Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

އިންޓަރ މިލާން ބަލިކޮށް، އާސެނަލް އިން ރެކޯޑު ދަމަހައްޓައިފި

21 ޖެނުއަރީ 2026 | ބުދަ 04:49

މޮޅާއެކު އާސެނަލްް އިން ލީގު ތާވަލްގެ އެއް ވަނަ މަގާމުގައި އޮތީ މިހާތަނަށް ކުޅެފައިވާ ހަތް މެޗުން ވެސް މޮޅުވެ 21 ޕޮއިންޓާ އެކު.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 ޖެނުއަރީ 2026 | ބުދަ 04:49
މެޗުގައި ލަނޑު ޖެހުމަށް ފަހު އާސެނަލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު އާސެނަލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ | ރޮއިޓަސް

ޔުއެފާ ޗެމްޕިއަންސް ލީގުގައި އިންޓަރ މިލާންއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އާސެނަލް އިން މުބާރާތުގައި އެ ޓީމުގެ މޮޅުވުމުގެ ރެކޯޑު ދަމަހައްޓައިފި އެވެ.

އިންޓަރ މިލާންގެ އަމިއްލަ ދަނޑުގައި އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗު އާސެނަލް އިން ކާމިޔާބު ކުރީ 3-1 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި އާސެނަލް އިން ލީޑު ނަގާފައި ވަނިކޮށް، އިންޓަރ އިން ނަތީޖާ ހަމަހަމަ ވެސް ކުރި އެވެ. ނަމަވެސް ފުރަތަމަ ހާފުގައި އާސެނަލް އިން ދެ ވަނަ ލަނޑެއް ޖެހިއިރު، އަނެއް ލަނޑު ޖެހީ ދެ ވަނަ ހާފުގަ އެވެ.

މެޗު ފަށައިގެން 10 ވަނަ މިނެޓުގައި އާސެނަލް އަށް ލީޑު ނަގައިދިނީ ގެބްރިއަލް ޖީސުސް އެވެ. އެއީ ޔޫރިއަން ޓިމްބާ ތަނަވަސްކޮށްދިން ފުރެސަތެއްގައި އޭނާ ޖެހި ލަނޑެކެވެ. އޭގެ އަށް މިނެޓު ފަހުން ޕީޓާ ސުސިކް ވަނީ ލަނޑު ޖަހައި އިންޓަރ އަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. 

ދެ ވަނަ ފަހަރަށް މެޗުގައި އާސެނަލް އިން ލީޑު ނެގީ 31 ވަނަ މިނެޓުގަ އެވެ. ލިއާންޑްރޯ ޓްރޮސާޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި އާސެނަލް އަށް އެ ލަނޑު ވެސް ޖަހައިދިނީ ޖީސުސް އެވެ. އޭގެ ފަހުން މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަ މިނެޓަށް ވެފައި ވަނިކޮށް އާސެނަލްގެ ތިން ވަނަ ލަނޑު ޖެހީ ވިކްޓާ ޔޮކަރޭޝް އެވެ.

މޮޅާއެކު އާސެނަލްް އިން ލީގު ތާވަލްގެ އެއް ވަނަ މަގާމުގައި އޮތީ މިހާތަނަށް ކުޅެފައިވާ ހަތް މެޗުން ވެސް މޮޅުވެ 21 ޕޮއިންޓާ އެކު އެވެ. މިިއީ ޗެމްޕިއަންސް ލީގުގައި ޖެހި ޖެހިގެން ހަތް މެޗުން އާސެނަލް މޮޅުވި ފުރަތަމަ ފަހަރު ކަމަށްވާއިރު، މި ސީޒަންގެ ޗެމްޕިއަންސް ލީގުގައި މިހާތަނަށް ބަލި ނުވެ އޮތް ހަމައެކަނި ޓީމަކީ ވެސް އާސެނަލް އެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުއާސެނަލްއިންޓަރ މިލާން

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2026

އިންޓަރ މިލާން ވަރުގަދަ ވާނެ، މެޗު އުނދަގޫ ވާާނެ: އާޓެޓާ

20 ޖެނުއަރީ 2026
އިންޓަރ މިލާން ވަރުގަދަ ވާނެ، މެޗު އުނދަގޫ ވާާނެ: އާޓެޓާ
18 ޖެނުއަރީ 2026

ޔުނައިޓެޑު އަތުން ސިޓީ އަށް ލަދުވެތި ބައްޔެއް، އާސެނަލް އަށް ކުރި ނުހޯދުނު

18 ޖެނުއަރީ 2026
ޔުނައިޓެޑު އަތުން ސިޓީ އަށް ލަދުވެތި ބައްޔެއް، އާސެނަލް އަށް ކުރި ނުހޯދުނު
15 ޖެނުއަރީ 2026

ފުރަތަމަ ލެގުގައި ޗެލްސީ ބަލިކޮށް އާސެނަލް އިން އުންމީދުގައި

15 ޖެނުއަރީ 2026
ފުރަތަމަ ލެގުގައި ޗެލްސީ ބަލިކޮށް އާސެނަލް އިން އުންމީދުގައި
12 ޖެނުއަރީ 2026

ފަހު ވަގުތު ނަޕޯލީ އިން އިންޓައާ އެއްވަރު ކޮށްފި

12 ޖެނުއަރީ 2026
ފަހު ވަގުތު ނަޕޯލީ އިން އިންޓައާ އެއްވަރު ކޮށްފި
10 ޖެނުއަރީ 2026

އިތުރު ފަސް އަހަރަށް، އާސެނަލްގެ އެއްބަސްވުން އައު ކުރަން ސަކާ އެއްބަސްވެއްޖެ

10 ޖެނުއަރީ 2026
އިތުރު ފަސް އަހަރަށް، އާސެނަލްގެ އެއްބަސްވުން އައު ކުރަން ސަކާ އެއްބަސްވެއްޖެ
04 ޖެނުއަރީ 2026

ބޯންމައުތު ބަލިކޮށް، އެއް ވަނައިގައި އާސެނަލް އަށް ހަ ޕޮއިންޓުގެ ލީޑެއް

04 ޖެނުއަރީ 2026
ބޯންމައުތު ބަލިކޮށް، އެއް ވަނައިގައި އާސެނަލް އަށް ހަ ޕޮއިންޓުގެ ލީޑެއް
01 ޖެނުއަރީ 2026

ކަންސޭލޯ ހޯދުމަށް ބާސެލޯނާ އާއި އިންޓަރ އިން މަސައްކަތް ކުރަނީ

01 ޖެނުއަރީ 2026
ކަންސޭލޯ ހޯދުމަށް ބާސެލޯނާ އާއި އިންޓަރ އިން މަސައްކަތް ކުރަނީ
31 ޑިސެމްބަރު 2025

އެސްޓަން ވިލާގެ މޮޅުވުމަށް ނިމުން ގެނެސް، އާސެނަލް މަގާމު ދަމަހައްޓައިފި

31 ޑިސެމްބަރު 2025
އެސްޓަން ވިލާގެ މޮޅުވުމަށް ނިމުން ގެނެސް، އާސެނަލް މަގާމު ދަމަހައްޓައިފި
29 ޑިސެމްބަރު 2025

އެޓަލަންޓާ ބަލިކޮށް، އިންޓަރ އެއް ވަނައިގައި

29 ޑިސެމްބަރު 2025
އެޓަލަންޓާ ބަލިކޮށް، އިންޓަރ އެއް ވަނައިގައި
28 ޑިސެމްބަރު 2025

ބްރައިޓަން އަތުން މޮޅުވެ، އާސެނަލް އިން މަގާމު ދަމަހައްޓައިފި

28 ޑިސެމްބަރު 2025
ބްރައިޓަން އަތުން މޮޅުވެ، އާސެނަލް އިން މަގާމު ދަމަހައްޓައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް