Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

އިންޓަރ މިލާން ކަޓުވާލައި، ބޯޑޯ ގްލިމް ގަދަ 16 އަށް

މޮޅާ އެކު، ބޯޑޯ އިން ވަނީ އެގްރިގޭޓް 5-2 އިން ކުރި ހޯދައި މުބާރާތުގެ ގަދަ 16 އިން ޖާގަ ހޯދާފައި. ނޯވޭ އަށް ނިސްބަތްވާ ބޯޑޯ އަކީ ފާއިތުވި 38 އަހަރުގެ ތެރޭގައި ވެސް ޔޫރަޕުގެ މުބާރާތެއްގައި ނޮކްއައުޓް ބުރުގައި ކުޅޭނެ ފުރަތަމަ ޓީމު.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 ފެބުރުއަރީ 2026 | ބުދަ 06:09
މެޗުގައި ލަނޑު ޖެހުމަށް ފަހު ބޯޑޯ ގްލިމްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ބޯޑޯ ގްލިމްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ | ރޮއިޓާސް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ޕްލޭ އޮފްގައި އިންޓަރ މިލާާން ކަޓުވާލައި، ބޯޑޯ ގްލިމް އިން މުބާރާތުގެ ގަދަ 16 ވަނަ ބުރުގެ ޖާގަ ހޯދައިފި އެވެ.

ޕްލޭ އޮފްގެ ފުރަތަމަ ލެގުގައި މި ދެ ޓީމުގެ ފުރަތަމަ މެޗު އޮތީ ބޯޑޯގެ އަމިއްލަ ދަނޑުގަ އެވެ. އެ މެޗުގައި ބޯޑޯ އިން ވަނީ 3-1 އިން އިންޓަރ މިލާން ބަލިކޮށްފަ އެވެ. އޭގެ ފަހުން އަންގާރަ ދުވަހުގެ ރޭ ދަންވަރު އިންޓަރ މިލާންގެ އަމިއްލަ ދަނޑުގައި ކުޅުނު ދެ ވަނަ ލެގުގައި ބޯޑޯ އިން ވަނީ 2-1 އިން އެ ޓީމު ބަލިކޮށްފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައި ނުވާއިރު، ދެ ވަނަ ހާފު ފަށައިގެން ކުރީ ކޮޅު ބޯޑޯ އިން ވަނީ ލީޑު ނަގައިފަ އެވެ. އެގޮތުން ދެ ވަނަ ހާފު ފަށައިގެން ތޭރަ ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ޖެންސް ހައުޖް އެވެ. އޭގެ ފަހުން މެޗުގެ 72 ވަނަ މިނެޓުގައި ހަކޯން އެވްޖެން ވަނީ އެ ޓީމުގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. އޭގެ ހަތަރު މިނެޓު ފަހުން މެޗުގައި އިންޓަރ މިލާންގެ ހަމައެކަނި ލަނޑު ޖެހީ އަލެސަންދްރޯ ބަސްޓޯނީ އެވެ. 

މި މޮޅާ އެކު، ބޯޑޯ އިން ވަނީ އެގްރިގޭޓް 5-2 އިން ކުރި ހޯދައި މުބާރާތުގެ ގަދަ 16 އިން ޖާގަ ހޯދައިފަ އެވެ. ނޯވޭ އަށް ނިސްބަތްވާ ބޯޑޯ އަކީ ފާއިތުވި 38 އަހަރުގެ ތެރޭގައި ވެސް ޔޫރަޕުގެ މުބާރާތެއްގައި ނޮކްއައުޓް ބުރުގައި ކުޅޭނެ ފުރަތަމަ ޓީމެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުއިންޓަރ މިލާން

އިތުރަށް ކިޔާލަން

25 ފެބުރުއަރީ 2026

އަމިއްލަ ދަނޑުގައި މޮޅުވެ، އެތުލެޓިކޯ ގަދަ 16 އަށް

25 ފެބުރުއަރީ 2026
އަމިއްލަ ދަނޑުގައި މޮޅުވެ، އެތުލެޓިކޯ ގަދަ 16 އަށް
19 ފެބުރުއަރީ 2026

ބޯޑޯ ގިލްމް އަތުން ބަލިވެ، އިންޓަރ ޕްރެޝަރަށް

19 ފެބުރުއަރީ 2026
ބޯޑޯ ގިލްމް އަތުން ބަލިވެ، އިންޓަރ ޕްރެޝަރަށް
19 ފެބުރުއަރީ 2026

ކުލަބު ބްރޫޖް އިން އެތުލެޓިކޯ މޮޅުވިޔަ ނުދީ ހިފަހައްޓައިފި

19 ފެބުރުއަރީ 2026
ކުލަބު ބްރޫޖް އިން އެތުލެޓިކޯ މޮޅުވިޔަ ނުދީ ހިފަހައްޓައިފި
18 ފެބުރުއަރީ 2026

ރެއާލް އިން ބެންފީކާ ބަލިކުރިއިރު، ވިނީޝިއުސްއާ ނަސްލީ ގޮތުން ދިމާކޮށްލުމުން މެޗު ހޫނުވެއްޖެ

18 ފެބުރުއަރީ 2026
ރެއާލް އިން ބެންފީކާ ބަލިކުރިއިރު، ވިނީޝިއުސްއާ ނަސްލީ ގޮތުން ދިމާކޮށްލުމުން މެޗު ހޫނުވެއްޖެ
18 ފެބުރުއަރީ 2026

ފަހަތުން އަރައި މޮނާކޯ ބަލިކޮށް، ޕީއެސްޖީ އިން ފުރުސަތު ބޮޑު ކޮށްފި

18 ފެބުރުއަރީ 2026
ފަހަތުން އަރައި މޮނާކޯ ބަލިކޮށް، ޕީއެސްޖީ އިން ފުރުސަތު ބޮޑު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު