Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

ބްރައިޓަން އަތުން ބަލިވެ، ލިވަޕޫލް އަށް ހާސްކަން

މެޗުން ބަލިވެ ލިވަޕޫލް އޮތީ ލީގު ތާވަލްގެ ފަސް ވަނަ މަގާމުގަ އެވެ. އެއީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 31 މެޗުން 49 ޕޮއިންޓާ އެކު.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 22 މާރިޗު 2026 | އާދީއްތަ 03:13
ބްރައިޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ލިވަޕޫލްގެ ކެޕްޓަން ވެން ޑައިކް

ބްރައިޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ލިވަޕޫލްގެ ކެޕްޓަން ވެން ޑައިކް | ރޮއިޓާސް

އިނގިރޭސި ޕްރިމިއާ ލީގުގައި ބްރައިޓަންއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، ލިވަޕޫލް އަށް ހާސްކަން ކުރިމަތިވެއްޖެ އެވެ.

ބްރައިޓަންގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުން ވަނީ 2-1 އިން ލިވަޕޫލް ބަލިކޮށްފަ އެވެ. މެޗުގައި ބްރައިޓަން އިން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ލިވަޕޫލް އިން ނަތީޖާ ހަމަހަމަ ވެސް ކުރި އެވެ. ނަމަވެސް ދެ ވަނަ ހާފުގައި ލަނޑު ޖަހައިގެން ބްރައިޓަން ވަނީ މެޗުން މޮޅުވެފަ އެވެ.

މެޗު ފަށައިގެން 14 ވަނަ މިނެޓުގައި ބްރައިޓަން އިން ލަނޑު ޖަހައި ލީޑު ނެގި އެވެ. އެ ލަނޑު ބްރައިޓަން އަށް ޖަހައިދިނީ ޑެނީ ވެލްބެކް އެވެ. އެއީ ޑިއެގޯ ގޮމޭޒް ތަަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ. 

އޭގެ ފަހުން މެޗުގެ 30 ވަނަ މިނެޓުގައި ލިވަޕޫލް އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މިލޯސް ކާކެޒް އެވެ. މެޗުގައި ލީޑު ނަގަން ލިވަޕޫލް އިން މަސައްކަތް ކުރަމުން ދަނިކޮށް، ބްރައިޓަން އިން ވަނީ ދެ ވަނަ ލަނޑެއް ޖަހައި ލީޑު ނަގައިފަ އެވެ. އެގޮތުން މެޗުގެ 56 ވަނަ މިނެޓުގައި އެ ލަނޑު ވެސް ބްރައިޓަން އަށް ޖަހައިދިނީ ވެލްބެކް އެވެ.

މެޗުން ބަލިވެ ލިވަޕޫލް އޮތީ ލީގު ތާވަލްގެ ފަސް ވަނަ މަގާމުގަ އެވެ. އެއީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 31 މެޗުން 49 ޕޮއިންޓާ އެކު އެވެ. މި ސީޒަންގައި ލިވަޕޫލްގެ ނަތީޖާތައް ވަރަށް ބޮޑަށް ދަށްވެފައިވާއިރު، އެ ޓީމުން މަސައްކަތް ކުރަމުން އަންނަނީ ލީގުގެ ގަދަ ހަތަރެއްގައި ހިމެނި ޔުއެފާ ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމަށެވެ. 

މިދިޔަ ސީޒަންގެ ޗެމްޕިއަންކަން ހޯދި ނަމަވެސް، މިފަހަރުގެ ލީގުގައި ލިވަޕޫލްގެ ނަތީޖާތައް ދަށްވެ، އެ ޓީމުގެ ކޯޗު އާން ސްލޮޓް އަށް އޮންނަ ޕްރެޝަރު ވެސް އަންނަނީ ބޮޑު ވަމުންނެވެ.

އިނގިރޭސި ޕްރިމިއަރ ލީގުލިވަޕޫލްބްރައިޓަން

އިތުރަށް ކިޔާލަން

21 މާރިޗު 2026

ބޯންމައުތުން ޔުނައިޓެޑާ އެއްވަރު ކޮށްފި

21 މާރިޗު 2026
ބޯންމައުތުން ޔުނައިޓެޑާ އެއްވަރު ކޮށްފި
19 މާރިޗު 2026

ދެ ވަނަ ލެގު ކާމިޔާބުކޮށް ލިވަޕޫލް ކުއާޓާ ފައިނަލް އަށް، ވާދަ ކުރަން ޖެހެނީ ޕީއެސްޖީއާ

19 މާރިޗު 2026
ދެ ވަނަ ލެގު ކާމިޔާބުކޮށް ލިވަޕޫލް ކުއާޓާ ފައިނަލް އަށް، ވާދަ ކުރަން ޖެހެނީ ޕީއެސްޖީއާ
16 މާރިޗު 2026

ސިޔާސީ ނުތަނަަވަސް ކަމުގެ ތެރޭގައި އުޅުއްވަމުން ވެސް، އާސެނަލްގެ މެޗު ބައްލަވަން ބޮޑު ވަޒީރު ސްޓާމާ ވަޑައިގެންފި

16 މާރިޗު 2026
ސިޔާސީ ނުތަނަަވަސް ކަމުގެ ތެރޭގައި އުޅުއްވަމުން ވެސް، އާސެނަލްގެ މެޗު ބައްލަވަން ބޮޑު ވަޒީރު ސްޓާމާ ވަޑައިގެންފި
16 މާރިޗު 2026

ފަހު ވަގުތު ޓޮޓެންހަމް އިން ލިވަޕޫލް ހުއްޓުވައިފި

16 މާރިޗު 2026
ފަހު ވަގުތު ޓޮޓެންހަމް އިން ލިވަޕޫލް ހުއްޓުވައިފި
16 މާރިޗު 2026

އެސްޓަން ވިލާ ބަލިކޮށް، ޔުނައިޓެޑު ތިން ވަނަ އަށް

16 މާރިޗު 2026
އެސްޓަން ވިލާ ބަލިކޮށް، ޔުނައިޓެޑު ތިން ވަނަ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު