Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިޓާލިއަން ލީގު

ފަހު ވަގުތު ޔުވެންޓަސް ބަލިކޮށް، އިންޓަރ އިން ލީޑު ފުޅާ ކޮށްފި

މޮޅާއެކު އިންޓަރ އެއް ވަަނައިގައި އޮތީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 25 މެޗުން 61 ޕޮއިންޓާ އެކު. އެއް ވަނައިގައި އިންޓަރ އިން އަށް ޕޮއިންޓުގެ ލީޑެއް ނެގިއިރު، ދެ ވަނައިގައި އޭސީ މިލާާން އޮތީ 24 މެޗުން 53 ޕޮއިންޓާ އެކު.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 15 ފެބުރުއަރީ 2026 | އާދީއްތަ 04:54
މެޗުގައި ލަނޑު ޖެހުމަށް ފަހު އިންޓަރ މިލާންގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު އިންޓަރ މިލާންގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ | ރޮއިޓާސް

އިޓާލިއަން ލީގުގައި ޔުވެންޓަސްއާ ދެކޮޅަށް ކުޅުނު މެޗުން ފަހު ވަގުތު މޮޅުވެ، އިންޓަރ މިލާން އިން އެއް ވަނައިގައި ލީޑު ފުޅާ ކޮށްފި އެވެ.

ހޮނިހިރު ދުވަހުގެ ރޭ ދަންވަރު އިންޓަރގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 3-2 އިންނެވެ. މެޗުގައި ދެ ފަހަރު އިންޓަރ އިން ލީޑު ނެގިއިރު ވެސް، ޔުވެންޓަސް އިން ނަތީޖާ ހަމަހަމަ ކުރި އެވެ. ނަަމަވެސް، ފަހު ވަގުތުގައި ލަނޑު ޖަހައިގެން އިންޓަރ ވަނީ މެޗުން މޮޅުވެފަ އެވެ.

މެޗު ފަށައިގެން 17 ވަނަ މިނެޓުގައި އިންޓަރ އަށް ލީޑު ލިބުނީ ޔުވެންޓަސްގެ އެންޑްރިއާ ކަމްބިއާސޯ އަތުން ބައި ކޮޅަށް ވަތް ލަނޑުންނެވެ. އޭގެ ފަހުން މެޗުގެ 26 ވަނަ މިނެޓުގައި ކަމްބިއާސޯ ވަނީ ލަނޑު ޖަހައި ޔުވެންޓަސް އަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އވެެ. މެޗުގައި ޔުވެންޓަސް އަށް އެންމެ ބޮޑު ގެއްލުމެއް ދެއްކީ ފުރަތަމަ ހާފުގެ ފަހު ވަގުތު އެ ޓީމުގެ ޕިއެރޭ ކަލޫލޫ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުމުންނެވެ.

މެޗުގެ ދެ ވަނަ ހާފުގެ 76 ވަނަ މިނެޓުގައި ދެ ވަނަ ފަހަރަށް އިންޓަރ އަށް ލީޑު ނަގައިދިނީ ފްރެންސެސްކޯ ޕިއޯ އެސްޕޮސިޓޯ އެވެ. މެޗުގައި އޭނާ ކުޅެން ނިކުތީ ވެސް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ. އޭގެ ފަހުން މެޗުގެ ފުރިހަމަ ވަގުތު ހަަމަވާން ހަތް މިނެޓަށް ވެފައި ވަނިކޮށް ޔުވެންޓަސް އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މެނުއެލް ލޮކަޓެލީ އެވެ. މެޗުގެ ފަހު ވަގުތު އިންޓަރ މޮޅުވެފައި ވަނީ ޕިއޮޓް ޒިއެލެންސްކީ ޖެހި ލަނޑުންނެވެ.

މޮޅާއެކު އިންޓަރ އެއް ވަަނައިގައި އޮތީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 25 މެޗުން 61 ޕޮއިންޓާ އެކު އެވެ. އެއް ވަނައިގައި އިންޓަރ އިން އަށް ޕޮއިންޓުގެ ލީޑެއް ނެގިއިރު، ދެ ވަނައިގައި އޭސީ މިލާާން އޮތީ 24 މެޗުން 53 ޕޮއިންޓާ އެކު އެވެ.

އިޓާލިއަން ލީގުއިންޓަރ މިލާންޔުވެންޓަސް

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2026

މޮޑްރިޗްގެ ލަނޑުން، އޭސީ މިލާން މޮޅުވެއްޖެ

14 ފެބުރުއަރީ 2026
މޮޑްރިޗްގެ ލަނޑުން، އޭސީ މިލާން މޮޅުވެއްޖެ
04 ފެބުރުއަރީ 2026

ބޮލޮނާ ބަލިކޮށް، އޭސީ މިލާން ދެ ވަނައިގައި

04 ފެބުރުއަރީ 2026
ބޮލޮނާ ބަލިކޮށް، އޭސީ މިލާން ދެ ވަނައިގައި
24 ޖެނުއަރީ 2026

ހަ ލަނޑުގެ މޮޅާ އެކު، އިންޓަރ އަށް ހަ ޕޮއިންޓުގެ ލީޑެއް

24 ޖެނުއަރީ 2026
ހަ ލަނޑުގެ މޮޅާ އެކު، އިންޓަރ އަށް ހަ ޕޮއިންޓުގެ ލީޑެއް
21 ޖެނުއަރީ 2026

އިންޓަރ މިލާން ބަލިކޮށް، އާސެނަލް އިން ރެކޯޑު ދަމަހައްޓައިފި

21 ޖެނުއަރީ 2026
އިންޓަރ މިލާން ބަލިކޮށް، އާސެނަލް އިން ރެކޯޑު ދަމަހައްޓައިފި
20 ޖެނުއަރީ 2026

އިންޓަރ މިލާން ވަރުގަދަ ވާނެ، މެޗު އުނދަގޫ ވާާނެ: އާޓެޓާ

20 ޖެނުއަރީ 2026
އިންޓަރ މިލާން ވަރުގަދަ ވާނެ، މެޗު އުނދަގޫ ވާާނެ: އާޓެޓާ
12 ޖެނުއަރީ 2026

ފަހު ވަގުތު ނަޕޯލީ އިން އިންޓައާ އެއްވަރު ކޮށްފި

12 ޖެނުއަރީ 2026
ފަހު ވަގުތު ނަޕޯލީ އިން އިންޓައާ އެއްވަރު ކޮށްފި
03 ޖެނުއަރީ 2026

ކަލިއަރީ ބަލިކޮށް، އޭސީ މިލާން އެއް ވަނަ އަށް

03 ޖެނުއަރީ 2026
ކަލިއަރީ ބަލިކޮށް، އޭސީ މިލާން އެއް ވަނަ އަށް
01 ޖެނުއަރީ 2026

ކަންސޭލޯ ހޯދުމަށް ބާސެލޯނާ އާއި އިންޓަރ އިން މަސައްކަތް ކުރަނީ

01 ޖެނުއަރީ 2026
ކަންސޭލޯ ހޯދުމަށް ބާސެލޯނާ އާއި އިންޓަރ އިން މަސައްކަތް ކުރަނީ
30 ޑިސެމްބަރު 2025

ޖެނޯ ބަލިކޮށް، ރޯމާ ހަތަރު ވަަނައިގައި

30 ޑިސެމްބަރު 2025
ޖެނޯ ބަލިކޮށް، ރޯމާ ހަތަރު ވަަނައިގައި
29 ޑިސެމްބަރު 2025

އެޓަލަންޓާ ބަލިކޮށް، އިންޓަރ އެއް ވަނައިގައި

29 ޑިސެމްބަރު 2025
އެޓަލަންޓާ ބަލިކޮށް، އިންޓަރ އެއް ވަނައިގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު