Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މުޙައްމަދު ސިނާން

ހިތަދޫ އުތުރު ދާއިރާ ޕީއެންސީ ޕްރައިމަރީ ކާމިޔާބު ކުރި ކުރީގެ އެމްޕީ ސިނާނުގެ ޓިކެޓް އަތުލައިފި

ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ ޕްރައިމަރީ ކާމިޔާބު ކުރެއްވި މުހައްމަދު ސިނާން، އެހެން ބޭފުޅަކަށް ފުރުސަތު ދިނުމަށްޓަކައި އަމިއްލައަށް ނަން އަނބުރާ ގެންދަވައިފި. ސިނާން މިގޮތަށް ނިންމެވީ ދާއިރާގެ ރައްޔިތުންނާ މަޝްވަރާކުރުމަށްފަހު، މި ގޮނޑި ޕާޓީއަށް ކާމިޔާބުކުރުމަށް އެންމެ ފަހިވާނީ އައު ބޭފުޅަކު ނުކުމެގެން ކަމަށް ފެންނާތީ. މީގެ ކުރިން ބޭންކް ލޯނެއްގެ މައްސަލައިގައި ގޮނޑި ގެއްލުނު ސިނާންގެ މި ނިންމުން ޕީއެންސީގެ ލީޑަރޝިޕުން މިހާރު ވަނީ ބަލައިގެންފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 29 އެޕްރީލު 2026 | ބުދަ 08:06
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ސިނާން.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ސިނާން. | ރައްޔިތުންގެ މަޖިލިސް

ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ ޕްރައިމަރީ ކާމިޔާބު ކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ސިނާންގެ ޓިކެޓް ޕީއެންސީ އިން އަތުލައިފި އެވެ. 

ބޭންކް ލޯނެއްގެ މައްސަލައިގައި ސިނާންގެ ގޮނޑި ގެއްލިފައިވާކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމަކާ ގުޅިގެން ސިނާންގެ ގޮނޑި ގެއްލިފައިވުމާއެކު މަޖިލީހުގެ އެ ދާއިރާގެ ގޮނޑި ވަނީ ހުސްވެފަ އެވެ. އެހެންކަމުން ޕީއެންސީ އިން ވެސް އެ ގޮނޑިއަށް ވާދަކުރުމަށް ޕްރައިމަރީއަށް ހުޅުވާލުމުން ސިނާން އަނެއްކާވެސް ކުރިމަތިލެއްވީއެވެ. އަދި އޭނާއާ ވާދަކުރެއްވީ މޫލެކެޑެ ދާއިރާގެ ކައުންސިލަރުގެ މަގާމުގައި ހުންނެވި އަހުމަދު ސައީދު (ސޮޑާ) އެވެ.

Advertisement - newsAdvertisement

މި އިންތިޚާބުގެ ވޯޓުލުން ހޮނިހިރު ދުވަހު ކުރިއަށް ގެންގޮސްފައިވާއިރު ސިނާން ވަނީ ވޯޓުން ކުރި ހޯއްދަވާފަ އެވެ. އެއާއެކު ސިނާން ވަނީ އެ ޓިކެޓް ކަަށަވަރު ކުރައްވާފަ އެވެ.

މި ކަމާ ގުޅިގެން ޕީއެންސީގެ ލީޑަރޝިޕުން އޭނަ އަށް މަރުހަބާ ވެސް ކިޔާފައިވާއިރު ބުދަ ދުވަހު ސިނާން ވަނީ އެކްސް މެދުވެރިކޮށް އޭނާ އެ އިންތިޚާބުގައި ވާދަނުކުރައްވަން ނިންމަވާފައިވާ ކަމަށާ އެހެން މީހަކަށް ފުރުސަތު ދިނުމަށް ނިންމާފައިވާ ކަން ހާމަކުރައްވާފަ އެވެ. 

ސިނާން ވިދާޅުވީ ފާއިތުވި 3 ދުވަހު ދާއިރާގެ ވަރަށް ގިނަ އަދަދެއްގެ ރައްޔިތުންނާއެކު ގާތުން ކުރެވުނު މަޝްވަރާތަކާއެކު މިފަހަރު މިގޮނޑި ޕާޓީއަށް ކާމިޔާބުވާން އެންމެ ފަހި ވާނީ އަޅުގަނޑު ފަހަތަށްޖެހި އެހެން އައު ބޭފުޅަކަށް ފުރުސަތު ދީގެން ކަމަށް ފެންނާތީ އެގޮތަށް ނިންމާފައިވާ ކަމަށެވެ.

މިގޮތައް ނިންމި ނަމަވެސް އެ ގޮނޑި ކާމިޔާބު ކުރުމަށްޓަކައި ޕާޓީން ނުކުންނަ ކެނޑިޑޭޓެއް އިންތިޚާބު ކޮށްދިނުމަށް އޭނާ ގެ ފުރިހަމަ ބައިވެރިވުމާއި ފުރިހަމަ ދައުރު އެންމެ ފުޅާކޮށް އޮންނާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް ވެސް ސިނާން ވިިދާޅުވި އެވެ. އޭނާ ގެ މި ނިންމުން މިހާރު ޕާޓީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒު އާ ލީޑަރޝިޕުން ބަލައިގަނެފައިވާ ކަމަށް ވެސް ސިނާން ވަނީ ވިދާޅުވެފަ އެވެ. 

ގާނޫނު އަސާސީގައި ވާގޮތުން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ހުކުމާއި އެއްގޮތަށް ސާބިތު ދަރަނި ދައްކަވަމުން ނުގެންދަވާ ނަމަ، އެ މެމްބަރެއްގެ ގޮނޑި ގެއްލޭނެ އެވެ. އެގޮތުން ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގައި އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ދާ މީހަކު ކަމުގައިވުމަކީ މަޖިލިސް މެމްބަރުންގެ ޝަރުތެކެވެ. ސިނާންގެ ގޮނޑި މީގެ ކުރިން ގެއްލުނީ އެ ޝަރުތު އުނިވުމާ ގުޅިގެންނެވެ. ނަމަވެސް ފަހުން އޭނާ ވަނީ އެ ލޯނު އަނބުރާ ދައްކަވާފަ އެވެ. 

މި ދާއިރާއަށް އެމްޑީޕީ އިން ވެސް ވަނީ ކެމްޕޭނު ފަށާފަ އެވެ. އެގޮތުން އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައި އިތުރު ބޭފުޅަކު ކުރިމަތިލައްވާފައި ނުވާތީ އެ ޓިކެޓު ކަށަވަރު ކުރެއްވީ އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އެވެ.

މުޙައްމަދު ސިނާންޕީއެންސީޑރ. މުއިއްޒުއަބްދުﷲ ސާދިގުރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

900 މިލިއަން ޑޮލަރުގެ ލޯނު ދެއްކި ކަމަށް ބުނާއިރު، 650 މިލިއަން ޑޮލަރުގެ ދަރަނި ނެގީ މިސަރުކާރުން: މެންބަރު ޝަމްހީދު

900 މިލިއަން ޑޮލަރުގެ ލޯނު ދެއްކި ކަމަށް ބުނާއިރު، 650 މިލިއަން ޑޮލަރުގެ ދަރަނި ނެގީ މިސަރުކާރުން: މެންބަރު ޝަމްހީދު

29 އެޕްރީލު 2026
މިއަދުގެ ހަގީގަތަކީ ގޮންޖެހުންތައް ގިނަވެ، ދުރު ސަރަހައްދުތަކަށް ގޮސް މަސްވެރިންނަށް ރަނގަޅަށް މަސްވެރިކަން ކުރެވޭނެ ގޮތެއް ނެތުން: މައުރޫފް

މިއަދުގެ ހަގީގަތަކީ ގޮންޖެހުންތައް ގިނަވެ، ދުރު ސަރަހައްދުތަކަށް ގޮސް މަސްވެރިންނަށް ރަނގަޅަށް މަސްވެރިކަން ކުރެވޭނެ ގޮތެއް ނެތުން: މައުރޫފް

29 އެޕްރީލު 2026
މަސައްކަތުގެ ސިއްހީ ރައްކާތެރިކަން ކަށާވަރުނުވާތީ އިދާރާތައް މަޖިލީހަށް ހާޒިރުކުރަން އެދެފި

މަސައްކަތުގެ ސިއްހީ ރައްކާތެރިކަން ކަށާވަރުނުވާތީ އިދާރާތައް މަޖިލީހަށް ހާޒިރުކުރަން އެދެފި

29 އެޕްރީލު 2026
ރައްޔިތުންގެ ކުރިމަތީގަ ރައީސް މުއިއްޒުގެ ސަރުކާރު ފަޟީހަތްވެ ބޭޒާރުވުން ނޫންކަމެއް ދެން ނުވާނެ: އައްބާސް

ރައްޔިތުންގެ ކުރިމަތީގަ ރައީސް މުއިއްޒުގެ ސަރުކާރު ފަޟީހަތްވެ ބޭޒާރުވުން ނޫންކަމެއް ދެން ނުވާނެ: އައްބާސް

28 އެޕްރީލު 2026
'އައިޝާ' ޑޮކިއުމަންޓްރީއާ ގުޅިގެން އަދަދު ނޫހަށް ވަދެ، މުދަލާ ތަކެތި ފުލުހުން ގެންގޮސްފައިވާތީ ހުށަހެޅި ކުއްލި މައްސަލަ ބަލައެއްނުގަތް

'އައިޝާ' ޑޮކިއުމަންޓްރީއާ ގުޅިގެން އަދަދު ނޫހަށް ވަދެ، މުދަލާ ތަކެތި ފުލުހުން ގެންގޮސްފައިވާތީ ހުށަހެޅި ކުއްލި މައްސަލަ ބަލައެއްނުގަތް

28 އެޕްރީލު 2026

އަހަރުތަކުން މިއަދު

19 މެއި
"މަގުމައްޗަށް ބުޅާ ސީލުމުގެ މައްސަލަ ހައްލު ނުވާނަމަ، ދެން އެ ސީތައް ގެންދާނީ ރައީސް އޮފީސް ކައިރިއަށް"
20251 އަހަރު ކުރިން
ރާއްޖެ

"މަގުމައްޗަށް ބުޅާ ސީލުމުގެ މައްސަލަ ހައްލު ނުވާނަމަ، ދެން އެ ސީތައް ގެންދާނީ ރައީސް އޮފީސް ކައިރިއަށް"

އާމެނިއަން ޔޫތު އޯޕަންގައި ލައިބާ އަށް ރިހި އަދި ލޯ މެޑަލް
20242 އަހަރު ކުރިން
ކުޅިވަރު

އާމެނިއަން ޔޫތު އޯޕަންގައި ލައިބާ އަށް ރިހި އަދި ލޯ މެޑަލް

ރައީސް ނަޝީދު އުފައްދަވާ އައު ސިޔާސީ ޕާޓީގެ ތަރުޖަމާނަކީ އަފްޝަން
20233 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު އުފައްދަވާ އައު ސިޔާސީ ޕާޓީގެ ތަރުޖަމާނަކީ އަފްޝަން

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ދެވަނަ ސީޒަން ކާމިޔާބު ކުރާނީ ކާކު؟
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ދެވަނަ ސީޒަން ކާމިޔާބު ކުރާނީ ކާކު؟

ތައްޔާރުވީ ދަރިފުޅު ނިންދަވަން, ނިދީ މުޅި އުމުރަށް
20215 އަހަރު ކުރިން
ރިޕޯޓު

ތައްޔާރުވީ ދަރިފުޅު ނިންދަވަން, ނިދީ މުޅި އުމުރަށް

މުރަނގަބަތުގެ ބޮޑު ސިއްރު
20197 އަހަރު ކުރިން
ރިޕޯޓު

މުރަނގަބަތުގެ ބޮޑު ސިއްރު

ލަންޑަންގައި ބޭއްވި މިއުޒިކް އިމްތިހާނުގައި ދިވެހިން އެއްވަނަ ހޯދައިފި
20188 އަހަރު ކުރިން
ރާއްޖެ

ލަންޑަންގައި ބޭއްވި މިއުޒިކް އިމްތިހާނުގައި ދިވެހިން އެއްވަނަ ހޯދައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު