Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަސްމާ ރަޝީދު

އިޖުތިމާއީ ކޮމިޓީގެ މުގައްރިރުކަމަށް އަނެއްކާ ވެސް އަސްމާ

ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މުގައްރިރުކަމުން މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުސްތަފާ އިބްރާހީމް އިސްތިއުފާ ދެއްވުމާ ގުޅިގެން، އެ މަގާމަށް އަސްމާ ރަޝީދު އަލުން ވަނީ އައްޔަންކުރައްވާފަ.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް | 30 އެޕްރީލު 2026 | ބުރާސްފަތި 01:43
މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު

މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު

ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މެންބަރުކަމަށް އަނެއްކާ ވެސް މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު ހަމަޖައްސައި އޭނާ އަށް އެ ކޮމިޓީގެ މުގައްރިރުކަން ދީފި އެވެ. 

ޕީއެންސީގެ މެންބަރު އަސްމާ ކޮމިޓީގައި ހިމަނައި އެކަން މަޖިލީހުގެ ޖަލްސާގައި ވަނީ ރަސްމީކޮށް އިއުލާންކޮށްފަ އެވެ. 

Advertisement - newsAdvertisement

20 ވަނަ ރައްޔިތުންގެ މަޖިލީހުގައި އަސްމާ ވަނީ މީގެ ކުރިން ވެސް އިޖުތިމާއީ ކޮމިޓީގެ މުގައްރިރުކަން އަދާކުރައްވާފަ އެވެ. އެ މަޤާމުން އަސްމާ ކުރިން ވަކިކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޕްރޮގްރާމެއްގައި، ސުވާލުކުރަން ބޭނުން ނަމަ އެކަން އަންގާ ދާއިރާގެ މެންބަރުންނަށް އަސްމާ ފޮނުވި މެސެޖެއްގެ މައްސަލަ ފެންމަތިވެފައި ވަނިކޮށެވެ. އެކަމާއި މެދު އަސްމާ އޭރު މަޢާފަށް ވެސް އެދިވަޑައިގެންނެވި އެވެ. 

އަސްމާ އަލުން މުގައްރިރުކަމަށް އައްޔަންކުރީ، އެ މަގާމުގައި ހުންނެވި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހީމް އެ މަޤާމުން އިސްތިއުފާދެއްވުމުންނެވެ.  ކޮމިޓީގެ ރިޔާސަތާ ހަވާލުވެވަޑައިގަތުމަށް ފަހު އަސްމާ ވަނީ އަބަދުވެސް ބޭނުންފުޅުވީ އެ ކޮމިޓީގައި މަސައްކަތް ކުރަން ކަމަށް ވެސް ވިދާޅުވެފަ އެވެ.  

އަސްމާ އަށް އަލުން އެ ކޮމިޓީގެ މުގައްރިރުކަން ދީފައި ވާ އިރު ދާދި ފަހުން ޕީއެންސީ އަށް ވޯޓު ނުދިނުމަަށް ހިތްވަރުދީ އަސްމާ ވާހަކަދައްކަވާ އަޑު އިވޭ ކަމަށް ބުނާ އޯޑިއޯ އެއް ލީކުވި މައްސަލަ އެއް ވަނީ ފެންމަތިވެފަ އެވެ. 

އަސްމާ ރަޝީދުމާފަންނު މެދުރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީޕީއެންސީޑރ. މުޙައްމަދު މުޢިއްޒުމުހައްމަދު މުސްތަފާ އިބްރާހީމް

އިތުރަށް ކިޔާލަން

29 އެޕްރީލު 2026

ސިނާންގެ ޓިކެޓް އަތުލާފައި ދިނީ ސޮޑާ އަށް

29 އެޕްރީލު 2026
ސިނާންގެ ޓިކެޓް އަތުލާފައި ދިނީ ސޮޑާ އަށް
29 އެޕްރީލު 2026

ޚަރަދުކުޑަކުރުމާއި ސިޔާސީ މުވައްޒަފުން މަދުކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތަފްސީލް ވަޒީރުންނަށް ހިއްސާކޮށެއް ނުދެވުނު

29 އެޕްރީލު 2026
ޚަރަދުކުޑަކުރުމާއި ސިޔާސީ މުވައްޒަފުން މަދުކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތަފްސީލް ވަޒީރުންނަށް ހިއްސާކޮށެއް ނުދެވުނު
29 އެޕްރީލު 2026

ހިތަދޫ އުތުރު ދާއިރާ ޕީއެންސީ ޕްރައިމަރީ ކާމިޔާބު ކުރި ކުރީގެ އެމްޕީ ސިނާނުގެ ޓިކެޓް އަތުލައިފި

29 އެޕްރީލު 2026
ހިތަދޫ އުތުރު ދާއިރާ ޕީއެންސީ ޕްރައިމަރީ ކާމިޔާބު ކުރި ކުރީގެ އެމްޕީ ސިނާނުގެ ޓިކެޓް އަތުލައިފި
28 އެޕްރީލު 2026

ރައްޔިތުންގެ ކުރިމަތީގަ ރައީސް މުއިއްޒުގެ ސަރުކާރު ފަޟީހަތްވެ ބޭޒާރުވުން ނޫންކަމެއް ދެން ނުވާނެ: އައްބާސް

28 އެޕްރީލު 2026
ރައްޔިތުންގެ ކުރިމަތީގަ ރައީސް މުއިއްޒުގެ ސަރުކާރު ފަޟީހަތްވެ ބޭޒާރުވުން ނޫންކަމެއް ދެން ނުވާނެ: އައްބާސް
28 އެޕްރީލު 2026

ބޮންޑާ ރައީސް މުއިއްޒަށް ތިއީ "މުނާފިގުކަމުގެ ސިފަހުރި ވެރިއެއް"

28 އެޕްރީލު 2026
ބޮންޑާ ރައީސް މުއިއްޒަށް ތިއީ "މުނާފިގުކަމުގެ ސިފަހުރި ވެރިއެއް"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު