Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ

ފީފާ އިން އިޒްރޭލް އަށް އެޅި ފިޔަވަޅަކީ ޖޫރިމަނާ ކުރުމާ އެކު، ދަނޑުގައި ބެނާއެއް ދެމުމަށް

21 މާރިޗު 2026 | ހޮނިހިރު 03:18

މައްސަލަ ބެލުމަށް ފަހު ފީފާ ޑިސިޕްލިނަރީ ކޮމެޓީ އިން ނިންމާފައި ވަނީ އިޒްރޭލް ޖޫރިމަނާ ކުރުމާ އެކު، އިޒްރޭލްގެ ދަނޑު ބޭރުގައި ބެނާއެއް ދެމުމަށް. އެގޮތުން ފީފާ އިން ނިންމާފައި ވަނީ 190،700 (އެއް ލައްކަ ނުވަދިހަ ހާސް، ހަތް ސަތޭކަ) އެމެރިކާ ޑޮލަރުން އިޒްރޭލް ޖޫރިމަނާ ކުރުމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 މާރިޗު 2026 | ހޮނިހިރު 03:18
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ | ރޮއިޓާސް

ޣައްޒާއާ ދެކޮޅަށް އިޒްރޭލް އިން ހިންގަމުން އަންނަ ޖަރީމާތަކާ ގުޅިގެން، ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އިން އިޒްރޭލްއާ ދެކޮޅަށް ވަރަށް އާދައިގެ ފިޔަވަޅު ތަކެއް އަޅައިފި އެވެ.

އިޒްރޭލް އިން ފަލަސްޠީނުގެ ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ އާއި، ކުށެއް ނެތް މައުސޫމް އެތައް ބަޔަކު ޝަހީދު ކުރަމުން އަންނާތީ، އިޒްރޭލްއާ ދެކޮޅަށް ފިޔަވަޅު އަޅައި ދިނުމަށް ހުށަހަޅާފައި ވަނީ 2024 ވަނަ އަހަރު އެވެ. އެ މައްސަލަ ހުށަހެޅީ ފަލަސްޠީނުގެ ފުޓުބޯޅަ އެސޯސިއޭޝަން އިންނެވެ.

ނަމަވެސް، މައްސަލަ ބެލުމަށް ފަހު ފީފާ އިން އިޒްރޭލް ސަސްޕެންޑު ކޮށްފައި ނުވެ އެވެ. މީގެ ކުރިން ވެސް އެތައް ބަޔަކު ވަނީ، ފީފާ އިން އިޒްރޭލް ސަސްްޕެންޑު ނުކުރާތީ އެކަމަށް ފާޑު ކިޔައިފަ އެވެ. ނަމަވެސް، ރަޝިޔާ އާއި ޔޫކްރެއިންއާ ދެމެދު ހިނގަމުން އަަންނަ ހަނގުރާމައިގައި ފީފާ އާއި ޔުއެފާގެ އިތުރުން، އެހެން ކުޅިވަރު އިދާރާ ތަކުން ވެސް ވަނީ ރަޝިޔާއާ ދެކޮޅަށް ފިޔަވަޅު އަޅައިފަ އެވެ. 

މައްސަލަ ބެލުމަށް ފަހު ފީފާ ޑިސިޕްލިނަރީ ކޮމެޓީ އިން ނިންމާފައި ވަނީ އިޒްރޭލް ޖޫރިމަނާ ކުރުމާ އެކު، އިޒްރޭލްގެ ދަނޑު ބޭރުގައި ބެނާއެއް ދެމުމަށެވެ. އެގޮތުން ފީފާ އިން ނިންމާފައި ވަނީ 190،700 (އެއް ލައްކަ ނުވަދިހަ ހާސް، ހަތް ސަތޭކަ) އެމެރިކާ ޑޮލަރުން އިޒްރޭލް ޖޫރިމަނާ ކުރުމަށެވެ. 

މީގެ އިތުރުން ދެން އަޅާފައިވާ ފިޔަވަޅަކީ އަމިއްލަ ދަނޑުގައި އިޒްރޭލް އިން ދެން ކުޅޭ ފީފާގެ ތިން މެޗުގައި ވެސް ދަނޑު ބޭރުގައި ބެނާއެއް ދެމުމަށެވެ. އެގޮތުން އެ ބެނާގައި، "ފުޓްބޯލް ޔުނައިޓްސް ދަ ވާރލްޑް - ނޯ ޓު ޑިސްކްރިމިނޭޝަން" މިހެން ޖެހުމަށް ވަނީ އަންގައިފަ އެވެ. 

މިއީ ފީފާ އިން އިޒްރޭލްއާ ދެކޮޅަށް އަޅާފައިވާ ވަރަށް އާދައިގެ ފިޔަވަޅު ތަކެއް ކަމަށްވާއިރު، އިޒްރޭލްއާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅުމަށް ފީފާ އިން ފަސް ޖެހޭ ކަަމަށް އެތައް ބަޔަކު އަންނަނީ ބުނަމުންނެވެ. 

ޣައްޒާ ހަނގުރާމައިޒްރޭލްފީފާޖިއާނީ އިންފަންޓީނޯ

އިތުރަށް ކިޔާލަން

20 މާރިޗު 2026

ޗެކް ރިޕަބްލިކް ގައި ހުންނަ އިޒްރޭލުގެ ހަތިޔާރު ފެކްޓަރީގައި ރޯކޮށްލައިފި

20 މާރިޗު 2026
ޗެކް ރިޕަބްލިކް ގައި ހުންނަ އިޒްރޭލުގެ ހަތިޔާރު ފެކްޓަރީގައި ރޯކޮށްލައިފި
16 މާރިޗު 2026

މަރުވެފައިވާ ކަމަށް ބުނާ ވާހަކަ ދޮގު ކުރުމަށް، ނަތަންޔާހޫ ވީޑިއޯއެއް އާންމު ކޮށްފި

16 މާރިޗު 2026
މަރުވެފައިވާ ކަމަށް ބުނާ ވާހަކަ ދޮގު ކުރުމަށް، ނަތަންޔާހޫ ވީޑިއޯއެއް އާންމު ކޮށްފި
15 މާރިޗު 2026

ނަަތަންޔާހޫ މަަރުވެފައިވާ ކަމަށް ބުނާ ވާހަކަ އޭނާގެ އޮފީހުން އެންމެ ފަހުން ދޮގު ކޮށްފި

15 މާރިޗު 2026
ނަަތަންޔާހޫ މަަރުވެފައިވާ ކަމަށް ބުނާ ވާހަކަ އޭނާގެ އޮފީހުން އެންމެ ފަހުން ދޮގު ކޮށްފި
14 މާރިޗު 2026

ވޯލްޑް ކަޕް އިން އީރާން ބޭރު ކުރުމުގެ ބާރު ޓްރަމްޕް އަށް ނެތް ކަމަށް ބުނެފި

14 މާރިޗު 2026
ވޯލްޑް ކަޕް އިން އީރާން ބޭރު ކުރުމުގެ ބާރު ޓްރަމްޕް އަށް ނެތް ކަމަށް ބުނެފި
13 މާރިޗު 2026

އިސްލާމީ އުއްމަތޭ ކިޔައިގެން އަނގަ ހުޅުވާވަރަށް ވުރެ މި ސަރުކާރުގެ ދެފުށްދެގޮތްކަން ބޮޑު

13 މާރިޗު 2026
އިސްލާމީ އުއްމަތޭ ކިޔައިގެން އަނގަ ހުޅުވާވަރަށް ވުރެ މި ސަރުކާރުގެ ދެފުށްދެގޮތްކަން ބޮޑު
13 މާރިޗު 2026

އެފްއޭއެމްގެ އެކައުންޓުން ނަގުދު ފައިސާ ނަގާފައިވަނީ އެ ފައިސާ ގެއްލުމަށް މަގުފަހިކުރުމުގެ ގޮތުން: އޮޑިޓް

13 މާރިޗު 2026
އެފްއޭއެމްގެ އެކައުންޓުން ނަގުދު ފައިސާ ނަގާފައިވަނީ އެ ފައިސާ ގެއްލުމަށް މަގުފަހިކުރުމުގެ ގޮތުން: އޮޑިޓް
13 މާރިޗު 2026

އދ. ތަޖުރިބާކާރުން: ޣައްޒާގައި އިޒްރޭލުން ހިންގި ފަދަ ގަތުލުއާންމާއި ފަނާކުރުންތައް މުޅި ސަރަހައްދަށް ފެތުރުމުގެ ބިރު އެބައޮތް

13 މާރިޗު 2026
އދ. ތަޖުރިބާކާރުން: ޣައްޒާގައި އިޒްރޭލުން ހިންގި ފަދަ ގަތުލުއާންމާއި ފަނާކުރުންތައް މުޅި ސަރަހައްދަށް ފެތުރުމުގެ ބިރު އެބައޮތް
12 މާރިޗު 2026

އީރާން އިން ވޯލްޑް ކަޕްގައި ބައިވެރި ނުވާން ނިންމާފައިވާ ކަމަށް، އެ ޤައުމުގެ ކުޅިވަރު ވަޒީރު ވިދާޅުވެއްޖެ

12 މާރިޗު 2026
އީރާން އިން ވޯލްޑް ކަޕްގައި ބައިވެރި ނުވާން ނިންމާފައިވާ ކަމަށް، އެ ޤައުމުގެ ކުޅިވަރު ވަޒީރު ވިދާޅުވެއްޖެ
12 މާރިޗު 2026

އިޒްރޭލުން ބެއިރޫތަށް ވަރުގަދަ ހަމަލާތަކެއް ދީފި

12 މާރިޗު 2026
އިޒްރޭލުން ބެއިރޫތަށް ވަރުގަދަ ހަމަލާތަކެއް ދީފި
11 މާރިޗު 2026

ސަރަހައްދުގައި ހުރި އެމެރިކާ އާއި އިޒްރޭލްގެ އިޤްތިޞާދީ މަރުކަޒު ތަކަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު އީރާން އިން ދީފި

11 މާރިޗު 2026
ސަރަހައްދުގައި ހުރި އެމެރިކާ އާއި އިޒްރޭލްގެ އިޤްތިޞާދީ މަރުކަޒު ތަކަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު އީރާން އިން ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް