މިލާން ކަޓުވާލައި، ބޯޑޯ ގްލިމް ގަދަ 16 އަށް

25 ފެބުރުއަރީ 2026
އިންޓަރ މިލާން ކަޓުވާލައި، ބޯޑޯ ގްލިމް ގަދަ 16 އަށް
19 ފެބުރުއަރީ 2026

ބޯޑޯ ގިލްމް އަތުން ބަލިވެ، އިންޓަރ ޕްރެޝަރަށް

19 ފެބުރުއަރީ 2026
ބޯޑޯ ގިލްމް އަތުން ބަލިވެ، އިންޓަރ ޕްރެޝަރަށް
15 ފެބުރުއަރީ 2026

ފަހު ވަގުތު ޔުވެންޓަސް ބަލިކޮށް، އިންޓަރ އިން ލީޑު ފުޅާ ކޮށްފި

15 ފެބުރުއަރީ 2026
ފަހު ވަގުތު ޔުވެންޓަސް ބަލިކޮށް، އިންޓަރ އިން ލީޑު ފުޅާ ކޮށްފި
14 ފެބުރުއަރީ 2026

މޮޑްރިޗްގެ ލަނޑުން، އޭސީ މިލާން މޮޅުވެއްޖެ

14 ފެބުރުއަރީ 2026
މޮޑްރިޗްގެ ލަނޑުން، އޭސީ މިލާން މޮޅުވެއްޖެ
04 ފެބުރުއަރީ 2026

ބޮލޮނާ ބަލިކޮށް، އޭސީ މިލާން ދެ ވަނައިގައި

04 ފެބުރުއަރީ 2026
ބޮލޮނާ ބަލިކޮށް، އޭސީ މިލާން ދެ ވަނައިގައި
24 ޖެނުއަރީ 2026

ހަ ލަނޑުގެ މޮޅާ އެކު، އިންޓަރ އަށް ހަ ޕޮއިންޓުގެ ލީޑެއް

24 ޖެނުއަރީ 2026
ހަ ލަނޑުގެ މޮޅާ އެކު، އިންޓަރ އަށް ހަ ޕޮއިންޓުގެ ލީޑެއް
21 ޖެނުއަރީ 2026

އިންޓަރ މިލާން ބަލިކޮށް، އާސެނަލް އިން ރެކޯޑު ދަމަހައްޓައިފި

21 ޖެނުއަރީ 2026
އިންޓަރ މިލާން ބަލިކޮށް، އާސެނަލް އިން ރެކޯޑު ދަމަހައްޓައިފި
20 ޖެނުއަރީ 2026

އިންޓަރ މިލާން ވަރުގަދަ ވާނެ، މެޗު އުނދަގޫ ވާާނެ: އާޓެޓާ

20 ޖެނުއަރީ 2026
އިންޓަރ މިލާން ވަރުގަދަ ވާނެ، މެޗު އުނދަގޫ ވާާނެ: އާޓެޓާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު