Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލޯކަލް ކައުންސިލް އިންތިޚާބު 2026

ކައުންސިލް އިންތިޚާބާއި ޑަބްލިއުޑިސީ އިންތިޚާބުގެ ދެވަނަ ބުރު: 47 އިންސައްތަ މީހުން ވޯޓު ލައިފި

18 އެޕްރީލު 2026 | ހޮނިހިރު 09:30

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން ހޮވުމަށް ބާއްވާ އިލެކްޝަންގެ ދެވަނަ ބުރުގެ ވޯޓުލުން ފަސް ދާއިރާއެއްގައި މިއަދު ވަނީ ފަށާފަ. މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 6،093 މީހުންނަށް ލިބިފައިވާއިރު، މާލެއާއި އަތޮޅުތެރޭގެ ރަށްރަށުގައި ޖުމްލަ 14 ވޯޓު ފޮއްޓެއް ވަނީ ބަހައްޓާފަ. އިލެކްޝަންސް ކޮމިޝަނުން ވަނީ ވޯޓުލުމުގެ ހައްގު ލިބިފައިވާ ހުރިހާ ރައްޔިތުންވެސް ވީހާވެސް އަވަހަކަށް ވޯޓުލުމަށް އިލްތިމާސްކޮށްފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 18 އެޕްރީލު 2026 | ހޮނިހިރު 09:30
ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށް ދަނީ

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށް ދަނީ | އިލެކްޝަންސް ކޮމިޝަން

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގެ ދެވަނަ ބުރުގައި ހޮނިހިރު ދުވަހުގެ މެންދުރު 01:00 އާ ހަމައަށް 47 އިންސައްތަ މީހުން ވޯޓު ލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ. 

 މި ދެ އިންތިޚާބުގެ ދެވަނަ ބުުރުގެ ވޯޓުލުން ހޮނިހިރު ދުވަހުގެ ހެނދުނު 8:00 ގައި ފަށާފައިވާ ކަމަށާއި، ހަވީރު 4:00އާ ހަމައަށް ކުރިއަށްދާ އިރު އިންތިޚާބުގެ ދެވަނަ ބުރު ކުރިއަށްދާނީ ކައުންސިލްގެ ދެ ގޮނޑިއަކަށާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ތިން ގޮނޑިއަކަށެވެ. 

Advertisement - newsAdvertisement

އެއީ ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑިއަށް ކައުންސިލަރަކު ހޮވުމަށާއި ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ މެންބަރުގެ ގޮނޑިއަށް ކައުންސިލަރަކު ހޮވުމެވެ. މީގެ އިތުރުން އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ތެރެއިން ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްދާނީ ހއ. ކެލާ ކޮމިޓީގެ ރައީސްގެ މަގާމަށާއި، ހދ. ނޭކުރެންދޫގެ އިތުރުން ލ. މާވަށު ކޮމިޓީގެ މެންބަރުކަމުގެ މަގާމަށެވެ.

އީސީން ބުނީ، މި އިންތިޚާބުގެ ވޯޓުލުން އެ ދާއިރާތަކަށް ނިސްބަތްވާ ރަށްރަށާއި ސިޓީތަކުގެ އިތުރުން މާލެ ސިޓީގައި ކުރިއަށްދާ ކަމަށެވެ. އަދި މި އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުމަށް 14 ވޯޓު ފޮއްޓެއް ބަހައްޓާފައިވާއިރު، ކެލާ، މާވަށް އަދި ފުވައްމުލައް ދަޑިމަގު އަވަށުގައި ކޮންމެ ތަނެއްގައި 2 ފޮށި އަދި ނޭކުރެންދޫ އާއި ދޮންފަނުގެ ތެރެއިން ކޮންމެ ރަށެއްގައި 1 ވޯޓު ފޮށި ބަހައްޓާފައިވެ އެވެ. 

ހޮނިހިރު ދުވަހުގެ މެންދުރު 01:00 އާ ހަމައަށް ވޯޓު ލާފައިވަނީ ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 2867 މީހުންނެވެ. އެއީ ވޯޓު ލުމުގެ ހައްގު ލިބޭ މީހުންގެ 47 އިންސައްތަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 1362 އަންހެނުންނާ 1505 ފިރިހެނުންނެވެ. ވޯޓު ނުލާ މީހުންގެ އަދަދަކީ 3226 އެވެ. އެއީ ވޯޓު ލުމުގެ ހައްގު ލިބޭ މީހުންގެ 52 އިންސައްތަ އެވެ. 

މި އިންތިޚާބުތަކުގައި ވޯޓުލުމަށް ރަޖިސްޓަރކޮށްފައި ވަނީ 6093 މީހުންނެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ 2901 އަންހެނުންނާއި 3192 ފިރިހެނުންނެވެ. އަދި ވޯޓުލުމުގެ ހައްގު ލިބިފައިވާ ހުރިހާ އެންމެން ވެސް އެ ހައްގު އަދާ ކުރުމަށް އީސީން އިލްތިމާސްކޮށްފައިވެ އެވެ. 

ލޯކަލް ކައުންސިލް އިންތިޚާބު 2026އިލެކްޝަންސް ކޮމިޝަންބ. ދޮންފަނުފުވައްމުލައް ސިޓީކެލާނޭކުރެންދޫ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

18 އެޕްރީލު 2026

ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފަށައިފި

18 އެޕްރީލު 2026
ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފަށައިފި
17 އެޕްރީލު 2026

ލ. މާވަށުގައި ބާއްވާ ދެވަނަބުރުގެ ވޯޓުލުން: އެމްޑީޕީ ވެރިކަމުގައި ވަޒީފާ ލިބުނު ފެނަކައިގެ 12 މުވައްޒަފަކަށް ވޯޓުލާން ނުދިޔުމަށް ޑެޕިއުޓީ މެނޭޖަރު އަންގައިފި

17 އެޕްރީލު 2026
ލ. މާވަށުގައި ބާއްވާ ދެވަނަބުރުގެ ވޯޓުލުން: އެމްޑީޕީ ވެރިކަމުގައި ވަޒީފާ ލިބުނު ފެނަކައިގެ 12 މުވައްޒަފަކަށް ވޯޓުލާން ނުދިޔުމަށް ޑެޕިއުޓީ މެނޭޖަރު އަންގައިފި
17 އެޕްރީލު 2026

އެމްޑީޕީގެ ސިލްސިލާ މުޒާހަރާ: ފެނުނީ ކަނބަލުންގެ އިސްނެގުމާއި ކެރުން

17 އެޕްރީލު 2026
އެމްޑީޕީގެ ސިލްސިލާ މުޒާހަރާ: ފެނުނީ ކަނބަލުންގެ އިސްނެގުމާއި ކެރުން
17 އެޕްރީލު 2026

ކައުންސިލް އިންތިޚާބުގެ ދެވަނަ ބުރު މާދަމާ: ވޯޓު ލާނީ މާލެ އާއި ދެވަނަ ބުރުގެ ވޯޓުލާ ރަށްރަށުގައި އެކަނި

17 އެޕްރީލު 2026
ކައުންސިލް އިންތިޚާބުގެ ދެވަނަ ބުރު މާދަމާ: ވޯޓު ލާނީ މާލެ އާއި ދެވަނަ ބުރުގެ ވޯޓުލާ ރަށްރަށުގައި އެކަނި
17 އެޕްރީލު 2026

މި ސަރުކާރުން ކިތަންމެ ވަރަކަށް ޑިފެންސަށް ކުޅުއްވިޔަސް، ރައްޔިތުންގެ އިތުބާރެއް ދެން ނުލިބޭނެ: ތަޒްމީލް

17 އެޕްރީލު 2026
މި ސަރުކާރުން ކިތަންމެ ވަރަކަށް ޑިފެންސަށް ކުޅުއްވިޔަސް، ރައްޔިތުންގެ އިތުބާރެއް ދެން ނުލިބޭނެ: ތަޒްމީލް
16 އެޕްރީލު 2026

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓަރސް ރަޖިސްޓްރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 27ގެ ނިޔަލަށް ހުޅުވާލައިފި

16 އެޕްރީލު 2026
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓަރސް ރަޖިސްޓްރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 27ގެ ނިޔަލަށް ހުޅުވާލައިފި
15 އެޕްރީލު 2026

މިނިސްޓަރު މުއްތަލިބެވެ. މޭޔަރުން ފޭލްވި ނަމަ، ރައްޔިތުން އެ ބޭފުޅުން އަލުން އިންތިޚާބެއް ނުކުރީހެވެ.

15 އެޕްރީލު 2026
މިނިސްޓަރު މުއްތަލިބެވެ. މޭޔަރުން ފޭލްވި ނަމަ، ރައްޔިތުން އެ ބޭފުޅުން އަލުން އިންތިޚާބެއް ނުކުރީހެވެ.
14 އެޕްރީލު 2026

ރައީސް މުއިއްޒާއި ސަރުކާރަށް އިތުބާރު ގެއްލިފައިވާތީ ގައުމުގެ ސަލާމަތަށްޓަކައި 12 ކަމެއް އިސްލާހު ކުރުމަށް ސަރުކާރަށް ގޮވާލާ އެމްޑީޕީ އިން މަގުމަތީ ހަރަކާތަށް ނުކުމެއްޖެ

14 އެޕްރީލު 2026
ރައީސް މުއިއްޒާއި ސަރުކާރަށް އިތުބާރު ގެއްލިފައިވާތީ ގައުމުގެ ސަލާމަތަށްޓަކައި 12 ކަމެއް އިސްލާހު ކުރުމަށް ސަރުކާރަށް ގޮވާލާ އެމްޑީޕީ އިން މަގުމަތީ ހަރަކާތަށް ނުކުމެއްޖެ
13 އެޕްރީލު 2026

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ޖޫން 6 ގައި

13 އެޕްރީލު 2026
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ޖޫން 6 ގައި
13 އެޕްރީލު 2026

ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވާ ބޭފުޅުން ވެސް މިސަރުކާރުގެ މަގާމުތަކުން އިސްތިއުފާ ދެއްވަނީ ލަދުވެތިކަމާއެކު!

13 އެޕްރީލު 2026
ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވާ ބޭފުޅުން ވެސް މިސަރުކާރުގެ މަގާމުތަކުން އިސްތިއުފާ ދެއްވަނީ ލަދުވެތިކަމާއެކު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް