Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާން ހަނގުރާމަ ނިމިއްޖެ، ކޮންގްރެސްގެ ހުއްދަ ހޯދާކަށް ނުޖެހޭނެ: ޓްރަމްޕް

ހަމަނުޖެހުންތައް ނިމުމަކަށް އައިސްފައިވާ ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް، މެދު އިރުމަތީގައި ތިބި އެމެރިކާގެ ސިފައިންގެ ޙާލަތު ވަރުގަދަ ކުރަމުންދާ ކަމަށް ޓްރަމްޕް ވިދާޅުވި. އެއީ އީރާން އާއި، އީރާން އަށް ތާއީދު ކުރާ ޖަމާއަތް ތަކުން ކުރިމަތި ވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށް ކަމަށާއި، އެމެރިކާާގެ އިތުރުން އެ ޤައުމުގެ ބައިވެރިންގެ މަސްލަޙަތު ހިމާޔަތް ކުރުމަށް އަޅާ ފިޔަވަޅެއް ކަމަށް ޓްރަމްޕް ފާހަގަ ކުރައްވާފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 2 މެއި 2026 | ހޮނިހިރު 07:35
އެމެރިކާާގެ ކޮންގްރެސްގައި ޑޮނަލްޑް ޓްރަމްޕް ތަޤުރީރު ކުރައްވަނީ.

އެމެރިކާާގެ ކޮންގްރެސްގައި ޑޮނަލްޑް ޓްރަމްޕް ތަޤުރީރު ކުރައްވަނީ. | ރޮއިޓާސް

އެމެރިކާ އިން އީރާންއާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމަ ނިމުމަކަށް އައިސްފައިވާ ކަމަށާއި، އީރާންއާ ދެކޮޅަށް ކުރާ ހަނގުރާމައިގައި މިހާރު ކޮންގްރެސްގެ ހުއްދަ ހޯދަން ނުޖެހޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ. 

ޓްރަމްޕް މިހެން ވިދާޅުވެފައި ވަނީ، އެމެރިކާގެ ކޮންގްރެސް އަށް ފޮނުއްވި ސިޓީއެއްގަ އެވެ. އެގޮތުން މިހާރު އީރާން އާއެކު ސުލްޙަ ޤާއިމު ކުރެވިފައިވާ ކަމަށާއި، އެހެންކަމުން ކޮންގްރެސްގެ ހުއްދަ ހޯދަން ނުޖެހޭނެ ކަމަށް އެ ސިޓީގައި ޓްރަމްޕް ވިދާޅުވެފައިވެ އެވެ. މިފަދަ ސިޓީއެއް ޓްރަމްޕް ފޮނުވާފައި މި ވަނީ، ކޮންގްރެސްގެ ހުއްދަ ހޯދަން ނުޖެހޭ ކަމަށް އޭނާގެ ސަރުކާރުން ދެކޭ ކަމަށް ރިޕޯޓު ވެސް ކޮށްފައި ވަނިކޮށެވެ. 

އީރާން ހަނގުރާމަ ނިމިއްޖެ ކަމަށް ބުނެ، ކޮންގްރެސްގެ ހުއްދަ ހޯދުމަށް ޓްރަމްޕްގެ ސަރުކާރުން ދެކޮޅު ހަދަނީ
Raajje.mv

އީރާން ހަނގުރާމަ ނިމިއްޖެ ކަމަށް ބުނެ، ކޮންގްރެސްގެ ހުއްދަ ހޯދުމަށް ޓްރަމްޕްގެ ސަރުކާރުން ދެކޮޅު ހަދަނީ

ކޮންގްރެސް އަށް ފޮނުއްވި ސިޓީގައި ޓްރަމްޕް ވިދާޅުވީ، 2026 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން، އެމެރިކާގެ ސިފައިންނާއި އީރާންއާ ދެމެދު އެއްވެސް ކަހަލަ ހަަމަލާ ބަދަލު ކުރެމެއް ހިނގާފައި ނެތް ކަމަށެވެ. އަދި 2026 ފެބްރުވަރީ 28 ވަނަ ދުވަހު ފެށުނު ހަމަނުޖެހުންތައް މިހާރު މުޅިން ނިމުމަކަށް އައިސްފައިވާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވެފައިވެ އެވެ. 

ޓްރަމްޕް މި ސިޓީ ފޮނުއްވާފައި ވަނީ އެމެރިކާގެ "ވޯ ޕަވާސް ރިޒޮލިއުޝަން" ނުވަތަ ހަނގުރާމަ ކުރުމުގެ ބާރުތަކާ ބެހޭ ޤާނޫނުގެ ދަށުންނެވެ. މި ޤާނޫނު ބުނާ ގޮތުން، ކޮންގްރެސްގެ ހުއްދަ ހޯދުމަކާ ނުލައި ރައީސް އަށް ހަނގުރާމައެއް ކުރިއަށް ގެންދެވޭނީ އެންމެ ގިނަ ވެގެން 60 ދުވަހުގެ މުއްދަތަކަށެވެ. އެ މުއްދަތު ހަމަވުމުގެ ކުރިން ޓްރަމްޕް މި ވަނީ، ހަމަނުޖެހުންތައް ނިމުމަަކަށް އައިސްފައިވާ ކަމަށް ކޮންގްރެސް އަށް އަންގަވައިފަ އެވެ. 

ހަމަނުޖެހުންތައް ނިމުމަކަށް އައިސްފައިވާ ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް، މެދު އިރުމަތީގައި ތިބި އެމެރިކާގެ ސިފައިންގެ ޙާލަތު ވަރުގަދަ ކުރަމުންދާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އެއީ އީރާން އާއި، އީރާން އަށް ތާއީދު ކުރާ ޖަމާއަތް ތަކުން ކުރިމަތި ވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށް ކަމަށާއި، އެމެރިކާާގެ އިތުރުން އެ ޤައުމުގެ ބައިވެރިންގެ މަސްލަޙަތު ހިމާޔަތް ކުރުމަށް އަޅާ ފިޔަވަޅެއް ކަމަށް ޓްރަމްޕް ފާހަގަ ކުރައްވާފައިވެ އެވެ. 

ނިމުނު އޭޕްރީލް މަހުގެ ހަތް ވަނަ ދުވަހު ޓްރަމްޕް ވަނީ، ދެ ހަފުތާގެ މުއްދަތަކަށް ހަމަލާ ބަދަލު ކުރުން ހުއްޓާލާފައިވާ ކަމަށް އިއުލާން ކުރައްވައިފަ އެވެ. އޭގެ ފަހުން ވަނީ މުއްދަތެއް ނެތް ގޮތަށް، އެކަން އިތުރު ކޯށްފަ އެވެ. މިހާތަނަށް އެމެރިކާ އާއި އީރާންއާ ދެމެދު ދާއިމީ ގޮތެއްގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ޤާއިމު ކުރެވިފައި ނުވެ އެވެ. 

ޓްރަމްޕް ވިދާޅުވީ އީރާން އާއެކު ސިޔާސީ އެއްބަސްވުމަކަށް އާދެވެންދެން، އެ ޤައުމާ ދެކޮޅަށް އެމެރިކާ އިން އަޅާފައިވާ ކަނޑުގެ ބްލޮކޭޑް ނުވަތަ ދަތުރުފަތުރު ހުއްޓުވުމުގެ ފިޔަވަޅުތައް އެގޮތުގައި ދަމަހައްޓާނެ ކަމަށެވެ. މި ފިޔަވަޅަކީ އީރާން އަށް އިޤްތިޞާދީ ގޮތުންނާއި، އަސްކަރީ ގޮތުން ޕްރެޝަރު ކުރުމަށް އެމެރިކާ އިން ކުރިއަށް ގެންދާ ސިޔާސަތެކެވެ.

މަސްދަރު: ރޮއިޓާސް

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއެމެރިކާ ކޮންގްރެސް

އިތުރަށް ކިޔާލަން

01 މެއި 2026

އީރާން ހަނގުރާމަ ނިމިއްޖެ ކަމަށް ބުނެ، ކޮންގްރެސްގެ ހުއްދަ ހޯދުމަށް ޓްރަމްޕްގެ ސަރުކާރުން ދެކޮޅު ހަދަނީ

01 މެއި 2026
އީރާން ހަނގުރާމަ ނިމިއްޖެ ކަމަށް ބުނެ، ކޮންގްރެސްގެ ހުއްދަ ހޯދުމަށް ޓްރަމްޕްގެ ސަރުކާރުން ދެކޮޅު ހަދަނީ
01 މެއި 2026

އީރާން އިން އެ ޤައުމުގެ މިސައިލް ނިޒާމު ވަރުގަދަ ކުރަމުން އަންނަ ކަމަށް އެމެރިކާ އިން ބުނެފި

01 މެއި 2026
އީރާން އިން އެ ޤައުމުގެ މިސައިލް ނިޒާމު ވަރުގަދަ ކުރަމުން އަންނަ ކަމަށް އެމެރިކާ އިން ބުނެފި
30 އެޕްރީލު 2026

އެމެރިކާ އިން މަސައްކަތް ކުރަނީ އީރާންގައި ބައިބައިވުން އުފައްދައި، ވެރިކަން ވައްޓާލަން: ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ޣަލިބާފް

30 އެޕްރީލު 2026
އެމެރިކާ އިން މަސައްކަތް ކުރަނީ އީރާންގައި ބައިބައިވުން އުފައްދައި، ވެރިކަން ވައްޓާލަން: ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ޣަލިބާފް
30 އެޕްރީލު 2026

ޓްރަމްޕް އާއެކު ކުރިއަށް ގެންދިޔަ 90 މިނެޓުގެ ފޯނު ކޯލެއްގައި ޕުޓިންގެ ވަރުގަދަ އިންޒާރެއް!

30 އެޕްރީލު 2026
ޓްރަމްޕް އާއެކު ކުރިއަށް ގެންދިޔަ 90 މިނެޓުގެ ފޯނު ކޯލެއްގައި ޕުޓިންގެ ވަރުގަދަ އިންޒާރެއް!
30 އެޕްރީލު 2026

އިޒްރޭލް އިން ހިޒްބުﷲ އަށް ހަމަލާ ދޭއިރު އިމާރާތް ތަކަށް އަމާޒު ކޮށްގެން ނުވާނެ، ގޯސް ވާނީ އިޒްރޭލް: ޓްރަމްޕް

30 އެޕްރީލު 2026
އިޒްރޭލް އިން ހިޒްބުﷲ އަށް ހަމަލާ ދޭއިރު އިމާރާތް ތަކަށް އަމާޒު ކޮށްގެން ނުވާނެ، ގޯސް ވާނީ އިޒްރޭލް: ޓްރަމްޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު