Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ

ފީފާގެ ރައީސް ކަމުގެ ހަތަރު ވަނަ ދައުރަކަށް އިންފަންޓީނޯ އިންތިޚާބު ކުރަން އޭޝިއާ އަދި އެފްރިކާ އިން ތާއީދު ކޮށްފި

4 މެއި 2026 | ހޯމަ 05:21

ކާފް އިން ބުނީ، 2027 ވަނަ އަހަރު ބާއްވާ އިންތިޚާބުގައި އިންފަންޓީނޯ އަށް ތާއީދު ކުރުމަށް އެ އިދާރާގެ ހުރިހާ މެމްބަރުން އިއްތިފާގުވެފައިވާ ކަމަށް. މީގެ އިތުރުން ކުރިއަށް އޮތް ދައުރަށް އިންފަންޓީނޯ ކުރިމަތިލައްވާއިރު، އޭޝިއާގެ ފުރިހަމަ ތާއީދު އޭނާ އަށް އޮންނާނެ ކަމަށް އޭއެފްސީގެ ރައީސް ޝައިޚް ސަލްމާން ވަނީ ވިދާޅުވެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 4 މެއި 2026 | ހޯމަ 05:21
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ.

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ. | ރޮއިޓާސް

ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ)ގެ ރައީސް ކަމުގެ ހަތަރު ވަނަ ދައުރަަކަށް ޖިއާނީ އިންފަންޓީނޯ އިންތިޚާބު ކުރަން، އޭޝިއާ އާއި އެފްރިކާގެ ފުޓުބޯޅަ ކޮންފެޑަރޭޝަން ތަކުން ފުރިހަަމަ އަށް ތާއީދު ކޮށްފި އެވެ. 

މިދިޔަ ބުރާސްފަތި ދުވަހު ކެނެޑާގެ ވެންކޫވަރުގައި ބޭއްވި ފީފާގެ ކޮންގްރެސްގައި އިންފަންޓީނޯ ވަނީ، ހަތަރު ވަނަ ދައުރަަކަށް ވާދަ ކުރައްވާނެ ކަމަށް އިއުލާން ކުރައްވައިފަ އެވެ.

ކޮންފެޑަރޭޝަން އޮފް އެފްރިކް ފުޓުބޯޅަ (ކާފް) އިން ބުނީ، 2027 ވަނަ އަހަރު ބާއްވާ އިންތިޚާބުގައި އިންފަންޓީނޯ އަށް ތާއީދު ކުރުމަށް އެ އިދާރާގެ ހުރިހާ މެމްބަރުން އިއްތިފާގުވެފައިވާ ކަމަށެވެ. ކާފްގެ އިތުރުން، އޭޝިއަން ފުޓުބޯޅަ ކޮންފެޑަރޭޝަން (އޭއެފްސީ) އިން ވަނީ އިންފަންޓީނޯ އަށް ތާއީދު ކުރާނެ ކަމަށް ހާމަ ކޮށްފަ އެވެ. 

އޭއެފްސީގެ ރައީސް ޝައިޚް ސަލްމާން ބިން އިބްރާހީމް އަލް ޚަލީފާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ފީފާ މިހާރު އޮތީ ތާރީޚުގައި ވެސް އެންމެ ވަރުގަދަ ޙާލަތުގައި ކަމަށެވެ. އެއާ އެކު 2027 ވަނަ އަހަރުން ފެށިގެން، 2031 ވަނަ އަހަރުގެ ނިޔަލަށް އޮންނަ ދައުރަށް އިންފަންޓީނޯ ކުރިމަތިލައްވާއިރު، އޭޝިއާގެ ފުރިހަމަ ތާއީދު އޭނާ އަށް އޮންނާނެ ކަމަށް ޝައިޚް ސަލްމާން ވަނީ ވިދާޅުވެފަ އެވެ.

ފީފާގެ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 211 މެމްބަރު ޤައުމުގެ ތެރެއިން، 101 ވޯޓު ނިސްބަތް ވަނީ އެފްރިކާ އާއި އޭޝިއާ ސަރަހައްދަށެވެ. މީގެ އިތުރުން ދެކުނު އެމެރިކާގެ ފުޓުބޯޅަ އިދާރާ (ކޮންމެބޯލް)ގެ 10 ވޯޓު ވެސް އިންފަންޓީނޯ އަށް ވަނީ ކަށަވަރުވެފަ އެވެ. 

ކޮރަޕްޝަންގެ މައްސަލަ ތަކެއްގައި ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓާ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން، އެންމެ ފުރަތަމަ ފީފާގެ ރައީސް ކަމަށް އިންފަންޓީނޯ އިންތިޚާބު ވެފައި ވަނީ 2016 ވަނަ އަހަރު އެވެ. އޭގެ ފަހުން 2019 ވަނަ އަހަރު ދެ ވަނަ ދައުރެއް އޭނާ ހޯއްދެވިއިރު، ތިން ވަނަ ދައުރެއް ހޯއްދެވީ 2023 ވަނަ އަހަރު އެވެ. 

ފީފާގެ ޤަވާއިދު ބުނާ ގޮތުން ރައީސްކަން ކުރެވޭނީ އެންމެ ގިނަ ވެގެން ތިން ދައުރަށެވެ. ނަމަވެސް، 2016 އިން 2019 އަށް އޭނާ ފުރިހަމަ ކުރެއްވި ފުރަތަމަ ދައުރަކީ، ކުރީގެ ރައީސް ބްލެޓާގެ ދައުރުގެ ބާކީ ބައި ކަމަށް ނިންމައި، އެއީ ފުރިހަމަ ދައުރެއްގެ ގޮތުގައި ނުގުނުމަށް ފީފާ އިން ވަނީ ނިންމައިފަ އެވެ. އެހެންކަމުން، އަންނަ އަހަރު ބާއްވާ ފީފާގެ އިންތިޚާބުގައި ވާދަ ކުރުމުގެ ފުރުސަތު އިންފަންޓީނޯ އަށް ވަނީ ފަހިވެފަ އެވެ.

އިންފަންޓީނޯގެ ދައުރުގައި ފީފާގެ އާމްދަނީ ވަނީ ރެކޯޑު މިންވަރަކަށް އިތުރުވެފަ އެވެ. އެގޮތުން މިއަހަރުގެ ފީފާ ވޯލްޑް ކަޕް އިން 13 ބިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާ ކުރެވޭއިރު، ފީފާ ފޯވާޑް ޕްރޮގްރާމްގެ ދަށުން މެމްބަރު ޤައުމު ތަކަށް ދޭ އެހީ ވެސް ވަނީ އަށް ގުނަ އަަށް އިތުރު ކޮށްފަ އެވެ. އެގޮތުން 2027 ވަނަ އަހަރުން ފެށިގެން، 2030 ވަނަ އަހަރަށް މެމްބަރު ޤައުމު ތަކަށް 2.7 ބިލިއަން އެމެެރިކާ ޑޮލަރު ބެހުމަށް ވަނީ ނިންމައިފަ އެވެ. 

މި ކާމިޔާބީތަކާ އެކު ވެސް، އިންފަންޓީނޯ އަށް ގިނަ ބައެއްގެ ފާޑު ކިޔުންތައް އަމާޒުވެ އެވެ. އޭގެ ތެރޭގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ އޮންނަ ގާތް ގުޅުމާއި، ވޯލްޑް ކަޕްގެ ޖާގަ 48 ޓީމަށް ބަދަލު ކުރުން އަދި 32 ޓީމު ހިމެނޭ ކުލަބު ވޯލްޑް ކަޕް ތައާރަފު ކުރުން ހިމެނެ އެވެ. ޚާއްސަކޮށް، އެމެރިކާގެ ރައީސް ޓްރަމްޕް އަށް ފީފާގެ ސުލްޙައިގެ އިނާމު ދިނުމާ ގުޅިގެން އިންފަންޓީނޯ އަށް އެތައް ފާޑު ކިޔުމެއް ކުރިމަތިވި އެވެ. އެގޮތުން ސިޔާސީ ގޮތުން ވަކި ފަރާތަކަށް ނުޖެހޭ ހަމަހަމަ މިންގަނޑުން ފީފާ ބޭރުވެފައިވާ ކަމަށް ބުނެ، ފީފާގެ އެތިކްސް ކޮމެޓީ އަށް މައްސަލަ ވެސް ހުށަހަޅާފައިވެ އެވެ.

ފީފާޖިއާނީ އިންފަންޓީނޯކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓުބޯޅަ (ކާފް)އޭޝިއަން ފުޓްބޯޅަ ކޮންފެޑެރޭޝަން

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

އިތުރަށް ކިޔާލަން

28 އެޕްރީލު 2026

ވޯލްޑް ކަޕްގެ އިނާމު ފައިސާގެ އަދަދު ބޮޑު ކުރަން ފީފާ އިން ވިސްނަނީ

28 އެޕްރީލު 2026
ވޯލްޑް ކަޕްގެ އިނާމު ފައިސާގެ އަދަދު ބޮޑު ކުރަން ފީފާ އިން ވިސްނަނީ
26 މާރިޗު 2026

ސެނެގާލް އަތުން ޗެމްޕިއަންކަން އަތުލަން ނިންމި މައްސަލަ ކާސް އަށް ހުށަޅައިފި

26 މާރިޗު 2026
ސެނެގާލް އަތުން ޗެމްޕިއަންކަން އަތުލަން ނިންމި މައްސަލަ ކާސް އަށް ހުށަޅައިފި
24 މާރިޗު 2026

މެކްސިކޯ އަށް މެޗުތައް ބަދަލު ކުރުމަށް އީރާން އިން އެދުނު ނަމަވެސް، ފީފާ އިން އެ ފުރުސަތު ނުދިން

24 މާރިޗު 2026
މެކްސިކޯ އަށް މެޗުތައް ބަދަލު ކުރުމަށް އީރާން އިން އެދުނު ނަމަވެސް، ފީފާ އިން އެ ފުރުސަތު ނުދިން
21 މާރިޗު 2026

ފީފާ އިން އިޒްރޭލް އަށް އެޅި ފިޔަވަޅަކީ ޖޫރިމަނާ ކުރުމާ އެކު، ދަނޑުގައި ބެނާއެއް ދެމުމަށް

21 މާރިޗު 2026
ފީފާ އިން އިޒްރޭލް އަށް އެޅި ފިޔަވަޅަކީ ޖޫރިމަނާ ކުރުމާ އެކު، ދަނޑުގައި ބެނާއެއް ދެމުމަށް
18 މާރިޗު 2026

ދެ މަސް ފަހުން ފައިނަލް މެޗުގެ ނަތީޖާ ބަދަލުކޮށް، ސެނެގާލް އަތުން ޗެމްޕިއަންކަން އަތުލައި މޮރޮކޯ އަށް ދީފި

18 މާރިޗު 2026
ދެ މަސް ފަހުން ފައިނަލް މެޗުގެ ނަތީޖާ ބަދަލުކޮށް، ސެނެގާލް އަތުން ޗެމްޕިއަންކަން އަތުލައި މޮރޮކޯ އަށް ދީފި
14 މާރިޗު 2026

ވޯލްޑް ކަޕް އިން އީރާން ބޭރު ކުރުމުގެ ބާރު ޓްރަމްޕް އަށް ނެތް ކަމަށް ބުނެފި

14 މާރިޗު 2026
ވޯލްޑް ކަޕް އިން އީރާން ބޭރު ކުރުމުގެ ބާރު ޓްރަމްޕް އަށް ނެތް ކަމަށް ބުނެފި
13 މާރިޗު 2026

އެފްއޭއެމްގެ އެކައުންޓުން ނަގުދު ފައިސާ ނަގާފައިވަނީ އެ ފައިސާ ގެއްލުމަށް މަގުފަހިކުރުމުގެ ގޮތުން: އޮޑިޓް

13 މާރިޗު 2026
އެފްއޭއެމްގެ އެކައުންޓުން ނަގުދު ފައިސާ ނަގާފައިވަނީ އެ ފައިސާ ގެއްލުމަށް މަގުފަހިކުރުމުގެ ގޮތުން: އޮޑިޓް
12 މާރިޗު 2026

އީރާން އިން ވޯލްޑް ކަޕްގައި ބައިވެރި ނުވާން ނިންމާފައިވާ ކަމަށް، އެ ޤައުމުގެ ކުޅިވަރު ވަޒީރު ވިދާޅުވެއްޖެ

12 މާރިޗު 2026
އީރާން އިން ވޯލްޑް ކަޕްގައި ބައިވެރި ނުވާން ނިންމާފައިވާ ކަމަށް، އެ ޤައުމުގެ ކުޅިވަރު ވަޒީރު ވިދާޅުވެއްޖެ
04 މާރިޗު 2026

އީރާނުން ވޯލްޑް ކަޕް ނުކުޅެން ވިސްނަނީ، ޓްރަމްޕް ވިދާޅުވީ އެއީ އޭނާއާ ބެހޭ ކަމެެއް ނޫން ކަމަށް!

04 މާރިޗު 2026
އީރާނުން ވޯލްޑް ކަޕް ނުކުޅެން ވިސްނަނީ، ޓްރަމްޕް ވިދާޅުވީ އެއީ އޭނާއާ ބެހޭ ކަމެެއް ނޫން ކަމަށް!
26 ފެބުރުއަރީ 2026

މެކްސިކޯގެ ހަމަނުޖެހުންތަކާ އެކު ވެސް، ކާމިޔާބުކަމާ އެކު ވޯލްޑް ކަޕް ބޭއްވޭނެ ކަމުގެ އިތުބާރު އިންފަންޓީނޯ އަށް އެބަ އޮތް

26 ފެބުރުއަރީ 2026
މެކްސިކޯގެ ހަމަނުޖެހުންތަކާ އެކު ވެސް، ކާމިޔާބުކަމާ އެކު ވޯލްޑް ކަޕް ބޭއްވޭނެ ކަމުގެ އިތުބާރު އިންފަންޓީނޯ އަށް އެބަ އޮތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް