Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހއ. ހޯރަފުށި

"ހޯރަފުށީގެ މަޝްރޫއުތައް ހުއްޓި ރަށް އޮތީ ވަޅުޖެހިފަ، ސިއްހީ މަރުކަޒު ވެސް ބޭނުންކުރީ ޕީއެންސީގެ ޖަގަހައެއްގެ ގޮތުގައި"

ހޯރަފުށީގެ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓި، ރަށުގެ ސިއްޙީ ނިޒާމު ބޮއްސުންލާފައިވާތީ އެ ރަށު ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފި. ރަށުން ވާހަކަދެއްކި މީހުން ބުނި ގޮތުގައި އަސާސީ ބޭސް ނުލިބުމުގެ މައްސަލަ އިންތިހާއަށް ބޮޑުވެފައިވާއިރު، ބަންކަރިންގ ޚިދުމަތުގެ ނަމުގައި ރަށުގެ ތިމާވެއްޓަށް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފަ. ސަރުކާރުން ރަށަށް އިހުމާލުވަމުންދާ ކަމަށް ބުނެ، ރައްޔިތުންގެ ވަނީ ސަރުކާރާ މެދު ނުރުހުން ފާޅު ކޮށްފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 3 މެއި 2026 | އާދީއްތަ 12:22
ހޯރަފުށީގެ އާންމު ރައްޔިތުންގެ އަޑުތަކުން އެނގެނީ ސަރުކާރަށް އޮތް ތާއީދު ކުޑަވެ، ނުރުހުން އިންތިހާއަށް ގޮސްފައިވާ ކަން

ހޯރަފުށީގެ އާންމު ރައްޔިތުންގެ އަޑުތަކުން އެނގެނީ ސަރުކާރަށް އޮތް ތާއީދު ކުޑަވެ، ނުރުހުން އިންތިހާއަށް ގޮސްފައިވާ ކަން | ރާއްޖެއެމްވީ

އޭޕްރީލް 4 ވަނަ ދުވަހު ބޭއްވި 3 އިންތިޚާބާ ދިމާކޮށް ސަރުކާރުން ހޯރަފުށީގައި ދެއްކި "ތަރައްޤީގެ ކުލަވަރުތައް" ފުހެވި، ރަށަށް މި ސަރުކާރުން ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށް އެ ރަުގެ ރައްޔިތުން ބުނެފި އެވެ. 

ރާއްޖެޓީވީ ގެ ހާލު ކިހިނެއް ޕްރޮގްރާމް ގައި ވާހަކަދެއްކި ހުރިހާ ރައްޔިތުން ހެން ވަނީ ގިނަ ކަންބޮޑުވުންތަކެއް ހިއްސާ ކޮށްފައެވެ. ބައެއް ރައްޔިތުން ބުނާ ގޮތުގައި އިންތިޚާބާ ދިމާކޮށް ފެށި އަދި ފަށާނެ ކަމުގެ ޔަގީންކަން ދިން ބޮޑެތި މަޝްރޫއުތައް މިއަދު ހުއްޓި، ރަށް އޮތީ "ވަޅުޖެހިފަ" އެވެ. 

Advertisement - newsAdvertisement

ހޯރަފުށީގެ ރައްޔިތުން އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރަނީ ރަށުގެ ސިއްޙީ ނިޒާމު ބޮއްސުންލައިގެން ގޮސްފައިވާތީ އެވެ. ބައެއް ރައްޔިތުން ބުނި ގޮތުގައި، ކައުންސިލް އިންތިޚާބާ ދިމާކޮށް މި ފަހުން ރަށުގެ ސިއްޙީ މަރުކަޒު ބޭނުންކުރީ ސަރުކާރު ހިންގާ ޕީއެންސީގެ ސިޔާސީ ޖަގަހައެއްގެ ގޮތުގަ އެވެ.

ބައިޕާސް ހައްދައިގެން ފިރިމީހާ އެއުޅެނީ ބޭސްކޮޅު ނުލިބިގެން. ބޭސް ގަންނަން ދިޔައީމާ ބުނަނީ މިތާކު ނެތޭ ތިޔަ ބޭހެއް،
ކަންބޮޑުވުން ފާޅު ކުރި ހޯރަފުށީ ރައްޔިތެއް 

އަސާސީ ބޭސްކޮޅު ނުލިބި، ސިއްޙީ ޚިދުމަތުގެ ފެންވަރު ދަށްވަމުންދާއިރު، ސަރުކާރުން އެކަމަށް އެދެވޭ ސަމާލުކަމެއް ނުދޭ ކަމަށް ރަށުން ވާހަކަދެއްކި މީހުން ވަނީ ބުނެފަ އެވެ. 

ސަރުކާރުން އުތުރުގައި ފެށި ބަންކަރިންގ ޚިދުމަތާ ގުޅިގެންވެސް ބައެއް ރައްޔިތުން ހިތްހަމަނުޖެހި ކަންބޮޑުވުން ފާޅު ކޮށްފައިވެ އެވެ. 

ހޯރަފުށިން ވާހަކަދެއްކި ރައްޔިތުން ބުނާ ގޮތުގައި ބަންކަރިންގެ ނަމުގައި ކުރި ކަމަކީ މުޅި ރަށުގެ ހޭޅިފަށް ކޮށާލައި، ތިމާވެށީގެ ނާޒުކު ސަރަހައްދުތައް ހަލާކުކޮށްލުމެވެ. މިއީ ތަރައްޤީގެ ނަމުގައި ރަށުގެ ގުދުރަތީ ރީތިކަމަށް ދިން ބޮޑު ގެއްލުމެއްގެ ގޮތުގައި ރައްޔިތުން ސިފަކުރެ އެވެ.

ސަރުކާރުގެ ވަޢުދުތަކަށް އިތުބާރު ކެނޑިފައިވާ މިންވަރު ހާމަކުރަމުން ބައެއް މީހުން ބުނީ، ރައީސް މުޢިއްޒަކީ މިހާރުން މިހާރަށް ވެސް ވެރިކަމުން “ބާލަން” ޖެހޭ ބޭފުޅެއް ކަމަށެވެ. އަދި ރަށުގެ ހާލަތު ރަނގަޅު ކުރެވޭނީ ރައްޔިތުން މަގުމައްޗަށް ނުކުމެ، އިހުތިޖާޖުކޮށްގެން ކަމަށްވެސް ބައެއް ރައްޔިތުން ފާހަގަ ކޮށްފައި ވެ އެވެ.

ހޯރަފުށީގައި ހިނގަމުންދިޔަ ހުރިހާ މަސައްކަތްތަކެއް "ހުއްޓުމަކަށް" އައިސްފައިވާ ކަމުގެ ޝަކުވާ ބޮޑުވެފައިވާއިރު، ހޯރަފުށީގެ އާންމު ރައްޔިތުންގެ އަޑުތަކުން އެނގެނީ ސަރުކާރަށް އޮތް ތާއީދު ކުޑަވެ، ނުރުހުން އިންތިހާއަށް ގޮސްފައިވާ ކަމެވެ.

ޑރ. މުއިއްޒުޕީއެންސީބަންކަރިންގހޯރަފުށި، ހއ. އަތޮޅުހާލު ކިހިނެއް ޕްރޮގްރާމް

އިތުރަށް ކިޔާލަން

03 މެއި 2026

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން މުއިއްޒުއަށް ފޮނުވާ ސިޓީ.

03 މެއި 2026
ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން މުއިއްޒުއަށް ފޮނުވާ ސިޓީ.
01 މެއި 2026

ސީރިއަސްލީ ތަރުޖަމާނު؟ ވަރަށް ސެލެކްޓިވް ދެއްތޯ؟

01 މެއި 2026
ސީރިއަސްލީ ތަރުޖަމާނު؟ ވަރަށް ސެލެކްޓިވް ދެއްތޯ؟
30 އެޕްރީލު 2026

އިޖުތިމާއީ ކޮމިޓީގެ މުގައްރިރުކަމަށް އަނެއްކާ ވެސް އަސްމާ

30 އެޕްރީލު 2026
އިޖުތިމާއީ ކޮމިޓީގެ މުގައްރިރުކަމަށް އަނެއްކާ ވެސް އަސްމާ
29 އެޕްރީލު 2026

ސިނާންގެ ޓިކެޓް އަތުލާފައި ދިނީ ސޮޑާ އަށް

29 އެޕްރީލު 2026
ސިނާންގެ ޓިކެޓް އަތުލާފައި ދިނީ ސޮޑާ އަށް
29 އެޕްރީލު 2026

ތެޔޮ ރިޒާވް ގާއިމްކުރަން ނުފެށެނީސް ބޭރު ކުންފުނިތަކަށް ކުއްޔަށްދިނުމުގެ ވިސްނުން ހުރި ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވެއްޖެ

29 އެޕްރީލު 2026
ތެޔޮ ރިޒާވް ގާއިމްކުރަން ނުފެށެނީސް ބޭރު ކުންފުނިތަކަށް ކުއްޔަށްދިނުމުގެ ވިސްނުން ހުރި ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު