Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހިތަދޫ އުތުރު ދާއިރާގެ ބައިއިލެކްޝަން

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލާ މުއްދަތު އިތުރުކޮށްފި

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ މެންބަރު މުޙައްމަދު ސިނާންގެ މައްޗަށް ސާބިތު ދަރައްޏެއް އޮތުމުން ޝަރުޠު ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ޙުކުމް ކުރުމާ ގުޅިގެން. މި ބައި-އިލެކްޝަން ޖޫން 6 ގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، އަމިއްލަ ގޮތުން ކުރިމަތިލާ ފަރާތްތަކުން 50 މީހުންގެ ތާއީދު ސޮއި ހުށަހަޅަންޖެހޭނެ. އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ޖޫން 8 ވަނަ ދުވަހު.

މަޚްތޫމް
މަޚްތޫމް | 27 އެޕްރީލު 2026 | ހޯމަ 12:32
ނިމިގެންދިޔަ އިންތިހާބުގައި މީހަކު ވޯޓުލަނީ - ފައިލް

ނިމިގެންދިޔަ އިންތިހާބުގައި މީހަކު ވޯޓުލަނީ - ފައިލް | ރާއްޖެ އެމްވީ

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވުމާ ގުޅިގެން ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތު، އިލެކްޝަންސް ކޮމިޝަނުން އިތުރުކޮށްފި އެވެ.

އެ ކޮމިޝަނުން ހޯމަ ދުވަހު ކުރި އިޢުލާނެއްގައި ބުނެފައި ވަނީ، އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު މިހާރު 2026 މޭ 02 ވާ ހޮނިހިރު ދުވަހުގެ މެންދުރު ފަހު 15:00 އާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.

މި އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު އެންމެ ފުރަތަމަ ހުޅުވާލީ 2026 އެޕްރީލް 14 އިން ފެށިގެން އެޕްރީލް 29 ގެ ނިޔަލަށެވެ. ނަމަވެސް، ކޮމިޝަނުން މިހާރު ވަނީ އެ މުއްދަތު އިތުރުކުރުމަށް ނިންމާފައެވެ. ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައި ވަނީ 2026 ޖޫން 06 ވާ ހޮނިހިރު ދުވަހު އެވެ.

މި ދާއިރާގެ ގޮނޑި ހުސްވެފައި ވަނީ، އެ ދާއިރާގެ މެންބަރުގެ ގޮތުގައި ހުންނެވި މުޙައްމަދު ސިނާންގެ މައްޗަށް ސާބިތު ދަރައްޏެއް އޮވެ، އެ ފައިސާ ނުދައްކާ އޮތުމުގެ ސަބަބުން އޭނާގެ މެންބަރުކަމުގެ ޝަރުޠު ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ޙުކުމް ކުރުމާ ގުޅިގެންނެވެ.

އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދޭ ގޮތުގައި، އިންތިޚާބަށް ކުރިމަތިލާ ފަރާތްތަކުން ފޯމު ހުށަހަޅަންޖެހޭނީ ހިލާލީމަގުގައި ހުންނަ ޕޯޓް ކޮމްޕްލެކްސްގެ 5 ވަނަ ފަންގިފިލާގައި ހުންނަ އެ ކޮމިޝަނުގެ މައި އިދާރާއަށެވެ. އީ-މެއިލް މެދުވެރިކޮށް ފޯމު ހުށަހަޅާނަމަ، ހުރިހާ ފައިލެއްގެ ޖުމްލަ ސައިޒު 10 އެމް.ބީ އަށްވުރެ ބޮޑުވެގެން ނުވާނެ ކަމަށް ކޮމިޝަނުން ބުނެ އެވެ. އިންތިޚާބަށް ކުރިމަތިލާ ކޮންމެ ކެންޑިޑޭޓަކު 5،000 ރުފިޔާގެ އިދާރީ ފީއެއް ދައްކަންޖެހޭއިރު، ރަސްމީ އިންތިޚާބީ އޭޖެންޓަކުވެސް ކަނޑައަޅަންޖެހެ އެވެ.

މަޖިލިސް މެންބަރުކަމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތަކުގެ ތެރޭގައި، ދިވެހި ރައްޔިތަކަށްވުމާއި، ބޭރު ޤައުމެއްގެ ރައްޔިތަކަށް ނުވުމާއި، މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައިވުން ހިމެނެ އެވެ. މީގެ އިތުރުން އުމުރުން 18 އަހަރު ފުރިފައިވުމާއި ބުއްދި ހަމައަށް ހުރި މީހަކަށް ވާންޖެހެ އެވެ. އަމިއްލަ ގޮތުން ކުރިމަތިލާ ފަރާތްތަކުން އެ ދާއިރާއެއްގެ ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މަދުވެގެން 50 މީހުންގެ ތާއީދު އޮތްކަމުގެ ސޮއި ހުށަހަޅަންޖެހޭނެ އެވެ.

ޖޫން މަހުގެ 6 ވަނަ ދުވަހު ބާއްވާ މި އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނީ އެދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. ވޯޓު ގުނަން ފަށާނީ ވޯޓުލުން ނިމޭތާ 30 މިނެޓު ފަހުންނެވެ. އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރާނީ 2026 ޖޫން 08 ވާ ހޯމަ ދުވަހު އެވެ. އިންތިޚާބަށް ކުރިމަތިލުމަށް ބޭނުންވާ ފޯމާއި އެހެނިހެން ލިޔުންތައް ކޮމިޝަނުގެ ވެބްސައިޓުން މިހާރު ޑައުންލޯޑު ކުރެވޭނެ އެވެ.

މިހާތަނަށް މި ދާއިރާއަށް ކުރިމަތިލާފައި ވަނީ ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ފަރާތުން ދަރަނީގެ މައްސަލައިގައި ގޮނޑި ގެއްލުނު މުހައްމަދު ސިނާނެވެ. އަދި އިިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ފަރާތުން ވާދަ ކުރައްވަނީ އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސާދިގު (ސޯބެ) އެވެ. 

އިލެކްޝަންސް ކޮމިޝަންސުޕްރީމް ކޯޓުރައްޔިތުންގެ މަޖިލިސްހިތަދޫ އުތުރު ދާއިރާ

އިތުރަށް ކިޔާލަން

27 އެޕްރީލު 2026

ރާއްޖެޓީވީ އާ ބެހޭ ގޮތުން ބާރަށު ދާއިރާގެ މެންބަރު ހެއްދެވީ ބޮޑު އިތުރުފުޅެއް!

27 އެޕްރީލު 2026
ރާއްޖެޓީވީ އާ ބެހޭ ގޮތުން ބާރަށު ދާއިރާގެ މެންބަރު ހެއްދެވީ ބޮޑު އިތުރުފުޅެއް!
27 އެޕްރީލު 2026

ފަނޑިޔާރުންތަކެއްގެ މައްޗަށް ޖިނާއީ ތުހުމަތެއްކޮށް ތަހުގީގެއް ހިންގާކަމަށް ބުނިތާ އަހަރަކަށްވުރެ ގިނަ ދުވަސް، އޭސީސީ ބަހަބަރު!

27 އެޕްރީލު 2026
ފަނޑިޔާރުންތަކެއްގެ މައްޗަށް ޖިނާއީ ތުހުމަތެއްކޮށް ތަހުގީގެއް ހިންގާކަމަށް ބުނިތާ އަހަރަކަށްވުރެ ގިނަ ދުވަސް، އޭސީސީ ބަހަބަރު!
26 އެޕްރީލު 2026

މީޑިއާ ތަކަށް އަރައި ބޭސް ގެނަސްފީމޭ، ކުންފުނި އުފައްދައިފީމޭ ސަރުކާރުން ބުންޏަސް، ރައްޔިތުންނަށް ބޭސް ނުލިބޭނަމަ އެކަން ގަބޫލު ނުކުރާނެ: ފުވައްމުލަކު މޭޔަރު

26 އެޕްރީލު 2026
މީޑިއާ ތަކަށް އަރައި ބޭސް ގެނަސްފީމޭ، ކުންފުނި އުފައްދައިފީމޭ ސަރުކާރުން ބުންޏަސް، ރައްޔިތުންނަށް ބޭސް ނުލިބޭނަމަ އެކަން ގަބޫލު ނުކުރާނެ: ފުވައްމުލަކު މޭޔަރު
26 އެޕްރީލު 2026

ގޮނޑި ގެއްލޭ އިސްލާޙު ބާތިލު ކުރުމަށް އެދި ހުށަހެޅި މައްސަލައިގެ ޙުކުމް ކުރުން ބުދަ ދުވަހު!

26 އެޕްރީލު 2026
ގޮނޑި ގެއްލޭ އިސްލާޙު ބާތިލު ކުރުމަށް އެދި ހުށަހެޅި މައްސަލައިގެ ޙުކުމް ކުރުން ބުދަ ދުވަހު!
23 އެޕްރީލު 2026

މަޖިލީހަކީ މިހާރު މިދައުލަތް ހަރާބުގެ މަގަށް ގެންދިއުމަށް ރައީސް މުއިއްޒު ބޭނުންކުރާ ޓޫލް: ނާޒިމް

23 އެޕްރީލު 2026
މަޖިލީހަކީ މިހާރު މިދައުލަތް ހަރާބުގެ މަގަށް ގެންދިއުމަށް ރައީސް މުއިއްޒު ބޭނުންކުރާ ޓޫލް: ނާޒިމް
22 އެޕްރީލު 2026

މަޖިލިސް އޮތީ ވާނުވާގައި، މާދަމާ ރައްޔިތުންނަށް ބޭނުންވާ ކާޑު ގެންނާނެ ފައިސާ ދައުލަތުގައި ހުރިކަން ވެސް ނެތްކަން ވެސް ނޭނގޭ: މެންބަރު ޝަމްހީދު

22 އެޕްރީލު 2026
މަޖިލިސް އޮތީ ވާނުވާގައި، މާދަމާ ރައްޔިތުންނަށް ބޭނުންވާ ކާޑު ގެންނާނެ ފައިސާ ދައުލަތުގައި ހުރިކަން ވެސް ނެތްކަން ވެސް ނޭނގޭ: މެންބަރު ޝަމްހީދު
21 އެޕްރީލު 2026

މަޖިލީހުގެ އެންމެ މުހިއްމު ދެ ކޮމިޓީ އިން ވެސް ނާޒިމް ވަކި ކޮށްފި

21 އެޕްރީލު 2026
މަޖިލީހުގެ އެންމެ މުހިއްމު ދެ ކޮމިޓީ އިން ވެސް ނާޒިމް ވަކި ކޮށްފި
21 އެޕްރީލު 2026

އަތޮޅު ކައުންސިލްތައް އުވައިނުލައި، ކުރީން އޮތްގޮތައް އަނބުރައި ރުޖޫއަކުރަން މަޖިލީހަށް ހުށަހަޅައިފި

21 އެޕްރީލު 2026
 އަތޮޅު ކައުންސިލްތައް އުވައިނުލައި، ކުރީން އޮތްގޮތައް އަނބުރައި ރުޖޫއަކުރަން މަޖިލީހަށް ހުށަހަޅައިފި
21 އެޕްރީލު 2026

މި ސަރުކާރުން މަސްވެރިކަމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފަރުމާ ކޮށްފައިވަނީ ހުރިހާ ގޮތަކުން މަސްވެރިންނަށް އުނދަގޫ ކުރެވޭނެ ގޮތަށް: ނާޒިލް

21 އެޕްރީލު 2026
މި ސަރުކާރުން މަސްވެރިކަމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފަރުމާ ކޮށްފައިވަނީ ހުރިހާ ގޮތަކުން މަސްވެރިންނަށް އުނދަގޫ ކުރެވޭނެ ގޮތަށް: ނާޒިލް
21 އެޕްރީލު 2026

ފުލުހުންގެ ވަޒީފާއިން ވަކިކުރި ޝިޔާމަށް އަލުން ވަޒީފާ ދޭން ކުރި ހުކުމުގައި ހިމެނޭ 12 އަހަރުގެ މުސާރަ އާއި އިނާޔަތުގެ ބައި އިސްތިއުނާފްކުރަނީ

21 އެޕްރީލު 2026
ފުލުހުންގެ ވަޒީފާއިން ވަކިކުރި ޝިޔާމަށް އަލުން ވަޒީފާ ދޭން ކުރި ހުކުމުގައި ހިމެނޭ 12 އަހަރުގެ މުސާރަ އާއި އިނާޔަތުގެ ބައި އިސްތިއުނާފްކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު