Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކައުންސިލަރުން ހުވާކުރުން

އަލަށް ހޮވުނު ކައުންސިލަރުން ހުވާކުރުން ބާއްވާނީ ރާއްޖޭގެ ހުރިހާ ރަށެއްގައި އެއް ވަގުތެއްގައި

ލާމަރުކަޒީ ޤާނޫނުގެ ދަށުން ހޮވުނު ފަސްވަނަ ދައުރުގެ ކައުންސިލަރުން ހުވާކުރުމުގެ ތާރީޚު ކަނޑައަޅާފައިވަނީ ކުރީގެ ދައުރު ހަމަވާ ދުވަހަށް ރިޢާޔަތްކޮށްގެން. ހުވާކުރުމުގެ ރަސްމިއްޔާތަށްފަހު ބާއްވާ ފުރަތަމަ ބައްދަލުވުމުގައި ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ނައިބު ރައީސުން ހޮވުމުގެ މަސައްކަތް ކުރިއަށްދާނެ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 28 އެޕްރީލު 2026 | އަންގާރަ 12:22
އެލްޖީއޭ

އެލްޖީއޭ | ދައުރު

ލޯކަލް ކައުންސިލްތަކުގެ ފަސްވަނަ ދައުރަށް އިންތިޚާބުވި ކައުންސިލަރުން ހުވާކުރުމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިޤްރާރުގައި ސޮއިކުރުމުގެ ރަސްމިއްޔާތު އަންނަ މެއި މަހުގެ 17 ވަނަ ދުވަހު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެއްވަގުތެއްގައި ކުރިއަށް ގެންދިއުމަށް ލޯކަލް ގަވަރންމަންޓް އޮތޯރިޓީން ނިންމައިފި އެވެ.

ލޯކަލް ގަވަރންމަންޓް އޮތޯރިޓީން ބުނީ، މި ތާރީޚު ކަނޑައަޅާފައިވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން، އެންމެ ފަހުން ކައުންސިލަރުން ހުވާކުރިތާ ފަސް އަހަރު ހަމަވާ ދުވަހަށް ރިޢާޔަތް ކޮށްގެން ކަމަށެވެ.

މި ރަސްމިއްޔާތުގައި ލޯކަލް ކައުންސިލްތަކަށް އިންތިޚާބުވި ކައުންސިލަރުން މަޤާމުގެ ހުވާކުރެއްވުމާއެކު، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިޤުރާރުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތު ވެސް ބާއްވާނެ އެވެ.

އަލަށް އިންތިޚާބުވި ހުރިހާ މެންބަރުން ހުވާކުރައްވައި އިޤުރާރުގައި ސޮއިކުރައްވައި ނިމުމުން، ކައުންސިލްތަކުގެ ފުރަތަމަ ރަސްމީ ބައްދަލުވުން ބޭއްވުމަށް ވެސް ވަނީ ނިންމާފަ އެވެ. މި ބައްދަލުވުމުގައި ކައުންސިލްތަކުގެ ނައިބު ރައީސުން ހޮވުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ލޯކަލް ގަވަރންމަންޓް އޮތޯރިޓީން މަޢުލޫމާތު ދީފައިވެ އެވެ.

މީގެ އިތުރުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން ވެސް އިޤުރާރުގައި ސޮއިކުރެއްވުމަށްފަހު، އެ ކޮމިޓީތަކުގެ ނައިބު ރައީސުން ހޮވުމުގެ މަސައްކަތް ކުރިއަށް ގެންދާނެ އެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަޤާމަކީ ފުލްޓައިމް މަޤާމެއް ކަމަށް އެލްޖީއޭ އިން ބުނެ އެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ފުރަތަމަ އިންތިޚާބު ކުރެވުނު ކައުންސިލަރުން ހުވާކުރެއްވުމާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިޤުރާރުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވީ 2011 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 26 ވަނަ ދުވަހު އެވެ.

މި ފަހަރު ބާއްވާ ރަސްމިއްޔާތަކީ ލާމަރުކަޒީ ގާނޫނުގެ ދަށުން ބާއްވާ ފަސްވަނަ ދައުރުގެ ކައުންސިލަރުންގެ ހުވާކުރުމުގެ ރަސްމިއްޔާތެވެ. މި ރަސްމިއްޔާތު ރާއްޖޭގެ ހުރިހާ ރަށެއްގައި އެއްވަގުތެއްގައި ބާއްވުމަކީ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތުގެ ބައެއް ކަމަށް އެލްޖީއޭ އިން ފާހަގަކުރެ އެވެ.

ލޯކަލް ކައުންސިލްތައްލޯކަލް ގަވަމަންޓް އޮތޯރިޓީއަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީލާމަރުކަޒުކުރުން

އިތުރަށް ކިޔާލަން

24 އެޕްރީލު 2026

އެލްޖީއޭގެ ރައީސް ކަމަށް މިނިސްޓަރު މޫސާ ޒަމީރު އައްޔަން ކުރައްވައިފި

24 އެޕްރީލު 2026
އެލްޖީއޭގެ ރައީސް ކަމަށް މިނިސްޓަރު މޫސާ ޒަމީރު އައްޔަން ކުރައްވައިފި
18 އެޕްރީލު 2026

ކައުންސިލް އިންތިޚާބުގައި ބަލިވި ޕީއެންސީ އިން ގޮނޑި ކާމިޔާބު ކޮށްފައިވާ އަދަދު ކިޔަނީ ވާދަނުކޮށް "ދިން" ގޮނޑިތައް ވެސް ހިމަނައިގެން

18 އެޕްރީލު 2026
ކައުންސިލް އިންތިޚާބުގައި ބަލިވި ޕީއެންސީ އިން ގޮނޑި ކާމިޔާބު ކޮށްފައިވާ އަދަދު ކިޔަނީ ވާދަނުކޮށް "ދިން" ގޮނޑިތައް ވެސް ހިމަނައިގެން
17 އެޕްރީލު 2026

ލ. މާވަށުގައި ބާއްވާ ދެވަނަބުރުގެ ވޯޓުލުން: އެމްޑީޕީ ވެރިކަމުގައި ވަޒީފާ ލިބުނު ފެނަކައިގެ 12 މުވައްޒަފަކަށް ވޯޓުލާން ނުދިޔުމަށް ޑެޕިއުޓީ މެނޭޖަރު އަންގައިފި

17 އެޕްރީލު 2026
ލ. މާވަށުގައި ބާއްވާ ދެވަނަބުރުގެ ވޯޓުލުން: އެމްޑީޕީ ވެރިކަމުގައި ވަޒީފާ ލިބުނު ފެނަކައިގެ 12 މުވައްޒަފަކަށް ވޯޓުލާން ނުދިޔުމަށް ޑެޕިއުޓީ މެނޭޖަރު އަންގައިފި
16 އެޕްރީލު 2026

ޑަބްލިއުޑީސީ ލ.މާވަށް: މާއިސާ ހުރީ ގުޅިގެން ކަނބަލުންގެ ކުރިއެރުމަށް މަސައްކަތް ކުރަން ތައްޔާރަށް

16 އެޕްރީލު 2026
ޑަބްލިއުޑީސީ ލ.މާވަށް: މާއިސާ ހުރީ ގުޅިގެން ކަނބަލުންގެ ކުރިއެރުމަށް މަސައްކަތް ކުރަން ތައްޔާރަށް
16 އެޕްރީލު 2026

ކެބިނެޓް ބަދަލުކުރީ ރަށްރަށުގައި ބިންގާ އެޅި ގޮތަށް، ބަދަލުކޮށްލީ ބޭރު ފޮތިގަނޑު އެކަނި: ޒިޔާދު

16 އެޕްރީލު 2026
ކެބިނެޓް ބަދަލުކުރީ ރަށްރަށުގައި ބިންގާ އެޅި ގޮތަށް، ބަދަލުކޮށްލީ ބޭރު ފޮތިގަނޑު އެކަނި: ޒިޔާދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު