Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެފްއޭއެމް ފައިސާ ގެއްލުން

އެފްއޭއެމްގެ އެކައުންޓުން ނަގުދު ފައިސާ ނަގާފައިވަނީ އެ ފައިސާ ގެއްލުމަށް މަގުފަހިކުރުމުގެ ގޮތުން: އޮޑިޓް

އެފްއޭއެމްގެ ބިމުން ލިބުނު ކުލީގެ ފައިސާ އާއި ބޭންކް އެކައުންޓްތަކުން ބޮޑެތި އަދަދުތަކުން ނަގުދު ފައިސާ ނަގާފައިވަނީ އެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމަށް މަގުފަހިވާ ގޮތަށް ކަމަށް އޮޑިޓް ރިޕޯޓުން ވަނީ ހާމަވެފައި. މި މުއާމަލާތްތަކާ ގުޅޭ އެއްވެސް ލިޔެކިޔުމެއް ފެންނަން ނެތްއިރު، މިއީ ފީފާގެ ހަރުދަނާ ހިންގުމުގެ އުސޫލުތަކާ ޚިލާފަށް އެ އިދާރާގެ މެނޭޖްމަންޓުން ހިންގާފައިވާ ކަންކަން ކަމަށްވެސް ރިޕޯޓުގައި ފާހަގަކޮށްފައިވޭ.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 13 މާރިޗު 2026 | ހުކުރު 08:36
ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މައި އިދާރާ

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މައި އިދާރާ | ވީނިއުސް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ލިބެންޖެހޭ ކުލީގެ ފައިސާ ނަގުދު ފައިސާގެ ގޮތުގައި ބަލައިގަނެ، އަދި އެ އިދާރާގެ ބޭންކް އެކައުންޓްތަކަށް ޖަމާވި ފައިސާ ނަގުދު ފައިސާގެ ގޮތުގައި ނަގާފައިވަނީ އެ ފައިސާ ގެއްލުމަށް މަގުފަހިކުރުމުގެ ގޮތުން ކަމަށް ބެލެވޭ ކަމަށް ފުޓުބޯޅަ ޓްރެއިނިންގ ފެސިލިޓީއެއް ގާއިމު ކުރުމަށް އެފްއޭއެމްއަށް ދޫކުރި ބިމުން ބައެއް ކުއްޔަށް ދިނުމުގެ މުއާމަލާތްތަކާއި ގުޅޭ ހާއްސަ އޮޑިޓުން ހާމަވެއްޖެ އެވެ.

މި މުއާމަލާތްތަކަކީ އެފްއޭއެމްގެ މާލީ ނިޒާމުގެ ތެރެއިން ދެފުށް ފެންނަ ގޮތެއްގައި ހިނގާފައިވާ ކަންކަން ނޫންކަން އޮޑިޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

މި މައްސަލައިގެ ތަފްސީލަށް ބަލާއިރު، ފުޓްބޯލް ޓްރެއިނިންގ ފެސިލިޓީއެއް ގާއިމުކުރުމަށް އެފްއޭއެމްއަށް ދޫކޮށްފައިވާ ބިމުގެ ސްލޮޓްތައް އެކި ފަރާތްތަކަށް ސަބްލީސް އުސޫލުން ދޫކޮށްގެން ލިބުނު ފައިސާއިން ބައެއް ބަލައިގަނެފައިވަނީ ނަގުދު ފައިސާގެ ގޮތުގަ އެވެ. މީގެ އިތުރުން، އެކި ފަރާތްތަކުން އެ އިދާރާގެ ބޭންކް އެކައުންޓަށް ޖަމާކުރި ފައިސާގެ ތެރެއިން ބޮޑެތި އަދަދުތަކެއް ނަގުދު ފައިސާގެ ގޮތުގައި އެކައުންޓުން ނަގާފައިވަނީ، ރައްކާތެރިކަމާއެކު ފައިސާގެ މުއާމަލާތްތައް ކުރިއަށް ގެންދިއުމަށް ހުރަސްއެޅޭ ގޮތަށް ކަމަށް ވަނީ ފާހަގަކުރެވިފަ އެވެ.

އެފްއޭއެމްއަކީ ބައިނަލްއަގުވާމީ ފުޓްބޯޅަ ފެޑެރޭޝަން (ފީފާ) ގެ މެންބަރަކަށް ވާއިރު، ފީފާގެ ހިންގާ ގަވާއިދުގައި ހުރިހާ މެންބަރު އެސޯސިއޭޝަންތަކެއް ވެސް ހިންގަންވާނީ ހަރުދަނާ ގަވަރނަންސް ޕްރިންސިޕަލްތަކުގެ ދަށުން ކަމަށް ބަޔާންކޮށްފައިވެ އެވެ. އަދި 2019 ވަނަ އަހަރު އާންމުކޮށްފައިވާ ފީފާ ފޯވާޑް ޕްރޮގްރާމް 2.0 ގެ ދަށުން، މެންބަރު އެސޯސިއޭޝަންތަކަށް ފީފާއިން ދޭ އެހީ ނަގުދު ފައިސާގެ ގޮތުގައި ޚަރަދުކުރުމަކީ މަނާކަމެކެވެ.

ބިމުގެ ސްލޮޓްތައް ކުއްޔަށް ދޫކޮށްގެން އެފްއޭއެމްއަށް ލިބުނު ފައިސާއަކީ ފީފާގެ ފަންޑިންގއާ ސީދާ ގުޅުމެއް ނެތް ފައިސާއެއް ކަމަށްވީ ނަމަވެސް، ފީފާގެ އުސޫލުތަކާ އެއްގޮތަށް ހަރުދަނާ އިންޓަރނަލް ކޮންޓްރޯލް ނިޒާމެއްގެ ތެރެއިން ފައިސާ ބެލެހެއްޓުމަކީ އެ އިދާރާގެ މެނޭޖްމަންޓުގެ ޒިންމާއެކެވެ. ނަމަވެސް، މި މުއާމަލާތްތަކުގައި އެ ޒިންމާ އަދާކޮށްފައި ނުވާކަން ވަނީ ހާމަވެފަ އެވެ.

މީގެ އިތުރުން، ނަގުދު ފައިސާގެ ގޮތުގައި ބޭންކް އެކައުންޓްތަކުން ނެގި ފައިސާއިން ހިންގި މުއާމަލާތްތައް ކަށަވަރުކުރެވޭނެ އެއްވެސް ލިޔެކިޔުމެއް ފެންނަން ނެތްކަންވެސް ވަނީ ފާހަގަކުރެވިފަ އެވެ. މިގޮތަށް އަމަލުކޮށްފައިވަނީ ފައިސާގެ މުއާމަލާތްތަކުގެ ހާމަކަން ގެއްލުވާލައި، އެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމަށް މަގުފަހިކުރުމުގެ ގޮތުން ކަމަށް ބެލެވޭ ކަމަށްވެސް ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ. މިއީ އެފްއޭއެމްގެ މާލީ ހިންގުމުގައި ހުރި ބޮޑެތި ކަންބޮޑުވުންތަކެއްގެ ގޮތުގައި ވަނީ ފާހަގަވެފަ އެވެ.

އޮޑިޓުގައި ބުނެފައިވަނީ ހުޅުމާލޭގައި ފުޓްބޯލް ޓްރެއިނިންގ ފެސިލިޓީއެއް ގާއިމުކުރުމަށްޓަކައި ސަރުކާރުން އެޗްޑީސީ މެދުވެރިކޮށް އެފްއޭއެމްއަށް ދޫކުރި ބިމުގެ ތެރެއިން 12 ބްލޮކެއް ކޮމާޝަލް ބޭނުންތަކަށް ކުއްޔަށް ދޫކުރުމުގެ ހުއްދަ ދީފައިވާ ކަމަށެވެ. އަދި މި ބްލޮކްތަކުގެ އެކި ސްލޮޓްތައް ކުއްޔަށް ދޫކުރުމަށް އެފްއޭއެމްއިން އެކި ފަރާތްތަކާއެކު 2021 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރުގެ ނިޔަލަށް 13 ސަބްލީސް އެއްބަސްވުމެއް ވަނީ ހަދާފައެވެ. މީގެ އިތުރުން އެ ބިމުގައި އަޅާފައި ހުރި އެކޮމަޑޭޝަން ބްލޮކްގެ ތިން ފްލޯރއެއް ކުއްޔަށް ދޫކުރުމަށް ދެ ސަބްލީސް އެއްބަސްވުމެއް ވެސް ވަނީ އެކުލަވާލާފަ އެވެ.

މި އެއްބަސްވުންތަކުގެ ދަށުން ބިމުގެ ސްލޮޓްތަކާއި އިމާރާތުގެ ފްލޯރތައް ކުއްޔަށް ނެގި ފަރާތްތަކުން ކުލީގެ ގޮތުގައި 2025 ވަނަ އަހަރުގެ ނިޔަލަށް އެފްއޭއެމްއަށް ޖުމުލަ 56,150,354 ރުފިޔާ ދައްކަންޖެހެ އެވެ. އެފްއޭއެމްގެ ރެކޯޑުތަކުން ދައްކާ ގޮތުގައި މީގެ ތެރެއިން 52,210,000 ރުފިޔާ އެ އިދާރާއަށް ލިބި ބަލައިގެންފައިވެއެވެ. ނަމަވެސް، މި ފައިސާގެ ތެރެއިން 29,598,200 ރުފިޔާ އެފްއޭއެމްގެ އެއްވެސް ކަމަކަށް ބޭނުން ނުކުރެވި ގެއްލިފައިވާކަން އޮޑިޓުގައި ވަނީ ފާހަގަކޮށްފަ އެވެ. 

ގެއްލިފައިވާ ފައިސާގެ ތަފްސީލަށް ބަލާއިރު، ބިމުގެ ސްލޮޓްތަކާއި އިމާރާތުގެ ފްލޯރތައް ކުއްޔަށް ނެގި ފަސް ފަރާތަކުން ނަގުދު ފައިސާއިންނާއި ޗެކުން ދެއްކި 14,100,000 ރުފިޔާ ހިމެނެ އެވެ. މި ފައިސާއަކީ އެފްއޭއެމްގެ ބައެއް އިސް ފަރާތްތަކުން ބަލައިގަތް ކަމަށް ބުނެ ހުށަހަޅާފައިވާ، އެ އިދާރާގެ ސްޓޭމްޕާއި އިސްވެރިންގެ ސޮއި ހިމެނޭ ރަސީދުތަކާއި ޕޭމަންޓް ވައުޗަރުތަކުން ފެންނަން ހުރި ފައިސާ އެވެ.

މީގެ އިތުރުން، އެފްއޭއެމްގެ ބޭންކް އެކައުންޓްތަކަށް ކުލީގެ ގޮތުގައި ޖަމާކޮށްފައިވާ ފައިސާގެ ތެރެއިން، އަމިއްލަ ކުންފުނިތަކާއި އަމިއްލަ ފަރުދުންގެ އެކައުންޓްތަކަށް 14,074,060 ރުފިޔާ ފޮނުވާފައިވާކަން ވެސް ވަނީ ހާމަވެފަ އެވެ. އަދި އެފްއޭއެމްގެ ބޭންކް އެކައުންޓްތަކަށް ޖަމާކުރި ފައިސާގެ ތެރެއިން އެކި ފަހަރު މަތިން ނަގުދު ފައިސާގެ ގޮތުގައި 1,424,140 ރުފިޔާ ނަގާފައިވާކަން ވެސް ރެކޯޑުތަކުން ދައްކަ އެވެ.

އެފްއޭއެމް ފީފާއޮޑިޓް ރިޕޯޓް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އީރާން އިން ވޯލްޑް ކަޕްގައި ބައިވެރި ނުވާން ނިންމާފައިވާ ކަމަށް، އެ ޤައުމުގެ ކުޅިވަރު ވަޒީރު ވިދާޅުވެއްޖެ

އީރާން އިން ވޯލްޑް ކަޕްގައި ބައިވެރި ނުވާން ނިންމާފައިވާ ކަމަށް، އެ ޤައުމުގެ ކުޅިވަރު ވަޒީރު ވިދާޅުވެއްޖެ

12 މާރިޗު 2026
ނަގުދު ފައިސާ އާއި ޗެކުން އެފްއޭއެމްއަށް ލިބުނު 14.10 މިލިއަން ރުފިޔާ ގެއްލިފައިވޭ: އޮޑިޓް

ނަގުދު ފައިސާ އާއި ޗެކުން އެފްއޭއެމްއަށް ލިބުނު 14.10 މިލިއަން ރުފިޔާ ގެއްލިފައިވޭ: އޮޑިޓް

06 މާރިޗު 2026
ބިމުގެ ސްލޮޓްތައް ކުއްޔަށް ދީގެން އެފްއޭއެމްއަށް ލިބެންޖެހޭ 29.5 މިލިއަން ރުފިޔާ ގެއްލިފައިވޭ: އޮޑިޓް

ބިމުގެ ސްލޮޓްތައް ކުއްޔަށް ދީގެން އެފްއޭއެމްއަށް ލިބެންޖެހޭ 29.5 މިލިއަން ރުފިޔާ ގެއްލިފައިވޭ: އޮޑިޓް

05 މާރިޗު 2026
އީރާނުން ވޯލްޑް ކަޕް ނުކުޅެން ވިސްނަނީ، ޓްރަމްޕް ވިދާޅުވީ އެއީ އޭނާއާ ބެހޭ ކަމެެއް ނޫން ކަމަށް!

އީރާނުން ވޯލްޑް ކަޕް ނުކުޅެން ވިސްނަނީ، ޓްރަމްޕް ވިދާޅުވީ އެއީ އޭނާއާ ބެހޭ ކަމެެއް ނޫން ކަމަށް!

04 މާރިޗު 2026
މެކްސިކޯގެ ހަމަނުޖެހުންތަކާ އެކު ވެސް، ކާމިޔާބުކަމާ އެކު ވޯލްޑް ކަޕް ބޭއްވޭނެ ކަމުގެ އިތުބާރު އިންފަންޓީނޯ އަށް އެބަ އޮތް

މެކްސިކޯގެ ހަމަނުޖެހުންތަކާ އެކު ވެސް، ކާމިޔާބުކަމާ އެކު ވޯލްޑް ކަޕް ބޭއްވޭނެ ކަމުގެ އިތުބާރު އިންފަންޓީނޯ އަށް އެބަ އޮތް

26 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

19 މާރިޗު
ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު
20251 އަހަރު ކުރިން
ރާއްޖެ

ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟
20242 އަހަރު ކުރިން
ރިޕޯޓު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި
20233 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި
20224 އަހަރު ކުރިން
ދުނިޔެ

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް
20215 އަހަރު ކުރިން
ރާއްޖެ

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު
20188 އަހަރު ކުރިން
ރިޕޯޓު

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު