Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިޓާލިއަން ލީގު

މިލާން ފަހަތަށް ޖައްސާލުމަށް ފަހު، ނަޕޯލީ ދެ ވަނަ އަށް

މޮޅާ އެކު ނަޕޯލީ އިން ދެ ވަނަ އަށް ޖެހިލާފައި ވަނީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 31 މެޗުން 65 ޕޮއިންޓާ އެކު.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 7 އެޕްރީލު 2026 | އަންގާރަ 06:35
މެޗުގައި ލަނޑު ޖެހުމަށް ފަހު ނަޕޯލީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ނަޕޯލީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ | ރޮއިޓާސް

އިޓާލިއަން ލީގުގައި އޭސީ މިލާންއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ނަޕޯލީ އިން ލީގު ތާވަލްގެ ދެ ވަނަ މަގާމަށް ޖެހިލައިފި އެވެ.

ހޯމަ ދުވަހުގެ ރޭ ނަޕޯލީގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 1-0 އިންނެވެ. މެޗުގައި ނަޕޯލީ އިން ލަނޑު ޖެހީ ވެސް މެޗުގެ ދެ ވަނަ ހާފުގަ އެވެ.

މެޗަށް ނިކުތްއިރު ލީގު ތާވަލްގެ ދެ ވަނައިގައި އޮތީ އޭސީ މިލާން އެވެ. ނަޕޯލީ ތިން ވަނައިގައި އޮތްއިރު، އެ ޓީމުން ވަނީ ފުރުސަތުގެ ބޭނުން ހިފައި ދެ ވަނަ އަށް ޖެހިލައިފަ އެވެ.

މެޗު ފަށައިގެން އޭސީ މިލާން އިން ކުރިއަށް ޖެހިގެން ލަނޑު ޖަހަން މަސައްކަތް ކުރަމުން ދިޔައިރު، ނަޕޯލީ އިން ވެސް ވަނީ ލަނޑު ޖަހަން މަސައްކަތް ކޮށްފަ އެވެ. މެޗުގެ ދެ ވަނަ ހާފުގެ 79 ވަނަ މިނެޓުގައި ނަޕޯލީ އިން ވަނީ އޭސީ މިލާން ކޮޅަށް ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު ނަޕޯލީ އަށް ޖަހައިދިނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނިކުތް މަތެއޯ ޕޮލިޓާނޯ އެވެ.

މޮޅާ އެކު ނަޕޯލީ އިން ދެ ވަނަ އަށް ޖެހިލާފައި ވަނީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 31 މެޗުން 65 ޕޮއިންޓާ އެކު އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ތިން ވަނައިގައި އޭސީ މިލާން އަށް ލިބެނީ 63 ޕޮއިންޓެވެ. އެއް ވަނައިގައި އިންޓަރ މިލާން އޮތީ 72 ޕޮއިންޓާ އެކު އެވެ. 

އިޓާލިއަން ލީގުނަޕޯލީއޭސީ މިލާން

އިތުރަށް ކިޔާލަން

09 މާރިޗު 2026

އިންޓަރ މިލާން ބަލިކޮށް، އޭސީ މިލާން އިން ހަތް ޕޮއިންޓަށް ފަރަގު ކުޑަ ކޮށްފި

09 މާރިޗު 2026
އިންޓަރ މިލާން ބަލިކޮށް، އޭސީ މިލާން އިން ހަތް ޕޮއިންޓަށް ފަރަގު ކުޑަ ކޮށްފި
15 ފެބުރުއަރީ 2026

ފަހު ވަގުތު ޔުވެންޓަސް ބަލިކޮށް، އިންޓަރ އިން ލީޑު ފުޅާ ކޮށްފި

15 ފެބުރުއަރީ 2026
ފަހު ވަގުތު ޔުވެންޓަސް ބަލިކޮށް، އިންޓަރ އިން ލީޑު ފުޅާ ކޮށްފި
14 ފެބުރުއަރީ 2026

މޮޑްރިޗްގެ ލަނޑުން، އޭސީ މިލާން މޮޅުވެއްޖެ

14 ފެބުރުއަރީ 2026
މޮޑްރިޗްގެ ލަނޑުން، އޭސީ މިލާން މޮޅުވެއްޖެ
04 ފެބުރުއަރީ 2026

ބޮލޮނާ ބަލިކޮށް، އޭސީ މިލާން ދެ ވަނައިގައި

04 ފެބުރުއަރީ 2026
ބޮލޮނާ ބަލިކޮށް، އޭސީ މިލާން ދެ ވަނައިގައި
24 ޖެނުއަރީ 2026

ހަ ލަނޑުގެ މޮޅާ އެކު، އިންޓަރ އަށް ހަ ޕޮއިންޓުގެ ލީޑެއް

24 ޖެނުއަރީ 2026
ހަ ލަނޑުގެ މޮޅާ އެކު، އިންޓަރ އަށް ހަ ޕޮއިންޓުގެ ލީޑެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު