Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިނގިރޭސި ޕްރިމިއާ ލީގު

ބްރެންޓްފޯޑް ބަލިކޮށް، ޔުނައިޓެޑު ތިން ވަނަ އަށް ޖެހިލައިފި

މޮޅާއެކު ޔުނައިޓެޑުން ވަނީ ލީގު ތާވަލްގެ ތިން ވަނަ މަގާމަށް ޖެހިލާފައި. އެއީ މިހާތަނަށް ލީގުގައި އެ ޓީމުން ކުޅެފައިވާ 34 މެޗުން 61 ޕޮއިންޓާ އެކު.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 28 އެޕްރީލު 2026 | އަންގާރަ 01:44
މެޗުގައި ލަނޑު ޖެހުމަށް ފަހު ޔުނައިޓެޑުގެ ސެސްކޯ އުފާ ފާޅު ކުރަނީ.

މެޗުގައި ލަނޑު ޖެހުމަށް ފަހު ޔުނައިޓެޑުގެ ސެސްކޯ އުފާ ފާޅު ކުރަނީ. | ރޮއިޓާސް

އިނގިރޭސި ޕްރިމިއާ ލީގުގައި ބްރެންޓްފޯޑްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، މެންޗެސްޓަރ ޔުނައިޓެޑުން ލީގު ތާވަލްގެ ތިން ވަނަ މަގާމަށް ޖެހިލައިފި އެވެ.

ހޯމަ ދުވަހުގެ ރޭ ޔުނައިޓެޑުގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 2-1 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑުން އެ ޓީމުގެ ދެ ލަނޑު ޖެހިއިރު، ދެ ވަނަ ހާފުގައި ބްރެންޓްފޯޑް އިން ވަނީ ލަނޑެއް ޖަހައިފަ އެވެ.

މެޗު ފަށައިގެން 11 ވަނަ މިނެޓުގައި ޔުނައިޓެޑުން ލަނޑު ޖަހައި ލީޑު ނެގި އެވެ. އެ ލަނޑު ޔުނައިޓެޑަށް ޖަހައިދިނީ ކަސެމީރޯ އެވެ. އެއީ ޔުނައިޓެޑުގެ ޑިފެންޑަރު ހެރީ މެގުއާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ.

އޭގެ ފަހުން މެޗުގެ ފުރަތަމަ ހާާފު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް، ބެންޖަމިން ސެސްކޯ ވަނީ ޔުނައިޓެޑުގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. އެ ލަނޑު ޖަހަން ސެސްކޯ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ޔުނައިޓެޑުގެ ކެޕްޓަން ބްރޫނޯ ފެނާންޑޭސް އެވެ.

މެޗުގެ ދެ ވަނަ ހާފުގައި ވެސް ޔުނައިޓެޑުން ވަނީ ރަނގަޅަށް ކުޅެ ލަނޑު ޖަހަން ފުރުސަތު ތަކެއް ހޯދައިފަ އެވެ. މެޗުގައި ބްރެންޓްފޯޑުގެ ހަމައެކަނި ލަނޑު އެ ޓީމުން ޖެހީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓަށް ވެފައި ވަނިކޮށެވެ. އެ ލަނޑު ބްރެންޓްފޯޑް އަށް ޖަހައިދިނީ މަތިއަސް ޖެންސެން އެވެ. 

މި މޮޅާ އެކު ޔުނައިޓެޑުން ވަނީ ލީގު ތާވަލްގެ ތިން ވަނަ މަގާމަށް ޖެހިލައިފަ އެވެ. އެއީ މިހާތަނަށް ލީގުގައި އެ ޓީމުން ކުޅެފައިވާ 34 މެޗުން 61 ޕޮއިންޓާ އެކު އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ހަތަރު ވަނައިގައި އޮތް ލިވަޕޫލް އަށް ލިބެނީ 58 ޕޮއިންޓެވެ. ފަސް ވަނައިގައި އެސްޓަން ވިލާ އަށް ވެސް ލިބެނީ 58 ޕޮއިންޓެވެ.

އިނގިރޭސި ޕްރިމިއަރ ލީގުމެންޗެސްޓަރ ޔުނައިޓެޑްބްރެންޓްފޯޑު

ކޮމެންޓް

އިތުރަށް ކިޔާލަން

ޔުނައިޓެޑުގެ އެއްބަސްވުން އައު ކުރަން މެގުއާ ނިންމައިފި

ޔުނައިޓެޑުގެ އެއްބަސްވުން އައު ކުރަން މެގުއާ ނިންމައިފި

31 މާރިޗު 2026
ކަސެމީރޯ ހޯދުމަށް އިންޓަރ މިއާމީ އިން މަސައްކަތް ކުރަނީ

ކަސެމީރޯ ހޯދުމަށް އިންޓަރ މިއާމީ އިން މަސައްކަތް ކުރަނީ

29 މާރިޗު 2026
އެވަޓަން އަތުން ޗެލްސީ އަށް ލަދުވެތި ބައްޔެއް

އެވަޓަން އަތުން ޗެލްސީ އަށް ލަދުވެތި ބައްޔެއް

22 މާރިޗު 2026
ބްރައިޓަން އަތުން ބަލިވެ، ލިވަޕޫލް އަށް ހާސްކަން

ބްރައިޓަން އަތުން ބަލިވެ، ލިވަޕޫލް އަށް ހާސްކަން

22 މާރިޗު 2026
ބޯންމައުތުން ޔުނައިޓެޑާ އެއްވަރު ކޮށްފި

ބޯންމައުތުން ޔުނައިޓެޑާ އެއްވަރު ކޮށްފި

21 މާރިޗު 2026

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު