Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

އޭރު ސަޅި، މިހާރު ހުތުރު، ތީތި ކަޑަ!

ވެރިކަމަށް އައުމަށް މިހާރުގެ ޕީއެންސީ އޭރުގެ ޕީޕީއެމުން ލައްކަ މުޒާހަރާ ކުރިއެވެ. އޭރުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔެވެ. ހުތުރު ވެގެންވެސް ނުކިޔާ އެއްޗެއް ނެތެވެ. ރައީސް މުއިއްޒުވެސް އެމުޒާހަރާތަކުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ. އެކަމަކު މިހާރު ކުރާ މުޒާހަރާތައް ސަރުކާރަށް ކަމަކު ނުދިޔައެވެ.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 26 އެޕްރީލު 2026 | އާދީއްތަ 06:14
ޑރ މުއިއްޒު އިންޑިއާ އައުޓް ކެމްޕޭންގައި

ޑރ މުއިއްޒު އިންޑިއާ އައުޓް ކެމްޕޭންގައި | ގޫގުލް

ސޯޝަލް މީޑިޔާގައި އެންމެ ފަތުއަޑުކިޔާފައި މިހާރު ފެތުރޭ އެއް ޕޯސްޓްތަކަކީ ދެ އަންހެނެއްގެ ދެމެދުގައި ބަދަލު ކުރެވޭ ރައްދުތަކެވެ. އެކަކީ ރައީސް ޔާމީނަށް ކުރިން މަރުދިން އަދި މިހާރު މުއިއްޒުގެ ވެރިކަމާއެކު މުއިއްޒަށް މާ ގަދައަށް ތާއީދު ކުރާ މީހެކެވެ. އަނެކަކީ އޭރުވެސް މިހާރުވެސް ޔާމީން ފަޅީގައި ހުރި މީހެކެވެ. ރައްދު ފެށުނީ މިހާރު ކުރާ މުޒާހަރާތަކާއި ގުޅިގެންނެވެ. ޕީއެންއެފްއިން ކުރާ މުޒާހަރާތަކުގެ ހުތުރު ވާހަކައާއި އަންހެނުން އެހެން އުޅުން ރީތިނޫންކަމަށް ބުނެ ކުރިން ޔާމީނަށް ތާއީދުކޮށް މިހާރު މުއިއްޒު ފަޅީގައި ހުރި މީހާ ފޭސްބޫކްގައި ކުރާ ޕޯސްޓެކެވެ. އެއަށް ޔާމީން ފަޅީގައި ހުރި މީހާ ދޭ ރައްދު ގުޅުވާލަނީ ޕީއެންސީއަށް ވަގަށް މީހުން ވެއްދުމަށް އެތައް ބައެއްގެ ނަމުގައި ފޯމުތަކުގައި އިނގިލީގި ނިޝާން ޖެހި މީހަކު، އެފަދަ ވާހަކައެއް ދައްކަން މާ ހުތުރުކަން ބޮޑު ވާހަކައެވެ.

ފެށިގެން މިއުޅެނީ އެއްކަމެއް ކުރިން ކުރި ބައެއްގެ މެދުގައި ފެށިގެން އުޅޭ ވަރުގަދަ ބަހުގެ ހަނގުރާމައެކެވެ. ކުރިން ރަނގަޅުވެ ރީތިވެގެން އުޅުނީވެސް އެމީހުން އެމީހުންނަށެވެ. ކަމުދިޔައީވެސް އެމީހުންނަށެވެ. އޭރުގެ ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާތަކުގެ ފޯރި ހިއްޕުވާލާ މީހުން އެއްކުރުމަށްދިން ހިތްވަރުތަކެވެ. އެކަމަށް ބޭނުން ކުރަމުންދިޔަ ބަސްތަކާއި މައިންދަރިން އެއްތާކު ތިބެގެން ބަލާލަން ނުކެރޭ ޒާތުގެ މަންޒަރުތަކާއި އަދުތަކެވެ. ހިތުން ސަޅި، ބައިމީހުން ގަޔާވި އެމީހުންގެ "ނަލަ" ބަހުރުވައެވެ. އެއްވާމެއްގައި ގޮވި ގޮވެލި ފައްޗާއި ދައްކަމުންދިޔަ ފޮޓޯތަކާއި ވީޑިއޯތައް ހަމަ އެހާމެ ފައްކަލެވެ. ވެރިންނަށާއި ވެރިމީހާއަށް މުޚާތަބު ކުރަމުންދިޔަ ނަންތަކާއި ދެއްކި ކާޓޫނުތައްވެސް އޯކޭއެވެ. ނެރުނު މާލިތަކާއި ވެރިންގެ މޫނު ހިމަނައިގެން އަޅައިގެންދިޔަ މާސްކްތައްވެސް އެމީހުންނަށް އެހާމެ ބަރާބަރެވެ.

މިކަމުގައި މިހާރުގެ ޕީއެންސީ އޭރުގެ ޕީޕީއެމްގެ ވަކި ފަޑިއެއް ނެތެވެ. އެކަމުގައި އުޅުނު އާދައިގެ މީހެއް ހަރުމީހެއް އިސްތިސްނާއެއް ނުވެއެވެ. ޚުދު މިހާރު ރައީސުލް ޖުމްހޫރިއްޔާއަކަށް ހުންނެވި ޑރ މުއިއްޒުވެސް ހުނިޖަހާލާފައި ނަގާ އެއް ފަރާތްކުރެވޭވަރަށްވުރެ ބޮޑަށް އެކަމުގައި ޝާމިލްވެގެން އުޅުއްވިއެވެ. ކޮންމެ ރެއަކު ކުރިއަށްދިޔަ މުޒާހަރާތައް ކޮވިޑްގެ އާލަމީ ވަބައިގެ ނުރައްކަލަކަށްވެސް ބަލާކަށް ބޭނުމެއް ނުވިއެވެ. އެއްވަނީ އެއްވާނެ ތާކަށެވެ ގޮވަނީ ގޮވާނެ އެއްޗެކެވެ. ދެއްކީ ދައްކާނެ އެއްޗެކެވެ. ނެރުނީ ނެރޭނެ މާއްޔެކެވެ. ބޭނުންކުރީ ހިތަށް އެރިއްޔާ އެރި މާސްކެކެވެ. ދައުރުކުރީ ހިތުހުރި ވީޑިއޯ އަކާއި ފޮޓޯއެކެވެ.

މުއިއްޒަށްވެސް އަދި ޕީއެންސީގެ އިސްސަފުގައި މިހާރުތިބި ކުރީގެ ޕީޕީއެމް އިސްވެރިންނަށް އެކަން ވަރަށް ސަޅިއެވެ. ރަށްރަށުގައިތިބި އާއްމުންނަށް އެވެރިންގެ މަޖާގަނޑު ނުލާހިކު ކަމުދިޔައެވެ. އާއްމުންނާ ސަރުކާރާ ޖެއްސުމަށް ބޭނުންކުރި އެއުކުޅުތައް ބަރާބަރެވެ. އެވާހަކަތައް ވައިގައި ހިފިއެވެ. ސަރުކާރާ އޭރުގެ ވެރިންނާމެދު ރައްޔިތުންގެ ހިތްތަކުގައި ހަމަ ރަނގަޅަށް ނަފްރަތު އުފެއްދުނެވެ. ކާމިޔާބުވިއެވެ. ބޮޑުކާމިޔާބެކެވެ. ވެރިކަން ބަދަލު ކުރެވުނީއެވެ.

ބަދަލުވީ މިހާރުއެވެ. ކިޔުނު އެއްޗެހީގެ ސަޅިކަމުގެ ވާހަކަ ދައްކާން ނުކެރުނީ މިހާރުއެވެ. ކުރެވުނު ކަންތައްތަކުގެ މަތިން މިހާރު ރޭކާލައިފިއެވެ. އަރާ ހަމަކުރީމައެވެ. ފޭހުނު އިލޮށިގަނޑު ލޮލަށް އަމާޒުވީމައެވެ. ލެވި ހަޅޭކާއި ދެއްކި މަންޒަރުތައް އެނބުރި އައިސް މީހާ ވާށާލީމައެވެ. ތިމާގެ ވެރިކަމުގައި ކުރެވޭ ކަންކަމުގެ ހަޑި ފޮރުވާން އުނދަގޫވާން ފެށީމައެވެ. ބައިމީހުން ބައިމީހުންނަށް ތަޅާފޮޅުންތައް އިތުރުވާން ފެށީމައެވެ. ހާމަނުވާން ޖެހޭ ވާހަކަތައް ބުޅާގޯނިން ބޭރުވީމައެވެ. އެންމެ ހައިބަތުބޮޑު އިމާރާތުގެ ހަތަުރުފާރު އެތެރޭގައި ހިނގާ ސިއްރު ކަންކަން އެހެން މީހުނާ ހަމައަށް ތިލަވެ ފަޅާއަރަން ފެށީމައެވެ.

މިހާރަކު ކަމަކު ނުދެއެވެ. އާއްމު މިންގަނޑުތަކާ ޚިލާފް ވަނީއެވެ. ރައީސް މުއިއްޒުގެ ބަހުންނަމަ ދީނާ ދުރު މީހުން ކުރާ ޒާތުގެ ކަންކަމަށް ވަނިއެވެ. މީހުންގެ އަބުރާއި ޒާތަށް އެރެނީއެވެ. ޅަދަރިންނަށް އެނގެން ނުވާވަރަށް ހުތުރު ވާހަކަތައް ދެއްކެނީއެވެ. އެކަމަކު އެއީ މިހާރުއެވެ. ކުރިން އޯކޭވެ ސަޅިވި ކަންކަން އޭގެ އަނެއްކޮޅަށް ޖެހީމައެވެ.

ކޮންމެއަކަސް މިހާރު ކުރިއަށްދާ މުޒާހަރާތަކާއި ސަރުކާރަށް ކިޔާ ފާޑުތައް އެއްގޮތަކަށްވެސް ސަރުކާރުގެ ބޮޑުންނަށާއި ޚުދު ރައީސް މުއިއްޒަކަށް ކަމަކު ނުދިޔައެވެ. އެއްވުންވެސް ކަމަކު ނުދެއެވެ. އޭރުގެ ސަޅިކަން މިހާރު ހުތުރެވެ. ކޮށްގެން ވާނެ ކަމެއް ނޫންކަމަށާއި އެކަމުން އެހެން މީހުންނަށް ގެއްލުންވެ އަދި ހަމަނުޖެހުންތަކަށް ބާރު ލިބިދޭކަމަށް ބުނެ މުށުތެރޭގައި އޮތް ހިއުމަންރައިތްސް ކޮމިޝަނުންވެސް ބޮޑު ބަޔާނަކުން އެންގީއެވެ. ކުރިން ސަޅިކަން ހުތުރުވީއެވެ. އެކަމަކު މިހާރުގެ ބަހުންނަމަ ތީތި ކަޑައެވެ.

ރައީސް ޔާމިންޑރ. މުއިއްޒުޕީއެންސީޕީއެންއެފްޕީޕީއެމްއިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަރުގެ އޮފީސް

ކޮމެންޓް

އިތުރަށް ކިޔާލަން

ސިއްހީ ނިޒާމު ފެއިލް ކޮށްލާ، ދިވެހިރައްޔިތުންގެ ފުރާނަ އަކީ ސަރުކާރުގެ ކުރިމަތީ ގައި އަގެއް ނެތް އެއްޗަކަށް ވެއްޖެ.

ސިއްހީ ނިޒާމު ފެއިލް ކޮށްލާ، ދިވެހިރައްޔިތުންގެ ފުރާނަ އަކީ ސަރުކާރުގެ ކުރިމަތީ ގައި އަގެއް ނެތް އެއްޗަކަށް ވެއްޖެ.

24 އެޕްރީލު 2026
ލެބޯޓަރީގެ ޚިދުމަތް ދެވޭނެ އިންތިޒާމެއް ނެތި، ބ. ދޮންފަނުުގެ ސިއްހީ މަރުކަޒަށް އިންތިހާބާ ދިމާކޮށް ލެބޯޓަރީ ޓެކްނީޝަނެއް ނެގިކަން ހާމަވެއްޖެ

ލެބޯޓަރީގެ ޚިދުމަތް ދެވޭނެ އިންތިޒާމެއް ނެތި، ބ. ދޮންފަނުުގެ ސިއްހީ މަރުކަޒަށް އިންތިހާބާ ދިމާކޮށް ލެބޯޓަރީ ޓެކްނީޝަނެއް ނެގިކަން ހާމަވެއްޖެ

22 އެޕްރީލު 2026
ރައީސް މުއިއްޒު ލީޑް ކުރެއްވި މާލެ ސިޓީ އިން ރެފަރަންޑަމަށް ނޫނެކޭ ރައްޔިތުން ވިދާޅުވީ އެމަނިކުފާނަށް މަސައްކަތް ނުކުރެވިގެންތޯ ސުވާލުކުރުމުން މުޅި ވާހަކަ އޮޅުވާލައްވައިފި

ރައީސް މުއިއްޒު ލީޑް ކުރެއްވި މާލެ ސިޓީ އިން ރެފަރަންޑަމަށް ނޫނެކޭ ރައްޔިތުން ވިދާޅުވީ އެމަނިކުފާނަށް މަސައްކަތް ނުކުރެވިގެންތޯ ސުވާލުކުރުމުން މުޅި ވާހަކަ އޮޅުވާލައްވައިފި

20 އެޕްރީލު 2026
ކުރީގެ ރައީސް ނަޝީދު ހުށަހެޅުއްވި '' ބޮޑެތި ބަދަލުތަކެއް ގެނައުމުގެ މަޝްވަރާއަށް'' ރައީސް މުއިއްޒު ދެކޮޅު ހައްދަވައިފި

ކުރީގެ ރައީސް ނަޝީދު ހުށަހެޅުއްވި '' ބޮޑެތި ބަދަލުތަކެއް ގެނައުމުގެ މަޝްވަރާއަށް'' ރައީސް މުއިއްޒު ދެކޮޅު ހައްދަވައިފި

20 އެޕްރީލު 2026
އެމްޑީޕީ މުޒާހަރާގައި ރޭ ވެސް ފުލުހުންގެ ފަރާތުން ފެނުނީ ހާލަތާއި ނުބައްދަލު މިންވަރަށް ބާރުގެ ބޭނުންކޮށް ހިފެހެއްޓިތަން

އެމްޑީޕީ މުޒާހަރާގައި ރޭ ވެސް ފުލުހުންގެ ފަރާތުން ފެނުނީ ހާލަތާއި ނުބައްދަލު މިންވަރަށް ބާރުގެ ބޭނުންކޮށް ހިފެހެއްޓިތަން

19 އެޕްރީލު 2026

އަހަރުތަކުން މިއަދު

25 އެޕްރީލު
މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!
20233 އަހަރު ކުރިން
ކުޅިވަރު

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ
20224 އަހަރު ކުރިން
ދުނިޔެ

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި
20215 އަހަރު ކުރިން
ދުނިޔެ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!
20188 އަހަރު ކުރިން
ރިޕޯޓު

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު