Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެފްރިކަން ކަޕް

ސެނެގާލް އަތުން ޗެމްޕިއަންކަން އަތުލަން ނިންމި މައްސަލަ ކާސް އަށް ހުށަޅައިފި

ސެނެގާލް ފުޓުބޯޅަ ފެޑެރޭޝަންގެ ޤާނޫނީ ވަކީލުން ބުނެފައި ވަނީ، ކާފްގެ ނިންމުމަކީ ފުތުބޯޅައިގެ ޤަވާއިދުތަކާ ޚިލާފު ނިންމުމެއް ކަމަށް. އަދި އެ ނިންމުމަކީ ސެނެގާލް ޓީމުގެ ހައްގު ތަކަށް ބޮޑު ގެއްލުމެއް ލިބޭ ގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށް ވެސް، ސެނެގާލް ފުޓުބޯޅަ ފެޑެރޭޝަންގެ ޤާނޫނީ ވަކީލުން ވަނީ ބުނެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 26 މާރިޗު 2026 | ބުރާސްފަތި 05:35
ސެނެގާލް އިން އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ތަށި އުފުލާލަނީ

ސެނެގާލް އިން އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ތަށި އުފުލާލަނީ | ރޮއިޓާސް

މިއަހަރުގެ ޖަނަވަރީ މަހު ނިމުނު އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ޗެމްޕިއަންކަން ހޯދި ސެނެގާލް އަތުން ޗެމްޕިއަންކަން އަތުލައި، މޮރޮކޯ އަށް ޗެމްޕިއަންކަން ދިނުމަށް އެފްރިކާގެ ފުޓުބޯޅައިގެ މައި އިދާރާ (ކާފް) އިން ނިންމި ނިންމުން ބާތިލު ކުރުމަށް، ސެނެގާލް އިން ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) އަށް މައްސަލަ ހުށަހަޅައިފި އެވެ. 

ކާފްގެ އެޕީލް ކޮމެޓީގެ ބޯޑުން ނިންމާފައި ވަނީ، ފައިނަލް މެޗުގެ ތެރެއިން ސެނެގާލްގެ ކުޅުންތެރިން ދަނޑުން ފޭބި މައްސަލަ ބެލުމަށް ފަހު އެ ޓީމު އަތުން ޗެމްޕިއަންކަން އަތުލުމަށެވެ. ޖަނަވަރީ މަހުގެ 18 ވަނަ ދުވަހު ކުޅުނު ފައިނަލް މެޗުގައި ސެނެގާލް އިން ވަނީ 1-0 އިން މޮރޮކޯގެ މައްޗަށް ކުރި ހޯދައިފަ އެވެ. ކާފް އިން އެ ނިންމުން ނިންމާފައި ވަނީ ފައިނަލް މެޗު ނިމުނުތާ ދެ މަސް ދުވަސް ފަހުންނެވެ. 

މައްސަލަ އިސްތިއުނާާފުކޮށް ސެނެގާލް އިން ކާސް އަށް ހުށަހަޅާފައިވާ އިސްތިއުނާފުގައި އެދިފައި ވަނީ، އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ޗެމްޕިއަން އަކީ ސެނެގާލް ކަމަށް އަލުން ކަނޑަ އަޅައި ދިނުމަށެވެ. އަދި ކާފްގެ ނިންމުމަކީ ބާތިލު ނިންމުމެއް ކަމަށް ކަނޑަ އަޅައި ދިނުމަށް ވެސް ސެނެގާލް އިން ވަނީ އެދިފަ އެވެ. 

ސެނެގާލްގެ އިސްތިއުނާފް ކާސްގައި ރަޖިސްޓްރީ ކޮށްފައި ވަނީ ބުދަ ދުވަހު އެވެ. ސެނެގާލް އަތުން ޗެމްޕިއަންކަން އަތުލައި، މޮރޮކޯ އަށް ޗެމްޕިއަންކަން ދިނުމަށް ކާފް އިން ނިންމި ހިސާބުން ފެށިގެން، ސެނެގާލް އިން ވަނީ އެކަމާ ދެކޮޅު ހަދައިފަ އެވެ. އަދި ކާސް އަށް މައްސަލަ ހުށަހަޅާނެ ކަމަށް ވެސް ސެނެގާލް އިން އޮތީ ހާމަ ކޮށްފަ އެވެ. 

ސެނެގާލް ފުޓުބޯޅަ ފެޑެރޭޝަންގެ ޤާނޫނީ ވަކީލުން ބުނެފައި ވަނީ، ކާފްގެ ނިންމުމަކީ ފުތުބޯޅައިގެ ޤަވާއިދުތަކާ ޚިލާފު ނިންމުމެއް ކަމަށެވެ. އަދި އެ ނިންމުމަކީ ސެނެގާލް ޓީމުގެ ހައްގު ތަކަށް ބޮޑު ގެއްލުމެއް ލިބޭ ގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށް ވެސް، ސެނެގާލް ފުޓުބޯޅަ ފެޑެރޭޝަންގެ ޤާނޫނީ ވަކީލުން ވަނީ ބުނެފަ އެވެ. 

ސެނެގާލް އިން ހުށަހެޅި މައްސަލަ ބެލުމަށް ހަމަޖެހިފައިވާ ތާރީޚެއް ކާސް އިން އިއުލާާން ކޮށްފައި ނުވެ އެވެ. ނަމަވެސް، މި މައްސަލަ އަކީ ވަރަށް އަވަސް މައްސަަލަ އަކަށް ވާތީ، ކާސް އިން މި މައްސަލަ އަވަސް ތާރީޚެއްގައި ނިންމާނެ ކަމަށް ބެލެވެ އެވެ.

ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓުބޯޅަ (ކާފް)އެފްރިކަން ކަޕް އޮފް ނޭޝަންސް ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް)ސެނެގާލް މޮރޮކޯ

ކޮމެންޓް

އިތުރަށް ކިޔާލަން

ދެ މަސް ފަހުން ފައިނަލް މެޗުގެ ނަތީޖާ ބަދަލުކޮށް، ސެނެގާލް އަތުން ޗެމްޕިއަންކަން އަތުލައި މޮރޮކޯ އަށް ދީފި

ދެ މަސް ފަހުން ފައިނަލް މެޗުގެ ނަތީޖާ ބަދަލުކޮށް، ސެނެގާލް އަތުން ޗެމްޕިއަންކަން އަތުލައި މޮރޮކޯ އަށް ދީފި

18 މާރިޗު 2026
ކުޅުންތެރިން ދަނޑުން ބޭލި މައްސަލައިގައި ތިއޯ ސަސްޕެންޑު ކޮށްފި

ކުޅުންތެރިން ދަނޑުން ބޭލި މައްސަލައިގައި ތިއޯ ސަސްޕެންޑު ކޮށްފި

22 ޖެނުއަރީ 2026
ޖަޒުބާތުގައި ޖެހެވުނީ ކަމަށް ބުނެ، ސެނެގާލްގެ ކޯޗު ތިއޯ މައާފަށް އެދެފި

ޖަޒުބާތުގައި ޖެހެވުނީ ކަމަށް ބުނެ، ސެނެގާލްގެ ކޯޗު ތިއޯ މައާފަށް އެދެފި

20 ޖެނުއަރީ 2026
ޙާލަތު ގޯސްވި ފައިނަލް ކާމިޔާބުކޮށް، ސެނެގާލް އިން އެފްރިކަން ކަޕް ކާމިޔާބު ކޮށްފި

ޙާލަތު ގޯސްވި ފައިނަލް ކާމިޔާބުކޮށް، ސެނެގާލް އިން އެފްރިކަން ކަޕް ކާމިޔާބު ކޮށްފި

19 ޖެނުއަރީ 2026
އެފްކޮން: މޮރޮކޯ އާއި ސެނެގާލް ފައިނަލަށް

އެފްކޮން: މޮރޮކޯ އާއި ސެނެގާލް ފައިނަލަށް

15 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު