Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިޓާލިއަން ލީގު

ހަ ލަނޑުގެ މޮޅާ އެކު، އިންޓަރ އަށް ހަ ޕޮއިންޓުގެ ލީޑެއް

މެޗުގައި ޕިސާ އިން ދެ ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، އިންޓަރ އިން ވަނީ ފަހަތުން އަރައި ހަ ލަނޑު ޖަހައިގެން މެޗުން މޮޅުވެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 24 ޖެނުއަރީ 2026 | ހޮނިހިރު 04:06
މެޗުގައި ލަނޑު ޖެހުމަށް ފަހު އިންޓަރގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު އިންޓަރގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ | ރޮއިޓަސް

އިޓާލިއަން ލީގުގައި ޕިސާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އިންޓަރ މިލާން އިން ލީގު ތާވަލްގެ އެއް ވަނަ މަގާމުގައި ލީޑު ފުޅާ ކޮށްފި އެވެ. 

އިންޓަރގެ އަމިއްލަ ދަނޑުގައި ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 6-2 އިންނެވެ. މެޗުގައި ޕިސާ އިން ދެ ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، އިންޓަރ އިން ވަނީ ފަހަތުން އަރައި ހަ ލަނޑު ޖަހައިގެން މެޗުން މޮޅުވެފަ އެވެ. 

މެޗު ފަށައިގެން 11 ވަނަ މިނެޓުގައި ޕިސާ އަށް ލީޑު ނަގައިދިނީ ސްޓެފާނޯ މޮރިއޯ އެވެ. އޭގެ ފަހުން މެޗުގެ 23 ވަނަ މިނެޓުގައި މޮރިއޯ ވަނީ ދެ ވަނަ ލަނޑެއް ޖަހައި ޕިސާ އަށް ލީޑު ފުޅާ ކޮށްދީފަ އެވެ. 

މެޗުގެ 39 ވަނަ މިނެޓުގައި އިންޓަރ އަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް އެ ޓީމަށް ފަރަގު ކުޑަ ކޮށްދިނީ ޕިއޮޓް ޒިއެލެންސްކީ އެވެ. އޭގެ ދެ މިނެޓު ފަހުން ލައުޓާރޯ މާޓިނޭޒް ވަނީ ލަނޑު ޖަހައި އިންޓަރ އަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އިންޓަ އަށް ލީޑު ނަގައިދިނީ ފްރެންސެސްކޯ ޕިއޯ އެސްޕޮސިޓޯ އެވެ.

މެޗުގައި އިންޓަރ އިން އެ ޓީމުގެ ބާކީ ތިން ލަނޑު ވެސް ޖެހީ ފަހު ދިހަ މިނެޓުގެ ތެރޭގަ އެވެ. އެގޮތުން 82 ވަނަ މިނެޓުގައި އިންޓަރގެ ހަތަރު ވަނަ ލަނޑު ފެޑެރިކޯ ޑިމާކޯ ޖެހިއިރު، އޭގެ ހަތަރު މިނެޓު ފަހުން އަންގޭ ބޮނީ ވަނީ އެ ޓީމުގެ ފަސް ވަނަ ލަނޑު ޖަހައިފަ އެވެ. އަދި މެޗުގައި އިންޓަރގެ ހަ ވަނަ ލަނޑު ޖެހީ ހެންރިކް ޚިތަރްޔަން އެވެ. 

މޮޅާ އެކު އިންޓަރ އިން ވަނީ އެއް ވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. މިހާތަނަށް ލީގުގައި ކުޅެފައިވާ 22 މެޗުން އިންޓަރ އަށް ލިބެނީ 52 ޕޮއިންޓެވެ. އިންޓަރ އަށް ވުރެ އެއް މެޗު މަދުން ކުޅެގެން ދެ ވަނައިގައި އޭސީ މިލާން އަށް ލިބެނީ 46 ޕޮއިންޓެވެ.

އިޓާލިއަން ލީގުއިންޓަރ މިލާން

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2026

އިންޓަރ މިލާން ބަލިކޮށް، އާސެނަލް އިން ރެކޯޑު ދަމަހައްޓައިފި

21 ޖެނުއަރީ 2026
އިންޓަރ މިލާން ބަލިކޮށް، އާސެނަލް އިން ރެކޯޑު ދަމަހައްޓައިފި
20 ޖެނުއަރީ 2026

އިންޓަރ މިލާން ވަރުގަދަ ވާނެ، މެޗު އުނދަގޫ ވާާނެ: އާޓެޓާ

20 ޖެނުއަރީ 2026
އިންޓަރ މިލާން ވަރުގަދަ ވާނެ، މެޗު އުނދަގޫ ވާާނެ: އާޓެޓާ
12 ޖެނުއަރީ 2026

ފަހު ވަގުތު ނަޕޯލީ އިން އިންޓައާ އެއްވަރު ކޮށްފި

12 ޖެނުއަރީ 2026
ފަހު ވަގުތު ނަޕޯލީ އިން އިންޓައާ އެއްވަރު ކޮށްފި
03 ޖެނުއަރީ 2026

ކަލިއަރީ ބަލިކޮށް، އޭސީ މިލާން އެއް ވަނަ އަށް

03 ޖެނުއަރީ 2026
ކަލިއަރީ ބަލިކޮށް، އޭސީ މިލާން އެއް ވަނަ އަށް
01 ޖެނުއަރީ 2026

ކަންސޭލޯ ހޯދުމަށް ބާސެލޯނާ އާއި އިންޓަރ އިން މަސައްކަތް ކުރަނީ

01 ޖެނުއަރީ 2026
ކަންސޭލޯ ހޯދުމަށް ބާސެލޯނާ އާއި އިންޓަރ އިން މަސައްކަތް ކުރަނީ
30 ޑިސެމްބަރު 2025

ޖެނޯ ބަލިކޮށް، ރޯމާ ހަތަރު ވަަނައިގައި

30 ޑިސެމްބަރު 2025
ޖެނޯ ބަލިކޮށް، ރޯމާ ހަތަރު ވަަނައިގައި
29 ޑިސެމްބަރު 2025

އެޓަލަންޓާ ބަލިކޮށް، އިންޓަރ އެއް ވަނައިގައި

29 ޑިސެމްބަރު 2025
އެޓަލަންޓާ ބަލިކޮށް، އިންޓަރ އެއް ވަނައިގައި
10 ޑިސެމްބަރު 2025

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް
29 ސެޕްޓެމްބަރު 2025

ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް

29 ސެޕްޓެމްބަރު 2025
ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް
01 ޖުލައި 2025

އިންޓަރ މިލާން ކަޓުވާލައި، ފްލުމިނެންސޭ ކުއާޓާ ފައިނަލަށް

01 ޖުލައި 2025
އިންޓަރ މިލާން ކަޓުވާލައި، ފްލުމިނެންސޭ ކުއާޓާ ފައިނަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު