Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައްޔިތުންގެ މަޖިލިސް

ނިމުނު އިންތިޚާބުގައި ޕީއެސްއެމް ފެނުނީ ޕީއެންސީގެ މީޑިއާ ވިންގް އެއްގެ ގޮތުގައި: މީކާއިލް

ދައުލަތުގެ މީޑިއާ، ޕީއެސްއެމް އިން ވަކި ފަރާތަކަށް ޖެހި، އިދިކޮޅު ޕާޓީތަކަށް ހަމަހަމަ ފުރުސަތު ނުދޭ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައި ބަހުސްކޮށްފި. މި ގަރާރުގައި ޕީއެސްއެމް އިން ގާނޫނާ ޚިލާފަށް ސަރުކާރު ޕްރޮމޯޓްކޮށް، އިންތިޚާބުތަކާ ގުޅޭ ސައްހަ ނޫން މައުލޫމާތު ފަތުރާފައިވާ ކަމުގެ ތުހުމަތު ވަނީ ކޮށްފަ. އެހެންކަމުން، ސިޔާސީ ނުފޫޒުން އެއްކިބާވެ، ހުރިހާ ޕާޓީތަކަކަށް ހަމަހަމަ ފުރުސަތު ދިނުމަށް މި ގަރާރުގައި ވަނީ ގޮވާލާފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 27 އެޕްރީލު 2026 | ހޯމަ 07:15
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް | މަޖިލިސް

އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ އިތުރުން ރެފަރެންޑަމް ވޯޓުގައި ދައުލަތުގެ މީޑިއާ، ޕަބްލިކް ސަރވިސް މީޑިއާ ފެނިގެން ދިޔައީ ސަރުކާރު ހިންގާ ޕީއެންސީގެ މީޑިއާ ވިންގް އެއްގެ ގޮތުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް ވިދާޅުވެއްޖެ އެވެ. 

ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޕީއެސްއެމް އިން ސިޔާސީ ޕާޓީތަކުގެ މެދުގައި ތަފާތު ކޮށް، ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގެ ފުރުސަތު، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ދީފައި ނުވާތީ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރުގެ ބަހުސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. 

Advertisement - newsAdvertisement

އެ ގަރާރަށް ބަހުސް ކުރައްވަމުން މީކާއިލް ވިދާޅުވީ މި ސަރުކާރު އައި ފަހުން ޕީއެސްއެމްގެ އެމްޑީން ގެ ގޮތުގައި ތިއްބެވި ބޭފުޅުން ތިން ފަހަރު ބަދަލު ވެއްޖެ ކަމަށެވެ. އެހެން ނަމަވެސް ބޮޑުންނަށް ގެންނަ ބަދަލަކުން ޕީއެސްއެމް އިން ކުރަމުންދާ ކަމަކަށް ބަދަލު ނާންނަ ކަމަށާ ޕީއެސްއެމް އަދި ވެސް ހަމަ އޮތީ ޕީއެސްއެމް ގެ ގޮތުގައި ކަމަށް މެންބަރު ވިދާޅުވި އެވެ. 

އެގޮތުން މުޅި އިންތިޚާބުގައި ފެނިގެން ދިޔައީ ޕީއެސްއެމް އަކީ ޕީއެންސީގެ މީޑިއާ ވިންގް އެއްގެ ގޮތުގައި ބޭނުންކުރެވިގެން ދިޔަ މަންޒަރު ކަމަށް ވެސް މީކާއިލް ވިދާޅުވި އެވެ. 

ވަކި އަތަކަށް ބުރަވެ، މުޅި އިންތިޚާބު އެކީ އެ ނިންމާލީ އާނއެކޭ ކެމްޕެއިންގަ. އެކަމު ނިމުނު އިރު ބުނީ ނޫނެކޭ. ޕީއެސްއެމް އަށް ވެސް ނޫނެކޭ. އަދި ވަކި ފަރާތަކަށް ޖެހިގެން ސިޔާސީ މަންފާ ހާސިލުކުރުމަށް، މާލީ މަންފާ ހާސިލު ކުރުމަށް ދިވެހިރާއްޖޭގެ މާލިއްޔަތުން ޚަރަދު ކޮށްގެން ޕީއެސްއެމްގެ މީޑިއާ އިން އެކި މީހުންނަށް ޕްރޮމޯޝަން ބެހުމާ، އެކި މީހުންނަށް ޕްރޮމޯޝަން ހިންގަދިނުމަށް ދިވެހި ރައްޔިތުން ބުނީ ނޫނެކޭ. 
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް

އެ ގަރާރުގައި ބުނީ ޕީއެސްއެމްގެ މަގްސަދަކީ ގާނޫނުގައި ކަނޑައަޅާފައިވާ އާންމު އުސޫލުތަކާ ސިޔާސަތުތަކުގެ ތެރޭގައި ނުފޫޒުން އެއްކިބާވެފައިވާ އަދި އެޑިޓޯރިއަލް މިނިވަންކަން ލިބިފައިވާ ދިވެހިރާއްޖޭގެ އެންމެހައި ސަރަހައްދުތަކަށް ޚިދުމަތް ފޯރުކޮށްދޭ ގައުމީ މީޑިއާއެއްގެ ގޮތުގައި ދެމިއޮތުން ކަމަށެވެ.

އެގޮތުން ޕަބްލިކް ސަރވިސް މީޑިއާގެ ގާނޫނުގެ 5 ވަނަ މާއްދާގެ (ކ) ގައި ދައުލަތުގެ މީޑިއާގެ ސިޔާސަތުތަކުގެ ގޮތުގައި ރައްޔިތުންގެ މެދުގައި އެއްވެސް ތަފާތުކުރުމެއް ނެތި ޕަބްލިކް ސަރވިސް މީޑިއާގެ ޚިދުމަތް ފޯރުކޮށްދެމުން ދިއުމަށް މަސައްކަތް ކުރުމާ ޕަބްލިކް ސަރވިސް މީޑިއާ އިން ވަކިވަކި ފަރުދުންނާ އެކި ޖަމާއަތްތަކަށް ފުރުސަތު ދިނުމުގައި ވެސް ހަމަހަމަކަން ގާއިމް ކުރުމަށް މަސައްކަތްކުރުން ކަން ކަނޑައަޅައި ބަޔާން ކޮށްފައިވާ ކަމަށް ގަރާރުގައި ވެ އެވެ.

ގަރާރުގައި ބުނީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބާއްވާގޮތަށް ހަމަޖެއްސުމަށް ރައްޔިތުން ރުހޭތޯ ބެލުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނަގައި ނިމުނު އިރުވެސް އެކަމާ ބެހޭ ފުރިހަމަ މައުލޫމާތު އެކަށީގެންވާ މިންވަރަށް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ފުރުސަތު ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އަށް ލިބިފައި ނުވާ ކަމަށެވެ. 

އޭގެ އިތުރުން 4 އޭޕްރީލް ގައި ބޭއްވުނު ލޯކަން ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ  އިންތިޚާބުގެ އެންމެ ގިނަ ވޯޓު ކާމިޔާބު ކޮށްފައިވަނީ ވެރިކަންކުރާ ޕާޓީން ކަމަށް ބުނެ ދައުލަތުގެ ބްރޯޑްކާސްޓަރު ޕަބްލިކް ސަރވިސް މީޑިއާ ގައި ޚަބަރު ޝާއިއުކޮށް، ކަނޑައެޅިގެން ސައްހަ ނޫން މައުލޫމާތު އާންމު ރައްޔިތުންނަށް ފޯރުކޮށްދީފައިވާ ކަން ވެސް ގަރާރުގައި ވަނީ ފާހަގަ ކޮށްފަ އެވެ. 

މީކާއިލް އަހުމަދު ނަސީމްޕަބްލިކް ސަރވިސް މީޑިއާޕީއެންސީއެމްޑީޕީލޯކަލް ކައުންސިލް އިންތިޚާބު 2026ރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

މީޑިއާ ތަކަށް އަރައި ބޭސް ގެނަސްފީމޭ، ކުންފުނި އުފައްދައިފީމޭ ސަރުކާރުން ބުންޏަސް، ރައްޔިތުންނަށް ބޭސް ނުލިބޭނަމަ އެކަން ގަބޫލު ނުކުރާނެ: ފުވައްމުލަކު މޭޔަރު

މީޑިއާ ތަކަށް އަރައި ބޭސް ގެނަސްފީމޭ، ކުންފުނި އުފައްދައިފީމޭ ސަރުކާރުން ބުންޏަސް، ރައްޔިތުންނަށް ބޭސް ނުލިބޭނަމަ އެކަން ގަބޫލު ނުކުރާނެ: ފުވައްމުލަކު މޭޔަރު

26 އެޕްރީލު 2026
މޭޔަރު އާޒިމް އަށް ހަމަލާ ދިންތާ އެއް ދުވަސް ފަހުން އެ މައްސަލަ ތަހުގީގު ކުރާ ކަމަށް ފުލުހުން ބުނެފި

މޭޔަރު އާޒިމް އަށް ހަމަލާ ދިންތާ އެއް ދުވަސް ފަހުން އެ މައްސަލަ ތަހުގީގު ކުރާ ކަމަށް ފުލުހުން ބުނެފި

26 އެޕްރީލު 2026
އޭރު ސަޅި، މިހާރު ހުތުރު، ތީތި ކަޑަ!

އޭރު ސަޅި، މިހާރު ހުތުރު، ތީތި ކަޑަ!

26 އެޕްރީލު 2026
މުޒަަހަރާގައި އުމުރުން ދުވަސްވީ މީހެއްގެ ޚާއްސަ މެސެޖެއް ރައީސް މުއިއްޒު އަށް

މުޒަަހަރާގައި އުމުރުން ދުވަސްވީ މީހެއްގެ ޚާއްސަ މެސެޖެއް ރައީސް މުއިއްޒު އަށް

25 އެޕްރީލު 2026
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކޮންމެ ބޭފުޅަކު ކާމިޔާބުކުރެއްވި ނަމަވެސް، އެމީހެއްގެ ފަހަތުގައި ގަދަކޮށް ހުންނާނަން: މީކާއިލް

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކޮންމެ ބޭފުޅަކު ކާމިޔާބުކުރެއްވި ނަމަވެސް، އެމީހެއްގެ ފަހަތުގައި ގަދަކޮށް ހުންނާނަން: މީކާއިލް

25 އެޕްރީލު 2026

އަހަރުތަކުން މިއަދު

26 އެޕްރީލު
ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި
20251 އަހަރު ކުރިން
ރާއްޖެ

ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!
20233 އަހަރު ކުރިން
ރިޕޯޓު

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!
20224 އަހަރު ކުރިން
ކުޅިވަރު

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ
20197 އަހަރު ކުރިން
ރިޕޯޓު

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި
20188 އަހަރު ކުރިން
ރާއްޖެ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު