Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިޓާލިއަން ލީގު

އިންޓަރ މިލާން ބަލިކޮށް، އޭސީ މިލާން އިން ހަތް ޕޮއިންޓަށް ފަރަގު ކުޑަ ކޮށްފި

މެޗުން އިންޓަރ މިލާން ބަލިވެފައިވާއިރު، މި ދެ ޓީމުގެ ދެ މެދުގައި މިހާރު އޮތީ ހަތް ޕޮއިންޓުގެ ފަރަގެއް. މިހާތަނަށް ލީގުގައި ކުޅެފައިވާ 28 މެޗުން އިންޓަރ އަށް 67 ޕޮއިންޓު ލިބޭއިރު، ދެ ވަނައިގައި އޭސީ މިލާން އަށް ލިބެނީ 60 ޕޮއިންޓު.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 9 މާރިޗު 2026 | ހޯމަ 07:37
މެޗުގައި ލަނޑު ޖެހުމަށް ފަހު އޭސީ މިލާންގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު އޭސީ މިލާންގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ | ރޮއިޓާސް

އިޓާލިއަން ލީގުގައި އިންޓަރ މިލާންއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އެ ޓީމާ ދެމެދު އޮތް ފަރަގު އޭސީ މިލާން އިން ހަތް ޕޮއިންޓަށް ކުޑަ ކޮށްފި އެވެ. 

އޭސީ މިލާންގެ އަމިއްލަ ދަނޑުގައި އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 1-0 އިންނެވެ. މެޗުގައި އޭސީ މިލާން އިން ލަނޑު ޖެހީ ވެސް ފުރަތަމަ ހާފުގަ އެވެ.

މެޗު ފަށައިގެން އޭސީ މިލާން އިން ރަނގަޅަށް ކުޅެފައިވާއިރު، މެޗުގެ ކުރީ ކޮޅު ވެސް އެ ޓީމަށް ވަނީ ލީޑު ނަގަން ފުރުސަތު ލިބިފަ އެވެ. އެގޮތުން އޭސީ މިލާންގެ ލޫކާ މޮޑްރިޗް ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ އަރި މަތީ ދަނޑި ކައިރިން ބޭރަށެވެ. އޭގެ ފަހުން އިންޓަރ އަށް ވެސް ލީޑު ނަގަން ފުރުސަތު ލިބުނެވެ. 

މެޗުގެ ފުރަތަމަ ހާފުގެ 35 ވަނަ މިނެޓުގައި އޭސީ މިލާާން އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ޕާވިސް އެސްޓުޕިނާން އެވެ. އެ ލަނޑު ޖަހަން އޭނާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ޔޫސުފާ ފޮފާނާ އެވެ. އޭގެ ފަހުން މެޗުގެ ދެ ވަނަ ހާފުގައި އިންޓަރ މިލާން އަށް ނަތީޖާ ހަމަހަމަ ކުރަން ފުރުސަތު ލިބުނުއިރު، ފެޑެރިކޯ ޑިމާކޯ ފޮނުވާލި ބޯޅަ ގޯލާ އަމާޒުވާ ގޮތެއް ނުވި އެވެ.

މެޗުން އިންޓަރ މިލާން ބަލިވެފައިވާއިރު، މި ދެ ޓީމުގެ ދެ މެދުގައި މިހާރު އޮތީ ހަތް ޕޮއިންޓުގެ ފަރަގެކެވެ. މިހާތަނަށް ލީގުގައި ކުޅެފައިވާ 28 މެޗުން އިންޓަރ އަށް 67 ޕޮއިންޓު ލިބޭއިރު، ދެ ވަނައިގައި އޭސީ މިލާން އަށް ލިބެނީ 60 ޕޮއިންޓެވެ.

އިޓާލިއަން ލީގުއޭސީ މިލާންއިންޓަރ މިލާން

އިތުރަށް ކިޔާލަން

25 ފެބުރުއަރީ 2026

އިންޓަރ މިލާން ކަޓުވާލައި، ބޯޑޯ ގްލިމް ގަދަ 16 އަށް

25 ފެބުރުއަރީ 2026
އިންޓަރ މިލާން ކަޓުވާލައި، ބޯޑޯ ގްލިމް ގަދަ 16 އަށް
19 ފެބުރުއަރީ 2026

ބޯޑޯ ގިލްމް އަތުން ބަލިވެ، އިންޓަރ ޕްރެޝަރަށް

19 ފެބުރުއަރީ 2026
ބޯޑޯ ގިލްމް އަތުން ބަލިވެ، އިންޓަރ ޕްރެޝަރަށް
15 ފެބުރުއަރީ 2026

ފަހު ވަގުތު ޔުވެންޓަސް ބަލިކޮށް، އިންޓަރ އިން ލީޑު ފުޅާ ކޮށްފި

15 ފެބުރުއަރީ 2026
ފަހު ވަގުތު ޔުވެންޓަސް ބަލިކޮށް، އިންޓަރ އިން ލީޑު ފުޅާ ކޮށްފި
14 ފެބުރުއަރީ 2026

މޮޑްރިޗްގެ ލަނޑުން، އޭސީ މިލާން މޮޅުވެއްޖެ

14 ފެބުރުއަރީ 2026
މޮޑްރިޗްގެ ލަނޑުން، އޭސީ މިލާން މޮޅުވެއްޖެ
04 ފެބުރުއަރީ 2026

ބޮލޮނާ ބަލިކޮށް، އޭސީ މިލާން ދެ ވަނައިގައި

04 ފެބުރުއަރީ 2026
ބޮލޮނާ ބަލިކޮށް، އޭސީ މިލާން ދެ ވަނައިގައި
24 ޖެނުއަރީ 2026

ހަ ލަނޑުގެ މޮޅާ އެކު، އިންޓަރ އަށް ހަ ޕޮއިންޓުގެ ލީޑެއް

24 ޖެނުއަރީ 2026
ހަ ލަނޑުގެ މޮޅާ އެކު، އިންޓަރ އަށް ހަ ޕޮއިންޓުގެ ލީޑެއް
21 ޖެނުއަރީ 2026

އިންޓަރ މިލާން ބަލިކޮށް، އާސެނަލް އިން ރެކޯޑު ދަމަހައްޓައިފި

21 ޖެނުއަރީ 2026
އިންޓަރ މިލާން ބަލިކޮށް، އާސެނަލް އިން ރެކޯޑު ދަމަހައްޓައިފި
20 ޖެނުއަރީ 2026

އިންޓަރ މިލާން ވަރުގަދަ ވާނެ، މެޗު އުނދަގޫ ވާާނެ: އާޓެޓާ

20 ޖެނުއަރީ 2026
އިންޓަރ މިލާން ވަރުގަދަ ވާނެ، މެޗު އުނދަގޫ ވާާނެ: އާޓެޓާ
12 ޖެނުއަރީ 2026

ފަހު ވަގުތު ނަޕޯލީ އިން އިންޓައާ އެއްވަރު ކޮށްފި

12 ޖެނުއަރީ 2026
ފަހު ވަގުތު ނަޕޯލީ އިން އިންޓައާ އެއްވަރު ކޮށްފި
03 ޖެނުއަރީ 2026

ކަލިއަރީ ބަލިކޮށް، އޭސީ މިލާން އެއް ވަނަ އަށް

03 ޖެނުއަރީ 2026
ކަލިއަރީ ބަލިކޮށް، އޭސީ މިލާން އެއް ވަނަ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު