Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހޯރަފުށީ ބޮޓެލިން ޕްލާންޓް

ސަރުކާރު ބަދަލުވިފަހުން ހޯރަފުށީ ބޮޓެލިން ޕްލާންޓް ހުރީ ދަބަރަށްވާން ދޫކޮށްލާފައި، ކުރިހާ ވެސް ކަމަކީ އެތަނުގައި ހުރި އޭސީތައް ނައްޓައިގެން ގެންދިއުން

ހއ. ހޯރަފުށީގައި އިންޑިއާގެ އެހީގައި ގާއިމްކުރި 12.5 މިލިއަން ރުފިޔާގެ ބޮޓެލިންގ ޕްލާންޓްގެ މަސައްކަތް ހުއްޓި، އެތަން ވީރާނާވަމުންދާ ކަމަށް އެރަށު ކައުންސިލުން ވަނީ ބުނެފައި. މި މަޝްރޫއަށް ބޭނުންވާ ހުރިހާ މެޝިނަރީއެއް ގެނެސް، މުވައްޒަފުން ނަގާފައިވަނިކޮށް ސަރުކާރު ބަދަލުވުމާއެކު އެތަނުގެ މަސައްކަތް ހުއްޓި، އެތަނުގައި ހުރި އޭސީތައް ވެސް ފެނަކައިން ނައްޓައިގެން ގެންގޮސްފައިވާ ކަމަށް ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ފާހަގަކުރެއްވި.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 24 އެޕްރީލު 2026 | ހުކުރު 08:35
މިދިޔަ ސަރުކާރުން ހއ. ހޯރަފުށީގައި ތަރައްގީ ކުރި ބޮޓަލިން ޕްލާންޓް.

މިދިޔަ ސަރުކާރުން ހއ. ހޯރަފުށީގައި ތަރައްގީ ކުރި ބޮޓަލިން ޕްލާންޓް. | ރާއްޖެ އެމްވީ

މިދިޔަ ސަރުކާރުން ހއ. ހޯރަފުށީގައި ތަރައްގީކުރި ބޮޓެލިން ޕްލާންޓް ހުރީ ދަބަރަށްވާން ދޫކޮށްލާފައި ކަމަށާއި، މި ސަރުކާރުން ކުރި ކަމަކީ އެތަނުގެ އޭސީތައް ނައްޓާލައިގެން އެހެންތަނަކަށް ގެންދިއުން ކަމަށް ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ. 

ރާއްޖެޓީވީގެ ހާލު ކިހިނެއް ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ހޯރަފުށީ ކައުންސިލްގެ ރައީސް ވަހީދު ވިދާޅުވީ އެރަށު ބޮޓެލިންގ ޕްލާންޓަކީ މިދިޔަ ސަރުކާރުން އިންޑިއާ ހައިކޮމިޝަނުގެ ހިލޭ އެހީގެ ދަށުން ގާއިމް ކުރުމަށް ނިންމި ފެން ޕްލާންޓެއް ކަަމަށެވެ. ވަހީދު ވިދާޅުވީ މި ޕްލާންޓަށް 12.5 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. އަދި ޕްލާންޓުގެ އެތެރޭގައި ފެން އުފެއްދުމަށްޓަކައި ބޭނުންވާ ހުރިހާ މެޝިނަރީތަކެއް ވެސް ހުރީ ގެނެވިފައި ކަމަށެވެ. 

Advertisement - newsAdvertisement

އޭނާ ވިދާޅުވީ އެތަނުގައި ނުފެށި އޮތީ ހިދުމަތް އެކަނި ކަމަށެވެ. އަދި އެތަނަށް މުވައްޒަފުން ވެސް ނެގި ކަމަށާއި، ނަމަވެސް ސަރުކާރު ބަދަލުވެ އެ ހުރިހާ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ. އަދި ސަރުކާރު ބަދަލުވި ފަހުން އިތުރު އެއްވެސް މަސައްކަތެއް ނުކުރާ ކަމަށާއި، ސަރުކާރު ބަދަލުވި އިރު ހުރި ގޮތަށް ދަބަރަށްވާން ދޫކޮށްލާފައިވާ ކަމަށެވެ. 

އަޅުގަނޑުމެންނަށް ސަރުކާރުގެ ސަމާލުކަމަށް ސިޓީ ފޮނުވުނު އަދަދުގެ މިންވަރު ނޭނގޭ ދަންނަވާކަށް. ހޯރަފުށީ ރައްޔިތުން ކައުންސިލަށް ވަރަށް ގިނަ ޝަކުވާތައް ކުރި. މިތަނުގައި ހަރުކޮށްފައި ހުރި އޭސީތަކާއި، މިތަނަށް ގެނެސް ހަރުކުރަން ހުރި އޭސީތައް ވެސް މިތަނުން އެބަ ގެންދޭ. ދެން އަޅުގަނޑުމެން ފެނަކަ އަށް ދެންނެވިން އެވާހަކަ އެކަން އެގޮތަށް ނުކުރައްވާށޭ، ކައުންސިލްގެ ހިއްސާ ވެސް އޮންނަ ޕްރޮޖެކްޓެއް، އިންޑިއާ ހައިކޮމިޝަނުގެ ޕްރޮޖެކްޓެއް، އެހެންވީމާ އަޅުގަނޑުމެން ކައުންސިލްގެ ހުއްދައެއް ނެތި ނުވަތަ ބަހެއް ނެތި މިތަނުން އެއްވެސް އެއްޗެއް ބޭރު ކުރުމަކީ ވަރަށް ނާތަހުޒީބީ އަމަލެކޭ. އެހެންނަމަވެސް އެ ހުރިހާ އެއްޗެއް ގެންދިޔައީ. 

ވަހީދު ވިދާޅުވީ ސަރުކާރު ބަދަލުވި އިރު ހުރިހާ އެއްޗެއް ވެސް ޕްލާންޓުގައި ހުންނާނެ ކަމަށެވެ. އަދި މަސައްކަތް ނިންމާލުމަށް އޮތީ ވަރަށް ކުޑަކުޑަ މަރުހަލާއެއް ކަމަށާއި، ނަމަވެސް އެކަން ނުވެ ހަލާކުކޮށްލާން ތަން ދޫކޮށްލާފައިވާ ކަމަށެވެ. 

ބޮޓަލިން ޕްލާންޓަށް މުވައްޒަފުން ނެގި ނަމަވެސް ސަރުކާރު ބަދަލުވެ އެ ހުރިހާ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގަ އެވެ. 

ހޯރަފުށީ ކައުންސިލުގެ 40 އިން ސައްތަ ހިއްސާ އޮންނަ ގޮތަށް ފެށި ބޮޓްލިންގ ޕްލާންޓްގެ މަސައްކަތް ހުއްޓާލާ ކަމަށް ސަރުކާރުން ބުނި އިރު ކައުންސިލަށް ވެސް އެކަން އަންގާފައެއް ނުވެ އެވެ. 

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ވެވަޑައިގެންނެވި ވައުދުތަކުގެ ތެރޭގައި ހިނގަމުންދާ އެއްވެސް މަޝްރޫއެއް ހުއްޓާ ނުލައްވާނެ ކަމަށާއި، ސިޔާސީ މަގާމެއް ގައި ހުރި މީހަކު ނޫނީ ވަޒީފާ އިން ވަކި ނުކުރައްވާނެ ކަމަށް ރައްޔިތުން ގާތު ވިދާޅުވެފައިވެ އެވެ.

ހއ. ހޯރަފުށިރައީސް ޑރ. މުހައްމަދު ވަހީދުއިންޑިއަން ހައި ކޮމިޝަންފެނަކަހޯރަފުށީ ބޮޓަލިން ޕްލާންޓް ހާލު ކިހިނެއް ޕްރޮގްރާމް

ކޮމެންޓް

އިތުރަށް ކިޔާލަން

އިންތިހާބުތަކަށް ދެ ދުވަހަށް ވެފައި ވަނިކޮށް ޖެހި ވެލި ބަސްތާ ތަކާއެކު، ހޯރަފުށީ ބިން ހިއްކުމުގެ މަސައްކަތް ހުއްޓިފަ

އިންތިހާބުތަކަށް ދެ ދުވަހަށް ވެފައި ވަނިކޮށް ޖެހި ވެލި ބަސްތާ ތަކާއެކު، ހޯރަފުށީ ބިން ހިއްކުމުގެ މަސައްކަތް ހުއްޓިފަ

23 އެޕްރީލު 2026
ކަރަންޓު ބިލު ދެގުނަ ބޮޑުވެ އާއްމު ރައްޔިތުން ރަތަށް، ރ. އަނގޮޅިތީމު ރައްޔިތުން ނުކުތީ މުޒާހަރާ އަށް!

ކަރަންޓު ބިލު ދެގުނަ ބޮޑުވެ އާއްމު ރައްޔިތުން ރަތަށް، ރ. އަނގޮޅިތީމު ރައްޔިތުން ނުކުތީ މުޒާހަރާ އަށް!

23 އެޕްރީލު 2026
ދޮންފަނުން ސަރުކާރަށް ލިބުނު ބޮޑު ނާކާމިޔާބީގެ ހުރިހާ ރުޅިއެއް ބޭލީ ފެނަކަ އެސިސްޓެންޓް މެނޭޖަރަށް

ދޮންފަނުން ސަރުކާރަށް ލިބުނު ބޮޑު ނާކާމިޔާބީގެ ހުރިހާ ރުޅިއެއް ބޭލީ ފެނަކަ އެސިސްޓެންޓް މެނޭޖަރަށް

21 އެޕްރީލު 2026
އިހަވަންދޫގައި ވެސް އިންތިޚާބާ ގުޅިގެން ގިނަ ބަޔަކަށް ވަޒީފާ ދިން، ފެނަކައިގައި އެކަނި ވެސް ގާތްގަނޑަކަށް 160 މުވައްޒަފުން ތިބޭނެ: އިންތިޚާބީ ރައީސް އަލީ ފަވާޒު

އިހަވަންދޫގައި ވެސް އިންތިޚާބާ ގުޅިގެން ގިނަ ބަޔަކަށް ވަޒީފާ ދިން، ފެނަކައިގައި އެކަނި ވެސް ގާތްގަނޑަކަށް 160 މުވައްޒަފުން ތިބޭނެ: އިންތިޚާބީ ރައީސް އަލީ ފަވާޒު

19 އެޕްރީލު 2026
ހޯރަފުށީގެ ތަރައްގީގެ ހުރިހާ ވައުދެއް ''ޖަމަލު ފޮޑިއަށް ވަނީ ބަދަލުވެފައި'' ، އިންތިޚާބާ ދިމާކޮށް 
އާދަޔާ ހިލާފު ގޮތަކަށް ބިން ހިއްކުމުގެ މަޝްރޫއު ވެސް ފެށި!

ހޯރަފުށީގެ ތަރައްގީގެ ހުރިހާ ވައުދެއް ''ޖަމަލު ފޮޑިއަށް ވަނީ ބަދަލުވެފައި'' ، އިންތިޚާބާ ދިމާކޮށް އާދަޔާ ހިލާފު ގޮތަކަށް ބިން ހިއްކުމުގެ މަޝްރޫއު ވެސް ފެށި!

18 އެޕްރީލު 2026

އަހަރުތަކުން މިއަދު

23 އެޕްރީލު
ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން
20251 އަހަރު ކުރިން
ރާއްޖެ

ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ
20242 އަހަރު ކުރިން
ދުނިޔެ

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"
20224 އަހަރު ކުރިން
ރާއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
20197 އަހަރު ކުރިން
ރިޕޯޓު

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ
20188 އަހަރު ކުރިން
ރިޕޯޓު

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު