Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިޓާލިއަން ލީގު

ބޮލޮނާ ބަލިކޮށް، އޭސީ މިލާން ދެ ވަނައިގައި

މޮޅާއެކު އޭސީ މިލާން ދެ ވަަނައިގައި އޮތީ، މިހާތަނަށް އެ ޓީމު ކުޅެފައިވާ 23 މެޗުން 50 ޕޮއިންޓާ އެކު. ހަމަ އެ އަދަދަށް މެޗު ކުޅެގެން އެއް ވަނައިގައި އިންޓަރ މިލާން އަށް 55 ޕޮއިންޓު ލިބޭއިރު، ދެ ޓީމުގެ ދެ މެދުގައި އޮތީ ޕޮއިންޓެއްގެ ފަރަގެއް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 4 ފެބުރުއަރީ 2026 | ބުދަ 04:36
މެޗުގައި ލަނޑު ޖެހުމަށް ފަހު އޭސީ މިލާންގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު އޭސީ މިލާންގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ | ރޮއިޓާސް

އިޓާލިއަން ލީގުގައި ބޮލޮނާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އޭސީ މިލާން އިން ލީގު ތާވަލްގެ ދެ ވަނަ މަގާމުގައި ދެމި އޮވެއްޖެ އެވެ.

ބޮލޮނާގެ އަމިއްލަ ދަނޑުގައި އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗު އޭސީ މިލާން އިން ކާމިޔާބު ކުރީ 3-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި އޭސީ މިލާން އިން ދެ ލަނޑު ޖެހިއިރު، އަނެއް ލަނޑު އެ ޓީމުން ޖެހީ މެެޗުގެ ދެ ވަނަ ހާފުގަ އެވެ.

މެޗު ފަށައިގެން 20 ވަނަ މިނެޓުގައި އޭސީ މިލާން އަށް ލީޑު ނަގައިދިނީ ރުބެން ލޮފްޓަސް ޗީކް އެވެ. އެއީ އެޑްރިއެން ރަބިއޮޓް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ. އޭގެ ފަހުން މެޗުގެ 39 ވަނަ މިނެޓުގައި އޭސީ މިލާން އަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، އެ ޓީމުގެ ލީޑު ފުޅާ ކޮށްދިނީ ކްރިސްޓޮފާ އެންކުންކޫ އެވެ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން ތިން ވަނަ މިނެޓުގައި އޭސީ މިލާން އިން ވަނީ ތިން ވަނަ ލަނޑެއް ޖަހައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ރަބިއޮޓް އެވެ. އޭގެ ފަހުން ވެސް މެޗުގައި އިތުރު ލަނޑު ޖަހާނެ ފުރުސަތު އޭސީ މިލާން އިން ވަނީ ހޯދައިފަ އެވެ.

މޮޅާއެކު އޭސީ މިލާން ދެ ވަަނައިގައި އޮތީ، މިހާތަނަށް އެ ޓީމު ކުޅެފައިވާ 23 މެޗުން 50 ޕޮއިންޓާ އެކު އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން އެއް ވަނައިގައި އިންޓަރ މިލާން އަށް 55 ޕޮއިންޓު ލިބޭއިރު، ދެ ޓީމުގެ ދެ މެދުގައި އޮތީ ޕޮއިންޓެއްގެ ފަރަގެކެވެ.

އިޓާލިއަން ލީގުއޭސީ މިލާން

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2026

ހަ ލަނޑުގެ މޮޅާ އެކު، އިންޓަރ އަށް ހަ ޕޮއިންޓުގެ ލީޑެއް

24 ޖެނުއަރީ 2026
ހަ ލަނޑުގެ މޮޅާ އެކު، އިންޓަރ އަށް ހަ ޕޮއިންޓުގެ ލީޑެއް
12 ޖެނުއަރީ 2026

ފަހު ވަގުތު ނަޕޯލީ އިން އިންޓައާ އެއްވަރު ކޮށްފި

12 ޖެނުއަރީ 2026
ފަހު ވަގުތު ނަޕޯލީ އިން އިންޓައާ އެއްވަރު ކޮށްފި
03 ޖެނުއަރީ 2026

ކަލިއަރީ ބަލިކޮށް، އޭސީ މިލާން އެއް ވަނަ އަށް

03 ޖެނުއަރީ 2026
ކަލިއަރީ ބަލިކޮށް، އޭސީ މިލާން އެއް ވަނަ އަށް
30 ޑިސެމްބަރު 2025

ޖެނޯ ބަލިކޮށް، ރޯމާ ހަތަރު ވަަނައިގައި

30 ޑިސެމްބަރު 2025
ޖެނޯ ބަލިކޮށް، ރޯމާ ހަތަރު ވަަނައިގައި
29 ޑިސެމްބަރު 2025

އެޓަލަންޓާ ބަލިކޮށް، އިންޓަރ އެއް ވަނައިގައި

29 ޑިސެމްބަރު 2025
އެޓަލަންޓާ ބަލިކޮށް، އިންޓަރ އެއް ވަނައިގައި
29 ސެޕްޓެމްބަރު 2025

ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް

29 ސެޕްޓެމްބަރު 2025
ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް
15 މެއި 2025

މިލާން ބަލިކޮށް ބޮލޯނިއާ އިޓާލިއަން ކަޕްގެ ޗެމްޕިއަންކަން ހޯދައިފި

15 މެއި 2025
މިލާން ބަލިކޮށް ބޮލޯނިއާ އިޓާލިއަން ކަޕްގެ ޗެމްޕިއަންކަން ހޯދައިފި
19 ފެބުރުއަރީ 2025

އޭސީ މިލާން ކަޓުވާލައި، ފެޔެނޫޑް ގަދަ 16 އަށް

19 ފެބުރުއަރީ 2025
އޭސީ މިލާން ކަޓުވާލައި، ފެޔެނޫޑް ގަދަ 16 އަށް
17 ފެބުރުއަރީ 2025

ޔުވެންޓަސް އަތުން ބަލިވެ، އެއް ވަނަ އަށް ޖެހިލަން ލިބުނު ފުރުސަތު އިންޓަރ މިލާނުން ނަގާލައިފި

17 ފެބުރުއަރީ 2025
ޔުވެންޓަސް އަތުން ބަލިވެ، އެއް ވަނަ އަށް ޖެހިލަން ލިބުނު ފުރުސަތު އިންޓަރ މިލާނުން ނަގާލައިފި
16 ފެބުރުއަރީ 2025

ފަހު ވަގުތު ލާޒިއޯއާ އެއްވަރުވެ، ނަޕޯލީ އަށް ފުރުސަތު ގެއްލިއްޖެ

16 ފެބުރުއަރީ 2025
ފަހު ވަގުތު ލާޒިއޯއާ އެއްވަރުވެ، ނަޕޯލީ އަށް ފުރުސަތު ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު