Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔުއެފާ ޗެމްޕިއަންސް ލީގު

ބޯޑޯ ގިލްމް އަތުން ބަލިވެ، އިންޓަރ ޕްރެޝަރަށް

މެޗުން މޮޅުވެ ބޯޑޯ ގިލްމް އިން މުބާރާތުގެ ގަދަ 16 ވަނަ ބުރުގެ ފުރުސަތު ބޮޑު ކޮށްފައިވާއިރު، އިންޓަރ އަށް ފުރުސަތު އޮތީ އަމިއްލަ ދަނޑުގައި ކުޅޭ ޕްލޭ އޮފްގެ ދެ ވަނަ މެޗުގައި ބޯޑޯ ގިލްމް ބަލިކޮށްގެން.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 19 ފެބުރުއަރީ 2026 | ބުރާސްފަތި 06:57
މެޗުގައި ލަނޑު ޖެހުމަށް ފަހު ބޯޑޯ ގިލްމްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ބޯޑޯ ގިލްމްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ | ރޮއިޓާސް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ޕްލޭ އޮފްގެ ފުރަތަމަ ލެގުގައި ބޯޑޯ ގިލްމްއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، އިންޓަރ މިލާން ޕްރެޝަރަށް ވެއްޓިއްޖެ އެވެ. 

ބޯޑޯ ގިލްމްގެ އަމިއްލަ ދަނޑުގައި ބުދަ ދުވަހުގެ ރޭ ކުޅުނު މެޗުގައި އެ ޓީމުން ވަނީ 3-1 އިން އިންޓަރ ބަލި ކޮށްފަ އެވެ. މެޗުގެ ފުރަތަމަ ހާފުގައި ބޯޑޯ ގިލްމް އިން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، އިންޓަރ އިން ނަތީޖާ ހަމަހަމަ ވެސް ކުރި އެވެ. ނަމަވެސް ދެ ވަނަ ހާފުގައި ޖެހި ލަނޑު ތަކުން ބޯޑޯ ގިލްމް ވަނީ މެޗުން މޮޅުވެފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 20 ވަނަ މިނެޓުގައި ބޯޑޯ ގިލްމް އިން ލީޑު ނެގީ ސޮންޑްރީ ފެޓް ޖެހި ލަނޑުންނެވެ. އޭގެ ދިހަ މިނެޓު ފަހުން ފްރެންސެސްކޯ ޕިއޯ އެސްޕޮސިޓޯ ވަނީ ލަނޑު ޖަހައި އިންޓަރ އަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. އެ ލަނޑު ޖަހަން އޭނާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ކާލޮސް އޮގަސްޓޯ އެވެ. 

މެޗުގެ ދެ ވަނަ ހާފުގައި ބޯޑޯ ގިލްމް އިން އަލުން ލީޑު ނެގީ 61 ވަނަ މިނެޓުގައި ޖެންސް ހައުޖު ޖެހި ލަނޑުންނެވެ. އޭގެ ތިން މިނެޓު ފަހުން ހެސްޕާ ހޮފް ވަނީ ބޯޑޯ ގިލްމްގެ ތިން ވަނަ ލަނޑު ޖަހައި އިތުރަށް ލީޑު ފުޅާ ކޮށްފަ އެވެ. މެޗުގައި ލަނޑު ޖަހަން އިންޓަރ އިން ވަރަށް ބޮޑަށް މަސައްކަތް ކުރި ނަމަވެސް، ފުރުސަތުގެ ބޭނުން ކުރެވޭ ގޮތެއް ނުވި އެވެ.

މެޗުން މޮޅުވެ ބޯޑޯ ގިލްމް އިން މުބާރާތުގެ ގަދަ 16 ވަނަ ބުރުގެ ފުރުސަތު ބޮޑު ކޮށްފައިވާއިރު، އިންޓަރ އަށް ފުރުސަތު އޮތީ އަމިއްލަ ދަނޑުގައި ކުޅޭ ޕްލޭ އޮފްގެ ދެ ވަނަ މެޗުގައި ބޯޑޯ ގިލްމް ބަލިކޮށްގެންނެވެ. އިންޓަރ އަކީ މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގުގެ ރަނައަޕް ޓީމެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުއިންޓަރ މިލާން

ކޮމެންޓް

އިތުރަށް ކިޔާލަން

ކުލަބު ބްރޫޖް އިން އެތުލެޓިކޯ މޮޅުވިޔަ ނުދީ ހިފަހައްޓައިފި

ކުލަބު ބްރޫޖް އިން އެތުލެޓިކޯ މޮޅުވިޔަ ނުދީ ހިފަހައްޓައިފި

19 ފެބުރުއަރީ 2026
ރެއާލް އިން ބެންފީކާ ބަލިކުރިއިރު، ވިނީޝިއުސްއާ ނަސްލީ ގޮތުން ދިމާކޮށްލުމުން މެޗު ހޫނުވެއްޖެ

ރެއާލް އިން ބެންފީކާ ބަލިކުރިއިރު، ވިނީޝިއުސްއާ ނަސްލީ ގޮތުން ދިމާކޮށްލުމުން މެޗު ހޫނުވެއްޖެ

18 ފެބުރުއަރީ 2026
ފަހަތުން އަރައި މޮނާކޯ ބަލިކޮށް، ޕީއެސްޖީ އިން ފުރުސަތު ބޮޑު ކޮށްފި

ފަހަތުން އަރައި މޮނާކޯ ބަލިކޮށް، ޕީއެސްޖީ އިން ފުރުސަތު ބޮޑު ކޮށްފި

18 ފެބުރުއަރީ 2026
ފަހު ވަގުތު ޔުވެންޓަސް ބަލިކޮށް، އިންޓަރ އިން ލީޑު ފުޅާ ކޮށްފި

ފަހު ވަގުތު ޔުވެންޓަސް ބަލިކޮށް، އިންޓަރ އިން ލީޑު ފުޅާ ކޮށްފި

15 ފެބުރުއަރީ 2026
ނިއުކާސަލްއާ އެއްވަރުވެ، ޗެމްޕިއަން ޕީއެސްޖީ ޕްލޭ އޮފްގައި ކުޅެން ޖެހިއްޖެ

ނިއުކާސަލްއާ އެއްވަރުވެ، ޗެމްޕިއަން ޕީއެސްޖީ ޕްލޭ އޮފްގައި ކުޅެން ޖެހިއްޖެ

29 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު