Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔުއެފާ ޗެމްޕިއަންސް ލީގު

އިންޓަރ މިލާން ވަރުގަދަ ވާނެ، މެޗު އުނދަގޫ ވާާނެ: އާޓެޓާ

މެޗާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އާޓެޓާ ބުނީ ކަމެއް ހާސިލު ކުރުމަށް މަސައްކަތް ކުރާއިރު، ޗެމްޕިއަންސް ލީގުގެ ކޮންމެ މެޗެއް ވެސް ވަރަށް މުހިންމު ވާނެ ކަމަށް. އާސެނަލް އިން މިފަހަރު ނިކުންނަން ޖެހެނީ ވަރަށް ވަރުގަދަ އިދިކޮޅު ޓީމަކާ ދެކޮޅަށް ކަމަށާއި، އާސެނަލްގެ އަމާޒަކީ އެ މެޗުން ވެސް ތިން ޕޮއިންޓު ހޯދުން ކަމަށް އާޓެޓާ ބުނި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 20 ޖެނުއަރީ 2026 | އަންގާރަ 04:32
އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ

އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ | ރޮއިޓަސް

ޔުއެފާ ޗެމްޕިއަންސް ލީގުގައި އިންޓަރ މިލާާންއާ ދެކޮޅަށް ނިކުންނައިރު، އެ ޓީމު ވަރުގަދަ ވާނެ ކަމަށާއި، އެ މެޗު އުނދަގޫ ވާނެ ކަމަށް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ. 

އިންޓަރ މިލާންގެ ދަނޑުގައި އެ ޓީމާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އާޓެޓާ ބުނީ، އިންޓަރ މިލާން ފެންނަނީ މިދިޔަ އަހަރަކޭ އެއްގޮތަށް، ވަރުގަދަ ޓީމެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް، މިހާރު ދެ ޓީމު ވެސް އޮތީ ތަފާތު ޙާލަތެއްގައިކަން ފާހަގަކޮށް އާޓެޓާ ބުނީ، އިންޓަރ މިލާންގެ ކޯޗު ވެސް ބަދަލުވެފައިވާ ކަމަށެވެ. 

އާޓެޓާ ބުނީ އައު ކޯޗާ އެކު އިންޓަރ މިލާން އަށް އިތުރު ފުރިހަމަ ކަމެއް އައިސްފައިވާކަން ފާހަގަވާއިރު، އެ ޓީމުގެ ފެންވަރު ވެސް ރަނގަޅު ވާނެ ކަމަށެވެ. އެ ޓީމުގެ ކުޅުމުގެ ވައްޓަފާޅި އަށް ވެސް ބަދަލު ތަކެއް އައިސްފައިވާކަން ފާހަގަކޮށް އާޓެޓާ ބުނީ، އެ މެޗު ވަރަށް ވާދަވެރި ވާނެ ކަމަށެވެ. އިންޓަރ މިލާން އިން އިޓާލިއަން ލީގުގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ކަމަށާއި، އެއީ ޓަފް މެޗަކަށް ވާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

މެޗާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އާޓެޓާ ބުނީ ކަމެއް ހާސިލު ކުރުމަށް މަސައްކަތް ކުރާއިރު، ޗެމްޕިއަންސް ލީގުގެ ކޮންމެ މެޗެއް ވެސް ވަރަށް މުހިންމު ވާނެ ކަމަށެވެ. އާސެނަލް އިން މިފަހަރު ނިކުންނަން ޖެހެނީ ވަރަށް ވަރުގަދަ އިދިކޮޅު ޓީމަކާ ދެކޮޅަށް ކަމަށާއި، އާސެނަލްގެ އަމާޒަކީ އެ މެޗުން ވެސް ތިން ޕޮއިންޓު ހޯދުން ކަމަށް އާޓެޓާ ބުންޏެވެ. އަދި އާސެނަލް އިން ކޮންމެ މެޗަކަށް ވެސް ތައްޔާރު ވަނީ މޮޅުވާން އަޒުމު ކަނޑައަޅައިގެން ކަމަށް އޭނާ ބުނެފައިވެ އެވެ.

މީގެ އިތުރުން އާޓެޓާ ބުނީ ކޮންމެ މެޗަކީ ތަފާތު މެޗަކަށް ވާއިރު، ކުޅުންތެރިންގެ ޙާލަތު ވެސް ވަރަށް ބޮޑަށް ތަފާތު ވާނެ ކަމަށެވެ. މެޗުގައި ކުޅޭނެ ކުޅުންތެރިން ކަނޑައެޅުމުގައި ކޮންމެ ވެސް ވަރެއްގެ ޖެހިލުމެއް އޮތްކަން ފާހަގަކޮށް އާޓެޓާ ބުނީ، އަބަދު ވެސް ކަންކަން ނަގަނީ ޕޮޒިޓިވްކޮށް ކަމަށެވެ. އެ މެޗަށް ފަހު، އަމިއްލަ ދަނޑުގައި މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށް ނިކުންނަން ޖެހޭއިރު، އޭގެ ކުރިން އާސެނަލް އަށް ރަނގަޅު ފުރުސަތެއް އޮތް ކަމަށް އާޓެޓާ ޤަބޫލު ކުރެ އެވެ.

އަންގާރަ ދުވަހުގެ ރޭ ދަންވަރު އިންޓަރ މިލާންއާ ދެކޮޅަށް ނިކުންނައިރު، މިފަހަރުގެ ޗެމްޕިއަންސް ލީގުގައި އެންމެ ރަނގަޅު ނަތީޖާއެއ މިހާތަނަށް ނެރެފައި ވަނީ އާސެނަލް އިންނެވެ. މިހާތަނަށް ކުޅެފައިވާ ހަ މެޗުން ވެސް މޮޅުވެ އާސެނަލް އެއް ވަަނައިގައި އޮތްއިރު، މިފަހަރުގެ ޗެމްޕިއަންސްް ލީގުގައި ބަލި ނުވެ އޮތް ހަމައެކަނި ޓީމަކީ އާސެނަލް އެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުއާސެނަލްއިންޓަރ މިލާންމިކޭލް އާޓެޓާ

ކޮމެންޓް

އިތުރަށް ކިޔާލަން

ޔުނައިޓެޑު އަތުން ސިޓީ އަށް ލަދުވެތި ބައްޔެއް، އާސެނަލް އަށް ކުރި ނުހޯދުނު

ޔުނައިޓެޑު އަތުން ސިޓީ އަށް ލަދުވެތި ބައްޔެއް، އާސެނަލް އަށް ކުރި ނުހޯދުނު

18 ޖެނުއަރީ 2026
ފުރަތަމަ ލެގުގައި ޗެލްސީ ބަލިކޮށް އާސެނަލް އިން އުންމީދުގައި

ފުރަތަމަ ލެގުގައި ޗެލްސީ ބަލިކޮށް އާސެނަލް އިން އުންމީދުގައި

15 ޖެނުއަރީ 2026
ފަހު ވަގުތު ނަޕޯލީ އިން އިންޓައާ އެއްވަރު ކޮށްފި

ފަހު ވަގުތު ނަޕޯލީ އިން އިންޓައާ އެއްވަރު ކޮށްފި

12 ޖެނުއަރީ 2026
އިތުރު ފަސް އަހަރަށް، އާސެނަލްގެ އެއްބަސްވުން އައު ކުރަން ސަކާ އެއްބަސްވެއްޖެ

އިތުރު ފަސް އަހަރަށް، އާސެނަލްގެ އެއްބަސްވުން އައު ކުރަން ސަކާ އެއްބަސްވެއްޖެ

10 ޖެނުއަރީ 2026
ބޯންމައުތު ބަލިކޮށް، އެއް ވަނައިގައި އާސެނަލް އަށް ހަ ޕޮއިންޓުގެ ލީޑެއް

ބޯންމައުތު ބަލިކޮށް، އެއް ވަނައިގައި އާސެނަލް އަށް ހަ ޕޮއިންޓުގެ ލީޑެއް

04 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

17 އެޕްރީލު
ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް
20251 އަހަރު ކުރިން
ރާއްޖެ

ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"
20233 އަހަރު ކުރިން
ކުޅިވަރު

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް
20224 އަހަރު ކުރިން
ރާއްޖެ

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!
20188 އަހަރު ކުރިން
ރިޕޯޓު

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު